މައި ޚަބަރަށް ދިޔުމަށް
ތިލަދުން ޕްރޮފައިލް & ޝަޚުޞިއްޔަތު Editorial Profiles

ޝަޚުޞިއްޔަތު / މީހުން

ރަށްރަށުގެ ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތުތަކާއި ކާމިޔާބު މީހުންގެ ވާހަކަ

148 ޕްރޮފައިލް
4 އަތޮޅު ކަވަރޭޖް
4 ލިޔުންތެރިން

ހުރިހާ ޝަޚުޞިއްޔަތުތައް

ތިލަދުންމަތީގެ ފަޚުރުވެރި ދަރިންނާއި ތާރީޚީ ކާމިޔާބީތައް
ތިލަދުންމަތީ ހުނަރުވެރިން: ތަކަންދޫ އިން އުފަންވި މަޝްހޫރު ޕްރެޒެންޓަ އަދި ކުޅަދާނަ ނޫސްވެރިޔާ!

ތިލަދުންމަތީ ހުނަރުވެރިން: ތަކަންދޫ އިން އުފަންވި މަޝްހޫރު ޕްރެޒެންޓަ އަދި ކުޅަދާނަ ނޫސްވެރިޔާ!

“މިއީ ތިލަދުންމަތީ އުތުރުބުރީ ހއ.ތަކަންދޫ، ވެޔޮދަށުގެ އަޙްމަދު ހަމީދު އާދަމެވެ. މަޝްހޫރު ޕްރެޒެންޓަރެކެވެ. ކުޅަދާނަ ނޫސްވެރިޔެކެވެ. ބަޔާން ކުރެވިދިޔަ ދާއިރާތަކުން މިހާރު ރާއްޖޭގެ އެންމެން ދަންނަ ފަރިތަ ނަމެކެވެ. ހަމީދު މިއަދު ގިނަބައެއްގެ މަޤުބޫލުކަން ހޯދާފައިވީ ނަމަވެސް، އެ މަޤުބޫލްކަމާއި ހިސާބަށް ވާޞިލްވުމުގައި ކަޑަތު ކޮށްފައިވާ އުނދަގޫ މަރުހަލާތަކަކީ މުހިންމު ވާހަކަތަކެކެވެ. ހަމީދު އެންމެ ފުރަތަމަ ތަޢުލީމް ހާސިލް ކޮށްފައިވަނީ އުފަން ރަށުގައެވެ. ހއ.ތަކަންދޫ މަދަރުސަތުލް ޝަހީދު އަލީ ތަކުރުފާނު ސ...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
އުތީމު އާދަމްބެ: ހިތަށް ނަލަ، ދުލަށް ފަހި ވަޒަންތަކުން ހައްދަވާ ފުރިހަމަ ޅެންވެރިކަމެއް

އުތީމު އާދަމްބެ: ހިތަށް ނަލަ، ދުލަށް ފަހި ވަޒަންތަކުން ހައްދަވާ ފުރިހަމަ ޅެންވެރިކަމެއް

“ދުނިޔޭގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި މި ގެނެސްދެނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން 2016 އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަދި ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމުޚިދުމަތުގެ އިނާމު ހާސިލްކުރައްވާފައިވާ ތިލަދުންމަތީގެ ފަޙްރުވެރި ދަރިއެއްގެ ވާހަކަ އެވެ. ހއ. އުތީމު، އަލިމަސްގެ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން ގެ ވާހަކަ އެވެ. އުތީމު އާދަމް ޢަބްދުއްރަޙްމާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުނ...”

ތިލަދުންމަތީ ހުނަރުވެރިން: މަގުބޫލް ވާހަކަ ލިޔުންތެރިޔާ ޔަޝްފާ!

ތިލަދުންމަތީ ހުނަރުވެރިން: މަގުބޫލް ވާހަކަ ލިޔުންތެރިޔާ ޔަޝްފާ!

