މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުން ޕްރޮފައިލް & ޝަޚުޞިއްޔަތު Editorial Profiles

ޝަޚުޞިއްޔަތު / މީހުން

ރަށްރަށުގެ ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތުތަކާއި ކާމިޔާބު މީހުންގެ ވާހަކަ

148 ޕްރޮފައިލް
4 އަތޮޅު ކަވަރޭޖް
4 ލިޔުންތެރިން

ހުރިހާ ޝަޚުޞިއްޔަތުތައް

ތިލަދުންމަތީގެ ފަޚުރުވެރި ދަރިންނާއި ތާރީޚީ ކާމިޔާބީތައް
ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ޙުސެއިން: ހިދުމަތްތެރި ދަރިން ބިނާކުރެއްވި މަންމަ އެއް

ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ޙުސެއިން: ހިދުމަތްތެރި ދަރިން ބިނާކުރެއްވި މަންމަ އެއް

“ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ޙުސެއިން ނިޔާވީ މިއަދު ހެނދުނު 10:22 ހާއިރު ގިނަ ދުވަސް ވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހު އެވެ. ޤައުމަށް ޚިދުމަތްކުރެއްވުމުގައި އުފެއްދުންތެރި، ޚިދުމަތްތެރި ދަރިން ބިނާކުރެއްވި ޖަމީލާ ޙުސެއިން ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ އެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. “މާތް ﷲ ޢާއިލާ އަށް ކެތްތެރިކަން ދެއްވައި މަރުޙޫމާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އާމީން،” ތައުޒިޔާގެ މެސެޖުގައި ރައީސް ވިދާޅު...”

ޙ
ޙުސައިން ޝަހުދީ
ޕްރޮފައިލް ބައްލަވާ ←
ތިލަދުންމަތީ ހުނަރުވެރިން: ރިޒޫގެ "ޔުނިކްރާފްޓް"

ތިލަދުންމަތީ ހުނަރުވެރިން: ރިޒޫގެ "ޔުނިކްރާފްޓް"

“ފަހައިގެން ތަފާތު ކްރާފްޓް ތައްޔާރު ކުރުމުގައި ފާހަގަ ކޮށްލެވޭ ކާމިޔާބު މަސައްކަތްތަކެއް ކުރަމުން އަންނަ ހދ.ވައިކަރަދޫ، ސެޑްލެސް  އައިޝަތު ރިޒްމާ (ރިޒޫ)އަކީ  ހީވާގި ޒުވާނެކެވެ. އުފެއްދުންތެރި ޚިޔާލުގެ ވެރިއެކެވެ. ވިސްނުމާއި އެއްގޮތަށް ފަހައިގެން އެ އެއްޗެއްގެ ސިފަ ގެނެސްގަތުމަކީ ރިޒޫއަށް މާ އުނދަގޫކަމެއް ނޫނެވެ. މި މަސައްކަތުގެ ތެރެއަށް ވަދެވުނުގޮތް ހިއްސާ ކުރަމުން ރިޒޫ ބުނެފައިވަނީ، ތަފާތު ކުރާފްޓް މަސައްކަތްތަކަކީ އަބަދުވެސް ވަރަށް ޝަޢުޤުވެރިވާ މަސައްކަތްތަކެއް ކަމަށެވެ. މިގޮތުން 2007 ވަނަ އަހ...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ތިލަދުންމަތީ ހުނަރުވެރިން: ފަރިދޫއަށް އުފަން ހުނަރުވެރި ޅެންވެރިއެއް!

ތިލަދުންމަތީ ހުނަރުވެރިން: ފަރިދޫއަށް އުފަން ހުނަރުވެރި ޅެންވެރިއެއް!

