މައި ޚަބަރަށް ދިޔުމަށް

ޚަބަރު

958 ޝާއިޢުކުރެވިފައިވާ ލިޔުން

ޚަބަރު - 59 ވަނަ ޞަފްޙާ

ށ. އަތޮޅުން ފ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ށ. އަތޮޅުން ފ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ށ. އަތޮޅުން، މ.އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ޔެލޯ އެލާޓު ނެރެފި އެވެ. މެޓް އޮފިހުން ވަނީ އެސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާނެކަމަށް ލަފާކޮށް މިއަދު 08:30 އިން މެންދުރު 12:00 ގެ ނިޔަލަށް ޔެލޯ އެލާޓު ނެރެފައެވެ. މި އެލާޓްގެ މުއްދަތުގައި ވައި ބާރުވެ، ބޯކޮށް ވާރޭ ވެހޭނެއެވެ. އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވައި ބާރުވާނެއެވެ. މި އެލާޓްގެ މުއްދަތުގައި ކަނޑުމަގުން ކުރާ ދަތުރުތައް ކުރުމުގައި ސަމާލުވާން […]

ފާތިމަތު ސިނާޒާ
ނައިވާދޫ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އިނާޝާ

ނައިވާދޫ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އިނާޝާ

2018 ވަނަ ހދ. ނައިވާދޫ ސްކޫލުގެ ހުރިހާގޮތުން އެންމެ މޮޅު ދަރިވަރަކަށް، ނައިވާދޫ ސްކޫލްގެ 2018 ވަމަ އަހަރުގެ ގްރޭޑް 10 ގެ ދަރިވަރު ފާތިމަތު އިނާޝާ އާދަމް (މޫނިމާގެ، ހދ. ނައިވާދޫ) ހޮވިއްޖެ އެވެ. 2018 ވަނަ އަހަރުގެ ނައިވާދޫ ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ އޮތީ، ނައިވާދޫ ސްކޫލު ހޯލުގައެވެ. މިޖަލްސާ ޝަރަފުވެރި ކޮށްދެއްވީ، ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް އެވެ. މިޖަލްސާގައި، އަފީފުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް […]

ޙުސައިން ޝަހުދީ
އިސްލާމީ ޤައުމުތަކުގެ ޖަމިއްޔާގެ ނިންމުމަށް ރައީސް ނަޝީދު ތާއިދެއް ނުކުރޭ

އިސްލާމީ ޤައުމުތަކުގެ ޖަމިއްޔާގެ ނިންމުމަށް ރައީސް ނަޝީދު ތާއިދެއް ނުކުރޭ

އިންޑިއާގެ ޖައްމު އަދި ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލައި، ގާނޫނީ އެންމެ މަތީ ބާރުތައް ބޭނުންކުރުމުގެ ހުއްދައާއެކު ދިހަހާހަށްވުރެ ގިނަ ސިފައިން އިންޑިއާގެ ސަރުކާރުން އެ ސަރަހައްދަށް ފޮނުވާފައިވާ މައްސަލައިގައި، އިސްލާމީ ގިނަ ގައުމުތަކަކުން ކަންބޮޑުވުން ފާޅުކޮށްއިންޑިއާ ސަރުކާރާ ދެކޮޅަށް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ “އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން” އިން ނިންމާފައިވާ ނިންމުމަށް، ރާއްޖެ އޮތީ ތާއީދު ނުކުރާ ގޮތަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މު...

ޔުމްނާ ޢަލީ

މުދައްރިސުންނަށް ދެވޭ ގަދަރާއި މުސާރަ ކުޑަކަވުމަކީ ގޮންޖެހުމެއް: އެޑިއުކޭޝަން މިނިސްޓަރ

މުދައްރިސުންނަށް ދެވޭ ގަދަރާއި މުސާރަ ކުޑަކަވުމުގެ ސަބަބުން އެމީހުން ވަޒީފާއަށް ގެނުވާ ދެމެހެއްޓުމަކީ ގޮންޖެހުމަކަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ. މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި އެޑިއުކޭޝަން މިނިސްޓރަ ޑރ. އައިޝަތު ޢަލީ ވިދާޅުވީ މިއަހަރުގެ މުދައްރިސުންގެ ދުވަހާ ގުޅިގެން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ފާހަގަކޮށްފައިވާ އެންމެ ބޮޑު މައްސަލައަކީ، އެކަމަކާމެދު އެންމެންވެސް ފިކުރުކުރަންޖެހޭ ކަމެއްކަމަށެވެ. ޙަރަކާތްތެރި މުދައްރިސުންގެ އަ...