“މިއީ ކިޔުންތެރިންގެ މަގުބޫލް ވާހަކަ ލިޔުންތެރިޔާ ހދ. މަކުނުދޫއަށް އުފަން ޔަޝްފާ އަބްދުލް ޣަނީގެ ވާހަކައެވެ. ތަޢުލީމް ހާސިލްކުރި ދުވަސްވަރު ސްކޫލުގައި ނުވަތަ ކުލާހުގައި އަދަބިއްޔާތާއި ގުޅުންހުރި ކަމެއްގައިނަމަ އަބަދުވެސް އެންމެ ކުރީގައި ހުންނާނީ ޔަޝްއެވެ. ޔަޝްގެ ހިތުގައި ދިވެހި ބަހަށް ދެވިފައި އޮންނަނީ ހާއްސަ ލޯތްބެކެވެ. ޅެން ހެދުމާއި، މަޒުމޫނު ލިޔުމާއި ޚަބަރު ލިޔުމުގެ އިތުރުން ވާހަކަ ލިޔުމަކީ ޔަޝްގެ ޤަލަން ވަރަށް ފަރިތަ ކަންކަމެވެ. ބަހުސް ކުރުމާއި ރައިވަރު ކިޔުންފަދަ ކަންކަމަކީ ޔަޝް ވަރަށް […]”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ތަޢުޒިޔާ: ކުޅުދުއްފުށީ ކަނބުރު އަބްދުއްރަހްމާން ނިޔާވެއްޖެ

ތަޢުޒިޔާ: ކުޅުދުއްފުށީ ކަނބުރު އަބްދުއްރަހްމާން ނިޔާވެއްޖެ

“ހދ. ކުޅުދުއްފުށި ސިޓީ އަބްދުއްރަހްމާން ޢަލީ، ދޯދި، (ކަނބުރު އަބްދުއްރަހްމާން)، ނިޔާވެއްޖެ އެވެ. ކަނބުރު އަބްދުއްރަހްމާން ނިޔާވީ މިއަދުގެ ވަގުތެއްގަ އެވެ. އަބްދުއްރަހްމާންގެ މައްޗަށްކުރެވުނު ކަށުނަމާއު އޮތީ މިއަދު މައްރިބް ނަމާދުގެ ފަހުގައި މަސްހިދު ތަޢާވުން (އާސަހަރާ މިސްކިތް) މާލޭގަ އެވެ. އަބްދުއްރަހްމާން ނިޔާވި އިރު އުމުރަކީ 61 އަހަރެވެ. އަޅުގަނޑުމެންނާއި މިއަދު ކުއްލިގޮތަކަށް ވަކިވެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކޮށްފައިވާ އަބްދުއްރަޙުމާންބެއަކީ ކުޅުދުއްފުއްޓާއި ބޮޑުތިލަދުންމަތި ފަހުރުވެރިވާ ނު...”

ތިލަދުންމަތީ ހުނަރުވެރިން: ށ. މިލަންދޫއިން ފޮޓޯނަގާ މާޚް!

ތިލަދުންމަތީ ހުނަރުވެރިން: ށ. މިލަންދޫއިން ފޮޓޯނަގާ މާޚް!

“ލިބޭ ހުސްވަގުތު ފުރާލުމަށްޓަކައި ބޭނުންތެރި މަސައްކަތެއް ކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކަމުގެ ސަބަބުން ދިރިއުޅުމަށް އެތައްފައިދާތަކެއް ކުރުވައެވެ. ހުސްވަގުތު ރަނގަޅު ގޮތުގައި ބޭނުން ކުރެވުމެވެ . އެ ވަގުތުގައި ކުރެވޭ އިތުރު މަސައްކަތުން އާމްދަނީއެއް ހޯދުމުގެ އިތުރުން، ކުރާހިތްވާ ކަމެއް ކޮށްލެވުމުން ހިތަށާއި ނަފްސަށް ލިބިދޭ އުފާވެރިކަމެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި ވަރަށްގިނަ ޒުވާނުން، އެ ޒުވާނުންގެ ހުސްވަގުތު ފުރާލުމަށް ޓަކައި ފޮޓޯނަގައިގެން ހިތްހަމަ ޖެހުން ހޯދައެވ...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ތަޢުޒިޔާ: މާރަންދޫއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އިބްރާހިމް ވަޙީދު!

ތަޢުޒިޔާ: މާރަންދޫއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އިބްރާހިމް ވަޙީދު!

“ތިލަދުންމަތީ އުތުރުބުރީ މާރަންދޫ އަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި އިބްރާހިމް ވަޙީދު ނިޔާވެއްޖެ އެވެ. އިބްރާޙިމް ވަހީދު ނިޔާވެފައިވަނީ އިއްޔެގެ ވަގުތެއްގައި މާލޭގައެވެ. ވަހީދުގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިޔަދު މެންދުރުނަމާދުގެ ފަހުގައި މަސްޖިދު ތަޢާވުން (އާސަހަރާ މިސްކިތް) ގަ އެވެ. ވަހީދު ނިޔާވި އިރު އުމުރަކީ 60 އަހަރެވެ. މާރަންދޫ ކައުންސިލްގެ އިދާރާއިން ނެރުނު ތަޢުޒިޔާ މެސެޖުގައި ބުނެފައިވަނީ ސަރުކާރަށާއި މިރަށުގެ ރައްޔިތުންނަށް އަގުހުރި ޚިދުމަތްތަކެތް ކުރައްވާފައިވާ މިއިދާރާގެ ޑިޕ...”

