މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,862 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 221 ވަނަ ޞަފްޙާ

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ އެއްވަނަ ފިނާއަށް

ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ އެއްވަނަ ފިނާއަށް

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ “ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން 2025″ގެ އެއްވަނަ ބ. ތުޅާދޫ އަށް ނިސްބަތްވާ އާއިޝަތު ފިނާ ފިރާޤު ހޯދައިފިއެވެ. ދިވެހިރާއްޖޭގެ އަޑުން ކުރިއަށްގެންދިޔަ “ބެސްޓް ރޭޑިއޯ ޕްރެޒެންޓަރ ކޮންޕެޓިޝަން”ގެ 6 ވަނަ ސީޒަންގެ ގްރާންޓް ފިނާލޭ ރޭ ބާއްވާފައިވާއިރު، މިއަަހަރުގެ މުބާރާތުން 1 ވަނަ ހޯދި ފިނާއަށް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރޭގެ ޝަރަފްވެރި މެހްމާން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް […]

ޔުމްނާ ޢަލީ
މާޅޮހުގައި ބޮޑެތި ޒަޚަމްތަކާއެކު އޮއްވާ ފެނިގެން ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

މާޅޮހުގައި ބޮޑެތި ޒަޚަމްތަކާއެކު އޮއްވާ ފެނިގެން ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެ

އއ. މާޅޮހުގައި ބޮޑެތި ޒަޚަމްތަކަކާއެކު އޮއްވާ ފެނުނު އުމުރުން ދުވަސްވީ މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވާ ފެނުނީ މާޅޮހު ގެއެއްގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކަށެވެ. އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ ރޭ މެންދަމު 1:50 ހާއިރުއެވެ. ”އެމީހާ އަށް ފަރުވާދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައި” ފުލުހުން ބުންޏެވެ. ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް ޒަޚަމ...

ޔުމްނާ ޢަލީ
ޒަކަރިއްޔާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ޒަކަރިއްޔާ ނިޔާވެފައި އޮއްވާ ފެނިއްޖެ

ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ގައްދޫ އިން ”ތިލަދުން” އާއި ވާހަކަދެއްކި މީހަކު ބުނީ ޒަކަރިއްޔާ ފެނުނީ ގދ. ގަމުގެ ދެކުނު ފަރާތު އަތިރިމަތީ ލައްގާފައި އޮއްވާ ކަމަށެވެ. ހޯދަމުން ދިޔަ ޒަކަރިއްޔާ އާއި ގުޅޭގޮތުން ފުލުހުން ވެސް ބުނީ މިއަދު ހެނދުނު 11:43 ހާއިރު ޒަކަރިއްޔާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ […]

ޔުމްނާ ޢަލީ
ހުޅުމާލޭގައި ފްލެޓެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެ

ހުޅުމާލޭގައި ފްލެޓެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެ

ހުޅުމާލޭގައި ފްލެޓެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފޭސް 1 ގެ 94 ވަނަ ފުލެޓްގެ 2 ވަނަ ފަންގިފިލާގެ 3ވަނަ އެޕާޓްމަންޓުގައެވެ. މިތަނަކީ ބިދޭސީން ދިރިއުޅޭ ތަނެކެވެ. 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައިއެވެ. މިތަނުގައި ރޯވި އަލިފާން އެމްއެންޑީއެފުން ވަނީ 11...

ޔުމްނާ ޢަލީ
15،000 އަށްވުރެ ގިނަ ފޮތާއެކު އިސްލާމީ ކުތުބުޚާނާ ހުޅުވައިފި

15،000 އަށްވުރެ ގިނަ ފޮތާއެކު އިސްލާމީ ކުތުބުޚާނާ ހުޅުވައިފި

އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވައިފިއެވެ. މި ކުތުބުޚާނާ ތަރައްގީކޮށްފައި ވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިގިލާގައެވެ. މިތަން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިތަން ރަސްމީކޮށް ހުޅުއްވައި ދެއްވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެވެ. އިސްލާމީ ކުތުބުޚާނާ ހުޅުވިގެން ގޮސްފައި ވަނީ 15،000 އަށްވުރެ ގިނަ ފޮތާއެކުކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މި އިސްލާމީ ކުތުބުޚާނާ...

