ހުޅުމާލޭގައި ފްލެޓެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފޭސް 1 ގެ 94 ވަނަ ފުލެޓްގެ 2 ވަނަ ފަންގިފިލާގެ 3ވަނަ އެޕާޓްމަންޓުގައެވެ.
މިތަނަކީ ބިދޭސީން ދިރިއުޅޭ ތަނެކެވެ. 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައިއެވެ.
މިތަނުގައި ރޯވި އަލިފާން އެމްއެންޑީއެފުން ވަނީ 11 ޖަހާކަށްހާއިރު ކޮންޓްރޯލްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!