““ނިޡާމްއަކީ ޅެން ހެދުމުގެ ޤާބިލްކަން ހުރި ދަރިވަރެއް” މިއީ ތިލަދުންމަތީ ދެކުނުބުރީ ފަރިދޫއަށް އުފަން މުޙައްމަދު ނިޡާމްގެ ސިކުނޑީގައި އަބަދުވެސް ހަރުލާފައި ހުންނަ ބަސްކޮޅެކެވެ. ނުވަތަ ބުނުމެކެވެ. މި ބުނުމަކީ 1992 ވަނަ އަހަރުން 1997 ވަނަ އަހަރާއި ދެމެދު ނިޡާމް ތަޢުލީމް ޚާޞީލް ކުރުމަށް ހއ.އުތީމުގައި އުޅުނު ދުވަސްވަރު ނިޡާމްއަށް ދިވެހިބަސްކިޔަވައިދެއްވި މުދައްރިސެއް ކަމުގައިވާ މަޝްހޫރު ޅެންވެރިޔާ އުތީމު އާންބޭގެ ކޮއްކޮ، އުތީމު އަބްދުއްރަހީމް، ނިޡާމްއަށް ނިސްބަތްކޮށް ބުނެފައިވާ ބުނުމެކެވެ. ނިޡާމް އެ...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ތިލަދުންމަތީ ހުނަރުވެރިން: "ދޮނާސް ބުރައިޑަލް ބުކޭ" މިހާރު ފަރިތަ ނަމެއް!

ތިލަދުންމަތީ ހުނަރުވެރިން: "ދޮނާސް ބުރައިޑަލް ބުކޭ" މިހާރު ފަރިތަ ނަމެއް!

“ރާއްޖޭގައި ކުރެވޭ ކައިވެނިތަކާއި އެ ކައިވެނިތަކާއި ގުޅިގެން ބޭއްވޭ ހަފްލާތަކަކީ މިހާރު ގިނަ ވިޔަފާރިތަކާއި ގުޅި ލާމެހިފައިވާ ހަފްލާތަކެކެވެ. ކައިވެނީގެ އުފަލުގައި ބާއްވާ ހަފްލާގެ ބެކްޑްރޮޕް ހެދުމާއި، އެ ހަފްލާތަކަށް ކޭކު އެޅުމާއި، އެ ހަފްލާތަކަށް ކައިވެނީގެ ހެދުން ފެހުމާއި، ކައިވެނީގެ ރަން ހެދުމާއި، މިފަދަ މަސައްކަތްތަކަކީ މިއަދު ވިޔަފާރީގެ ބާޒާރެކެވެ. މިގޮތުން ކައިވެނީގެ ހަފްލާތަކުން ފެނިގެންދާ ވެޑިންގ ޑްރެސްތަކާއި ގުޅުވައިގެން ތައްޔާރު ކޮށްފައި ހުންނަ ބުކޭ ހެދުމުގެ މަސައްކަތުގައި ހދ.ކުމުންދޫ ޒ...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
އ

އިބްރާހިމްބެ އަކީ ދިއްދޫގެ ތަރައްޤީއަށް ޚިދުމަތް ކުރެއްވި ހަރުދަނާ މުރުޝިދެއް!

“ހއ.ދިއްދޫ އިރަމާގޭ އަލްމަރްޙޫމު އިބްރާހީމް ޤާސިމް (އިބްރާހިމްބެ) އަކީ ނަމޫނާ ޝަޚްޞިއްޔަތެކެވެ. މަދުން ނޫނީ ނުފެންނަފަދަ ލީޑަރެކެވެ. ކަންކަމުގައި ” ނޫން” ” ނުވާނެ” “ނުކުރެވޭނެ” ފަދަ ބަސްބަހަކީ “އިބްރާހީމްބެގެ ބަސްކޮށާރު”ގައި ހުންނަ ބަސްބަހެއް ނޫނެވެ. “އެވޭލާ ދިއްދޫ”ގައި އިބްރާހީމްބެއާ ބެހޭގޮތުން ޖެހި ޕޯސްޓަކާ ގުޅިގެން ކޮމެންޓު ކުރެއްވި ދިއްދޫގެ އެކިއެކި ޢިއްޒަތްތެރިން ކުރައްވާފައިވާ ކޮމެންޓުތަކުން ވެސް އިބްރާހިމްބޭގެ ލީޑަރޝިޕްގެ ކޮލިިޓީ ހާމަވެގެން ދެއެވެ. “ރަށް ކުރިއަރުވާ ކޮމިޓީގެ ދުވަސްވަރު ވަރަ...”

