މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުން ޕްރޮފައިލް & ޝަޚުޞިއްޔަތު Editorial Profiles

ޝަޚުޞިއްޔަތު / މީހުން

ރަށްރަށުގެ ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތުތަކާއި ކާމިޔާބު މީހުންގެ ވާހަކަ

148 ޕްރޮފައިލް
4 އަތޮޅު ކަވަރޭޖް
4 ލިޔުންތެރިން

ހުރިހާ ޝަޚުޞިއްޔަތުތައް

ތިލަދުންމަތީގެ ފަޚުރުވެރި ދަރިންނާއި ތާރީޚީ ކާމިޔާބީތައް
ދިވެހިރާއްޖޭގެ ފުރަތަމަ ޖައްވީ ޕްރޮގްރާމް ކުރިޔަށް ގެންދާ ޓީމުގައި އިހަވަންދޫ ޒުވާނެއް

ދިވެހިރާއްޖޭގެ ފުރަތަމަ ޖައްވީ ޕްރޮގްރާމް ކުރިޔަށް ގެންދާ ޓީމުގައި އިހަވަންދޫ ޒުވާނެއް

“ދިވެހި އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށް ގެންދާ ރާއްޖޭ ފުރަތަމަ ޖައްވީ ޕްރޮގްރާމް ކުރިޔަށް ގެންދާ ޓީމުގައި އިހަވަންދޫ ޒުވާނަކު ހިމެނިއްޖެއެވެ. ފުރަތަމަ ޖައްވީ ޓީމުގައި ހއ. އިހަވަންދުއަށް ނިސްބަތްވާ ޒުވާނަކީ އެރަށު، ވާދީ، މުހައްމަދު ޖުނައިދު އެވެ. މިކަން ފާހަގަކޮށް އިހަވަންދޫ މަސްވެރިންގެ ގުޅުން ޖަމިއްޔާއިން ބުނީ ރާއްޖެއިން ޕްރޮޓޮޓައިޕް ސެޓެލައިޓެއް ހަދައި ޓެސްޓު ކުރުމަށްޓަކައި، އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް، އައިޖީއެސް އިން އެކުލ...”

ސ
ސަނިއްޔާ އަބޫބަކުރު
ޕްރޮފައިލް ބައްލަވާ ←
މިލަންދޫއަށް ޘަޤާފީ އިންގިލާބެއް ގެނުވި "ބޭބެ އަލީ" ވަކިވުން، އީދު ފޯރިއަށް ބޮޑުފަޅުކަމެއް

މިލަންދޫއަށް ޘަޤާފީ އިންގިލާބެއް ގެނުވި "ބޭބެ އަލީ" ވަކިވުން، އީދު ފޯރިއަށް ބޮޑުފަޅުކަމެއް

“1943 ވަނަ އަހަރު ށ އަތޮޅު މާކަނޑޫދޫއަށް އުފަންވި ޢަލީ އަހްމަދަކީ މާކަނޑޫދޫގެ ޢީދުފޯރިއަށް ބޮޑު އިންގިލާބެއް ގެނައި ކުޅަދާނަ ހުނަރުވެރިއެކެވެ. ކުޅިވަރާއި މިއުޒިކާއި ޘަޤާފީ ކުޅިވަރުތައް އަންނާން އޮތް ޖީލުތަކަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި މޭސްތިރިއެކެވެ. އުމުރުގެ ވަރަށް ޅަފަތުގައި ބޮޑުބެރާއި އޭގެ ހަމަތައް ދަސްކުރެއްވެވިއެވެ. ތާރައާއި ޘަޤާފީ ކުޅިވަރުތަކުގެ ފުންކަނޑަށް ފުންމަވާލެއްވިއެވެ. އެކަނޑުގައި ޢަލީ އަހްމަދު، އެންމެން ދަންނަ ނަމުންނަމަ ( ބޭބެ ޢަލީ )...”

މ
މުޙައްމަދު ސާޖިދު
ޕްރޮފައިލް ބައްލަވާ ←
މުރައިދޫ ކުޑަ ކަތީބެ ނިޔާވުން، ތިލަދުންމަތީގެ ޚިދުމަތްތެރި ދަރިއެއްގެ ވަކިވުން

