“ހއ.ދިއްދޫ، ޝެހެނާވިލާ އައިމިނަތު ޝިޢުރާ އިބްރާހީމްއަކީ އެންމެ ކުޑައިރުއްސުރެ ވެސް ޤުރުއާން ކިޔެވުމަށް ލޯބިކުރަމުން އައި ކުއްޖެކެވެ. މުބާރާތްތަކުގައި ވާދަކޮށް ލިބެންފެށި ކާމިޔާބީތަކާއިއެކު ޤުރުއާނުގެ އިލްމު އިތުރަށް އުނގެނި ދަސްކުރުމުގެ ޝައުގު އޭނާގެ ހިތުގައި ވަނީ އިތުރުވެގެން ގޮސްފައެވެ. ޝިޢުރާ މި މުބާރާތާއި ކުރިމަތިލާއިރު، ރަނގަޅު ވަނައެއް ހޯދައި އޭނާ އުފަން ރަށަށް ރީތި ނަން ހޯދައިދިނުމަކީ މުބާރާތުގައި ވާދަކުރުމުގެ އެއް މަގުސަދެވެ. ޝިޢުރާ ވަނީ މިހާތަނަށް އޭނާ ބައިވެރިވި ގިނަ މުބާރާތްތަކުން ފާހަ...”
“ކުޑައިރުއްސުރެ ކީރިތި ޤުރުއާން ކިޔަވައި ޤުރުއާން އަޑުއެހުމަށް ޝައުގުވެރިކަން އުފެދި، ޤުރުއާން ހިތުދަސްކުރަން ފެށި ހއ. ދިއްދޫ، އައިވީ ޢާއިޝަތު ނީޝާން އާދަމް ނާފިޒު އަކީ އެ އަތޮޅު ކެލާގައި ހުންނަ ޝައިޚް އިބްރާހީމް ސްކޫލްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ނީޝާންއަކީ އަބަދުވެސް ޤުރުއާން މުބާރާތްތަކުގައި ބައިވެރިވުމަށް ވަރަށް ލޯބިކުރަމުން އަންނަ ކުއްޖެކެވެ. މުބާރާތުގެ އެއްވަނައަށް އަޒުމްކޮށް މި މުބާރާތުގައި ބައިވެރިވާން އޭނާ ނިންމި އެންމެ ބޮޑު ސަބަބަކީ ވެސް ޤުރުއާން ކިޔަވައި، އަދި […]”
“އިޖްތިމާޢީގޮތުން ރަށަށް ކުރިއެރުން ލިބުމަކީ ރަށުގައި ދިރިއުޅޭ ކޮންމެ ފަރުދެއްގެވެސް އުއްމީދަކަށް ވާނެކަން ޔަޤީނެވެ. އަދި ފަސޭހަ، ފަހި ދިރިއުޅުމަކަށް އެދޭ ކޮންމެ ރައްޔިތަކުވެސް އެ ހުވަފެން ދެކޭނެކަން ގައިމެވެ. ހަމައެފަދައިން އިޖްތިމާޢީ މަސައްކަތްތަކަށް ލޯބިކުރާ ޒުވާނުން އިތުރުވެއްޖެނަމަ، ރައްޔިތުން އެދޭ ފަދަ ހެޔޮ ބަދަލްތައް ރަށުގެ ތަރައްޤީއަށް އަންނާނެކަން ޤަބޫލު ކުރާ މީހުން ނުހަނު ގިނައެވެ. ބޭނުންވަނީ ހިތްވަރާއި ސާބިތުކަމެވެ. އަދި ކެރުންތެރިކަމާއި ނުގުޑާފަދަ ޢަޒުމެކެވެ. ހއ ދިއްދޫ، ނަވަރަން، ނަޝ...”
