ކްލެމެންސީ ބޯޑުގެ ތަފާސްހިސާބުތައް ދައްކާގޮޮތުގައި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވާ ކަމަށް އެޓާރނީ ޖެނެރަލް އޮފީހުން ބުނެފިއެވެ. އޭޖީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވާ ކަމަށާއި އަދި49 މީހަކަށް މައާފްކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަ ކަމަށް ކްލެމެންސީ ބޯޑުން ރައީސަށް ލަފާދެއްވާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް،60 ގައިދީންނަށް އަދަ...
މަރްޔަމް ސިމާނާ
އުމުރުން 6 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިންއަށް ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުން ހަދިޔާއަކަށް އުމްރާ ދަތުރެއް ދީފިއެވެ. ޔޫސުފްގެ އާއިލާއިން މިއަދު މާބުލްގައި ބޭއްވި ހަފްލާއެއްގައި ޔޫސުފްއަށް ވަނީ ޑިސެމްބަރ 2020 ގައި އެގުރޫޕުގެ އުމްރާ ކިޓް ހަވާލުކޮށްފައެވެ. އެގޮތުން އިޙްރާމާއި ނަން ކާޑުގެ އިތުރުން އަތް ދަބަސްވެސް ވަނީ ހަވާލުކޮށްފައެވެ. ގިބްލައިގެ ފަރާތުން މިދަތުރު ހަވާލުކޮށްދެއްވީ އެގުރޫޕުގެ މެނޭޒިން ޑިރެކްޓަރ ޔާމިން އިދުރީސް އެވެ. މިބައްދަލުވުމުގައި ގިބްލަ ޓީމް […]
ހުސައިން ހަބީބް
ލިޓަސް ކުންފުނިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހައްގުހޯދުމަށް މަސައްކަތްކުރާ އަހުމަދު ހިޝާން އަކީ “ލޯކަލް ޗެމްޕިއަން” އެއްގެ ގޮތުގަިއ އަގުވަޒަންކޮށްފިއެވެ. ހިޝާން އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވާ އަދި، އެފަދަ ކުދިން ގޮވައިގެން މިސްކިތަށާއި ހޮސްޕިޓަލްތަކަށް ވެސް ދާ ފަރާތެކެވެ. އަދި ހަމައެހެންމެ އަތޮޅު ތެރޭގައު ދިރިއުޅޭ މިފަދަ ކުދިންނަށް އެހީތެރިވުމަށްޓަކައި އެކި ރަށްރަށަށް ވެސް ދަތުރުކުރާ ފަރާތެކެވެ. ލިޓަސް ކުންފުނިން ފޭސްބުކްގައި ޝާއިއު ކޮށްފައިވާ ޕޯސްޓެއްގައި ބު...
މަރްޔަމް ސިމާނާ
މާލެ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވުން ލަސްވަނީ މޫސުން ތަންނުދީގެންކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފިއެވެ. ހުކުރު މިސްކިތުގެ މުންނާރު ހަޑިވެފައިވާތީ ގިނަޔަބަކު ޝަކުވާ ކުރަންފެށުމާއި ގުޅިގެން މިނިސްޓްރީ އޮފް އާޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގަމުން އަންނަ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދުވަނީ ނޫސްބަޔާނެއް ނެރެފައެވެ. މިބަޔާނުގައިވަނީ މާލެ ހުކުރު މިސްކިތު މުންނާރަކީ ތިން ސަތޭކަ އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ތަރިކ...