ތިލަދުންމަތީ ހުނަރުވެރިން: ރަންވަނަ ތަކާއިއެކު ރަޝީދު އެންމު އުހުގައި

ތިލަދުންމަތީ ހުނަރުވެރިން: ރަންވަނަ ތަކާއިއެކު ރަޝީދު އެންމު އުހުގައި

“ކުރިއަށް ދިއުމަށް ހިތުގައި ޝަޢުޤުވެރިކަން އޮންނަ މަސައްކަތަކުން، ބޭނުންވާ މަންޒިލަށް ވާސިލް ވުމުގައި ދިމާވާ ހުރަސްތަކަކީ ގިނަފަހަރު މާ ބޮޑު މައްސަލައަކަށް ނުވެއެވެ. ސަބަބަކީ އެކަމަކަށް ހިތުގައި އުފެދިފައި އޮންނަ ލޯތްބެވެ. އާދަޔާއި ޚިލާފު ޝަޢުޤެވެ. އާއިލާގެ ތެރޭގައި ކޭކުއެޅުމާއި، ކެއްކުމުގެ މަސައްކަތް ކުރާތަންފެނި އެ މަސައްކަތަށް ޝަޢުޤުވެރިކަން އުފެދުނު، ހދ. ފިނޭއަށް އުފަން އަބްދުއްރަޝީދު ޢަބުދު ﷲ އަކީ، މިއަދު މުޅި ރާއްޖޭގައި ވެސް ތިބި އެންމެ ކުޅަދާނަ ކޭކުއެޅުން ތެރިންގެ ތެރެއިން އެކަކެވެ. އާންމު...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
މަލިކުގެ އަލީ މަނިކުފާނަށް ޕަދްމާ ޝްރީ އެވޯރޑް ލިބިވަޑައިގެންފި

މަލިކުގެ އަލީ މަނިކުފާނަށް ޕަދްމާ ޝްރީ އެވޯރޑް ލިބިވަޑައިގެންފި

“ކަނޑުގެ ދިރުންތައް ދިރާސާ ކުރައްވާ ސައިންޓިސްޓެއް ކަމަށްވާ، މަލިކަށް އުފަން އަލީ މަނިކުފާނަށް އިންޑިޔާ ސަރުކާރުގެ ފަރާތުން ދެމުން އަންނަ ޕަދްމާ ޝްރީ އެވޯރޑް ލިބިވަޑައިގެންފިއެވެ. އިންޑިޔާގައި ދެވޭ އެންމެ މަތީ ފަންތީގެ އެވޯރޑެއްކަމަށްވާ ޕަދްމާ ޝްރީ އެވޯރޑު އަލީ މަނިކުފާނު ހާސިލުކުރައްވާފައިވަނީ ‘ގްރާސްރޫޓް އިނޮވޭޝަންސް”ގެ ދާއިރާއިންނެވެ. މުރައިދުގަނޑުވަރު އަލީ މަނިކުފާނަކީ މުޅި މަލިކަށް މަޝްހޫރު، ބޮޑު ޢިލްމުވެރިއެކެވެ. އެ މަނިކުފާނުގެ ބައްޕާފުޅަކީވެސް މަލިކަށް މަޝްހޫރު ބޭކަލެކެވެ. އަލީ މަނިކުފާނަ...”

މ
މުޙައްމަދު މާއިލް ހަސަން
ޕްރޮފައިލް ބައްލަވާ ←
ތިލަދުންމަތީ ހުނަރުވެރިން: ނަބާ އާއި ނަބީ!

ތިލަދުންމަތީ ހުނަރުވެރިން: ނަބާ އާއި ނަބީ!