“ޒީނަތްތެރިވުމަށްޓަކައި މޭކަޕް ކުރުމަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް އާއްމު ކަމެކެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މޫނުގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމުގައި މޭކަޕް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. އާއްމު ދިރިއުޅުމުގައި ގޭގައި އެކަނި އިނދެ މޭކަޕްކޮށް ނަލަވި ނަމަވެސް ޚާއްސަ ތަންތަނަށް ދާއިރު، ގިނަ މީހުން ބޭނުންވަނީ ފެންވަރު ރަނގަޅު މޭކަޕް އަރޓިސްޓުންގެ ފިހީގެ އެހީ ހޯދާށެވެ. ގައިމުވެސް ތަފާތުވާނެއެވެ. ހދ. މަކުނުދޫ ގުލްބަކާގޭ ރައީފާ ޢަބްދުﷲ ( ރައި) 27އ، އަކީ […]”
“އާރޓް ގެލަރީގެ ވަށައިގެން ހުރީ އެކި ކުލައިގެ، އެކި ވައްތަރުގެ ފަންނީ ހުނަރެވެ. ކުރެހުމާއި، އަތްތެރި މަސައްކަތާއި، ފެންކުލައިގެ “އައިޖައިބެއް ކަހަލަ” ތަސްވީރު ތަކެވެ. ހަތަރު ބިތުންވެސް ފެންނަނީ ކުރެހުމުގެ ދުނިޔެއިން ފެންނާނެ ހުރިހާ ކުލައެކެވެ. ނެތް ހުނަރެއް، ނެތް ކުލައެއް ނެތެވެ. މުޅި ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ތެރެއިން، ވަރަށް ޖޯޝީ ވާހަކަ ތެކެއްވެސް އަޑު އިވެއެވެ. ތިން ހަތަރު މީހުންގެ މެދުގައި ވާހަކަ ދައްކަން އެ ހުރީ މަޝްހޫރު ކުރެހުންތެރިޔާ “ކުރަހާ ރާއްޕެ” […]”
“އަޅުގަނޑު ކުޑައިރު ރޭޑިއޯއިން ފޮނުވި ދީނީ ވަރަށް ގިނަ ޕްރޮގްރާމްތަކެއްގައި އެންމެ ގިނައިން އިވެމުންދިޔަ އެއް އަޑަކީ ށ. މަރޮށްޓަށް އުފަން މ. ރިހާބު ފަޟީލަތުއްޝައިޚު ޢުޘްމާނު ޢަބްދުﷲ ޢުމްރީގެ އަޑެވެ. “ފަރުޟު ޒަކާތް” ފަދަ ޕްރޮގްރާމްތަކަކީ އުޘްމާން ޢަބްދުﷲއަށްޚާއްޞަ ޕްރޮގްރާމެކޭ އޭރު އަޅުގަނޑަށް ހީވެފައި އޮތެވެ. އެ ސިލްސިލާ ޕްރޮގްރާމްގައި ޢުޘްމާން ޢަބްދުﷲގެ މަޑުމައިތިރި އަޑުން ދެއްވި ހެޔޮ ނަސޭހަތްތައް ގިނަ ބަޔަކަށް ވަރަށް ކަމުދިޔައެވެ. ރޭޑިއޯގެ އިތުރުން ޓީވީ މޯލްޑިވްސްއިން ފޮނުއްވި ދީނީ ގިނަ […]”
““މަގޭ ލޯބި މަންޒިލް.. މަގޭ ހިތުގެ ނޫރާ.. މަގޭ މަންމައަށް މިހިތުން ކުރާ މިއީ ދުޢާއޭ.. މަގޭ މަންމަ ހީލީމާ، އެލިބޭ އަރާމާ.. އެމަންޒަރު ހަނދާންވާތީ ކުރާ މިއީ ދުޢާއޭ..” މިއީ އިންޓަރ ސްކޫލް ލަވަ މުބާރާތް 2023 ގައި ގދ. އަތޮޅު މަދަރުސާގެ ދަރިވަރު ޝާޔަން ބިންތި އަޙްމަދު ހުށައަޅައިދިން ލަވައިގެ ފެށުމެވެ. ލަވައެއްގެ ސިފައިގައި އެ ތުއްތު ކުއްޖާ ހުށަހަޅައިދީފައި އެވަނީ އެހިތުގެ އާދޭހެވެ. އުދާސްތަކެވެ. އަދި އެ ކުޑަކުޑަ ހިތުގައި މަންމައަށްޓަކައި އުފެދެމުންދާ […]”
“ކުޑައިރު އެންމެ ފުރަތަމަ ހަނދަށް ދާ މީހަކަށް ( އެސްޓްރޮނޮޓް ) ވާން ބޭނުންވީ އެއީ އާދަޔާ ޚިލާފް ކަމަކަށްވާތީއެވެ. އަދި ރާއްޖޭގައިވެސް އެފަދަ މީހުން ނޫޅޭތީއެވެ. އަދި ހަމަ އެހެންމެ އެކަން ތަޖުރިބާކުރަން ބޭނުންވާތީއެވެ. ނަމަވެސް މާ ގިނަ ދުވަހަކު އެ ހުވަފެން ދެކޭހިތެއް ނުވިއެވެ. ސްކޫލް ދައުރު ނިންމާލެއްވެވުމަށްފަހު، އެންމެ 19 އަހަރުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް) އާއި ގުޅިވަޑައިގަތީ ޤައުމަށް ޚިދުމަތްކުރުމުގެ މާތް ނިޔަތުގައެވެ. ޤައުމަށް ފައިދާހުރި މަސައްކަތްތަކެއް ކުރެއްވު...”