މުރައިދޫ ކުޑަ ކަތީބެ ނިޔާވުން، ތިލަދުންމަތީގެ ޚިދުމަތްތެރި ދަރިއެއްގެ ވަކިވުން

“ހއ. މުރައިދޫ އަބްދުއް ރަޙްމާން އިބްރާހީމް، މުރައިދޫ މީހުންގެ ނަމުންނަމަ ބޮޑު ތުއްތުބެ ނުވަތަ ކުޑަ ކަތީބެއަކީ  މުރައިދޫއަށާއި ބޮޑު ތިލަދުންމައްޗަށް ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. ތިލަދުންމަތީގެ ހަރު އުމުރުގެ ގިނަބަޔަކު ދަންނަ ހަރުދަނާ ސަހުސިއްޔަތެކެވެ. އަބްދުއް ރަޙްމާން ނިޔާވެފައި ވަނީ 28 މެއި 2022 ވީ ހޮނިހިރު ދުވަހުއެވެ. ނިޔާވިއިރު އައިޑީ ކާޑުން ފެންނަ ގޮތުގައި އުމުރަކީ 103 އަހަރެވެ. މުރައިދޫގެ ދޮށީ އުމުރުގެ މީހުން ބުނާގޮތުންނަމަ އަބްދުއް [...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ރޯދަމަސް ވެސް ނިމުނީ! ހިނގާ ޝާލޫއާއި އެކު ގޭގައި  ތިބެގެން ފިޓްވެލަން

ރޯދަމަސް ވެސް ނިމުނީ! ހިނގާ ޝާލޫއާއި އެކު ގޭގައި ތިބެގެން ފިޓްވެލަން

“ކަސްރަތު ކުލާހެއްގައި ބައިވެރިވެ އެއްމަސް ދުވަހު ނުވަތަ ދެމަސް ދުވަހު ކަސްރަތު ކޮށްލާފައި، އެކަން ހުއްޓާލުމަކީ މީހާގެ މުޅި އުމުރު ދުވަހު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭ ކަމަކަށް ނުވާނެކަން ޔަޤީނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކީ ވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތް ކުރަނެޖެހޭ ދުވަހެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަނެޖެހޭކަމާއި މިއީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއްކަން، މީގެ 16 އަހަރު ކުރިން […]”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދުގެ ސިފައިންގެ ޚިދުމަތް!

ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދުގެ ސިފައިންގެ ޚިދުމަތް!

“ލެފްޓިނަންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދަކީ ދިވެހި އަސްކަރިއްޔާގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު 50 އަހަރާއި 24 ދުވަހުގެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ޚިދުމަތްތެރިއެކެވެ. 1959 ވަނަ އަހަރު ޖުލައިި މަހުގެ 7 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދުގެ ސަރވިސް ނަންބަރަކީ 62 އެވެ. ލެފްޓިނެންޓް (ރިޓަޔަރޑް) އިބްރާހީމް ފުއާދާއެކު އަޅުގަނޑަށް ސިފައިންގޭގައި އެއް ޔުނިޓެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބުނެވެ. އެއީ މިހާރުގެ އިލެކް...”

ޢ
ޢަބްދުﷲ ސަޢީދު
ޕްރޮފައިލް ބައްލަވާ ←
ކުޅުދުއްފުށީ ސެންޓަރު ޙަސަން: އުމުރުގެ ބޮޑުބައި، ބޮޑު ތިލަދުންމަތީގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި!

ކުޅުދުއްފުށީ ސެންޓަރު ޙަސަން: އުމުރުގެ ބޮޑުބައި، ބޮޑު ތިލަދުންމަތީގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރެއްވި!

“ހދ.ކުޅުދުއްފުށީ ހަސަން އަހްމަދު (ސެންޓަރު ހަސަން) އަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ބައްޕައެކެވެ. ރާއްޖޭގައި ޒަމާނީ ބޭސްވެރިކަމުގެ އެއްވެސް ކުލަވަރެއް ނެތް ދުވަސްވަރު، ތަފާތު ބަލިބައްޔަށް ފަރުވާ ފޯރުކޮށް ދިނުމަށް ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ވަރުބަލިކަމެއް ނެތި ދަތުރު ކުރައްވައި ފަރުވާ ފޯރުކޮށްދެއްވި ޚިދުމަތްތެރިއެކެވެ. 1960 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރައްވަން ފެއްޓެވި ނަމަވެސް، ރަސްމީކޮށް އެ ދާއިރާއާއި ގުޅިލައްވައި މަސައްކަތް ފައްޓަވާފައި ވަނީ 1964 ވަނަ އަހަރު...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ޒުވާން ކީޕަރު މާހީ، ކުޅުދުއްފުށި ޓީމުގައި ތަފާތު ދެއްކި

