“ރާއްޖެއަކީ ވެސް އެކިފެންވަރުގެ ކުރެހުންތެރިން ތިބި ޤައުމެކެވެ. ބައެއް މީހުންނަކީ ފޫހި ފިލުވާލަން ކުރަހާ އުޅޭ މީހުންނެވެ. ބައެއް މީހުން އާމްދަނީއެއް ހޯދުމުގެ ގޮތުން ކުރަހާއުޅޭއިރު އަނެއްބަޔަކު ވަޒީފާ އަދާކޮށްފައި ލިބޭ ހުސްވަގުތުގައި ވެސް ކުރަހާ އުޅެއެވެ. ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ކުރަހައިގެން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސޭވަރު އާމްދަނީއެއް ރާއްޖޭގައި ހޯދުމަކީ އުނދަގޫކަމެކެވެ. “ތެދެއްމެ، ބައެއް މީހުން އަދިވެސް ޤަބޫލެއް ނުކުރޭ މިއީ މުސްތަޤުބަލު އޮތްދާއިރާއެއް ކަމަކަށް، ނަމަވެސް އަހަރެންގެ...”
“ހދ.ހަނިމާދޫ، ރެޑްހައުސް، އަބޫބަކުރު ހުސެއިންއެވެ. ގިނަބަޔަކު ފަރިތަ ނަމުންނަމަ ދޮންހުސޭނު ބަކުރެވެ. އަޅުގަނޑުގެ ނަމުންނަމަ ބަކުރުބެއެވެ. އަޅުގަނޑަށް ފުރަތަމަ ބަކުރުބެ ފެންނަން ފެށީ ވިޔަފާރި ވެރިއެއްގެ ގޮތުގައެވެ. އެއީ ނުވަދިހައިގެ އަހަރުތަކެވެ. އެ ދުވަސްވަރު ރަށުގައި ހުންނަނީ ދެތިން ހަތަރު ފިހާރައެވެ. އެތަނުން އެއް ފިހާރައަކީ ބަކުރުބޭގެ ރެޑްސްޓާ ފިހާރައެވެ. އެ ފިހާރަ ހެދިފައި ހުންނަނީ ބަކުރުބެގެ އަމިއްލަ ގޭގައެވެ. އެ ފިހާރަ ނުހުންނަ ހަނދާނެއް އަޅުގަނޑު ނުވެއެވެ. އަޅުގަނޑުމެންގެ ގެޔާއި ދާދި ކައިރ...”
ތ
“ތަފާތު ރޮނގުރޮނގުން ހުނަރުވެރި ޒުވާނުން ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުން ދެއެވެ. މީސްމީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އެ ހުނަރުވެރިންގެ ހުނަރުތައް ހިއްސާ ކުރަމުން އަންނަ އިރު ބައެއް ފަރާތްތަކުގެ ހުނަރުވެރި މަސައްކަތްތައް ފެނި މީހުން ހައިރާންވާ ފަހަރުވެސް އާދެއެވެ. ހދ. ނޮޅިވަރަމްފަރަށް އުފަން އެރަށު ރޯޅިވާގޭ އައިމިނަތު ޝާހިދާއަކީ ވެސް ހުނަރުން ފުރިގެންވާ ޒުވާނެކެވެ. ކޭކު އެޅުމުގެ މަސައްކަތުގައި ކުރިއެރުން ތަކެއް ހޯދަމުން އަންނަ ހިވާގި ފިސާރި ކަނބަލެކެވެ. ކޭކަކުން ބޭނުން ކެރެކްޓާއ...”
ތ
“ތިލަދުންމަތީ ދިއްދޫ ޑޭޒީމާގޭ އަލްމަރްޙޫމް އިބްރާހީމް ތަވްފީޤް (އިބްރާހީމްބެ) އަކީ ފާހަގަ ކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. ދިގު މުއްދަތެއްގައި ހއ.ދިއްދުއަށް ޚިދްމަތްކުރެއްވި އަގުހުރި ދަރިއެކެވެ. އިބްރާހިމްބެ ތަޢުލީމް ޙާޞިލްކުރެއްވީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒްހަރީގެ އަރިހުންނެވެ. ކިޔަވައިވިދާޅުވާން މާލޭގައި ހުންނެވީ ވެސް ޝައިޚް ރުޝްދީ ދިރިއުޅުއްވަމުންގެންދެވި އެސްޖެހިގޭގައެވެ. އިބްރާހިމްބެ ވަނީ ޝައިޚް ރުޝްދީގެ އަރިހުން ކީރިތި ޤުރްއާން ތަޖްވީދުގ...”