“ދިވެހިރާއްޖޭގެ ބެޑްމިންޓަންގެ ތާރީޚުގައި އުފެދުނު އެންމެ ކާމިޔާބެ ދެ ކުޅުންތެރިންނަކީ އެއްމާބަނޑު ދެބެން ކަމުގައިވާ އައިމިނަތު ނަބީހާ އަބްދުއްރައްޒާޤާއި ފާތިމަތު ނަބާހާ އަބްދުއްރައްޒާޤްކަމީ ފެންނަން އޮތް ހަޤީޤަތެވެ. ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ނައީމާ އަޙްމަދައަށް ލިބިފައިވާ މި ނިބޫއަކީ މިހާރު ޤަޢުމު އެ ބަޔަކަށްޓަކައި ފަހުރުވެރިވާ ދެ ނަމެވެ. ނަބާ އަދި ނަބީ ވެސް ބެޑްމިންޓަން ކުޅެން ފަށާފައިވަނީ އެކުއެކީގައެވެ. އުމުރުން އެގާރަ އަހަރުގައި ކުޅެންފަށައި، އެއަށްފަހު މި ކުޅިވަރުގެ ތެރެއަށް ދެބެން...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
މަރޮށި މުޙައްމަދު ވަޙީދު: މެދުކެނޑުމެއްނެތި ދަނޑުވެރިކަމުގައި ސާޅީހަކަށް އަހަރު!

މަރޮށި މުޙައްމަދު ވަޙީދު: މެދުކެނޑުމެއްނެތި ދަނޑުވެރިކަމުގައި ސާޅީހަކަށް އަހަރު!

“ދަނޑުވެރިކަމުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، ށ. މަރޮށި، އައްސޭރި، މުޙައްމަދު ވަޙީދު އަށް ލިބިވަޑައިގެންނެވީ ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހުގެރޭ ބޭއްވި ރަސްމީ ޖަލްސާގަ އެވެ. މުޙައްމަދު ވަޙީދަށް އެ އިނާމު ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދަނޑުވެރިކަމުގެ ދާއިރާއަށް މުޙައްމަދު ވަޙީދު ވެދެވަޑައިގަތީ 1984 ވަނަ އަހަރުއެވ...”

ތިލަދުންމަތީ ހުނަރުވެރިން: ‎ފޮޓޯނަގާ ބާރަށު ނަޒީހް

ތިލަދުންމަތީ ހުނަރުވެރިން: ‎ފޮޓޯނަގާ ބާރަށު ނަޒީހް

“ފޮޓޯނެގުމަށް ލޯބިކުރާ ޒުވާނުން އިތުރުވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ މޮޅެތި ކެމެރާތަކާއިއެކު ތަޢާރަފްވެގެންދިޔަ މޯބައިލް ފޯނުތަކެވެ. ނެގޭ ފޮޓޯތަށް ފަސޭހަކަމާއިއެކު އެހެން މީހުނަށް ހިއްސާ ކޮށްލުމަށް ލިބިގެންދިޔަ ސޯޝަލް ޕްލެޓްފޯމަތަކެވެ. އެ ފޮޓޯތަކަށް ލިބިގެން ދިޔަ ތަރުހީބެވެ. ހއ.ބާރަށަކީ ދިވެހި ތާރީޚުގެ މުހިންމު ސަފްހާތަކާއި ގުޅުންހުރި ތާރީޚީ ތަންތަން ހުރި ރަށެކެވެ. ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުން ސަލާމަތް ކުރެއްވުމަށް އުތީމު ތިންބެއިން ބެންނެވި ކަޅުއޮށްފުންމި ބެންނެވި އޮޑިވަޅާއި،...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ގެދަބުޅި ބަދިގެއަކުން ސިރުހާނުގެ މޮޅު ހުނަރު

ގެދަބުޅި ބަދިގެއަކުން ސިރުހާނުގެ މޮޅު ހުނަރު

“ދުމަށީގެ ބިތްދޮށުން ފެންނަންހުރި ފާރު ތަތްތެޅިފައި ވަނީ ގެދަބުޅިންނެވެ. ބިތުގައި ބޮޑު ދޮލަނގަކާއި މަސްދަނޑިގަނޑެއް އަޅުވާފައި ހުއްޓެވެ. މަތިން ތިރިއަށް އެ ބިތުގައި ވަނީ ބޮޑު ރެނދެއް ލާފައެވެ. އުދުންމަތީ ސައި ކުރަޔަކާއި، ތާހެއް ވެސް ހުއްޓެވެ. ކިޔައިދެނީ ދިވެހީންގެ ސާދާ ދިރިއުޅުމެވެ. ބުނެދެނީ ޒަމާންވީ ދިވެހި ބަދިގެއެއްކަމެވެ. ނަމަވެސް އެއީ މަންޒަރެކެވެ. ކުރެހުމެކެވެ. ކުލަ ފިހީގެ ސިފަ ކުރުމެކެވެ. ކިޑިކީއަކުން އެ ފެންނަނީ ހަމަ މިޒަމާނުގެ ފަހުގެ ބަދިގެކެވެ. ހުޅުމާލެ ދަ ޝެފް މޯޑު ބަދިގެ […]”

