“ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އެކި މީހުންގެ ގައިގައި ހުންނާނީ އެކި ހުނަރެވެ. އެ މީހަކަށް ޤުދުރަތީގޮތުން ލިބިފައި ހުންނަ ހުނަރެއް ނުވަތަ ޝަޢުޤުވެރިވާ ދާއިރާއެއް ގިނަފަހަރަށް ފާހަގަވާން ފަށަނީ ތަޢުލީމް ހާސިލް ކުރަމުން އަންނަ ދުވަސްވަރު ސްކޫލުގެ މާހައުލުންނެވެ. ކުރެހުމުގެ ދާއިރާއިން ކުރިއަށް ދިޔުމުގެ މާބޮޑު ވިސްނުމެއް ނެތް ނަމަވެސް ސްކޫލުގައި ބާއްވާ އިވެންޓްތަކަށް ޑެކަރޭޓް ކުރުމާއި، ސްކޫލުގައި ބާއްވާ ކުރެހުން މުބާރާތްތަކުގައި ހދ. ކުޅުދުއްފުށީ، ލައިޓްހައުސް/ މުސްތަފާ މުޙައްމަދު ބައިވެރިވަމުން...”
“ކުޑައިރު، ފީނަން ގޮސް އުޅޭއުޅުމުގައި ފެނިފައިހުރި މުރަކައިގެ ރީތި ބަގީޗާތައް މިހާރު އެޒުވާނުންނަށް ފެންނަނީ ދިރުމެއްނެތް ތަނެއްގެ ގޮތުގައެވެ. އޭރު ފެނުނު ބޮޑެތި ގާތަކުގައި ހުރި، ރީތި ޗާލު މުރަކަތައް މިހާރު ހުރީ މަރުވެ، ފުނޑުފުނޑުވެފައެވެ. ގާތަކުގައި ހުރި، ކުލަކުލައިގެ ތަފާތުވައްތަރުގެ މުރަކަތައް ނެތްކަމީ، އެޒުވާނުން މާޔޫސްވެ، މިކަމާއިމެދު ވިސްނަން މަޖުބޫރުކުރިވި ކަމެކެވެ. ގާތަކުގެ ވަށައިގެންހުރި، މުރަކަތަކުގެ ތެރޭގައި އޭރު ދުވެލަ ދުވެލާ އުޅު ކުދި ރީތި މަސްތައް، މިހާރަކު ނޫޅެއެވެ. ޤުދުރަތުން ދެއް...”
“ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ސަމަރުބުލޫ އިބްރާހިމް މަނިކުގެ ނަމަކީ އަބަދުގެ އަބަދަށް ފަނޑުވުމެއް ނެތި، ރަން އަކުރުން ލިޔެވޭނެ ނަމެއްކަން ޔަގީނެވެ. އެ ދާއިރާއަށް ކޮށްދެއްވާފައިވާ ހިިދުމަތްތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. ދިވެހި ސަރުކާރަށް ގިނަ ހިދުމަތްތަކެއް އޭނާ ކުރައްވާފައިވާއިރު، އެންމެ ގިނަދުވަހު ހިދުމަތް ކުރެއްވީ ވެސް ބްރޯޑްކާސްޓިންގ ދާއިރާގަ އެވެ. ހާއްސަކޮށް އެ ދާއިރާގެ ކުރިމަގަށްޓަކައި އެތައް ބަޔަކު އުފައްދަވައި، ތަމްރީނު ދެއްވާފައި ވެއެވެ. އެ ދާއިރާގެ ވަރަށް އިސް މަގާމުތަކެއް...”
“ރާއްޖޭގައި ދިގު ދުވުން ދުވާ މީހުންގެ ތެރެއިން އެންމެ އުމުރުން ދުވަސްވީ އެއް ދުވުންތެރިޔާ އަބްދުއްރަޝީދު އަލީ (އަބްސީބެ) އަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫ ގައި ފަރުވާދޭން ފަށައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫ ގަ އެވެ. “ތިލަދުން” އަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހާލު މިހާރު ރަނގަޅެވެ. އަދި ސްޓްރޯކުގެ ސަަބަބުން “އިރާދަކުރެއްވިއްޔާ” މާބޮޑުވަރެއް ނުވެއެވެ. އުމުރުން 63 އަހަރުގެ އަބްސީބެ އަށް […]”
“ދިވެހީންގެ މަދު ބަޔަކާއި ސްރީލަންކާގެ ތަމަޅަ ކުލީ ސިފައިންގެ ބަޔަކު ރާއްޖެއަށް އަރައި، މިގައުމުގައި އޮތް މިނިވަންކަން ނަގައިލަން ހަނގުރާމަކުރީ މީގެ 34 އަހަރު ކުރިންނެވެ. އެދުވަހުގެ މައިދާނަށް ނިކުމެ ހިތްވަރުގަދަ ކެރޭ ދިވެހި ސިފައިން އެމީހުނާ ވަރުގަދަޔަށް ހަނގުރާމަކޮށް އެދުވަހުގެ އިރު އޮއްސުމާއި ހަމައަށް ދިޔަ އިރުވެސް އެމީހުންގެ އަތްދަށަށް ރާއްޖެ ދިޔަ ނުދީ ހިފެހެއްޓި އެވެ. އަދި ބަޣާވާތް ކާމިޔާބު ނުވާނެކަން އެނގުމުން ބައެއް ދިވެހިން ރަހީނުކޮށްގެން، އެމް. ވީ. ޕްރޮގްރެސް ލައިޓް ގައި ފިލަން […]”
“ޝަހީދު ކޯޕްރަލް ޙުސައިން އާދަމަކީ ތިލަދުންމަތީ ދެކުނު ބުރި (ހދ. އަތޮޅު) ކުޅުދުއްފުށީ މާވާގޭ އާދަމް މުޙައްމަދާއި ޢާއިޝަތު ޙަސަންގެ ދަރިކަލުންނެވެ. 1988 ނޮވެންބަރު ތިންވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާގައި ޝަހީދުވެވަޑައިގެންނެވި އިރު ހުންނެވީ ސިފައިންގެ ޕްރައިވެޓެއްގެ މަޤާމުގައެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރައްވައި ޕްރައިވެޓްގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް ޑަބަލް ޕްރޮމޯޝަން ދެއްވީ 1988 ނޮވެންބަރު...”