އ
އަބްދުﷲ ނަޢީމް
ޕްރޮފައިލް ބައްލަވާ ←
މޫސާ ފަޟްލީން ކުއްލި ގޮތަކަށް ނިޔާވުމާ އެކު، ހޯރަފުއްޓަށް ހިތާމައެއް!

މޫސާ ފަޟްލީން ކުއްލި ގޮތަކަށް ނިޔާވުމާ އެކު، ހޯރަފުއްޓަށް ހިތާމައެއް!

“ހއ. ހޯރަފުށި، މޫސާ ފަޟްލީން ރޭ މިދުޔެއާއި ވަކިވެގެން ދިޔުމުން މުޅި ހޯރަފުއްޓަށް ވަނީ މޮޅިވެރިކަމާއި، ފުން ހިތާމައެއް ލިބިފައެވެ. ހޯރަފުށި ދާއިރާގެ މަޖިލިސް މެންބަރ އަޙްމަދު ސަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޫސާ ފަޟްލީން ކުއްލި ގޮތަކަށް ނިޔާވުމަކީ ހޯރަފުއްޓަށް ލިބުނު ހިތާމައެއް ކަމަށެވެ. މި ހިތާމައިގައި އަޅުގަނޑާއި ޢާއިލާ ބައިވެރިވަން. މަރްހޫމް އަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މާތްﷲ މިންވަރު ކުރަށްވާށި. އަމީން ސަލީމް ކުރެއްވި ޓުވީޓްގައި ވިދާޅުވެފައި ވެއެވެ. އަޅުގަނޑުގެ އަޚު މޫސާ ފަޟުލީން ކު...”

ތިލަދުންމަތީ ހުނަރުވެރިން: އުމުރުން ހަގު ކުޅަދާނަ ފޮޓޯގްރާފަރ، އަލީ ނުވާޝް

ތިލަދުންމަތީ ހުނަރުވެރިން: އުމުރުން ހަގު ކުޅަދާނަ ފޮޓޯގްރާފަރ، އަލީ ނުވާޝް

“ފޮޓޯ ނެގުމުގެ ދާއިރާއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ވަރަށް ގިނަބަޔަކު ލޯބިކުރާ ދާއިރާއެކެވެ. ނަމަވެސް މިއީ ކޮންމެ ކޮންމެ މީހަކަށް ލިބިގެންވާ ހުނަރެއް ނޫނެވެ. ފޮޓޯއެއް ނަގާލުމަށްފަހު އެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްލުމުން އަދި އެމީހާއަކީ ފޮޓޯގްރާފަރަކަށް ނުވާނެއެވެ. ފޮޓޯގްރާފަރެއްނަމަ ފޮޓޯނެގުމުގެ ހުނަރުގެ އިތުރުން އެކަމަށް ބޭނުންވާ އާލާތްތައް ހުންނަންޖެހެއެވެ. ކެމެރާއާއި ކެމެރާ ސްޓޭންޑް ފަދަ ތަކެތި ހުރުމަކީ މުހިންމު ކަމެކެވެ. ލައިޓިންގ ގެންގުޅެންވާނޭ ގޮތް ދަންނަންޖެހެއެވެ. ފޮޓޯ...”

މ
މުޙައްމަދު އިނާން
ޕްރޮފައިލް ބައްލަވާ ←
އަބްދުއް ރައްޒާޤު މޫސާގެ ވަކިވެދިޔުން - ނަރުދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ މާޔޫސްކަމެއް!

އަބްދުއް ރައްޒާޤު މޫސާގެ ވަކިވެދިޔުން - ނަރުދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ މާޔޫސްކަމެއް!