ހުސައިން ހަބީބް
ހިތާއި ފުއްޕާމޭގެ ޓްރާސްޕްލާންޓްއެއް ހެދުމަށްޓަކައި އިންޑިޔާގެ ބެންގަލޫރުގައި އަސްރާ ހުންނަތާ މިއަދަށް މިވީ 1 އަހަރާއި 4 މަހެވެ. މިއަދާއި ހަމައަށްވެސް އޯރގަން ލިބިފައިނުވާތީ ޑޮކްޓަރުންވެސް ވަނީ މުންބާއީއަށް ބަދަލުވުމަށް ލަފާއަރުވާފައެވެ. މުމްބާއީގެ ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖެހޭނެ ގޮތެއް ނުވުމާއި މުންބާއިއަށް ގޮސް އޯރގަންއެއް ލިބޭނެ ވަކިދުވަހެއް އަންދާޒާކުރަން ނޭންގުމާއިއެކު އަސްރާގެ އާއިލާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ދުނިޔޭގެ އެންމެ ގިނައިން އޯރގަން ޑޮނޭޝަން އޮންނަ ގައުމު ކަމަށްވާ ސ...
ޔުމްނާ ޢަލީ
އެމްއެންޑީއެފް ސެނަހިޔަ، “ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް” ގެ ނަމަށް ބަދަލުކޮށްފިއެވެ. މިއަދު ހަވީރު މިކަމަށްޓަކައި ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލް ކުރިމަތީ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި މިރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ އެމްއެންޑީއެފް މެޑިކަލް ކޯރޕްސްގެ ދިދަ އިފްތިތާޙް ކޮށްދެއްވާފައެވެ. މީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެމްއެންޑީއެފް މެޑިކަލް ކޯރޕްސް އިން ހިންގާ ކޯސްތަކާ ގުޅޭ “ކޮމްބެޓް މެޑިކް މެނުއަލް” ފޮތް [...
އިބްރާހިމް އަސްވާޤް
އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ސުކޫލް ތަކުގެ ކަރަންޓުގެ ހިދުމަތް ކަށަވަރު ކުރުމަށްޓަކައި މިނިސްޓްރީއިން ކަނޑައަޅާ ތަންތަނަށް ކަރަންޓު ލިބޭނެ އިންތިޒާމް ޤާއިމްކުރުމަށް މިނިސްޓްރީއާއި ފެނަކަ އާ ދެމެދު އެއް އަހަރުދުވަހުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ އެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަ...
ފާތިމަތު ސިނާޒާ
އޮފީސްތަކުން ހިންގާ ޓްރެއިނިން ޕްރޮގްރާމްތައް ހިންގޭނީ ރަޖިސްޓްރީވެގެން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އާންމު ކުރި އުސޫލު ބުނާގޮތުން، ސަރުކާރުގެ އިދާރާތަކަށް ހިންގޭނީ އެ މުއައްސަސާ އަށް ހާއްސަ ދާއިރާއިން އެތަނެއްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމްތަކެވެ. މީގެ އިތުރުން އާއްމުންނަށް ހާއްސަކޮށްގެން ހިންގޭ ކޯސް ހިންގޭނީ މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. އެގޮތަށް ވެސް ހިންގޭނީ އެ މުއައްސަސާ އަށް ހާއްސަ ދާއިރާގެ ކޯސްތައް ކަމަށް އެފަރ...
ފާތިމަތު ސިނާޒާ
ޤައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 5 ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 21 ފަރާތަކަށް މިރޭ ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެކެވެ. ހިތްވަރ...
