“މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާ ހިންގެވުމާ ދެވަނައަށް ހަވާލުވެވަޑައިގެންނެވި ނާޒިރެވެ. ނ. އަތޮޅު މަދަރުސާގައި ޒަމާނީ ތަޢުލީމުގެ ބިންގާ އަޅުއްވައި ދެއްވައި ޚިދުމަތްތެރި ނަމޫނާ ޖީލެއް މަނަދޫގައި ބިނާކޮށް ދެއްވި ވަރުގަދަ ލީޑަރެވެ. ރާއްޖޭގެ ހުރިހާ އިސްކޫލެއްގެ ތެރެއިން ނ. އަތޮޅު މަދަރުސާއަކީ ފާހަގަކޮށްލެވޭ އިސްކޫލަކަށް ހެއްދެވިއެވެ. އިސްކޫލުގެ ކުރިމަގަށް ޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވެވަޑައިގަތުމަށް ވެސް ތައްޔާރަށް ހުންނެވިކަމަށް ތަޢުލީމާ ބެހޭ ވަޒީރަށް ދެންނެވިއެވެ....”
މ
“އެއީ ފޯނު ގެންގުޅޭ ޒަމާނެއް ނޫނެވެ. ފަސޭހަފަސޭހައެއްކޮށް މާލެއާ ވާހަކައެއް ނުދެއްކެއެވެ. އަތޮޅުތެރޭގެ ރައްޔިތުން ބަރޯސާވަނީ ރޭޑިޔޯއަށެވެ. އެހެން ނަމަވެސް މަނަދޫގައި އަލަށް އުފެއްދި ޖަމްޢިއްޔާއެއް ކަމަށްވާ “މަނަދޫ ޒުވާނުންގެ ގުޅުން” އިފްތިތާޙު ކުރި ޚަބަރު އެ ޖަލްސާ ކުރިއަށް ދަނިކޮށް ވަގުތުން ރޭޑިޔޯއިން ފޮނުވުމަކީ އިއްތިފާގެއް ނޫނެވެ. އެއީ މާފަންނު މަނަދޫގޭ ޢަބްދުއްސައްތާރު އަބޫބަކުރު (މަނަދޫ ސައްތާރު) އެކަން ކުރައްވަން ބޭނުންފުޅުވި ގޮތެވެ. ޖަލުސާގައި ބައިވެރިވި ގިނަ ބަޔަކަށް ވެސް އެކަން އޭރު ވީ ބ...”
“ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.ކ.ޝ.ޢ) މަރޮށީ ޙުސައިން ޢަބްދުﷲ ނުވަތަ މަރޮށީ ޙުސައިން ކަލޭފާނަކީ، ޖަމާޢަތަށް ފައިދާހުރި ޚާއްޞަ ޚިދްމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްޤީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ހިތްޕުޅުގައި، މަރޮށީ ރައްޔިތުންނަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއް އޮތް ބޭފުޅެ...”
“ކޯވިޑް19 ގެ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު މިކަމުން އަރައިގަތުމަށް އެކިފަރާތްތަކުން އަންނަނީ އެމީހަކަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތް ކުރަމުންނެވެ. އެމީގެއްގެ ހުރި ލަޔާގަތާއި ގާބިލިއްޔަތުކަން ހުރި މިންވަރަކުން މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފަހަރު މި ފާހަގަ ކޮށްލަނީ ކުޅުދުއްފުށި ސިޓީއަށް އުފަން ޒުވާނެއްގެ ވާހަކައެވެ. ކުރިން ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރެއްވި އަލީ ޒަކަރިއްޔާ / އާވެހި ގެ ވާހަކަ އެވެ. މެޑިކަލްގެ ދާއިރާއިން ކިޔެވުމަށްފަހު އެދާއިރާގައި ޚި...”