“މީގެ ދެ ދުވަހެއްގެ ކުރިން، 8 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހަކީ އުތުރުގެ ރަށެއްކަމުގައިވާ ށ.ނަރުދޫ ރައްޔިތުންނަށް ހިތާމައިން ފުރިގެންވީ ދުވަހެކެެވެ. އެރަށުގެ ރަށްޔިތުންނަށާއި އަދި ހަމަ އެހެންމެ، އެ ރަށް، ރަށަކަށް ހެދުމުގައި ކުރެއްވި އެންމެހާ މަސައްކަތްތަކެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވި، ކުރީގެ ކުޑަކަތީބު އަބްދުއް ރައްޒާޤު މޫސާ ފަނާކުރުވަނިވި ދުނިޔެއާ ވަކިވެ ދިޔަ ޚަބަރު ލިބުނު ހިސާބުންނެވެ. އާދޭހެވެ. ރަށަށް ޚިދުމަތް ކޮށްދެއްވާފައިހުރި މިފަދަ ލާމަސީލް ސަޙްސިއްޔަތެއް ވަކިވެގެން ދާކަށް ހަމަ...”

މ
މުޙައްމަދު އިނާން
ޕްރޮފައިލް ބައްލަވާ ←
ގާބެ ސަރ: އެދުރެއްގެ އަގުހުރި ޚިދުމަތްތަކެއް

ގާބެ ސަރ: އެދުރެއްގެ އަގުހުރި ޚިދުމަތްތަކެއް

“ޤައުމެއް ކުރިއަރާ ތަހުޒީބުވުމުގެ އެންމެ ބޮޑު އެއް އަސާސަކީ ތަޢުލީމާއި ތަރުބިއްޔަތެވެ. އަޅުގަނޑުމެން އިންސާނުން ޖާހިލިއްޔަތުގެ މަގުން އަލި މަގަކަށް ގެނެސް ދެއްވީވެސް ތަޢުލީމާއި ހެޔޮ ތަރުބިއްޔަތުގެ ޒަރިއްޔާއިންނެވެ. އެގޮތުން މި ދެންނެވި ދެ ކަންތައް އެންމެ ފުރިހަމަގޮތުގައި އެއިރަކު އޮންނަ ޖީލަކަށް ފޯރުކޮށްދިނުމުގެ އެންމެ ބޮޑު އަދި އެންމެ ބުރަ މަސައްކަތެއް ކުރަށްވާ ބަޔަކީ އެދުރުންނެވެ. ނުވަތަ މުދައްރިސުންނެވެ. ރެއާއި ދުވާލު ވަރުބަލިކަމެއް ނެތި އެދުރުން އަންނަނީ، ޤައުމަށް އުޖާލާ އާރޯޝަންކަން ގެނެސްދި...”

މ
މުޙައްމަދު އިނާން
ޕްރޮފައިލް ބައްލަވާ ←
ތިލަދުންމަތީ ހުނަރުވެރިން: ކަނޑިތީމުން ތަފާތު ހުނަރުވެރި ވަޑިއެއް!

ތިލަދުންމަތީ ހުނަރުވެރިން: ކަނޑިތީމުން ތަފާތު ހުނަރުވެރި ވަޑިއެއް!

“ކުރިއަރައި ދިޔުމުގެ އަސްލަކީ ކެރުމެވެ. ހިތްވަރެވެ. ކުރާމަސައްކަތުގައި ފަރުވާތެރިވުމެވެ. ވަޑާމުގެ މަސައްކަތުގައި ކާމިޔާބީތަކެއް ހޯދާފައިވާ  ށ.ކަނޑިތީމަށް އުފަން އެރަށު ނަފާގޭ މުހައްމަދު މިހާދަކީ ކުޅަދާނަ ވަޑިއެކެވެ. ވަޑާމުގެ މަސައްކަތުގައި ހުނަރުވެރި ޒުވާނެކެވެ. މިހާދު ސްކޫލު ދަޢުރު ނިންމައިލުމަށްފަހު ފުރަތަމަ ވަޒީފާ ވެސް ފެށީ ވަޑާންގެއަކުންނެވެ. 2005 ވަނަ އަހަރު އިހުރު ރިސޯޓުގެ ވަޑާންގެއިން މަސައްކަތްފަށައި އެތަނުގައި ފަސް އަހަރު ދުވަހު އޭނާވަނީ މަސައްކަތް ކޮށްފައެވެ. އެއަށްފަހު 2011 ވަނަ އަހަރު...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
އ