“ހއ. ދިއްދޫ އަންޑާޕޫލުގޭ އަލްމަރްޙޫމް ޢަބްދުލްޙަކީމް ޢުޘްމާން (ޙަކީމްބެ) އަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީހުގެ އިސް މަޤާމްތަކެއް ފުރުއްވާފައިވާ، ތެދުވެރި، އިޚްލާޞްތެރި ބޭފުޅެކެވެ. ޙަކީމްބެ އެންމެ ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެއްޓެވީ ތިލަދުންމަތި ދެބައިކުރެއްވުމުގެ ކުރިން ހ.އަތޮޅު ނޮޅިވަރަންފަރުގައި ހުރި ތިލަދުންމަތީ އަތޮޅު އޮފީހުގައެވެ. އެއިރު ޙަކީމްބެއަކީ އެ އޮފީހުގެ ކާތިބެކެވެ. 21 މެއި 1958 (02 ޛުލްޙިއްޖާ 1377) ވީ ބުދަ ދުވަހު ތިލަދުންމަތި ދެބައި ކުރައްވައި، ތިލަދުންމަތީ އުތުރުބުރީގެ އ...”
ލ
“ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ހަލަވެލި ޢަބްދުލްޣަނީީ ޢުމަރަށް ސިފައިންގެ އެންމެން ވެސް ކިޔަނީ “ޣަނީބެ” އެވެ. ހުރިހާ ރޭންކެއްގެ ހުރިހާ ސިފައިން ވެސް ޣަނީބެއަށް ވަރަށް ބޮޑަށް އިޙުތިރާމު ކުރެއެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވި ފަހުން ވެސް ދައުވަތު ފޮނުއްވައިގެން ކޯސްޓްގާޑާއި ސިފައިންގެ އެކިއެކި ޚާއްޞަ ރަސްމިއްޔާތު ތަކުގައި ބައިވެރިވެ ވަޑައިގެން އުޅުއްވިއެވެ. ކޯސްޓްގާޑުގެ 38 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއ...”
“ބޮޑުތަކުރުފާނަކީ ހަރުދަނާ ލީޑަރޝިޕް އަސާސް (ޕްރިންސިޕަލް) ތަކެއްގެ މަތީގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އެ އަސާސްތަކާއި މިއަދު ލީޑަރެއްގެ ކިބައިގައި ހުންނަން ބާރުއަޅައި ދަސްކޮށްދެވޭ ލީޑަރޝިޕް ޕްރިންސިޕަލްތަކާ މާބޮޑު ތަފާތެއް ނެތެވެ. މިކަމުން ދައްކައިދެނީ ބޮޑު ތަކުރުފާނުގެ ލީޑަރޝިޕުގެ ހަރުދަނާ ކަމެވެ. ތިރީގައި މި ލިޔަނީ ބޮޑުތަކުރުފާނުގެ ހަޔާތުން އަޅުގަނޑަށް ފާހަގަ ކުރެވުނު ލީޑަރޝިޕް ޕްރިންސިޕަލްތަކެވެ. އެ ތަކުރުފާނުގެ ޤައުމީ ޖިހާދުގައި އަދި ރާއްޖޭގެ ރަސްކަމުގައި ރެދަލި ކުރެއްވި ދުވަސްވަރު ކުރައ...”
“އަޅުގަނޑާ މަންމަ ފަރާތުން ހާރޫނުބެއާ ތިމާގެއެވެ. ހާރޫނުބެއަކީ މަނަދޫ ކަތީބު މޫސަބޭގެ ހަތް ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. ކަތީބު މޫސަބޭގެ ތިބީ ޙައްވަދައިތައާއި، ޔަހުޔާބެއާއި، ޒަކަރިއްޔާބެއާއި، ކަތްދަދައިތައާއި، ފާތުމަދައިތައާއި، ދޮން ދައިތައާއި، ހާރޫނުބެއެވެ. އަޅުގަނޑަކީ ކަތީބު މޫސަބޭގެ ފާތުމަދައިތަގެ ކަނބުލޮ (ޒުލޭޚާ)ގެ ޢަބްދުﷲއެވެ. އެހެން ވީމާކަން ނޭނގެއެވެ. ގޭދޮށުން ދަންޏާ އަޅުގަނޑުމެން ގެއަށް ވަދެނުލައެއް ނުދާނެއެވެ. ޔަގީނުން ވެސް ހާރޫނުބޭ ވަންނާނެ ރެއެއް އަޅުގަނޑަށް އެނގެއެވެ. އެއީ...”
