މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 223 ވަނަ ޞަފްޙާ

ޕީއެސްއެމްގެ ނަމުގައި ޖުވާގެ ވެބްސައިޓްތައް އިޝްތިހާރުކުރުމަށް އޭއައި ވީޑިއޯ އާއި އޯޑިއޯ ދައުރުކުރާ މައްސަލައެއް

ޕީއެސްއެމްގެ ނަމުގައި ޖުވާގެ ވެބްސައިޓްތައް އިޝްތިހާރުކުރުމަށް އޭއައި ވީޑިއޯ އާއި އޯޑިއޯ ދައުރުކުރާ މައްސަލައެއް

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ލޯގޯ އަދި ބްރޭންޑް ހުއްދަނެތި ބޭނުންކޮށްގެން ޖުވާގެ ވެބްސައިޓްތައް އިޝްތިހާރުކުރުމަށް އޭއައި ވީޑިއޯ އާއި އޯޑިއޯ ދައުރުކުރާ މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން މިރޭ ބުނީ ޕީއެސްއެމްގެ ލޯގޯ އަދި ބްރޭންޑް ހުއްދަނެތި ބޭނުންކޮށްގެން، ޖުވާގެ ވެބްސައިޓްތައް އިޝްތިހާރުކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އުފައްދާފައިވާ ވީޑިއޯ އަދި އޯޑިއޯ ދައުރުކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެހެންވެ، އެކަން...

ޔުމްނާ ޢަލީ
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް 1244 ޒުވާނުން

ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް 1244 ޒުވާނުން

މޯލްޑިވްސް ނޭޝަނަލް ސާރވިސް (ދިވެހި ވަޠަނީ ޚިދުމަތް) ގެ ތަމްރީނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް ދިފާޢީ ވުޒާރާއިން ހުޅުވާލި ފުރުޞަތުގައި ޖުމްލަ 1244 ޒުވާނުން ކުރިމަތިލާފައިވާކަން އެ ވުޒާރާއިން މިއަދު ބުނެފިއެވެ. އެ ވުޒާރާއިން ވަނީ މި ތަމްރީނަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވ...

ޔުމްނާ ޢަލީ
މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ޓެކްސް ފައިސާ ހަމަޖައްސައިދެނީ

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ޓެކްސް ފައިސާ ހަމަޖައްސައިދެނީ

މެލޭޝިއާގައި ކިޔަވާ ކުދިން ދައްކަންޖެހޭ ޓެކްސް ފައިސާ ހަމަޖައްސައިދޭން މަސައްކަތް ކުރަމުން އަންނަ ކަމަށް ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ. ހަޔަރ އެޑިޔުކޭޝަނުން މިއަދު މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދަނީ ފޮނުވަމުންކަމަށެވެ. މީގެ އިތުރުން މެލޭޝިއާގައި ކިޔަވާ އިންޓަރނޭޝަނަލް ދަރިވަރުންގެ ތެރެއިން އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީ އެއް ދައްކަން ޖެހޭ ކ...

ޔުމްނާ ޢަލީ
''ލިޔުންތެރިކަމަކީ އަމާނާތެއް، ޒިންމާދާރުކަން ނެތް ލިޔުންތެރިކަމުން ގެއްލުން ލިބޭ''

''ލިޔުންތެރިކަމަކީ އަމާނާތެއް، ޒިންމާދާރުކަން ނެތް ލިޔުންތެރިކަމުން ގެއްލުން ލިބޭ''

ލިޔުންތެރިކަމަކީ އަމާނާތެއް ކަމަށާއި، ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. ރައީސް މުޢިއްޒު ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި ޚިޠާބެއް ފޮނުއްވައިފައިވާއިރު، މި ދުވަސް ފާހަގަކުރަނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ދިވެހިރާއްޖޭގެ ފުރަތަމަ މަޖައްލާ...

ޔުމްނާ ޢަލީ
ފަޒީލް ވަކިކުރަން އެމްޑަބްލިޔުއެސްސީގެ ބޯޑުން ނިންމައިފި

ފަޒީލް ވަކިކުރަން އެމްޑަބްލިޔުއެސްސީގެ ބޯޑުން ނިންމައިފި

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާއި ގުޅިގެން ކުރިއަށްދާ ތަޙްޤީޤަކާ ގުޅިގެން ސަސްޕެންޑްކޮށްފައި ހުރި މާލޭ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) މުހައްމަދު ފަޒީލް ރަޝީދު، މަޤާމުން ވަކިކުރުމަށް އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ. އެމްޑަބްލިޔުއެސްސީން މިއަދު ބުނި ގޮތުގައި، 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފައިވާ މުޙައްމަދު ފަޒީލް ރަޝީދު، 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުން ފެށިގެން […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ ސިޓީ ހޮނިހިރު ބާޒާރު ސަރަހައްދު ތަރައްޤިކޮށްދޭނެ ފަރާތެއް ހޯދުމަށް ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ. ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތައް ޝައުުވެރިވާ ފަރާތްތަކުން ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުމަށާއި، މި މަސައްކަތް ތަރައްޤީކުރުމަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށް އަދި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ ހޮނިހިރު...