ޒުވާން ކީޕަރު މާހީ، ކުޅުދުއްފުށި ޓީމުގައި ތަފާތު ދެއްކި

“ޓެކާސްއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ “ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް” ފުޓްސަލް މުބާރާތުގެ ޒޯން-1 ގެ ޗެމްޕިއަންކަން ޓީމް ކުޅުދުއްފުށިން ކާމިޔާބުކުރި އިރު ގިނަބައެއްގެ ލޯ އަމާޒުވި އެއް ކުޅުންތެރިއައީ އެ ޓީމްގެ ޒުވާން ގޯލް ކީޕަރު މާހީ އަބްދުﷲ އެވެ. ޓެކާސް ފުޓްސަލް މުބާރާތުގެ ހދ. އަތޮޅު ބުރާއި ޒޯން މެޗު ހިމެނޭހެން ކުޅުދުއްފުށިން ޖުމްލަ ހަ މެޗު ކުޅުނުއިރު އެ ހުރިހާ މެޗެއްގައި މާހީގެ މޮޅު ކުޅުން ވަނީ ފާހަގަ […]”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ޕޭސްޓްރީ ދާއިރާގައި 14 އަހަރު، ޝާޒީގެ މާޒީ ގުޅެނީ ފީވަކުގައި ހުރި އާއިލީ ބޭކަރީ އާއި

ޕޭސްޓްރީ ދާއިރާގައި 14 އަހަރު، ޝާޒީގެ މާޒީ ގުޅެނީ ފީވަކުގައި ހުރި އާއިލީ ބޭކަރީ އާއި

“މީގެ ސާޅީހަކަށް އަހަރު ކުރިއަށް ބަލައިލާއިރު، ބޭކަރީގެ މަސައްކަތަކީ ރާއްޖޭގައި އެހާ އާންމު މަސައްކަތެއް ނޫނެވެ. ހާއްސަކޮށް އަތޮޅު ތެރޭގައެވެ. ނަމަވެސް ށ. ފީވަކުގައި އައްޑިހައިގެ އަހަރުތަކުގައި ބޭކަރީއެއް ހުއްޓެވެ. އެތަނުގައި ފާރޮއްޓާއި ޕާން ފިހުނެވެ. އެއީ މި ރިޕޯޓް މި ހާއްސަކުރާ މަރިޔަމް ޝާޒީގެ ބައްޕަގެ ބޭކަރީއެވެ. އެތަން ހިންގާފައި ވަނީ ޝާޒީގެ މަންމައާއި ބައްޕަގެ އިތުރުން އާއިލާގެ މެމްބަރުންގެ އަމިއްލަ މަސައްކަތުންނެވެ. ވުމާއިއެކު ޝާޒީގެ އާއިލާގެ މާޒީ އޮތީ ބޭކަރީގެ މަސައްކަތާއި ގުޅި ލާމެހިފައެވ...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ތިލަދުންމަތިން މޮޅެތި ފުޓްބޯޅަ ކުޅުން ތެރިން އުފެއްދުމަކީ ކޯޗް ފަޔާގެ އުންމީދެއް!

ތިލަދުންމަތިން މޮޅެތި ފުޓްބޯޅަ ކުޅުން ތެރިން އުފެއްދުމަކީ ކޯޗް ފަޔާގެ އުންމީދެއް!

“ފުޓްބޯޅަ އުނގެނި ދަސްކޮށް އެ ހުނަރު އިތުރު ބަޔަކަށް އުނގައްނައިދީ އެ ދާއިރާއިން ޤައުމަށް ޚިދުމަތް ކޮށްދިނުމުގެ އާދަޔާ ޚިލާފް ޝައުޤެއް ހުންނަ ހދ. ހިރިމަރަދޫ، ހުސައިން ފަޔާޒް (ފަޔާ) ގެ ވާހަކަ ވެސް ފަށަން މި ޖެހެނީ ފުރުޞަތުތައް ތޮއްޖެހިފައިވާ ވެރިރަށް މާލެއާއި ފުރުޞަތުތައް މަދު ރާއްޖެތެރޭގެ ވާހަކައިންނެވެ. ރާއްޖޭގައި މަތީ ފަންތީގައި ފުޓްބޯޅަ ކުޅެންވިޔަސް ދާންވީ މާލެއެވެ. ރާއްޖޭގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ޑިވިޝަންގެ ޓީމަކަށް ކުޅެންވިޔަސް އަދި ކޯޗުކޮށްދޭން ވިޔަސް ދާންވީ […]”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
އޯޓިޒަމް ތަަހައްމަލު ކުރަމުން އަންނަ ތަކަންދޫ އަހުޒާމް، ހާފިޡް ކަމުގެ ސަނަދު ހޯދުމަށް ކުރި ދަތުރު!

