ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން މިރޭ ހާމަކުރެއްވި ގޮތުގައި، ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅަށްފަހު އެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ކިހާތާކުކަމެއް ރައީސް އޮފީހުން ހާމައެެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!