އައިޝަތު އައިނީ އާމިރު
ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް ފަސް ބޭފުޅަކު

ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް ފަސް ބޭފުޅަކު

ސްކޫލްތަކުގެ އިދާރީ ކަންކަން ބަލަހައްޓަން ފުރަތަމަ ފަހަރަށް އުފެއްދި މަގާމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހަމަޖެއްސި ސުޕްރިންޓެންޑެންޓްގެ ދަށުން މަސައްކަތްކުރާނެ ފަސް ޑެޕިއުޓީ ސުޕްރިންޓެންޑެންޓުން ތަޢުލީމާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ. މިދިޔަ މަހު ސްކޫލުތަކުގެ އިދާރީ ކަންކަން ބަލަހައްޓާނެ އެންމެ އިސްވެރިއެއްގެ ގޮތުގައި، ސުޕްރިންޓެންޑެންޓްގެ މަގާމަށް ހަމަޖެއްސެވީ އިސްމާޢީލް ސަޢުދުﷲއެވެ. ސަޢުދުﷲގެ ދަށުން މަސައްކަތް ކުރައްވާނެ ޑެޕިއުޓީންގެ ގޮތުގައި ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް ހަ...

ޔުމްނާ ޢަލީ
މާފަރު އެއާޕޯޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމައި ވައިޑް ބޮޑީގެ ހިދުމަތް ފަށައިފި

މާފަރު އެއާޕޯޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމައި ވައިޑް ބޮޑީގެ ހިދުމަތް ފަށައިފި

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމައި ޚިދުމަތްތައް އަދު ރަސްމީކޮށް ފަށައިފިއެވެ. މިކަމަށް މިއަދު މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް، ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަހްމާ އަބްދުލްރަހުމާން ރަހްމާ އަބްދުލްރަހްމާން އަލް ޝަމްސީ، ޑިރެކްޓާ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފާ ޑިވެލޮޕްމަންޓް މުހައްމަދު ސައިފް އަލް ސުވައިދީ، އަދި އައިލެންޑް އޭވިއޭޝަންގެ...

ޔުމްނާ ޢަލީ
ދިވެހިންގެ ޤައުމީ ޚަޒާނާގެ އެންމެ ދޮށީ އަގުހުރި މުދަލަކީ ދިވެހިބަސް: ރައީސް

ދިވެހިންގެ ޤައުމީ ޚަޒާނާގެ އެންމެ ދޮށީ އަގުހުރި މުދަލަކީ ދިވެހިބަސް: ރައީސް

ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދިވެވެހި ލިޔުންތެރިކަމުގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ މަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި، ދިވެހިރާއްޖެ އުފެދި ނަން ދެވުނީ، ދިވެހިބަހުގެ ސަބަބުންނެވެ. އަދި ދިވެހިންގެ ޤައުމީ ޚަޒާނާގައި އޮތް އެންމެ ދޮށީ އަދި އެންމެ އަގުހުރި މުދަލަކީ ދިވެހިބަސް ކަމަށް ރައީސް ފާހަގަކުރެއްވިއެވ...

ޔުމްނާ ޢަލީ
އަންނަ އަހަރުގެ ކަލަންޑަރަށް ފޮޓޯ ހޯދަން، ފޮޓޯ މުބާރާތެއް

އަންނަ އަހަރުގެ ކަލަންޑަރަށް ފޮޓޯ ހޯދަން، ފޮޓޯ މުބާރާތެއް

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ތައްޔާރުކުރާ 2026 ވަނަ އަހަރުގެ ކަލަންޑަރުގައި ހިމަނާނެ ފޮޓޯ ހޯދުމަށްޓަކައި “ކަލަންޑަރ ފޮޓޯ މުބާރާތް 2025” ގެ ނަމުގައި ފޮޓޯ މުބާރާތެއް ފަށައިފިއެވެ. ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައިވާ މި މުބާރާތުން ހޮވޭ އެންމެ ކަމުދާ 13 ފޮޓޯ އަންނަ އަހަރަށް މިނިސްޓްރީން ތައްޔާރުކުރާ ކަލަންޑަރުގައި ހިމެނުމަށް ވަނީ ނިންމާފައެވެ. މި މުބާރާތައް ކޮންމެ ބައިވެރިއަކަށް ވެސް ހުށަހެޅޭނީ މަދުވެގެން ތިން ފޮޓޯއެވެ. އަދި ގިނަވެގެން ފަސް ފޮޓޯއެވެ. މި މުބާރާތަށް ހުށަހ...