“އެއީ ހުކުރު ދުވަހެއްގެ ހެނދުނެވެ. ސައިބޮއިގެން އަޅުގަނޑު ގެއިން ނުކުންގޮތަށް އަޅާ އިތިކޮށް ދުއްވައިގަތީއެވެ. އެއީ ކުލާސްކުދިން ޓީޗަރާއެކު މޫދަށްދާން ހަމަޖައްސާފައި އޮތް ދުވަހެކެވެ. ކުލާހުގެ ދެތިން ކުދިންނާއެކު އަޅުގަނޑުމެން އަރާތިބީ އަޅޯވަށީގައެވެ. މިލަދޫ ޓީޗަރުގެ އިންތިޒާރުގައެވެ. އޭރު މިލަދޫ ޓީޗަރު ހުންނަވަނީ މަނަދޫ ޗަނބޭލީގޭގައެވެ. އަޅުގަނޑުމެން އަރާތިބީ އެ މަގުގައި ހުންނަ ޑޭޒީމާގެ ކުރިމަތީ ހުރި އަޅޯވަށްޓެއްގައެވެ. އެހެން ތިބޭތާ އެތައް އިރެއްވީ އިރުވެސް މިލަދޫ ޓީޗަރުގެ ޚަބަރެއް ނުވިއެވެ. މޫދަ...”
“ހދ. ހަނިމާދޫ، ވާދީ އަބުދުއްލަޠީފް ޤާސިމް (ކަތީބު ކުޑޭ) ރޭ މިދުޔެއާއި ވަކިވެގެން ދިޔުމުން މުޅި ހަނިމާދޫއަށް ވަނީ މޮޅިވެރިކަމާއި، ފުން ހިތާމައެއް ލިބިފައެވެ. ރަށު އެންމެންގެ ކަތީބު ކުޑޭގެ މިރޭ ކުއްލި ގޮތަކަށް މިދުޔެއާއި ވަކިވެގެން ދިޔައީ ބަލިވެ އުޅުމަށްފަހުގައެވެ. އަބުދުއްލަޠީފް މިހާރުވަނީ މެންދަމުގެ ވަގުތެއްގައި ވަޅުލާފައެވެ. ނިޔާވި އިރު އަތްބަކާއި ދެ ފިރިހެން ކުދިންނާއި، އަންހެން ކުއްޖެއް ދުނިޔޭގައި އެބަހުއްޓެވެ. އަބުދުއްލަޠީފްވަނީ މެދު ނުކެނޑި 27 އަހަރު ސަރުކާރަށާއި، ހަނިމާދޫއަށް ޚިދުމަތް ކުރައ...”
“ހދ. ނެއްލައިދޫ އަސުރުމާގޭ، އަހުމަދު އަބުދުﷲ އަކީ ހދ. ނެއްލައިދޫ ރައްޔިތުންނަށާއި، ދިވެހި ދައުލަތަށް މެދު ނުކެނޑި 40 އަހަރާއި 7 މަހާއި 19 ދުވަހު ހިދުމަތްކުރެއްވި މުރާލި، ހީވާގި ޅިދުމަތްތެރިއެކެވެ. ނެއްލައިދޫ މީހުންގެ ނަމުންނަމަ އަޙްމަދުބޭ އަކީ އަތޮޅުންވެސް ހުނިޖަހާލެވޭ ފަދަ ނަމޫނާ ޚިދުމަތްތެރިއެކެވެ. އަހުމަދު އަބުދުﷲގެ ރަން ސާޅީސް އަހަރުގެ ޚިދުމަތް ނިންމާލެއްވީ ނެއްލައިދޫ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމުންނެވެ. 20 އޮކްޓޯބަރ 1962ވީ ހޮނިހިރު ދުވަހު ހދ. ނެއްލައިދޫ އަސުރުމާގެއަށ...”
“ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުން ރަންމެޑަލްއެއް ޖޫދީ ޚާލިދު އަދި ރިހި މެޑެލްއެއް ހދ. ފިނޭއަށް އުފަން އަބްދުލް ރަޝީދު ހޯދައިފިއެވެ. ޖަރުމަނުގެ ސްޓުޓްގާޓްގައި މިހާރު ކުރިއަށްދާ 25 ވަނަ “އިކާ ކަލިނަރީ އޮލިމްޕިކްސް” ގައި މި އަހަރު ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ދެ މެންބަރުން ބައިވެރިވީ ވެޑިންގް ކޭކު ކެޓަގަރީގައެވެ. އެމުބާރާތަކީ ކެއްކުމުގެ އެކި މުބާރާތްތަކުން ގޯލްޑް މެޑަލް ހޯދާ ޝެފުންނަށް އެކަނި ވާދަކުރެވޭ، ދުނިޔޭގެ ކެއްކުމުގެ އެންމެ ބޮޑު މުބާރާތުގެ ގޮތުގައި […]”
“ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ވަގުތީ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް އެ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްކަމުގެ މަޤާމުގައި ހުންނެވި ހއ. ދިއްދޫ އިކްލީލްގޭ އަލްފާޟިލް ޢަބްދުﷲ ޝަފީޤް ސިވިލްސަރވިސް ކޮމިޝަނުން އައްޔަން ކުރައްވައިފިއެވެ. މިގޮތަށް ހަޖަމަޖެއްސެވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ( 2010/7 ) އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން އެ ޤާނޫނުގެ 126 ވަނަ މާއްދާގައިވާ ގޮތުގެމަތިން ލޯކަލް ކައުންސިލްތަކުގެ އެންމެއިސް އިދާރީ މުވައްޒަފަކީ ސެކްރެޓަރީ ޖެނ...”
“މިމަހު ޖަރުމަނުގައި އޮންނަ ކަލިނަރީ އޮލިމްޕިކްސްގައި ފުރަތަމަފަހަރަށް ރާއްޖެ ތަމްސީލްކުރުމަށް ހދ. ފިނެއަށް އުފަން، ކެއްކުމާއި ކޭކު އެޅުމުގެ ދާއިރާގައި މަޝްހޫރު އަބުދުލް ރަޝީދު (އަންކަލް) ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ. ދުނިޔޭގެ މައްޝޫރު ވޯލްޑް ޝެފްސް ވިލެޖްގެ 25 ވަނަ އައިކޭއޭ ކަލިނަރީ އޮލިމްޕިކްސްގައި ޝެފްސް ގިލްޑް މޯލްޑިވްސް އިން ބައިވެެރިވާން ނިންމައި، އެ ޖަމްޢިއްޔާގެ ފަރާތުން އެ ކެއްކުމުގެ އިވެންޓުގައި ރަޝީދުގެ އިތުރުން ދެން ބައިވެރިވާނީ ޖޫދީ ޚާލިދެވެ. ރާއްޖޭގެ ދެ ކެއްކުންތެެެރިން ކަމުގައި...”
““އޭލެވެލްގައި ވެސް ރައިޝަން ވިދާލައިފި” މިސުރުހީގެ ދަށުން ލިޔެފައިވާ ހަބަރެއް ޙިއްސާކުރައްވާ ރާއްޖޭގެ މަޝްޙޫރު ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވީ “ރައިޝަން އަކީ ރާއްޖޭގެ ސްޓީވެން ހޯކިން” ކަމަށެވެ. މީގެ އިތުރުން އުގައިލް ބުނެފައިވަނީ ނުކުޅެދުންތެރިކަމަކީ ތަފާތަކަށް ވެދާނެކަމަށާއި ނަމަވެސް އެއީ ހުރަހެއް ނޫން ކަމަށެވެ. ހިނގައިބިނގާވެ ނޫޅެވޭތީ، ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހުނަސް ވައިކަރަދޫއަށް ނިސްބަތްވާ މުހައްމަދު ރައިޝަން އަހުމަދު އޭނާގެ އުންމީދުތައް ހާސިލްކުރަން ކެނޑިނޭޅި ދަނީ މަސައްކަތްކުރ...”