ޔުމްނާ ޢަލީ
ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަން ފަށައިފި

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ދޫކުރަން ފަށައިފި

ގުޅީފަޅުން ގޯތި ލިބިފައިވާ މީހުންނަށް ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ފަށައިފިއެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައެވެ. މިއަދު ހެނދުނު ފެށި މި މަސައްކަތަށްޓަކައި، މިނިސްޓްރީން ވަނީ ގޯތި ލިބިފައިވާ ކޮންމެ ފަރާތަކަށް ވަކިވަކިން ރަޖިސްޓްރީ ނެގުމަށް ދުވަހ...

ޔުމްނާ ޢަލީ
ދޮށީ އުމުރުގެ މީހެއް މަގު ހުރަސްކުރަނިކޮށް ބިދޭސީއެއް ދުއްވި ސައިލަކުންޖެހި އެކްސިޑެންޓެއް

ދޮށީ އުމުރުގެ މީހެއް މަގު ހުރަސްކުރަނިކޮށް ބިދޭސީއެއް ދުއްވި ސައިލަކުންޖެހި އެކްސިޑެންޓެއް

ހުޅުމާލޭގައި، ދޮށީ އުމުރުގެ ދިވެހި އަންހެނަކު މަގު ހުރަސްކުރަނިކޮށް ބިދޭސީއެއް ދުއްވި ސައިކަލަކުން ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހުޅުމާލެ ފޭސް 1، ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވަމުންދިޔަ ސައިކަލެއް، ޒެބްރާ ކްރޮސިންގއަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 14:16 ހާއިރުކަމަށް ފުލުހުން ބުންޏެވެ. މި އެކްސިޑެންޓުގައި ހިމެނޭ...

ޔުމްނާ ޢަލީ
ކޮންމެ ލައިބްރަރީއަކީ މުޅި ރާސްތާއަށް އަލިކޮށްދޭ ދަންމަރެއް: ރައީސް

ކޮންމެ ލައިބްރަރީއަކީ މުޅި ރާސްތާއަށް އަލިކޮށްދޭ ދަންމަރެއް: ރައީސް

ކޮންމެ ލައިބްރަރީއަކީ ވަށައިގެންވާ މުޅި ރާސްތާއަށް އަލިކޮށްދޭ ފަނޑުވުމެއް ނެތް ދަންމަރެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މި ޕޯސްޓުގައި ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާގެ 80 ވަނަ އަހަރީ ދުވަހާއި ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހި ރައްޔިތުންނަށް ވަނީ އަރި...

ޔުމްނާ ޢަލީ
ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނިއްޖެ

ޒަކަރިއްޔާ ދަތުރުކުރި ޑިންގީ ފެނިއްޖެ

ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ދަތުރުކުރި ޑިންގީ ކަނޑު އަޑިން ފެނިއްޖެއެވެ. ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް އިއްޔެ ވެސް ބަލާފައިވާއިރު، އެމްއެންޑީއެފުން މިއަދު ބުނީ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި އޭނާ ދަތުރުކުރި ޑިންގީ ފެނިފައިވާ ކަމަށެވެ. އެ ޑިންގީ ފެނުނީ ގދ.ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ...

ޔުމްނާ ޢަލީ
79 އަހަރުގެ ޒަކަރިއްޔާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

79 އަހަރުގެ ޒަކަރިއްޔާ ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި

ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުންނާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ، ޒަކަރިއްޔާ ފެނޭތޯ މިހާތަނަށް ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ޒަކަރިއްޔާ ހޯދުމުގެ މި އޮޕަރޭޝަންގައި، އެމްއެންޑީއ...

ޔުމްނާ ޢަލީ
މޫސުން ގޯސްވުމުން މޫދު ކުޅިވަރުތައް މަޑުޖައްސާލަން ފުލުހުން އިލްތިމާސްކޮށްފި

މޫސުން ގޯސްވުމުން މޫދު ކުޅިވަރުތައް މަޑުޖައްސާލަން ފުލުހުން އިލްތިމާސްކޮށްފި

މިހާރު ގަދަވަޔާއިއެކު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، މޫދު ކުޅިވަރުތައް މަޑުޖައްސާލަން ދިވެހި ފުލުހުންގެ އިދާރައިން އިލްތިމާސް ކޮށްފިއެވެ. މިކަން ހާމަކޮށް މިއަދު ފުލުހުން ވިދާޅުވީ މޫސުން ގޯސްވަގުތަކަށްވާތީ މޫދުކުޅިވަރާއި މޫދުގައި ހިންގާ ތަފާތު އެހެން ހަރަކާތްތައްވެސް މޫސުން ރަނގަޅު ނުވަނީސް ކުރިއަށް ނުގެންދިއުމަށް އެދޭ ކަމަށެވެ. ފުލުހުން ވިދާޅުވީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތަކުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށާއި، އެ މުއައްސަސާއިން އެންމެ ބޮޑު އިސްކަމެއް ދެނީ...

