މޫސުމަށް އަންނަ ބަދަލުތައްފަދަ މައްސަލަތަކާ ގުޅިގެން ބާއްވާ ސުލްހަވެރި އިހުތިޖާޖުތަކަށް، ފުލުހުން އެއްބާރުލުން ދޭނެކަމަށާއި އެހެންނަމަވެސް، މިފަދަ ކަންކަމުގެ ނަމުގައި މިހާރު ހެދިފައިވާ ޤާނޫނުތަކަށް ޚިލާފުވުން ބަލައިނުގަނެވޭނެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ. ފުލުހުން ކުރި ޓްވީޓެއްގައި މިހެން ބުނެފައިވާއިރު، މޫސުމީ ބަދަލުތަކަށް ހޭލުންތެރިކުރުމަށް ބޭއްވި އެއްވުމެއްގެ ތެރެއިން، ހުސް ފުޅިތަކެއް އަޅާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް، ފުލުހުންގެ ޓްވީޓުގައި ހިމަނާފައިވެއެވެ. ހަމައެހެންމެ،...
Thiladhun
ނ. މިލަދޫ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާ ޙަވާލުކޮށްފިއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕްލޭނިންގ މިނިސްޓްރީން ބުނީ މި މަސައްކަތް އެމްޓީސީސީ ޢާއި ޙަވާލުކުރީ 42,183,081.60 ރުފިޔާއަށް ކަމަށެވެ. މިލަދޫ އަކީ ބަނދަރެއް ނެތުމުގެ ދަތިކަން އެންމެ ބޮޑަށް ޖެހިފައިވާ އެއް ރަށެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ފަހުން ވިދާޅުވެފައިވަނީ މިހާރުވެސް 67 ރަށެއްގައި 77 މަޝްރޫޢުގެ މަސައްކަތް މި...
އިބްރާހިމް އަސްވާޤް
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، އަބްދުﷲ ޝާހިދު، ބަހްރެއިނުގެ ފޮރިން މިނިސްޓަރު ޚާލިދު ބިން އަޙުމަދު އަލް ޚަލީފާއާ ބައްދަލު ކުރައްވައިފިއެވެ. ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ، އދ.ގެ 74 ވަނަ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިންނެވެ. މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރުމަށް ތައްޔާރުވަމުންދާ ވައިގެ ޚިދުމަތްތަކާ ބެހޭ އެގްރީމެންޓާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. އަދި މި އެގްރީމެންޓުގެ ސަބަބުން...
Thiladhun
“ސިރޫ އާޓްސް” ޕޭޖު، ހަރުކަށި ފިކުރު ފަތުރާ ޕޭޖެއްކަމަށްބުނެ ތިން ހަތަރު ފަހަރު ބަންދުކޮށްލެވުނުކަމަށާއި އެހެންނަމަވެސް، މާތް ﷲ އަށް ފުރައްސާރަކޮށް، ރަސޫލާއަށް ޖޯކު ޖަހާ، ޤުރުއާނަށް މަލާމާތްކޮށް އަދި ރަސޫލު ބޭކަލުންނަށް ބަދު ބަސް ބުނެ، ދިވެހި ބަހުން ޝާއިއު ކުރަމުންދާ “ޖުހާ” ޕޭޖު ބަންދުކޮށްލުމުގެ ޤާބިލުކަން ނެތީތޯ، އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ އަދި އޯއައިސީގެ ވެރިޔާގެ އެޑްވައިޒަރ، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ސުވާލު އުފައްދަވާފައެވެ. ޑރ. ޝަހީމް ފޭސްބުކުގައި ކުރެއްވި […]
Thiladhun
ރަނގަޅު ގޮތުގައި އަޅުގަނޑުމެންނަށް މިކަން ކުރެވިއްޖެނަމަ، ސަރަހައްދީ ތަރައްގީއަށް ފޯކަސްއެއް ދީގެން މާލޭގެ ކަންތައްތަކަށް އަޅާލެވޭކަމަށް ވާނަމަ، އަޅުގަނޑުމެންނަށް ތިވިދާޅުވާ ބުރިޖެއް އެޅުމަކުން މާލެ އިތުރަށް ތޮއްޖެހޭކަށް ފުރުސަތެއް ނެތްކަމަށް ޕްލޭންނިން މިނިސްޓަރި މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލެ ތޮއްޖެހުން ކުޑަކުރުމަށް މި ސަރުކާރުގެ ސިޔާސަތަކީ ސަރަހައްދީ ގޮތުން އަތޮޅުތަކަށް ތަރައްގީ ގެނައުން...