“ލީޑަރޝިޕް ޓްރައިޓްސް ނުވަތަ ލީޑަރޝިޕް ކޮލިޓީސް ތަކަކީ އަބަދާ އަބަދުވެސް ރަނގަޅުކޮށް ކުރިއެރުވޭ، އެ ލީޑަރެއްގެ ޒާތީ ސިފަތަކެކެވެ. އުތީމު ތުޑިމަތީގައި މަޅިފަތި ޖައްސަވަން އުޅުއްވި ދުވަސްވަރުން ފެށިގެން ލީޑަރޝިޕް ޓްރައިޓްސް ތަކެއް ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުގައި ދިޔައީ ބިންވަޅު ނެގެމުންނެވެ. ބައްޕާފުޅާއި ބޮޑުބޭބޭފުޅުގެ އަރިހުން ކިޔަވާ ވިދާޅުވުމަށްފަހު އިންޑިއާގެ ބޭދާޅީއަށް ވަޑައިގެން ކިޔަވާ ވިދާޅުވުމުގެ ސަބަބުން ލީޑަރޝިޕްގެ ހަރުދަނާ ޒާތީ ސިފަތަކެއްގެ ވެރި ޝަޚްސިއްޔަތަކަށް ވެވަޑައި ގެންނެވިއެވެ. ލިބ...”
“ހދ.ހަނިމާދޫ، ބްލިސް، މަރިޔަމް ލައިސާ އަބްދުއްރަޝީދަކީ ތާޖުއްދީން ސްކޫލްގެ ގްރޭޑް ނުވައެއްގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރެކެވެ. ލައިސާ ޗެސްކުޅެން ފަށާފައިވަނީ އޭނާގެ އުމުރުން އެންމެ ބާރަ އަހަރުގައެވެ. އެއީ 2017 ވަނަ އަހަރުއެވެ. ލައިސާ ޗެސް ކުޅެންފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްކޫލް ލެވެލްގެ އިތުރުން ޤައުމީ ލެވެލްގައި ވެސް ވަނީ ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން ލައިސާ ހޯދާފައިވާ ބައެއް ކާމިޔާބީތަކަށް ބަލައިލުމުން ލައިސާގެ މި ޅައުމުރުގައި ވެސް ވަނީ […]”
““މިރާއްޖެފަދަ ކުޑަކުޑަ ތަނެއްގެ ބީރައްޓެހި ރަށެއްގައި އުފެދުނު ޒުވާނަކު ތިމާގެ ދީނަށް ނަޞްރު ދިނުމަށް ތިމާގެ ވަޒަން ބޭރުމީހުންގެ އަތުން ސަލާމަތް ކުޅައުމަށް ކަމަރުބަނދެ ޤުރުބާން ވެގަތުމަށް އެކުރެއްވި ހިތްވަރަކީ ޤިޔާމަތަށްދާންދެން ސާބަސް ދޭހައި ކަމެކެވެ.” މިއީ ޕޯޗްގީޒުންގެ އަތްދަށުން 01 ރަބީޢުލްއައްވަލް 981 (2 ޖުލައި 1573) ގައި ދިވެހިރާއްޖެ މިނިވަންކުރައްވައި، ޤައުމު ބިނާކޮށްދެއްވި އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބޮޑުތަކުރުފާނުގެ ވާހަކަ...”
