ލިޓަސް ކުންފުނިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހައްގުހޯދުމަށް މަސައްކަތްކުރާ އަހުމަދު ހިޝާން އަކީ "ލޯކަލް ޗެމްޕިއަން" އެއްގެ ގޮތުގަިއ އަގުވަޒަންކޮށްފިއެވެ.
ހިޝާން އަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވާ އަދި، އެފަދަ ކުދިން ގޮވައިގެން މިސްކިތަށާއި ހޮސްޕިޓަލްތަކަށް ވެސް ދާ ފަރާތެކެވެ. އަދި ހަމައެހެންމެ އަތޮޅު ތެރޭގައު ދިރިއުޅޭ މިފަދަ ކުދިންނަށް އެހީތެރިވުމަށްޓަކައި އެކި ރަށްރަށަށް ވެސް ދަތުރުކުރާ ފަރާތެކެވެ.
ލިޓަސް ކުންފުނިން ފޭސްބުކްގައި ޝާއިއު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ހިޝާން ފަދަ މީހުންގެ އަގުވަޒަން ކުރަންޖެހޭނެ ކަމަށާއި އަދި އޭނާ އަކީ ލޯކަލް ޗެމްއިއަންއެއް ކަމަށެވެ. ކޮންމެވެސް ސަބަބަކާއި ގުޅިގެން ހިޝާންވަނީ އޭނާގެ ސައިކަލް ވިއްކާލާފައި ކަމަށާއި އަދި އެކުދިން ގޮވައިގެން މިސްކިތަށާއި ހޮސްޕިޓަލްއަށް ދިއުމަށް އެހެންމީހުންގެ ސައިކަލް ހޯދަންޖެހޭތީވެ ލިޓަސް ކުނުންފުނިން ވަނީ ސައިކަލް އެއް ހަދިޔާކޮށްފައި ކަމަށްވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ.
ލިޓަސް ކުންފުނިން ހިޝާންގެ އަގުވަޒަންކޮށްދީފައިވާތީ ހިޝާން ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހައްގު ހޯދުމަށް ކުރާ މަސައްކަތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އުފަލަކީ އަމިއްލަ ކުންފުންޏަކުން އޭނާގެ އަގުވަޒަން ކުރުން ކަމުގައެވެ. އަދި މިއީ އެނާ ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ކުރިއަށް އޮތްތާގައި ވެސް މި މަސައްކަތުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ހިޝާން ވަނީ ލިޓަސްގެ މެނޭޖްމަންޓަށާއި އެ ކުންފުނީގެ ހުރިހާ މުއައްޒަފުންނަށް ޝުކުރު ދައްނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!