އިބްރާހިމް ޚަލީލް
ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު

ރާއްޖޭގެ އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުޞަތު

މޮރޮކޯ ސަރުކާރުން ރާއްޖޭގެ އިމާމުންނަށް އަރަބި ބަސް ކިޔަވައިދިނުމުގެ ފުރުޞަތެއް ފަހިކޮށްދީފި އެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީޑިއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ. ޝަހީމް ވިދާޅުވީ، މި ފުރުޞަތުދިންކަން ރަސްމީކޮށް އަންގާފައިވާކަމަށާއި، މިކަން މިގޮތަށް ފަހިވެގެން ދިޔައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މޮރޮކޯގެ ރަސްގެފާނަށް ފޮނުއްވި ޚާއްޞަ ސިޓީފުޅަކާ ގުޅިގެން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. ވަޒީރު ޝަހީމް ވިދާޅުވި ގޮތުގައ...

ޔުމްނާ ޢަލީ
ލޯންޗެއް ކޮންޓްރޯލްނުވެ ތިނަދޫ ޖެޓީގައި ޖެހި 4 މީހަކަށް އަނިޔާވެއްޖެ

ލޯންޗެއް ކޮންޓްރޯލްނުވެ ތިނަދޫ ޖެޓީގައި ޖެހި 4 މީހަކަށް އަނިޔާވެއްޖެ

ގދ. ތިނަދޫ ސިޓީ ފެރީ ޓާމިނަލް ޖެޓީ ކައިރި ކުރި ލޯންޗެއް ކޮންޓްރޯލް ނުވެ ޖެޓީގައި ޖެހި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު 13:50 ހާއިރުއެވެ. ފުލުހުޖް މައުލޫމާތުދިން ގޮތުގައި މި ލޯންޗުގައި ކެޕްޓަނާއި ފަޅުވެރިޔާގެ އިތުރުން، ބޮޑެތި ތިން މީހުންނާއި ތިން އަހަރުގެ ތުއްތު ކުއްޖަކާ އެކު ޖުމްލަ 6 މީހުން ދަތުރުކުރިއެވެ. މި ހާދިސާގައި […]

ޔުމްނާ ޢަލީ
ޓިކްޓޮކްގައި ބޭ އަދަބީ އަމަލުތައް ހިންގާ ޔާޔާ އުމުރަށް ޖަލަށް

ޓިކްޓޮކްގައި ބޭ އަދަބީ އަމަލުތައް ހިންގާ ޔާޔާ އުމުރަށް ޖަލަށް

ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ބޭއަދަބީ އަމަލުތައް ހިންގާ މުހައްމަދު ނަބީލް (ޔާޔާ) ޑްރަގް ޓްރެފިކިންގެ ކުށުގައި އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ޔާޔާ އާއި ހދ. ކުޅުދުއްފުށީ/ބިޗާނާ އާދަމް މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު، 2017 ގައި އެ މީހުން މާލޭގައި ތިބި ކޮޓަރިއެއް ފާސް ކުރިއިރު އެތަނުން މަސްތުވާތަކެތި ފެނުނު މައްސަލައަކާއި ޔާޔާގެ ގެ ގެއިން ޑްރަގް ފެނުނު މައްސަލައެއްގަ އެވެ. ދައުވާގައިވާ […]

ހުސައިން ހަބީބް
ރައީސް މުޢިއްޒު، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި

ރައީސް މުޢިއްޒު، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި

އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް، ޑޮނަލްޑް ޖޭ ޓްރަމްޕަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމްދަރުދީ ފޮނުއްވައިފިއެވެ. ރައީސް ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ޙާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވާފައިވެއެވެ....

ޔުމްނާ ޢަލީ
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ސިވިލް ސަރވިސް ކޮމިޝަނުގެ 3 މެންބަރެއްގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ މަޤާމުތަކަށް މެންބަރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ފުރުޞަތު ހުޅުވާލައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު އިޢުލާނުގައިވާ ގޮތުން، މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމު ބަލައިގަންނާނީ ރަސް...

އިބްރާހިމް އަސްވާޤް