“އަޅުގަނޑުމެންގެ ކާބަފައިންނަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންކަން ފުއްދައިގެން އުޅުނު މަސައްކަތްތެރި ބައެކެވެ. އުފެއްދުންތެރި ބައެކެވެ. ހީވާގި ކަމާއެކު ކަންކަމާމެދު ޖެހިލުންނުވެ، ކެރިގެން ކުރިމަތިލާ ކާމިޔާބު ހޯދާފައިވާ ބައެކެވެ. ދިމާވާ އެކި ކަންކަމުގައި ކަންކަން ކުރެވޭނެ އެންމެ ފަސޭހަ އަވަސް މަގެއް ފަހިކުރުމަށް އާއީޖާދުތައް ހޯދާ އުޅުނު ބަޔެކެވެ. ހދ. ވައިކަރަދޫ، މެދަ، މުޙައްމަދު ޝަމީމަކީ ވެލްޑިންގެ މަސައްކަތަށް ކުޅަދާނަ މީހެކެވެ. ދަގަނޑުން ތަކެތި އަމިއްލައަށް ފަރުމާކޮށް ހަދާ އުފެއްދުންތެ...”
“ހއ. ދިއްދޫ އަންޑާޕޫލްގޭ، ޙަކީމްބޭ ގޯތި ޙައްވަ ދައިތައަކީ އަހަރެންގެ އެންމެ ފުރަތަމަ މަދަރުސީ ޙަޔާތުގެ ބެލެނިވެރިޔާއެވެ. ޙައްވަ ދައިތައާއެކު އެންމެ ދުރު ހަނދާނަކަށް ވަނީ އަހަރެންގެ އުމުރުން 7 އަހަރުގައި ޙައްވަ ދައިތަގެ ބެލެހެއްޓުމުގެ ދަށަށް އަހަރެން ދިޔަ ދިޔުމެވެ. އެހެން ނަމަވެސް، އޭގެ އެތަކެއް އަހަރު ކުރިން، އަހަރެމެންގެ އާއިލާއާއި ޙައްވަ ދައިތައާ ވަނީ ގުޅިފައެވެ. ހއ. އާއި ހދ. އެއްކޮށް ތިލަދުންމަތީގެ ނަމުގައި ނޮޅިވަރަންފަރުގައި އަތޮޅުގެ އަތޮޅުވެރިކަން ހިނގަމުން ދިޔަ ދުވަސްވަރު، އަހަރެންގެ […]”
“ކެޕްޓަން ޙުސައިން މުޙައްމަދު (ފިއްލަދޫ ޙުސައިން މަނިކު) އަކީ ސިފައިންގޭގައި ދެ ފަހަރެއްގެ މަތިން 34 އަހަރެއްހާ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ވެރިން އެންގެވި ކޮންމެ ކަމެއް އަދި ކުރެއްވި ކޮންމެ ޢަމުރެއް ފަސްޖެހިވަޑައި ނުގެން ތަންފީޒު ކުރެއްވި ބޭފުޅެކެވެ. ޖެހިލުންކުޑަކަމާއި ކެރުމާއި ހިތްވަރުގަދަ ކަމުގެ ނަމޫނާއެކެވެ. ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކަކީ އިސްވެރިންގެ އޯޑަރާ އެއްގޮތަށް ޢަޒުމާއެކު ކަންކަމާ ކުރިމަތިލައްވައި، ކާމިޔާބު ކުރެއްވި ހިތްވަރުގަދަ...”
“ފުރަތަމަ ފެނުނީ އަޅުގަނޑުގެ މުދައްރިސެއްގެ ގޮތުގައެވެ. އޭރުވެސް އެއީ ނ. އަތޮޅު އޮފީހުގެ އިސް ބޭފުޅެކެވެ. ރަށުގެ ކަމުވޮށިވެގެންވާ ޢިއްޒަތްތެރިއެކެވެ. ރީތިކޮށް ޤުރުއާން ކިޔަވާވިދާޅުވާ އިމާމެކެވެ. ހުކުރުކުރައްވާ ޚަތީބެކެވެ. ނ. މަނަދޫ ކުންނަމަލަ ޢަބްދުއްރަޙީމް އަބޫބަކުރެވެ. އޭރަކު އަޅުގަނޑާއި އަބްދުއްރަހިންބެ އާ އޮންނަ ލޭގެ ގުޅުމެއް ނޭނގެއެވެ. އަބުދުއްރަހިންބެގެ މަންމަ އަކީ ކުރޮޅި ޤާސިމް (ކާސިމް)ގެ ކުރޮޅި ސިއްތި ދައިތައެވެ. އެއީ އަޅުގަނޑުގެ ބައްޕަގެ މަންމަ (މޫސާ މަނިކުބޭގެ މަރިޔަ) އާ އެއްބަނޑު މީހެކ...”