“ރާއްޖޭގައި ހަމުގެ ބަލިތަކަށް ހާއްސަވި އެންމެ ފުރަތަމަ އެއް ޑޮކްޓަރު ކަމުގައިވާ، ޑރ. މުހައްމަދު އާދިލް ރަޝީދު ނިޔާވެއްޖެ އެވެ. ޑރ. އާދިލް ރަޝީދުއަކީ ހދ ވައިކަރަދޫ ޖޭމުގޭ އަބްދުﷲ ހުސައިންގެ އިބްރާހިމް ރަޝީދު ގެ ދަރިކަލެކެވެ. އުމުރުން 52 އަހަރުގައި ޑރ. އާދިލް ނިޔާވެފައި ވަނީ ކޮލޮމްބޯގެ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮންނެވެ. ޑރ އާދިލް ރަޝީދުގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މާދަމާގެ ޢަޞުރު ނަމާދުގެ ފަހުގައި ކޮލަމްބޯގެ ޖާވައްތަ ޖުމްޢަ މަސްޖިދުގައެވެ. […]”
“ތުނޑި ރީތިވި ނެއްލައިދޫ މަސްވެރިކަމުގެ ގޮތުން މުޅި ހާދާލުން އެއްވަނަ ހޯދައިފިތާދޯ މިއީ ހދ އަތޮޅު ފަރިހީގައި ވާ ބައިތެކެވެ. އެއްގޮތަކަށް ވެސް އަޅުގަނޑު މި މަސައްކަތް ކުރަނީ މި ފަރިހީގެ މޮޅުވާހަކަ ދައްކާކަށެއް ނޫނެވެ. އެހެން ނަމަވެސް ފަރިހީގައި އެބުނާ ވާހަކައިގެ މުގުލުގައި ހުރި ފަރާތެއްގެ ވާހަކަ މަސްވެރިންގެ މި ފަޚުރުވެރި ދުވަހު ތިޔަ ބޭފުޅުންނާ ހިއްސާކޮށް ލާނަމެވެ. ހދ. ނެއްލައިދޫ އަސަރީމާގެ އަލްމަރްޙޫމް ޢަބްދުއް ޞަމަދު ޢަލީ(ޞަމަދުބެ) އަކީ ބޮޑު ތިލަދުންމަތީގައި ޚާއްސަކޮށް ނެއްލައިދޫގައި […]”
“ހޯރަފުށީ ފާތުމާފުޅާއި ދޮންކޮއްކޮ އަކީ އެކަކު އަނެކަކަށް ވަރަށް އަޅާލި، ވަރަށް އޯގާތެރި ދެމަފިރިންނެވެ. ލިބުނު 12 ދަރިން ވެސް ގޮތް ނޭނގޭ ބަލިތަކެއްގައި ނިޔާވި ހއ. ހޯރަފުށީ ދެމަފިރިންގެ ތެރެއިން ފާތުމާފުޅު އިއްޔެވަނީ ނިޔާވެފަ އެވެ. Hoarafushi Faathumafulhaai Dhonkokkobe ge hayaathakee ethah ibratheh libey hayaatheh. Libunu 12 dharin ves vakivegen dhiyaee.Miadhu fathumafulhu ves vakivegen e dhiyaee Dhonkokkobey ekani kollumahfahu. Dhuniye akee mifadha vaguthee thaneh. Marhooma […]”
“ 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ އަރާމު ނިދިން، ދިވެހިން ހޭލައްވާލި ބާރު އަޑަކީ ކިހާ ބިރުވެރިކަމެއްކަމެއް އެވަގުތު އެނގިފައި ނުވިނަމަވެސް މުޅި ދުވަސް ނިމިގެން ދިޔައީ ބިރުވެރި ކަމާއި ނާމާންކަމުގެ ތެރެއިން 19 ދިވެހިން ޝަހީދުކޮށްލުމަށް ފަހުއެވެ. އެ ޢުދުވާނަށް މިއަދަށް 31 އަހަރު ވެފައިވާއިރު އެދުވަހުގެ ބިރުވެރި ހަނދާންތަކާއި އަޑުތައް ދިވެހިންގެ ކަންފަތުގައި ތާއަބަދަށް ހަރުލާފައި ހުންނާނެ ކަމާމެދު އެއްވެސް ޝައްކެތްނެތެވެ. ދިވެހި ޚާއިނުންގެ މަދު ބަޔަކާއި ބޭރުގެ ކުލީ ސިފައިން ގުޅިގެ...”