“ފަތުރުވެރިކަމުގެ ދާއިރާއިން، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނޭ އެކިއެކި ކަންކަން ހިންގުމާއި ތަޢާރުފު ކުރުމުގެ ރޮނގުން، ހިތްވަރުދިނުމުގެ ޤައުމީ އިނާމު އަލްފާޟިލް އިބްރާހީމް ޝާހިދު، ހުޅުމާލެ. ސާމިޔާގެ (10197) (ވައިކަރަދޫ ޝާޑު) އަށް ލިބިވަޑައިގެންފި އެވެ. މި އިނާމުތައް ދެއްވެވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤަ...”
“އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް (ވޮލަންޓިއަރިޒަމް) ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ށ. ފުނަދޫ ރަބީޢުގެ، އަލްފާޟިލް ޢަބްދުﷲ ޢަލީ އަށް ލިބިވަޑައިގެންފި އެވެ. މި އިނާމުތައް ދެއްވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކަށާއި، 3 ފަރާތަކަށް ލިބިވަޑައިގެންނެވި […]”
“ރާއްޖޭގައި މި ފަހަކަށް އައިސް މަދަހަ ކިޔާ ޒުވާނުން އަންނަނީ އިތުރުވަމުން ނެވެ. އެކުދިން ކިޔާފައި ހުންނަ މަދަހަތަކަށް އާންމުންގެ ތައުރީފު ވެސް އޮހެއެވެ. މީގެކުރިން ތަފާތު އެކި ފަންނާނުން ކިޔާފައިވާ މަދަހަތަކާއި އަލަށް އުފައްދާފައިހުންނަ މަދަހަތައް ޒުވާން “ނޫކަށި” ފުރައިގެ ކުދިންގެ އަޑުން ކިޔާލުމުން ނުހަނު ހިތްގައިމެވެ. އެގޮތުން “ސައުންޑް ކްލައުޑް” އަށް އަޕްލޯޑު ކޮށްފައިވާ “ގުރުބާނީ” މަދަހައަށް އަންނަނީ ގިނަބައެއްގެ ސަމާލުކަން ލިބެމުން ނެވެ. މިއީ ރައުލާ އަބްދުއްސަލާމް ކިޔާފައިވާ މަދަހަ އެކެވެ. މި...”
“ހދ. ވައިކަރަދޫ، މާހާ، އަލްއުސްތާޛާ ޙައްވާ މުޙައްމަދު އަކީ އުނގަންނައިދިނުމުގައި 38 އަހަރު ހޭދަކުރައްވަމުން އަންނަ ފަރާތެކެވެ. ހައްވަ މިސް ނުވަތަ ހައްވަ ޓީޗަރަކީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ އަހަރު ހާސިލު ކުރައްވާފައިވާ ފަރާތެކެވެ. ޤުރްއާނުގެ ޢިލްމުން ޑިޕްލޯމާ އަދި ކިޔަވައިދިނުމުގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޯމާ ހާސިލު ކުރެއްވުމަށްފަހު، އިސްލާމީ ޝަރީޢާއިން އޮނަރސް ޑިގްރީ ހާސިލު ކުރައްވައިފައިވާ ޤާނޫނީ ވަކީލެއްވެސްމެއެވެ. ޙައްވާ މުޙައްމަދަކީ، ސްކޫލްގެ މެނޭޖްމަންޓާއި...”