އޯޓިޒަމް ތަަހައްމަލު ކުރަމުން އަންނަ ތަކަންދޫ އަހުޒާމް، ހާފިޡް ކަމުގެ ސަނަދު ހޯދުމަށް ކުރި ދަތުރު!

“ދަރިއަކު ޤުރުއާން ހިތުދަސް ކުރުމަކީ މައިންބަފައިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހަމައެހެންމެ އެއީ އެ އާއިލާއަކަށް ވެސް އުފާވެރިކަން ގެނުވާނޭ ކަމެކެވެ. ހއ. ތަކަންދޫ ކަސްތޫރިވިލާ އަހުމަދު އަހުޒާމް މުހައްމަދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެކެވެ. އުމުރުން މިހާރު 20 އަހަރު ފުރިފައިވާ އަހުޒާމްއަކީ އޯޓިޒަމްގެ ސަބަބުން ދިރިއުޅުމުގައި އެހެން މީހުންނާއި ބޮޑެތި ތަފާތުތަކެއް ހުރި ފަރާތެކެވެ. ނަމަވެސް މި އަހަރު އަހުޒާމްވަނީ ޤުރުއާން ހިތުދަސްކޮށް ދިވެހިރާއްޖޭގެ ޤުރުއާނާއި ބެހޭ މަރުކަޒުން...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ފަނޑުވުމެއްނެތް ޤައުމީ ރަންއަޑު

ފަނޑުވުމެއްނެތް ޤައުމީ ރަންއަޑު

““ޤައުމަށް އައި މިނިވަން ނޫރާނީ”ގެ އަޑެވެ. “ޖޯޝޭ ގެނައި މީ ޤައުމީ އުފާ” ގެ އަޑެވެ. އެއީ “އޯ ވަޒަނެ މީ ލޯބީ”ގެ އަޑެވެ. “ފަޚުރުވެރި ދިވެހީންގެ ޤައުމީ ރޫޙު އާލާކޮށްލަމާ”ހޭ ވިދާޅުވި ހިތްގައިމު ރަން އަޑުގެ ވެރިޔާއެވެ. އެއީ ނ. ހޮޅުދޫއަށް އުފަން މަޝްހޫރު ޢަބްދުﷲ ޙަސަނެވެ. ހޮޅުދޫ ޢަބްދުﷲއެވެ. މިއަދު މި ޤައުމީ ޚިދުމަތްތެރިޔާ އޮންނެވީ އާލާސްކަންފުޅާއެވެ. އެދެނީ ﷲގެ ރަޙުމަތުން ލުއި ފަސޭހަކަމާއި އަވަސް ޝިފާއަކަށެވެ. އާދޭހެވެ. އެ ހާލުކޮޅުގައި އޮންނަވާތާ އެތައް […]”

ޢ
ޢަބްދުﷲ ސަޢީދު
ޕްރޮފައިލް ބައްލަވާ ←
ތިލަދުންމަތީ ހުނަރުވެރިން: މޮޅަދޫ މުޙައްމަދު މޫސާ، ލިޔެލާޖެހުމުގެ ފަންނުގައި ވެސް އެންމެ އުހުގައި

ތިލަދުންމަތީ ހުނަރުވެރިން: މޮޅަދޫ މުޙައްމަދު މޫސާ، ލިޔެލާޖެހުމުގެ ފަންނުގައި ވެސް އެންމެ އުހުގައި

“ލިޔެލާޖެހުމުގެ މަސައްކަތޭ ބުނެފިނަމަ އެންމެން ވެސް ޚިޔާލުގޮސް ހުއްޓޭނީ ބ. ތުޅާދޫއަށެވެ. ސަބަބަކީ ރާއްޖޭގައި ލިޔެލާޖެހުމުގެ ފަންނުގައި އެންމެ ކުރީގައި ތިބި ބަޔަކީ އެއީ ކަމަށްވާތީއެވެ. އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރާ ބަޔަކީވެސް އެއީއެވެ. ނަމަވެސް މިފަހަރު ތި ބޭފުޅުގެންގެ ކުރިމައްޗަށް މި ހުށަހަޅާލަނީ ލިޔެލާޖެހުމުގެ މަސައްކަތް ދަންނަ އަދި އެ މަސައްކަތް ކުރަމުން އަންނަ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ޕެންޒީމާގެ މުޙައްމަދު މޫސާގެ ވާހަކައިން ތަންކޮޅެކެވެ. އުމުރުން މިހާރު ފަންސާހުގ...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ތިލަދުންމަތީ ހުނަރުވެރިން: "ވުމެން ވޯލްޑް ޗެމްޕިއަނަކަށް" ވުމަކީ ލައިސާގެ ހުވަފެނެއް!