އިބްރާހިމް ޚަލީލް
ރައްޔިތުންގެ އިޖްތިމާޢީ، އިޤްތިޞާދީ ދުޅަހެޔޮކަމަށް އިތުރު އިންވެސްޓްމަންޓްތައް ކުރާނަން: ރައީސް

ރައްޔިތުންގެ އިޖްތިމާޢީ، އިޤްތިޞާދީ ދުޅަހެޔޮކަމަށް އިތުރު އިންވެސްޓްމަންޓްތައް ކުރާނަން: ރައީސް

ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އިތުރު އިންވެސްޓްމަންޓްތައްކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބާގައި މިއަދު މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ، ހަމަހަމަ ފުރުޞަތުތަކާއި ދުޅަހެޔޮކަން ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ މުހިންމުކަމާމެދު ވިސްނާލުމަކީ މުހިންމު ކަމެއް ކަމަށެވެ. އެމަނިކުފާނުގެ ޕޯސްޓްގ...

ޔުމްނާ ޢަލީ
ކަނޑުމަތީގެ އަށް ހާދިސާއެއް އެމްއެންޑީއެފަށް ރިޕޯޓްކުރި

ކަނޑުމަތީގެ އަށް ހާދިސާއެއް އެމްއެންޑީއެފަށް ރިޕޯޓްކުރި

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވެފައިވާ މި ދުވަސްވަރު، ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރެޔާއި ހަމައަށް ރިޕޯޓުކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މި ހާދިސާތައް ރިޕޯޓުކޮށްފައިވަނީ ޖުލައި 10 ވަނަ ދުވަހުގެ މެންދުރު 12:00 އިން ފެށިގެން އެދުވަހުގެ ރޭ މެންދަމު 2:00 އާ ހަމައަށެވެ. ރިޕޯޓުކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި ހިމެނެނީ: ގދ. ގައްދޫން ފުރައިގެން ގަމަށް ދަތުރުކުރި ޑިންގީއެއްގައި ހުރި މީހަކު ގެއްލުނު ހާދިސާ: ގދ.ގައްދޫން ފ...

ޔުމްނާ ޢަލީ
ހއ.އަތޮޅުން ފެށިގެން 11 އަތޮޅެއް ހިމެނޭ ސަރައްދުތަކަށް ރީނދޫ ސަމާލު

ހއ.އަތޮޅުން ފެށިގެން 11 އަތޮޅެއް ހިމެނޭ ސަރައްދުތަކަށް ރީނދޫ ސަމާލު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިރޭ 23:30 އިން ފެށިގެން މެންދަމުން އަނބުރާ 3:30 […]

ޔުމްނާ ޢަލީ
ކެނޯއެއްގައި ނުކުތް މީހާ ހުރީ ދުވާފަރުގައި

ކެނޯއެއްގައި ނުކުތް މީހާ ހުރީ ދުވާފަރުގައި

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެހި މުވައްޒަފަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ އެ އަތޮޅު ދުވާފަރަށް ގޮސްފައިވާކަން އެނގިއްޖެއެވެ. ފުލުހުން ބުނީ އެމީހާ ދުވާފަރަށް ގޮސްފައިވާކަމުގެ މައުލޫމާތު މިރޭ 22:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެމީހާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާ ގެއްލިގެން ހޯދަން ފެށީ ހަވީރު ކެނޯގައި ރިސޯޓުން ފުރިގޮތަށް ޚަބަރެއް ނުވެގެންނެވެ. ފުލުހުންނަށް މިކަން ރިޕޯޓް ކުރީ މިރޭ 8:43 ގައެވެ. މިއަދުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް އަންނަނީ […]

ޔުމްނާ ޢަލީ