“ނ. ވެލިދޫ، އިވްނިންގ ފްލާވަރ، އަލްފާޟިލާ ނަފީސާ އަބޫބަކުރަކީ ސަލާމެއް، ޗުއްޓީއެއް ނުނަންގަވައި ޓީޗިންގ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެއް ގިނަދުވަސް ވެފައިވާ ނަމޫނާ މުދައްރިސެކެވެ. 2021 ވަނަ އަހަރު ނަފީސާ މިސް ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ހާސިލްކުރައްވާފަ އެވެ. ނަފީސާ އަބޫބަކުރު، ތައުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ފުރަތަމަ އަދާކުރެއްވީ، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާ...”
“ހއ.ދިއްދޫ ޢާލިޔާ ޢަލީ ޢަބްދުﷲ (ވަށަފަރު ކަލޭފާނުދޮންމަނިކު) އަކީ ހއ.އަތޮޅަށް ދިގު މުއްދަތެއްގައި ޚިދްމަތްކުރެއްވި ޢިއްޒަތްތެރިއެކެވެ. ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. ޢަލީ ޢަބްދު ﷲ ގެ ބައްޕާފުޅަކީ ބޮޑުތިލަދުންމަތީގެ މަޝްހޫރު ޝަޚްޞިއްޔަތުންގެ ތެރޭގައި ހިމެނޭ ވަށަފަރު ޢަބްދު ﷲ ކަލޭފާނެވެ. އަލްއަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރު ސަރުކާރުގެ ބޯޑިންގ ކަމުގައިވާ ދާރުލްއިޤާމާގައި ބައިތިއްބަވައިގެން ކިޔަވައިދެއްވުމަށް އަތޮޅުތަކުން ކުދިން މާލެ ގެންދެވިއިރު، ތިލަދުންމަތިން ގެންދެވުނު ކުދިންގެ...”
“ރާއްޖޭގައި މިހާތަނަށް ކުރިޔަށް ގެންދާ އެންމެ ބޮޑު ކަނޑު އަޑީގެ ދިރާސާ ކުރަން ފެށީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މި ދިރާސާ ހިންގަނީ ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗް އިންސްޓިޓިއުޓެއް ކަމުގައިވާ ”ނެކްޓަން” އާއި ގުޅިގެންނެވެ. މި ދިރާސާ ހާއްސަވެ، ތާރީހީ ކަމަކަށް ވަނީ ކަނޑު އަޑީގެ 1،000 މީޓަރު އަޑިއަށް ގޮސްގެން ތަފާތު މައުލޫމާތުތަކެއް އެއްކުރުމަށް ހަމަޖެހިފައިވާތީ އެވެ. މިފަދަ ތާރީހީ މަސައްކަތެއްގައި ރާއްޖޭގެ ބައިވެރިވުމާއި އެކު ލިބޭ އެންމެ ބޮޑު ޝަރަފާއި […]”
“ހދ.ހަނިމާދޫ ޝަބްނަމްގެ ހަސަން މުޙައްމަދަކީ ކުރިން ކަނާއަތްތެރިއެކެވެ. ކުޑަކުޑަ ތަދާއި އެކު ދިރިއުޅުމަށް ބިންދާލި ބިޔަ ރާޅާއި އެކު ފަތަން ޖެހިފައިވަނީ އެއްއަތުންނެވެ. މިއީ، އެއްވެސް ބައްޔެއްގެ އިހުސާސެއް ނެތި ފުރިހަމަ ސިއްހަތަކާއި އެކުގައި މީގެ ދެ އަހަރެއްހައި ދުވަސް ކުރިން ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ބުރަކޮށް މަސައްކަތް ކުރަމުން އައި ޒުވާނެއްގެ ވާހަކަ އެވެ. މިއީ އުމުރުން ޒުވާން ދުވަސްވަރު ހަސަންގެ ދިރިއުޅުމަށް އެތައް ހުރަސްތަކެއް ކުރިމަތިވި ގޮތުގެވާހަކައެވެ. ކަނާއަތްތެރިއަކަށް އެ އަތ...”
“މި އަހަރުގެ ކުރީކޮޅު ކުޅުން ހުއްޓާލިކަން އިއުލާންކުރި، ޒުވާން ހުނަރުވެރި ފޯވާޑް އަހްމަދު އިމާޒް، އާއްކޮ އަލުން އެނބުރި ބޯޅަ ދަނޑަށް އައުމަށް ތައްޔާރުވެއްޖެއެވެ. އާއްކޮ އެނބުރި ދަނޑަށް ނުކުންނަނީ ވިކްޓްރީ ގެ ކުޅުން ތެރިއެއްގެ ގޮތުގައެވެ. 2018 ވަނަ އަހަރުގެ ސާފްޗެމްޕިންޟިޕް ތަށި ރާއްޖެއަށް ހޯދައިދިން ގައުމީޓީމްގައި ހިމެނުނު އާއްކޮ ޒުވާން އުމުރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލި ހަބަރަކީ މުޅި ފްޓްބޯޅަ އާއިލާއަށްވެސް ސިހުންގެނުވި ހަބަރެކެވެ. މަހެންދުރަ ރާޖަބަކްސާ ރާއްޖެއަށް ހޯދައިދިން ހުނަރުވެރި ފޯވާޑް އ...”