ތިލަދުންމަތީ ހުނަރުވެރިން: "ވުމެން ވޯލްޑް ޗެމްޕިއަނަކަށް" ވުމަކީ ލައިސާގެ ހުވަފެނެއް!

“ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ، ބްލިސް، މަރިޔަމް ލައިސާ އަބްދުއްރަޝީދަށް ޗެސްއަކީ ކުޅިވަރެއްކަން އެނގިފައިވަނީ ވެސް މީގެ ހަތަރު އަހަރެއްހާ ދުވަހުގެ ކުރިންނެވެ. 2017 ވަނަ އަހަރުއެވެ. ދެ ކުލައިގެ ގޮޅިތަކެއް ޖަހާފައިވާ ބޯޑެއް ބުކްޝޮޕުން ފެނުނުއިރު އެއީ ކީއްކުރާ ކޯޗެއްކަން ވެސް އޭނާއަށް ނޭނގުނެވެ. ނަމަވެސް ބުކްސޮޕުން އެ ފެނި ގަންނަން ޝަޢުޤު އުފެދުނެވެ. މިއީ މި ކުޅިވަރުގެ ތެރެއަށް ވަދެވެން މެދުވެރިވި ފުރަތަމަ ސަބަބެވެ. ލައިސާއަކީ ކަންކަން ދަސްކުރުމަށް ވަރަށް ޝަޢުޤު ހުންނަ ކުއްޖެކެވެ. ވުމާއެކު […]”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ތިލަދުންމަތީ ހުނަރުވެރިން: ނޮޅިވަރަމަށް އުފަން އުންމީދީ ގޯލްކީޕަރު އިޔާން!

ތިލަދުންމަތީ ހުނަރުވެރިން: ނޮޅިވަރަމަށް އުފަން އުންމީދީ ގޯލްކީޕަރު އިޔާން!

“ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަކީ ފުޓްބޯޅައަށް ލޯބިކުރާ ގިނަ އަދަދެއްގެ ހުނަރުވެރި ޒުވާނުން އުޅެމުން އަންނަ ރަށެކެވެ. އެ ހުނަރު އަތޮޅު ފެންވަރުގައި ބޭއްވޭ ގިނަ މުބާރާތްތަކުން ފެނިގެން ދެއެވެ. ނަމަވެސް އެކިއެކި ސަބަބުތަކާއިހުރެ ރާއްޖޭގެ އެންމެ މަތީފަންތީގައި އެ ހުނަރު ދައްކާލުމުގެ ފުރުޞަތު ލިބިފައިވަނީ ނިސްބަތުން މަދު ކުޅުންތެރިއަކަށެވެ. މިހާރު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ގޯލް ބަލަހައްޓަމުން އަންނަ ހދ. ނޮޅިވަރަމަށް އުފަން އިޔާން އަބްދުލް އަލީމް (ޗިކީ) އަކީ ފުޓްބޯޅައި...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ތިލަދުންމަތީ ހުނަރުވެރިން: ސުމައްޔާގެ މޭކަޕްގެ ޖާދޫ!

ތިލަދުންމަތީ ހުނަރުވެރިން: ސުމައްޔާގެ މޭކަޕްގެ ޖާދޫ!

“އަނެއްކާ ވެސް ތަފާތު ހުނަރުވެރިއެކެވެ. ހދ.ކުޅުދުއްފުށީގެ ގިނަ ކައިވެނި ޚަފްލާތަކަށް މޭކަޕް ކޮށްދީ އެ ޚަފްލާތަށް އިތުރަށް ފުރިހަމަ ކޮށްދިނުމުގައި މިހާރު ކުޅުދުއްފުށީގެ އެންމެ މަޤުބޫލް އެއް މޭކަޕް އާޓިސްޓަކީ އެރަށު ފިނިފެންޖަންބުގޭ ސުމައްޔާ އިބްރާހީމެވެ. އެކުވެރިންގެ ނަމުންނަމަ ސުމައްޔާއެވެ. އާޓްގެ ތަފާތު މަސައްކަތްތަކަށް އެންމެ ކުޑައިރުއްސުރެ ވެސް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ސުމައްޔާ ތަޢުލީމް ހާސިލް ކޮށްފައި ވަނީ ވެސް އާޓްގެ ދާއިރާއިންނެވެ. ނަމަވެސް އެ ދުވަސްވަރު އުނގެނުމުގެ މަރުހަލާ ނިންމާލުމަށ...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←