ޙ
ޙުސައިން ޒަބީރު (ހޒމވ)
ޕްރޮފައިލް ބައްލަވާ ←
ތިލަދުންމަތީ ހުނަރުވެރިން: ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރަމުން އަންނަ އުންމީދީ ޒުވާނެއް

ތިލަދުންމަތީ ހުނަރުވެރިން: ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރަމުން އަންނަ އުންމީދީ ޒުވާނެއް

“ކޮންމެކޮންމެ ދާއިރާއަކުން ކުރިއަށް ދިޔުމަށް ދިގު މުއްދަތަކަށް ކޮލެޖަށް ގޮސް މޮޅެތި ސެޓްފިކްޓްތަކެއް ހޯދުން މުހިންމެ ނޫނެވެ. ބޭނުންވަނީ ހިތްވަރެވެ. ހިންމަތާއިއެކު މަސައްކަތް ކުރުމެވެ. ހދ.ނައިވާދޫއަށް އުފަން އެ ރަށު ކާނިގަސްދޮށުގޭ، އުމުރުން އެންމެ 21 އަހަރުގެ އަލީ ހަނީން (ހަނީން) ސާބިތު ކޮށްދެމުން އަންނަނީ އެކަމެވެ. ހަނީން ތަޢުލީމް ހާސިލް ކޮށްފައިވަނީ ޖަމާލުއްދީން ސްކޫލުންނެވެ. ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު އަމިއްލަ މަސައްކަތުން ވެބްސައިޓް ހެދުމާއި ވެބްސައިޓް ޑިވެލޮޕް ކުރުމުގެ މަސައްކަތް ހ...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ތިލަދުންމަތީ މަސްވެރިއެއްގެ ޝުއޫރު: "ރަންބިސް އަޅާ ކުކުޅަކަށް ހަދަންވީ މަސްވެރިކަން"

ތިލަދުންމަތީ މަސްވެރިއެއްގެ ޝުއޫރު: "ރަންބިސް އަޅާ ކުކުޅަކަށް ހަދަންވީ މަސްވެރިކަން"

“މީގެ އަހަރުތަކެއް ކުރިން ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ލޭނާރަކީ މަސްވެރިކަމެވެ. ކަޅުބިލަ މަހުގެ މަސްވެރިކަމާއި، ކަންނެލީގެ މަސްވެރިކަމެވެ. ފާނަ މަސްވެރިކަމާއި، ހުއިފިލަނޑާގެ ވިޔަފާރީގެ އިތުރުން އިހިވެރިކަމެވެ. ދިވެހިންގެ އިޤްތިޞާދުގެ ލޭނާރު މަސްވެރިކަމުން ޓުއަރިޒަމަށް ބަދަލުވެ، ދިވެހިން ކަނޑުފަޅުތަކުން ކުރަމުންއައި ބައެއް ކަހަލަ މަސްވެރިކަމުގެ ވިޔަފާރި މިއަދު މިވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ހާއްސަކޮސް ހުއިފިލަނޑާގެ ވިޔަފާރިއާއި ފާނައިގެ ވިޔަފާރިއާއި އިހީގެ ވިޔަފާރިއެވެ. ވިޔަފާރި ދައްވެ ކުރ...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
އެޑަމް އާއިއެކު ކޯޑު ކުރަން ދަސްކުރުމަށް ރަނުގެ ފުރުޞަތެއް

އެޑަމް އާއިއެކު ކޯޑު ކުރަން ދަސްކުރުމަށް ރަނުގެ ފުރުޞަތެއް

“ހދ. ވައިކަރަދޫއަށް އުފަން އާދަމް ވަހީދު (އެޑަމް) ގެ ބޭސިކް ވެބް ޑިވެލޮޕްމެންޓް އެންޑް ވެބް ޑިޒައިނިން ކުރުމުގެ އޮންލައިން ކޯހުގެ ބައިވެރިވެ، ވެބް ޑިވެލޮޕްމެންޓް، ވެބް ޑިޒައިން އަދި ވެބް ސޮފްޓްވެއާ ހެދުމުގެ ހުނަރު ދަސްކުރުމަށް މިއީ ރަނގަޅު ފުރުޞަތެކެވެ. ކާމިޔާބު ކަމާއިއެކު ދެ ބެޗަށް މި ކޯސް ފުރިހަމަކޮށްދިނުމަށްފަހު ތިންވަނަ ބެޗްގެ ކޯސް ފެށުމަށް މިހާރު އެޑަމްދަނީ ތައްޔާރުވަމުންނެވެ. މިގޮތުން މި ކޯހުގެ ތިންވަނަ ބެޗް 05 ޑިސެމްބަރ 2020 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި […]”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←