އިބްރާހިމް އަސްވާޤް

އައްޑޫގައި ގެސްޓުހައުސްއާއި ސިޓީ ހޮޓާ އަޅަން ބިންދޫކުރަނީ

އައްޑޫ ސިޓީގައި ގެސްޓްހައުސްއާއި ސިޓީ ހޮޓާ އެޅުމަށް ދޫކުރަން ނިންމާފައިވާ ބިން ހޯދުމަށްއެދި، ކުރިމަތިލުމަށް މިއަދު ހުޅުވާލައިފިއެވެ. ދިވެހިންނާއި ބޭރުގެ ފަރާތްތަކަށްވެސް ފުރުސަތުއޮންނާނެހެން، ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބިން ދޫކުރުމަށް ހުޅުވައިލީ މިއަދު އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައެވެ. އިއުލާނުގައިވާ ގޮތުން ބިޑު ވިއްކާނީ 20 އޮކްޓޯބަރު 2019 އިން ފެށިގެން 13 ނޮވެންބަރު 2019 ވަނަ ދުވަހާ ހަމަޔަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އާ ހަމަޔަށ...

ޔުމްނާ ޢަލީ

ފްރީޑައިވިންގް ވަރލްޑް ރެކޯޑް ޤާއިމުކުރުމުގައި ރައީސް ބައިވެރިވެވަޑައިގެންފި

މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން އިންތިޒާމް ކޮށްގެން “ނޭވާ” ގެ ނަމުގައި މިއަދު ރާއްޖޭގައި ބޭއްވި ފްރީޑައިވިންގް ވަރލްޑް ރެކޯޑް ޤާއިމުކުރުމުގައި ޢަމަލީގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެ ވަޑައިގެންފިއެވެ. ފްރީޑައިވިންގް ރެކޯޑް ޤާއިމު ކުރުމަށް ބޭއްވި މި ޙަރަކާތް ބާއްވާފައިވަނީ މިއަދު ހަވީރު ބަރޮސް މޯލްޑިވްސްގެ ފަޅުގައެވެ. ރާއްޖެއިން ފްރީޑައިވިންގް ރެކޯޑް ހެދުމުގައި ރައީ...

ޔުމްނާ ޢަލީ
ކެލާ ހުރިހާ މުވައްސަސާއެއްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ސުކޫލަށް ހަދިޔާ ކުރަނީ

ކެލާ ހުރިހާ މުވައްސަސާއެއްގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ސުކޫލަށް ހަދިޔާ ކުރަނީ

21 ޖަނަވަރީ 2020ގައި ހއ. ކެލާ ޝެއިޚް އިބްރާހީމު ސުކޫލަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން ހއ. ކެލާގައި ހިމެނޭ ހުރިހާ މުވައްސަސާއެއްގެ މުވައްޒަފުން މިހިނގާ ސެޕްޓެންބަރު މަހުގެ އެއްދުވަހުގެ މުސާރަ ސުކޫލަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ހއ. ކެލާގައި 1440 ވަނައަހަރުގެ ބޮޑުޢީދު ފާހަގަކުރުމަށް ބޭނުންކުރި ޓީޝާޓުވިއްކައިގެން ލިބުނު ފައިސާގެ %20 ވެސް ކެލާ ކައުންސިލުން ވަނީ ސުކޫލަށް ހަދިޔާކުރައްވާފައެވެ. މިޙަރަކާތަށް އެހީތެރިވުމުގެ ގޮތުން ފަންޑުކުރައްވަން ބޭނުންފުޅުވ...