“ދިވެހި ރުކުގެ ފަން ބޭނުން ކޮށްގެން އިހުގައި ދިވެހިންތެރޭ ތަފާތު ތަކެތި ވިޔެ އުޅުނެވެ. އޭގެތެރޭގައި ދިވެހިންގެ އޭރު ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ވިޔެ އުޅުނު ތަކެތީގެ އިތުރުން، ހުސް ވަގުތުފުރާލައި ފޫހި ފިލުވައިލަން ވިޔެ އުޅުނު ތަކެތި ވެސް ހިމެނެއެވެ. ނަމަވެސް މިއަދު މި މަސައްކަތްކުރާ މީހުން މަދުވެ، މި ހުނަރުވެރި މަސައްކަތް ވަނީ މުޖުތަމަޢުން ނެތިދާން ފަށާފައެވެ. ތިލަދުންމަތީ އުތުރުބުރީ ވަށަފަރު، އަބްދުﷲ ސުޖާޢު (އަބޫ) އަކީ ރުކުގެ ފަން ބޭނުން ކޮށްގެން ތަފާތު […]”
“ރާއްޖެތެރޭ ރަށެއްގައި ނަމަ ފުރަތަމަ ފުޓްބޯޅަ ދަނޑަކީ ގޭ ދޮށުގައި އޮންނަ ހުސްތަންކޮޅެވެ. ނުވަތަ ގޭ ކުރިމަތީ އޮންނަ މަގެވެ. އެއަށްފަހު އަތިރިމަތީ ރުއްވަލެވެ. މިއީ ރާއްޖެތެރޭ ގިނަ ކުދިން ފުޓްބޯޅަ ކުޅުން ފެށިގެން އަންނަ ގޮތެވެ. ހަގު އުމުރުގައި، ލަހުފާން އަޙްމަދު ޝަހީމް އަށް ވެސް ފުޓްބޯޅައިގެ ފެށުން އޮތީ މިގޮތަށެވެ. ލަހުފާން އަޙްމަދު ޝަހީމް ނިސްބަތްވަނީ ތިލަދުންމަތީގެ ދެ ރަށަކަށެވެ. ބައްޕަ ހދ. ވައިކަރަދޫ އަށް ނިސްބަތްވާއިރު މަންމަގެ ރަށަަކީ ހއ. ބާރަށެވެ. އުމުރުން ހަތް […]”
“ހއ. ވަށަފަރު ގިރީތެރޭގޭ މުޙައްމަދު ރަޝީދާއި ވަސީމާ ޢަލީއަށް ލިބުނު 6 ފިރެހެން ދަރީން ވެސް އަންނަނީ ފުޓްބޯޅައިގެ ދުނިޔޭގެ އެންމެ އުހުގައި ފިޔަޖަހަމުންނެވެ. ކުޑައިރުއްސުރެ، ފުޓްބޯޅައަކީ އެކުދިންގެ އެންމެ މަޤްބޫލް ކުޅިވަރެވެ. އެހެންކަމުން ގޭތެރެއިން އުފެދިގެން އައި ފުޓްސަލް ޓީމް ކަމަށްވާ “ޗެލެންޖާރސް އެފްސީ” އަކީ މިކުދިންގެ އަމިއްލަ ޓީމެކެވެ. އަޙްމަދު ސިނާން، (32އ) އަދި 31 އަހަރުގެ ޙަސަން ސިނާނާއި ޙުސައިން ސިނާން އަދި 27 އަހަރުގެ ޢަބްދުﷲ ސިނާނާއި 25 އަހަރުގެ އިބްރާހިމް […]”
“މިއަދު އޭނާއަކީ ކުޅަދާނަ ނަރުހެކެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކަށް ޚިދުމަތްކުރަމުންދާ އަގުހުރި ޚިދުމަތްތެރިއެކެވެ. އަދި އެއީ އުއްމީދީ ދުވުންތެރިއެއްވެސްމެއެވެ. ލިބިފައިވާ ކުރިއެރުންތަކާއެކު، ށ. ފޯކައިދޫއަށް އުފަން އުދައިޝާން (އުދޭ) އެންމެ ފުރަތަމަވެސް ހަނދާންކުރަން ބޭނުންވީ އެހިސާބަށް އޭނާ ގެންދިޔުމުގައި މަންމަ ވެލެއްވި ޤުރުބާނީއެވެ. ބައްޕަގެ ޢުމުރުން 28 އަހަރުގައި މި ދުނިޔެ ދޫކުރުން ވެގެން ދިޔައީ މަންމައަށް ލިބުނު ވަރަށް ބޮޑު އެކަނިވެރިކަމާއި ހިތްދަތިކަމަކަށެވެ. އޭރު އެ އާއިލާގައި އޭނާގެ އިތު...”
