ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެ
ސިނަމާލެ ބްރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް ރޭ އަނިޔާވެއްޖެއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ވޭނަކާއި ސައިކަލެއް ޖެހިގެންނެވެ. ހައިވޭގެ ހަތަރު ލޭނު އޮންނަ ހިސާބުގައި ހިނގި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ވޭން އޯވަރޓޭކްކުރަނިކޮށް ސައިކަލުގައި ޖެހިގެންނެވެ. މި ހާދިސާގައި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެފައިވާއިރު، އެ ދެ މީހުންނަށް ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސް ފަރުވާދެމުންނެވެ. މި އެކްސިޑެނ...