ގދ. ތިނަދޫ ސިޓީ ފެރީ ޓާމިނަލް ޖެޓީ ކައިރި ކުރި ލޯންޗެއް ކޮންޓްރޯލް ނުވެ ޖެޓީގައި ޖެހި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގި ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު 13:50 ހާއިރުއެވެ.
ފުލުހުޖް މައުލޫމާތުދިން ގޮތުގައި މި ލޯންޗުގައި ކެޕްޓަނާއި ފަޅުވެރިޔާގެ އިތުރުން، ބޮޑެތި ތިން މީހުންނާއި ތިން އަހަރުގެ ތުއްތު ކުއްޖަކާ އެކު ޖުމްލަ 6 މީހުން ދަތުރުކުރިއެވެ.
މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަސިންޖަރަކާއި ކެޕްޓަނާއި ފަޅުވެރިޔާއަށް އަނިޔާވެފައިވެއެވެ. އަނިޔާވެފައިވަނީ ދެ ދިވެހި ފިރިހެނުންނަށާއި ދެ އަންހެނުންނަށެވެ.
މި ލޯންޗުން ދަތުރުކުރި ފިރިހެނުންގެ ތެރޭގައި ހިމެނެނީ އުމުރުން 50 އަހަރުގެ ކެޕްޓަނާއި، 29 އަހަރުގެ ފަޅުވެރިޔާއެވެ. އަނިޔާވި އަންހެނުންގެ އުމުރަކީ 25 އަހަރާއި 28 އަހަރެވެ.
އަނިޔާވި ހަތަރު މީހުންނަށް މިހާރު ދަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!