އއ. މާޅޮހުގައި ބޮޑެތި ޒަޚަމްތަކަކާއެކު އޮއްވާ ފެނުނު އުމުރުން ދުވަސްވީ މީހަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވާ ފެނުނީ މާޅޮހު ގެއެއްގައި ނިދާފައި އޮތް އުމުރުން ދުވަސްވީ މީހަކަށެވެ. އޭނާ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދާކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ ރޭ މެންދަމު 1:50 ހާއިރުއެވެ.
''އެމީހާ އަށް ފަރުވާދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި ވަނީ ނިޔާވެފައި'' ފުލުހުން ބުންޏެވެ.
ނިދާފައި އޮއްވާ އަނިޔާވެރި ގޮތަކަށް ޒަޚަމްކޮށްލުމުން ފަރުވާދެމުން ދަނިކޮށް ނިޔާވެފައި ވަނީ އެރަށު އޯކިޑްމާގެ އުމުރުން 65 އަބްދުއްރަހްމާން އާދަމެވެ.
މި މައްސަލައިގެ ތަހުގީކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރަށް މި މައްސަލައިގެ ތަހްގީގަށް ފުލުހުންގެ ޚާއްޞަ ޓީމެއް ވެސް ވަނީ އެރަށަށް ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!