އިބްރާހިމް އަސްވާޤް
އެސްޓީއޯގެ ފިހާރަތަކުގައި ގަނޑުކުރި މަސް ފަދަ ތަކެތި ވިއްކަން އަމިއްލަ ފަރާތްތަކަށް ހުޅުވާލައިފި އެވެ. އެސްޓީއޯ އިން ބުނީ އެ ކުންފުނިން ހިންގާ ފިހާރަތަކުގައި ގަނޑުކުރި މަހާއި ތަރުކާރީ އަދި އެހެނިހެން އެ ފަދަ މުދާ ވިއްކާނެ ފަރާތްތައް ކަނޑައެޅުމަށް ފަހު، އެ ކުންފުނިން އަމިއްލަ އަށް އެ ފަދަ ތަކެތި ގެނެސް ވިއްކުން ހުއްޓާލާނެ ކަމަށެވެ. އެސްޓީއޯ މާލެ އަދި ހުޅުމާލޭގެ ސުޕަމާޓްތަކުގައި ހުރި ފްރީޒަރުތަކަށް މުދާ ފޯރުކޮށް ދީ، ބަލަހައްޓައިދޭނެ ފަރާތްތައް ހޯދުމަށް މިހާރު […]
އިބްރާހިމް އަސްވާޤް
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތަކަށް ބާރުވެރިކަން ހޯދަދިނުމުގެ އެންމެ ބޮޑު އެއް އަމާޒަކީވެސް މާލެއާ ރާއްޖޭގެ އެހެން ސަރަޙައްދުތަކާ ހުރި ފަރަގު ކުޑަކޮށް، ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ގެންދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް މިއަދު މެންދުރުފަހު ކުރެއްވި ޒިޔާރަތެއްގައި އެ މުއައްސަސާގެ މުވައްޒަފުންނާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބް ރައ...
އިބްރާހިމް އަސްވާޤް
ނ. ލަންދޫގައި މިސްކިތެއް އިމާރާތް ކުރުމަށް ސަރުކާރުން މާރިސް ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފިއެވެ. 210 މީހުންގެ ޖާގައިގެ މި މިސްކިތް ޢިމާރާތްކުރުމުގެ މަޝްރޫޢުއަށް 4،494.333.90 (ހަތަރުމިލިއަން ހަތަރުލައްކަ ނުވަދިހަ ހަތަރުހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ ނުވަދިހަ ލާރި) ސަރުކާރުން ހަރަދު ކުރާނެއެވެ. މި މަސައްކަތް މާރިސް ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފައިވަނީ 210 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ. މި މަސްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް އިއްޔެ ބޭއްވިވެ ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތު...
އަޙްމަދު މުޖުތަބާ
ހަމަނުޖެހުމަށް ގޮވާލާ ގޮވާލުންތަކަށް ސަރުކާރުން ފުރުޞަތު ނުދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވއްޖެއެވެ. ދ. ހުޅުދެލީގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެންޓިޓެރަރިޒަމްގެ ޤާނޫނަށް ގެންނެވި އިޞްލާހުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ މި އިޞްލާހު ގެނައުމުގެ ބޭނުމަކީ ރާއްޖޭގައި އޮތް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލުން ނޫންކަމަށެވެ. ޤާނޫނުއަސާސީން ލިބިދީފައިވާ އެއްވެސް މިނިވަންކަމަކަށް ސަރުކާރުން ހުރަސްނާޅާނެ ކަމަށް ރައީސުލްޖުމްހޫރިއ...
އިބްރާހިމް އަސްވާޤް
ބޯކޮށް ވާރޭ ވެހި އައްޑޫ ސިޓީގެ ބައެއް އަވަށްތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަންނަމުން ދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ. އިއްޔެ ހަވީރުން ފެށިގެން އައްޑޫ އަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެމުންދާއިރު، މިއަދު ހެނދުނު ވެސް ބައެއް ހިސާބުތަކަށް އަންނަނީ ވާރޭވެހެމުންނެވެ. އެމްއެންޑީއެފުން ބުނީ އައްޑޫ އަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ފެން ހިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހިތަދޫގެ ބައެއް ގެތަކަށް...
އިބްރާހިމް އަސްވާޤް
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފިއެވެ. ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ސަރުކާރުން އިޞްލާޙު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ނުރަނގަޅު މަޤްޞަދުތަކުގައި ޓެރަރިޒަމްގެ ދަޢުވާ ކުރުމަށް އެ ޤާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓުވުމުގެ ގޮތުން، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލުގެނައުމާއި، ތަޙްޤީޤުކުރުމުގައާއި، ޓެރަރިޒަމްގެ ކުށްތަކުގައި ދަޢުވާ އުފުލ...
އިބްރާހިމް އަސްވާޤް