އިބްރާހިމް އަސްވާޤް
ށ. ފޯކައިދޫ މީހަކު ފުލުހުން ހޯދަނީ

ށ. ފޯކައިދޫ މީހަކު ފުލުހުން ހޯދަނީ

ށ. ފޯކައިދޫ މީހަކު ހޯދަން މޯލްޑިވްސް ޕޮލިސް ސާރވިސް އިން ފޮޓޯ ޢާއްމުކޮށްފިއެވެ. ބަނދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން ހޯދަމުންދަނީ ށ. ފޯކައިދޫ / ދަންމަރު، އަހުމަދު ޒާހިދު (31އަހަރު) އެވެ. އަހްމަދު ޒާހިރު ހޯދަމުންދަނީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅީފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބައްޓައިގެން 1 އޮކްޓޫބަރު 2019 ވަނަ ދުވަހުގެ 11:00 އަށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ކޮށްފައިވާ އެމުރަކާއި ގުޅިގެންކަމަށް ފުލުހުން ވިދާ...

އިބްރާހިމް އަސްވާޤް
ޓޫރިޒަމް މާސްޓަރ ޕްލޭންއާ އެއްގޮތަށް އަންނަ އަހަރު މަސައްކަތް ތަރުތީބު ވެގެންދާނެ: ޓޫރިޒިމް މިނިސްޓަރު

ޓޫރިޒަމް މާސްޓަރ ޕްލޭންއާ އެއްގޮތަށް އަންނަ އަހަރު މަސައްކަތް ތަރުތީބު ވެގެންދާނެ: ޓޫރިޒިމް މިނިސްޓަރު

ދެމެހެއްޓެނެވި ފަތުރުވެރިކަމުގެ މައްޗަށް އެކުލަވާލެވޭ ފަސްވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމައި އަންނަ އަހަރު އެ މަގުން އެސިނާޢަތުގެ މަސައްކަތް ތަރުތީބު ވެގެންދާނެކަމަށް ޓޫރިޒމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އަލީ ވަހީދު މިހެން ވިދާޅުވީ މިދިޔަ މި މަހުގެ 27 ވަނަ ދުވަހު ފާހަގަކުރި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއިގުޅިގެން ނެރުނު ބަޔާނުގައެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤްބަލަކީ ތަފާތު އެކި ޖަޒީރާވަންތަ ސިފަތަކާ، ބަވަނަވަމުންދާ ދުނިޔޭގެ ރަހަތަކާއި ކު...

އަފްރާހް އަބްދުލް ރަޝީދު
ކައުންސިލް އިންތިޚާބަށް މީހުން ހޭލުންތެރިކުރުވަން އަދި ބަޖެޓު ހަމަނުޖެހޭ: އީސީ

ކައުންސިލް އިންތިޚާބަށް މީހުން ހޭލުންތެރިކުރުވަން އަދި ބަޖެޓު ހަމަނުޖެހޭ: އީސީ

2020 ވަނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ހިންގަން ޖެހޭ ހޭލުންތެރިކުރުމުގެ ޕްރޮގުރާމުތަކުގެ ބަޖެޓު އަދި ހަމަނުޖެހޭކަމަށާއި، އެކަމަށްޓަކައި ބޭނުންވާ ބަޖެޓު ހޯދުމަށް މަޝްވަރާތައް ކުރެވެމުން އަންނަކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ޕީއެސްއެމް އަށް މައުލޫމާތު ދެމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފް މިހެން ވިދާޅުވިއިރު، އިންތިޚާބާ ގުޅިގެން ކުރަން ޖެހޭ އެހެން ކަންކަމުގެ ބަޖެޓު ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުނ...

