“ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ މާގަލަ، އައިމިނަތު ޝާޔާ މުޙައްމަދު ޝާހިދުއަކީ ވަރަށް ކުޑައިރުން ފަށައިގެން ޤުރުއާން އަޑުއަހަން ލޯބިކުރި ކުއްޖެކެވެ. އެ ހިސާބުން ފަށައިގެން އޭނާ ވަނީ ޤުރުއާން ދަސްކުރަން މަސައްކަތް ފަށާފައެވެ. އެންމެ އަލިގަދަ ތަރި މުބާރާތަކީ ރަށު ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ބޭއްވޭ އެންމެ ބޮޑު އެއް މުބާރާތަށް ވެފައި މި މުބާރާތުގައި ޤުރްއާން ޢިލްމާއި ތަޖުވީދުގެ އިތުރުން ދިގުރާގަށް ކިޔެވުމުގެ ފުރުސަތު ލިބުމާއި، މުބާރާތުގެ […]”
“ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ޖީޒާ، މަރްޔަމް އަޒާ ޢާދިލްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވައި ހިތުދަސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. އަޒާ މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވި ސަބަބުތަކުގެ ތެރޭގައި، މުބާރާތުގެ ޒަރިއްޔާއިން ޤުރުއާނުގެ އިލްމު އުނގެނުމުގައި ބޮޑެތި ފައިދާތަކެއް ލިބިގެން ދިޔުމާއި، ތަފާތު ރާގުރާގަށް ޤުރުއާން ކިޔެވުމުގެ ފުރުސަތު މި މުބާރާތުން ލިބިގެން ދިޔުން ހިމެނެއެވެ. އަދި މުބާރާތް ރާވާލާފައިވާ ގޮތަކީ ޝައުޤުވެރ...”
“ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ލަކީސްޓަރ، ޢުލްޔާ އިބްރާޙިމް ޝަރީފްއަކީ ކުޑައިރުއްސުރެ ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަކުރަމުން އަންނަ ކުއްޖެކެވެ. ޢުލްޔާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވި ސަބަބުތަކުގެ ތެރޭގައި ޤުރުއާން ތިލާވާ ކުރުމުގެ ހުނަރު އިތުރަށް ތަރައްގީކޮށް ޤުރުއާނުގެ ރޮނގުން ކުރިއަށް ދިޔުމަށް މި މުބާރާތުގެ ތެރެއިން އެހީތެރިކަން ލިބުން ހިމެނެއެވެ. ޢުލްޔާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދާފަ...”
“ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ހަވީރީފިނި، ފާތިމަތު ލުޖައިން އިބްރާހިމްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން އުނގެނެންފަށައި މުބާރާތްތަކުގައި ވާދަކުރަމުން އައިސްފައިވާ ކުއްޖެކެވެ. މުބާރާތްތަކުން ލިބެމުންދިޔަ ކާމިޔާބީތަކުގެ ސަބަބުން އޭނާގެ ހިތުގައި ޤުރުއާން ކިޔެވުމަށް އިތުރަށް ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން ލުޖައިން މި މުބާރާތުގައި ވާދަކުރަން ޝައުގުވެރިވި އެންމެ ބޮޑު އެއް ސަބަބަކީ މި...”
“ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ ވައްޓަރު، ޢާއިޝަތު ރީޝް ނަސީމްއަކީ އެންމެ ކުޑައިރުއްސުރެ ގޭގައި ޤުރުއާން ކިޔަވައި، ކުލާސްތަކަށް ގޮސް ޤުރުއާން އުނގެނެން މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. އޭނާ ހިތުގައި އަބަދުވެސް ޤުރުއާނަށް ހާއްސަ މަގާމެއް ދެވިފައި އޮތެވެ. ނަމަވެސް ޤުރުއާން ހިތުދަސްކުރަން މަސައްކަތް ފެށި ހިސާބުން އޭނާގެ ހިތުގައި ޤުރުއާނާއިމެދު އޮތް ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ. ރީޝް މި މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވި ސަބަބުތ...”
“ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ފެންފިޔާޒުގެ، އިސްމާއިލް މަހްފޫޒްއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވައި އެ އިލްމު އުނގެނެން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. މި މުބާރާތުން ޤުރުއާނުގެ އިލްމާއި ގުޅޭ ތަފާތު މައުލޫމާތު ލިބިގެން ދިޔުމާއި، މިއީ އެހެން މުބާރާތްތަކާއި ތަފާތު ގޮތަކަށް ކުރިއަށް ގެންދެވޭ މުބާރާތަކަށް ވުމީ، މަހްފޫޒްގެ ހިތުގައި މި މުބާރާތާއި މެދު ޝައުގުވެރިކަން އިތުރުވެގެންދިޔަ ސަބަބުތަކެވެ. މަހްފޫޒް ވަނީ މިހާތަނަށް އޭނާ […]”
“ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ އަތޮޅު ތުރާކުނު ގުލްދަމްގެ، އީޝާ އަހްމަދު ސިޔާމަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކިޔަވައި އެ އިލްމު އުނގެނެން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. އީޝާ މި މުބާރާތުގައި ބައިވެރިވާން ބޭނުންވި ސަބަބުތަކުގެ ތެރޭގައި، މިއީ އާންމުކޮށް ބައިވެރިވާ މުބާރާތްތަކާއި ތަފާތު މުބާރާތަކަށް ވުން ހިމެނެއެވެ. އީޝާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އީޝާ […]”
“ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު އިތާ، ޢަލީ ޒައުލް ޒިޔާއުއަކީ އުމުރުން ވަރަށް ހަގުއިރު ޤުރުއާން ކުލާހަށް ގޮސް، ޤުރުއާނުގެ އިލްމު އުނގެނެން ފެށި ކުއްޖެކެވެ. މި މުބާރާތަކީ މުޅި ހއ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތަކަށް ވުމީ، އޭނާގެ ހިތުގައި މި މުބާރާތުގައި ބައިވެރިވެ ރަނގަޅު ކާމިޔާބެއް ހޯދުމަށް ޝައުގުވެރިވި ސަބަބެކެވެ. ޒައުލް ވަނީ މިހާތަނަށް އޭނާ ބައިވެރިވި މުބާރާތްތަކުން ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް […]”
“ހއ.ކެލާގައި ހުންނަ ޝައިހް އިބްރާހީމް ސްކޫލުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، އެ ރަށު ނަޔާއަންދާޒުގެ، ފާޠިމަތު ރިފްޢާ ރުޝްދީއަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން އުނގެނެން މަސައްކަތް ކުރަމުން އައި ކުއްޖެކެވެ. ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ލިބެންފެށި ކާމިޔާބީތަކާއިއެކު އޭނާގެ ހިތުގައި ޤުރުއާން ކިޔަވައި ދަސްކުރުމަށް އޮތް ލޯބި އިތުރުވެގެން ދިޔައެވެ. ޤުރުއާނުގެ އިލްމުގައި އިތުރަށް ކުރިއަށް ދިޔުމަކީ މި މުބާރާތުގައި ރިފްޢާ ބައިވެރިވާން ބޭނުންވި އެއް ސަބަބެވެ. މީގެއިތުރުން ޤުރްއާނާއި ބެހޭގޮތުން...”
“ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ އަސްރިފާހައުސް، މަރްޔަމް ނާޔާ އަޙްމަދަކީ ކުޑައިރުއްސުރެ ޤުރުއާން އަޑުއަހައި، ޤުރުއާން ކިޔަވައި ހިތުދަސްކުރަން މަސައްކަތް ކުރަމުން އަންނަ ކުއްޖެކެވެ. ރަށުގައި ބޭއްވޭ އެހެން މުބާރާތްތަކާއި ހިލާފަށް މި މުބާރާތުގައި ތަފާތު ގޮތްތަކަށް ކިޔެވުމުގެ ފުރުސަތު ލިބުމާއި، ތަޖުވީދުގެ ހަމަތަކާއި ޤުރުއާނުގެ އިލްމުގެ އިތުރުން މި މުބާރާތުގެ ތެރެއިން ދީނީ އިލްމު ލިބިގެން ދިޔުމަކީ، މި މުބާރާތުގައި އޭނާ ވާދަކުރަން ބޭނުންވާ މައިގަނޑު ސަބަބުތަކ...”
“ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ މާމުތީގެ، ޢާއިޝަތު ރައިނާ ރަޝީދަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކްލާސްތަކަށް ގޮސް ޤުރުއާން ކިޔަވައި މުބާރާތްތަކުގައި ބައިވެރިވަމުން އައިސްފައިވާ ކުއްޖެކެވެ. ރައިނާ މި މުބާރާތުގައި ބައިވެރިވާން ނިންމި ސަބަބުތަކުގެ ތެރޭގައި ޤުރުއާން ކިޔެވުމުގެ ގާބިލްކަން އިތުރުކުރުމާއި ޤުރުއާން އިތުރަށް ހިތުދަށްކުރުމަށް މަސައްކަތް ކުރުމުގެ ހިތްވަރު މުބާރާތުގެ ތެރެއިން ލިބިގެން ދިޔުމާއި ޤުރުއާނުގެ ފަންނުގައި އިތުރަށް ކުރިއަރައި ދިޔުމަށް ބޭ...”