އިބްރާހިމް އަސްވާޤް
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ދަށުން ހިނގަމުންދާ “ޑިޕާޓްމަންޓް އޮފް ހެރިޓޭޖް” ގެ ނަން، “ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު” ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބަދަލުކުރައްވައިފިއެވެ. ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު (ޤާނޫނު ނަންބަރު 2019/12) ގެ 14 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެ މަތިން “ޑިޕާޓްމަންޓް އޮފް ހެރިޓޭޖް” ގެ ނަން، “ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު” ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރެއްވީ […]
އިބްރާހިމް އަސްވާޤް
ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ. މިއަދު ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 15:30 އާ ހަމައަށް ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ނ. އަތޮޅާ ދެމެދުގެ ސަރަޙައްދަށް އަދި މ. އަތޮޅުން އައްޑޫ ސިޓީއާ ދެމެދުގެ ސަރަޙައްދަށެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ މި ވަގުތުތަކުގެ ތެރޭގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި […]
Thiladhun
ހ. ތިލަފުށި ގޭގައި ހުރި ގުދަނެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުންވި ގޭގެއިން މީހުން ހުސްކޮށްފައިވަނިކޮށް ގެޔަށް ވަގުން ވަދެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ. ފުލުހުން ވިދާޅުވީ ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނުވަގުތު ގޭގެއިން މީހުން ހުސްކޮށްފައިވަނިކޮށް، އެ ސަރަހައްދުގައި ހުރި ގެއެއްގެ ދެ ފަންގިފިލާއަކުން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން އެ ސަރަހައްދުން މީހުން ހުސްކޮށްފައިވާ ގެއެއްގެ ހަތްވަނަ […]
އަފްރާހް އަބްދުލް ރަޝީދު
ރޭ މާލޭގެ ގުދަންތަކެއްގައި ރޯވެގެން ހިނގި އަލިފާނުގެ ހާދިސާގައި ރޭ މަރުވި ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާ މިއަދު ވަޅުލައިފި އެވެ. ހ. ރަދުވާނިއާގޭގައި ދިރިއުޅުނު އުމުރުން 46 އަހަރުގެ ޝައުނާ މަރުވީ އަލިފާން ރޯވެ އެ ގޭގެ ދޮރު ތާށިވެ ނުނިކުމެވިގެން ކަމަށް ވެއެވެ. އެވަގުތު އޭނާ އެހީ އަށް އެދި އާއިލާގެ މެމްބަރަކަށް ގުޅި ނަމަވެސް ފަޔަ އެންޑް ރެސްކިއު ޓީމަށް ފެނުނުއިރު އޭނާގެ ހަށިގަނޑު އޮތީ ވަރަށް ބޮޑަށް އަނދައިފަ އެވެ. އޭނާގެ ކަށުނަމާދު އޮތީ، މެންދުރު […]
އަފްރާހް އަބްދުލް ރަޝީދު
މާލެއަށް ބޯކޮށް ވާރެ ވެހި، މަގުތަކުގައި ފެން ބޮޑުވެއްޖެއެވެ. މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެން ވަންނަމުން އެބަދެއެވެ. އެގޮތުން އޭޑީކޭ ހޮސްޕިޓަލްގައި ވަނީ ފެން ބޮޑުވެފައެވެ. Male' city ah boakoh vaarey vehi baeh maguthakugai fen boduvumaai gulhigen MNDF Fire and Rescue Service ge sifain fen hikkumuge massahkaiy fashaifi. Mi vaguthu pump beynun kohgen fen hikkamun dhanee IGMH kaireegai. — Maldives National […]
އިބްރާހިމް އަސްވާޤް
މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުން ކަންކަން ކުރިޔަށްގެންދަވާނެ ގޮތްތަކާ، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިމަށްޓަކައި ކުރަންޖެހޭ ކަންކަމާ އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖުލީހުގެ ކުއްލި ބައްދަލުވުމެއްގައި މަޝްވަރާ ކުރައްވައިފިއެވެ. ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގެތަކަކާ، އަދި ގުދަންތަކެއް ހިމެނޭގޮތަށް ހިނގި މި ހާދިސާއާ ގުޅިގެން މަޝްވަރާކުރުމަށް ބޭއްވެވި ކުއްލި ޖަލްސާ ބާއްވަވާފައި ވަނީ މިރޭ މުލީއާގޭގައެވެ. މިރޭގެ މި ޖަލްސާގައި މަޝްވަރާކުރެއްވި ކަންތ...