“އެންމެ ފުރަތަމަ ކަނބުރުވެރިކަމުގެ މަސައްކަތްތައް ފެންނަން ފެށީ ބައްޕަގެ ކަނބުރުގެއިންނެވެ. އޭރު ބައްޕަ ގާތަށް ގޮސް ކަނބުރުގޭގައި ހުންނަނީ ކޮންމެހެން އެ މަސައްކަތް ދަސްކުރާކަށް ނޫނެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ފެންނަ ކަންތައްތަކަށް ވާތީ ކަނބުރުވެރިކަމަށް ކޮންމެވެސް ވަރަކަށް އޭރު ޝައުޤުވެރިކަން އުފެދުނެވެ. ށ. ކަނޑިތީމު ޢަބްދުއްސަމަދު ޙުސައިން (ސަމަދުބޭ) މަދަރުސީ ޙަޔާތް ނިންމާލީ ރަށު މަދަރުސާއިންނާއި މާލޭ އީ.ޕީ.އެސް އިންނެވެ. އެއަށްފަހު އާމްދަނީ ހޯދުމަށް ކޮންމެވެސް ކަމެއް ކުރަން ބޭނުންވިއެވެ. އ...”
“” މަންމާ! އަޅުގަނޑު ވަރަށް ފޮޓޯ ނަގާހިތްވޭ! ފޮޓޯނަގާ މީހަކަށް ވާންބޭނުމީ!” ގްރޭޑް 5 ގައި ކިޔަވަމުންދިޔަ ދަރިފުޅުގެ އެ ޖުމްލަތައް މަންމަގެ ހިތުގައި ބިންވަޅުނެގުނެވެ. އެހެންކަމުން މާލެ ދެވުނުހާ އަވަހަކަށް ދަރިފުޅަށް ކުޑަކުޑަ ކެމެރާއެއް ގަނެދީ، އެދުވަހު ދަރިފުޅު އުފަލުން ހެއްވާލިއެވެ. ސަޕްރައިޒަކަށް މަންމަ ދިން އެ ކުޑަކެމެރާ ވެގެންދިޔައީ ހދ. ކުޅުދުއްފުށީ އަޙްމަދު އިފާއު އިބްރާހީމް ( އިފޫ ) 20އ، ފޮޓޯގެ ދުނިޔެއަށް ވަންނަން ހުޅުވުނު މައިދޮރަށެވެ. ” އިފޫ ވަރަށް ކުޑައިރުވެސް […]”
“އެއްވެސް މާލީ މަންފާއަކާއިނުލައި މުޖުތަމަޢަށް ޚިދުމަތް ކުރުމުގައި ވަރުބަލިކަމެއް ފޫހިމަކެއްނެތި އެތައް ހަކަތައަކާއި އެތައް ވަގުތެއް ހޭދަ ކުރަމުން އަންނަ ދިވެހި ދަރިން އަދިވެސް މި މުޖުތަމަޢުގައި އުޅެމުންދާކަމީ އުފާކުރުން ހައްޤު ކަމެކެވެ. މިގޮތުން ހއ. އިހަވަންދޫއަށް އުފަން އެ ރަށު ހަނދުވަރީނާޒް، މުޙައްމަދު ސުޖާޢުއަކީ އިޖުތިމާޢީ ޚިދުމަތުގައި ނަމޫނާއެކެވެ. ސުޖާގެ އިޖުތިމާޢީ ހަޔާތް ފެށިފައިވަނީ ސްކޫލުގައި ތަޢުލީމް ހާސިލްކުރަމުން އައި ދުވަސްވަރުއެވެ. މިގޮތުން އިޖުތިމާޢީ ހަޔާތް ފެށުނުގޮތް ހިއްސާކުރަމުނ...”