“ކުޑައިރު އާއިލާއިން ޤުރުއާން އުނގައްނައިދޭން ކުރި މަސައްކަތުގެ ސަބަބުން ޤުރުއާން އުނގެނުމަށް ލޯބި ޖެހި އެކަމުގެ ތެރެއަށް ވަދެވުނު ހއ.ދިއްދޫ ވިގޯރަސް، މަރިޔަމް ހިބާ ހުސެއިންއަކީ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. ހިބާއަކީ އަބަދުވެސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވާން ޝައުގު ހުންނަ ކުއްޖެކެވެ. އާންމު ޤުރުއާން މުބާރާތްތަކާއި އަލިގަދަތަރި މުބާރާތް ތަފާތުވުމަކީ އޭނާގެ ހިތުގައި މި މުބާރާތާއިމެދު ޝައުގުވެރިކަން އިތުރުވެގެން ދިޔަ ސަބަބެކެވެ. ހިބާ ވަނީ މިހާތަނ...”
“ވަރަށް ހަގު އުމުރުގައި ޤުރުއާން އުނގެނެން ފެށި ހއ.ދިއްދޫ ޝެހެނާއީ، ޢަބްދުالله ޒައިން ބިން މުޙައްމަދަކީ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމީ ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ގިނަ ޤުރުއާން މުބާރާތްތަކެއްގައި މިހާތަނަށް ވާދަކޮށްފައިވާ ޒައިން މި މުބާރާތުގައި ބައިވެރިވާން ހިތުގައި ބޮޑު ޝައުގެއް އުފެދުނީ މި މުބާރާތަކީ އާންމުކޮށް ބޭއްވޭ މުބާރާތްތަކާއި ތަފާތު މުބާރާތަކަށްވެފައި، މި މުބާރާތުން ޤުރުއާނުގެ އިލްމު އިތުރަށް އުނގެނުމުގެ ފުރުސަތު ލިބިގެންދާތީއެވެ. ފާއިތުވި މުއްދަތުގައި ޒައިން ވަނީ ބައި...”
“ހއ.ދިއްދޫ ޗޭނު ޖަމިއްޔާގެ ފާރާތުން އެ ރަށުގައި ހިންގަމުން އަންނަ ޤުރުއާން ކުލާހުގައި ކިޔަވަން ފެށި ހިސާބުން ޤުރުއާން އުނގެނި ދަސްކުރުމަށް ހިތުގައި ބޮޑު ޝައުގެއް އުފެދުނު އެ ރަށު އޭޝިއާ، ނިލާމާ ރަޝީދަކީ ދަރިންނަށް ވެސް ޤުރުއާން ކިޔަވައި ދިނުމަށް ގިނަ ވަގުތު ހޭދަކުރަމުން އަންނަ ފަރާތެކެވެ. ނިލާމާ މި މުބާރާތުގައި ބައިވެރިވި އެންމެ ބޮޑު މަގުސަދަކީ ޤުރުއާންގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމެވެ. ފާއިތުވި ތަނުގައި އޭނާ ވަނީ ގިނަ ޤުރުއާން މުބާރާތްތަކެއްގައި ވާދަކޮށް […]”
“ހއ.ދިއްދޫ ޒުރިޔާނުގެ، ޔޫލީ މުހައްމަދު ލަތީފްއަކީ އެ އާއިލާގެ ހަތަރުވަނަ ކުއްޖާއެވެ. އާއިލާގައި ތިބި ބޭބެމެންނާއި ދައްތަމެން ޤުރުއާން މުބާރާތްތަކުގައި ވާދަކުރާތަން ފެނުމާއި، މަންމައާއި ބައްޕަ އެ އިލްމު އޭނާއަށް އުނގައްނައި ދިނުމަށް ބާރުއަޅައި ކޮށްދިން މަސައްކަތުން އޭނާ ހިތުގައި ޤުރުއާން އުނގެނި ދަސްކުރުމަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިގެން ދިޔައެވެ. ޔޫލީއަކީ ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ޤުރުއާންގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމަށް ހިތުގައ...”