އިބްރާހިމް އަސްވާޤް
މަސްގަތުމާއި އެކްސްޕޯޓު ކުރަން ކުދި ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ. ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީގެ އެ ނިންމުމާއި އެކުގައި އިކޮނޮމިކް މިނިސްޓްރީގައި އެސްއެމްއީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ދޫކުރާ ކުދި އަދި މެދު ފަންތީގެ ފަރާތްތަކަށް ދޫކުރާ މަސްގަތުމުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ. އެ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވަނީ އިއްޔެއިން ފެށިގެން ހަމަސް ދުވަހުގެ މުއްދަތަކ...
އިބްރާހިމް އަސްވާޤް
ހަސީނާ ނޫނަސް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މައިންނަކީ ގޮތްހުސްވެ ހާސްކަންމަތީގައި ފިކުރުގެ ދުނިޔެއެއްގައި އުޅެން ޖެހިފައިވާ ބައެކެވެ. މިއަދުވެސް މިފަދަ ދެމައެއްގެ ވާހަކަ ކީމެވެ. ފުރަތަމަ 8 އަހަރުގެ ކުއްޖެއްގެ މަންމައެއްގެ ވާހަކައެވެ. އޭނާގެ ދަރިފުޅަކީ މައިލްޑް އޮޓިޒަމް ހުންނަ ކުއްޖެކެވެ. ސްކޫލަށް ވައްދައިގެން ފުރަތަމަ ޖެހުނީ ދަރިފުޅަށް ޚާއްޞަ ޓީޗަރަކު ހޯދާށެވެ. ދެން ބަދަލުކުރީ އެހެން ސްކޫލަކަށެވެ. އެހެންނަމަވެސް، އެންމެފަހުން ދަރިފުޅުގެ ޝަކުވާ ސްކޫލުން ކުރާވަރުން ޖެހުނީ ސްކޫލުން ވަކިކުރާށެ...
މުޙައްމަދު ޝިހާބް
ބަށި ބޯޅައަށް ދެފައިވާ ޤައުމީ ހައިސިއްޔަތު އުވާލުން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ކުށްވެރިކުރައްވައިފި އެވެ. ރާއްޖޭގައި އަންހެނުންނަށް ހާއްސަކޮށްގެން ކުޅޭ ކުޅިވަރެއްކަމަށްވާ ބަށި ބޯޅައަށް ދީފައިވާ ޤައުމީ ހައިސިއްޔަތު އުވާލުމާއި ކުޅިގެން ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަށިބޯޅާއަށް ދީފައިވާ ޤައުމީ ހައިސިއްޔަތު ކުޅިވަރާއި ބެހޭ ވުޒާރާއިން އުވާލަން ނިންމެވި ނިންމެވުމަކީ މި ސަރުކާރުން ޘަޤާފީ ކުޅިވަރުތައް ބާކީ ކޮށްލުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމުގ...
އިބްރާހިމް އަސްވާޤް
ދުސިތް ތާނީގެ ޖެނެރަލް މެނޭޖަރަށް ތަޅުދަނޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ކަނޑު އަޑީގައި ބާއްވައިފިއެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު މެންދުރު އެރިސޯޓު ކައިރީ އޮންނަ އަނގަފަރު ގައެވެ. އެރިސޯޓުން ބުނެފައިވާ ގޮތުގައި މިކަހަލަ ރަސްމިއްޔާތެއް ރާއްޖޭގައި ބޭއްވި މީ ފުރަތަމަ ފަހަރެވެ. މިރަސްމިއްޔާތުގެ ޑައިވްކުރުމުގެ އެންމެހާ ކަންކަން ހަމަޖައްސާފައިވަނީ އެރިސޯޓުގެ ޑައިވްސެންޓަރ ހިންގަމުން އަންނަ އޯޝެން ޑައިވް ސެންޓަރުންނެވެ. ޖެނެރަލް މެނޭޖަރުކަމާއި އަލަށް ހަވާލުވި ތޯމަސް ވެބާރ އަށް ތަޅުދަނޑި ހަވާލ...
އިބްރާހިމް އަސްވާޤް