Thiladhun

އޯ ލެވެލް އިމްތިހާން ފަށައިފި

މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފި އެވެ. މި އަހަރު ރާއްޖޭގެ 194 ސްކޫލަކުން 7000 އަށްވުރެ ގިނަ ދަރިވަރުން ވަނީ އިމްތިހާނުގައި ބައިވެރިވެފައެވެ. މީގެ އިތުރުން އަމިއްލަ ސެންޓަރުތަކުން ވެސް ވަނީ އިމްތިހާނުގައި ބައިވެރިވެފައި ވެ އެވެ. ނޮވެމްބަރު 12ގެ ނިޔަލަށް ކުރިއަށް ދާ މި އިމްތިހާނުގައި މިއަދު އޮތީ އިސްލާމް ޓެސްޓެވެ.އޯލެވެލް އިމްތިހާނު މިއަދު ފެށިއިރު އަންނަ މަހުގެ ހަ ވަނަ ދުވަހު އޭލެވެލް އިމްތިހާނު ވެސް ފަށާނެ އެވެ. […]

އަފްރާހް އަބްދުލް ރަޝީދު
ފަތުރުވެރިން އަންނަނީ ރަށްތަކުގެ ރީތިކަމާއި ދިވެހިންގެ ހިނިތުންވުމާއެކު އަދާކުރާ މެހެމާންދާރީ ބަލަން 

ފަތުރުވެރިން އަންނަނީ ރަށްތަކުގެ ރީތިކަމާއި ދިވެހިންގެ ހިނިތުންވުމާއެކު އަދާކުރާ މެހެމާންދާރީ ބަލަން 

ފަތުރުވެރިން އަންނަނީ ރަށްތަކުގެ ރީތިކަމާއި ދިވެހިންގެ ހިނިތުންވުމާއެކު އަދާކުރާ މެހެމާންދާރީ ބަލަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބް ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވ. އަތޮޅުގައި ބާއްވާ “ޖަޒީރާ ކެނޯ ރޭސް” ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖެއަށް ފަތުރުވެރިން އައުމުގެ މައިގަނޑު ދެ ބޭނުމެއް އޮންނަ ކަމަށާއި އެއީ ރާއ...

އިބްރާހިމް އަސްވާޤް

ކުޅުދުއްފުއްޓަށް ސޭންޕޫ ފުޅީގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނުމީހަކު ހައްޔަރުކޮށްފި

12 ބުލެޓް މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި އެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ މަޢުލޫމާތު ދެއްވާފައެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަން ދަތުރުކުރަމުންދާ ބޯޓަކުން ކުޅުދުއްފުއްޓަށް މަސްތުވަތަކެތި އެތެރެކުރަންއު...

ހުސައިން ހަބީބް
ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ އިން މ އަތޮޅަށް ހުދު ސަމާލު!

ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ އިން މ އަތޮޅަށް ހުދު ސަމާލު!

ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން މ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ގައުމީ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ބުނީ ހއ އިން ފެށިގެން މ އަތޮޅާ ހަމައަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަސް ވައިގަދަވާނެ ކަމަށެވެ. މެޓް އޮފީހުން ބުނީ ހއ އިން ފެށިގެން މ އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ ފަތިހު 04:00 އިން ހެނދުނު 10:00 އަށް ކަމަށެވެ.

އިބްރާހިމް އަސްވާޤް

ދީނަށް ފުރައްސާކުރަމުން ދިޔަ ލާދީނީ ޕޭޖް ބޮލޮކްކޮށްފި

ފޭސްބުކުގައި ދީނަށް ފުރައްސާރަކުރަމުން ދިޔަ ލާދީނީ ޕޭޖް ބުލޮކްކޮށްފިއެވެ. އިސްލާމްދީނަށާއި، ﷲ އަދި އެކަލާންގެ ރަސޫލާއަށް ފާޅުގައި ހަޖޫ ޖަހަމުން ދިޔަ ޕޭޖް ބްލޮކް ކޮށްފައިވަނީ ގިނަ ދިވެހިން އެ ޕޭޖް ރިޕޯޓު ކުރަމުން ދަނިކޮށެވެ. އަދި އެ ޕޭޖް ބްލޮކް ކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ފަރާތުން ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގައި އެދިފައިވަނިކޮށެވެ. ފުލުހުން ފޮނުވި ސިޓީގައި ވަނީ އެ ޕޭޖް ބޮލޮކްނުކޮށްފިނަމަ މާލެތެރޭގައި ލޭ އޮހޮރުވުމެއް ހިނގާފާނެކަމުގެ ބިރު އެބަ އޮތްކަމަށެވެ. އެ ޕޭޖް ބްލޮކް […]

އިބްރާހިމް އަސްވާޤް