އާއިލީ ރަހުމަތްތެރިޔާ ހުސެންބެ

“ހުސެންބެއަކީ ތަފާތު މީހެކެވެ. ގޭތެރޭގައި އަންހެންވެރިން ކުރާ ހުރިހާ މަސައްކަތެއް ކޮށް އުޅެއެވެ. ހަމަ ރަނގަޅަށް ރީތިކޮށް ކުރަންދަނެއެވެ. އޭރަކީ ވަކި ކަހަލަ މަސައްކަތްތަކެއް މިހާރަށްވުރެ މާ ބޮޑަށް ވަކި ޖިންސަކަށް ޚާއްޞަވެފައި އޮތް ދުވަސްވަރެކެވެ. އަންހެންދުޅާ ފާޑު މަސައްކަތާއި ފިރިހެން ދުޅާ ފާޑު މަސައްކަތް ވަކިކޮށް ދިވެހި މުޖުތަމަޢުގައި ޖިންސީ ތަފާތުކުރުންތައް އިންތިހާއަށް އޮތް ދުވަސްވަރެވެ. އެފަދަ ދުވަސްވަރެއްގައި ހުސެންބެމެން ކަހަލަ މީހަކަށް މުޖުތަމަޢުގައި އޮންނާނެ މަގާމާއި ދަރަޖަ އޮތީ ހީކޮށްލުމ...”

ޢ
ޢަބްދުﷲ ސަޢީދު
ޕްރޮފައިލް ބައްލަވާ ←
ތިލަދުންމަތީގެ ހުނަރުވެރިން: ކައިވެނީގެ ރަން ޒަމާނާއި ގުޅުވާލި "އުތީމު މަހާރަދުން"

ތިލަދުންމަތީގެ ހުނަރުވެރިން: ކައިވެނީގެ ރަން ޒަމާނާއި ގުޅުވާލި "އުތީމު މަހާރަދުން"

““ކައިވެނީގެރަން ޒަމާނާއި ގުޅުވާލި މޭސްތިރިޔާ” މިވަރަށް ބުނެލުމުން ވެސް ގިނަބަޔަކަށް މި ދައްކަން އުޅެނީ ކާކުގެ ވާހަކައެއް ކަން އެނގޭނެއެވެ. ހއ.އުތީމަށް އުފަން އެ ރަށު ކޮތަރިވިލާ، އަޙްމަދު ޝުހައިލްއަކީ ކައިވެނީގެ ހަފްލާތަކުގައި ރަނުގެ ގޮތުގައި ދެމުންއަންނަ ފައިސާ ހުށަހަޅައިދިނުން ޒަމާނާއި އެއްގޮތަށް ބަދަލު ކޮށްލި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވާ ހުނަރުވެރިޔާއެވެ. އެމްއެންޑީފްގައި ވަޒީފާ އަދާކުރަމުން އަންނަ ޝުހައިލް މި މަސައްކަތް ފެށުނުގޮތް ނުވަތަ މި މަސައްކަތުގެ ތެރެއަށް ވަދެވުނު ގޮތް “ތިލަދުން” އ...”

އ
އިބްރާހިމް ޚަލީލް
ޕްރޮފައިލް ބައްލަވާ ←
ކެރަފާ ޅަހުއްތުބެ: ފީވަކަށް ހިޖުރަކުރެއްވި ކުޅިވަރުގެ ބާނީ!

ކެރަފާ ޅަހުއްތުބެ: ފީވަކަށް ހިޖުރަކުރެއްވި ކުޅިވަރުގެ ބާނީ!

“ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެރަށެއް ކުރިއަރުވާ ތަރައްޤީކޮށް، އަދުގެ ޖީލާހަމައަށް ރަށް ހެޔޮގޮތުގައި ފޯރުކޮށްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވާފައިވާ ފަހުލަވާނުންތަކެއް ވާނޭކަމާމެދު އެެއްވެސް ޝައްކެއް ނެތެވެ. އެއީ އިޖްތިމާޢީގޮތުން ނުވަތަ އިޤްތިސާދީ ގޮތުން ނަމަވެސްމެއެވެ. އޭރަކު ރަށުގައިވާ ޖީލަކާއި އެކު މަސައްކަތްކޮށް ރަށް ތަޙުޒީބު ކޮށް، އާރާސްތުކުރުމުގައި މި ބޭފުޅުން ވާނީ އެތައް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިކަން ހަމަ ޔަޤީނެވެ.  ދައްކަން މިއުޅެނީވެސް ހަމަ މިފަަދަ އަގުހުރި...”

މ
މުޙައްމަދު އިނާން
ޕްރޮފައިލް ބައްލަވާ ←
ޝުޖާޢު ޢަދުނާން ނިޔާވި ޚަބަރާއެކު ދިއްދޫއަށް ކުއްލި ސިހުމެއް!

ޝުޖާޢު ޢަދުނާން ނިޔާވި ޚަބަރާއެކު ދިއްދޫއަށް ކުއްލި ސިހުމެއް!

“ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ހއ ދިއްދޫ، އާސާމް، ޝުޖާޢު ޢަދުނާން ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. ޝުޖާޢު ޢަދުނާން ނިޔާވެފައިވަނީ މިރޭ ވަގުތެއްގަ އެވެ. ދިއްދޫ ކައުންސިލުން ބުނެފައިވަނީ ޝުޖާޢު ޢަދުނާންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު ދިއްދޫ މަސްޖިދުލް ގުފްރާން، ހުކުރު މިސްކިތުގައި ކަމަށެވެ. ވީމާ ހެޔޮ އެދޭ ފަރާތްތަކުން އެމަރްޙޫމްގެ ކަށު ނަމާދުގައި ބައިވެރިވެ ދެއްވުމީ އާއިލާގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ. ޕޮލިސް ސާރޖެންޓް ޝުޖާޢު […]”

ކުޅުދުއްފުށީ ލަނގޮޑި މާލިމީ: މަޝްހޫރު "ހޭވާ ހޭވާ" ފަރިހީގެ ޝާއިރު

ކުޅުދުއްފުށީ ލަނގޮޑި މާލިމީ: މަޝްހޫރު "ހޭވާ ހޭވާ" ފަރިހީގެ ޝާއިރު

“‏އަބަދުވެސް ނަން ފާހަގަކުރެވެނީ މަދު ބައެއްގެ އެވެ. ރާއްޖެދުށް މޮޅެތި ޅެންވެރިންގެ ތެރޭގައި “ހޭވާ ހޭވާ” ލިޔުއްވި ހދ. ކުޅުދުއްފުށީ ފާލްސާގޭ ޙަސަން އަޙްމަދު (ލަނގޮޑި މާލިމީ) ނުހިމެނި ނުދާނެ އެވެ. ލަނގޮޑިމާލިމީގެ ގިނަ ފަރިހިތައް ބެލެވެނީ ނުލިޔެވި ގެއްލިފައިވާ ކަމަށެވެ. “ދިޔަވަތް ރަނގަޅު އޮޑި – ފަރިހިން ކިޔައިދޭ ދިވެހިންގެ ނިޔަމިކަން” މިސުރުހީއަށް މިނިސްޓްރީ އޮފް އާރޓްސް އެންޑް ކަލްޗަރގައި މަސައްކަތްކުރަމުން އަންނަ ޝަންމޫން ޖަލީލު (ލޫކަސް ޖަލީލް) ވަނީ ލަނގޮޑި މާލިމީގެ ވަރަށް ފުރިހަމަ ތަޢާރަފެއް ލިއު...”