މާލެ އަތޮޅުގެ ބައެއް ފަޅުތައް ހިއްކައިގެން ތަރައްޤީކޮށްފައިވާ އެނބޫދޫ ފިނޮޅުގައި އަޅާފައިވާ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްލަންދާ ފަތުރުވެރިންނަށް ދިވެހި ބަސް ކިޔަވައިދޭން ނިންމައިފިއެވެ. ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފު އަލީ “މިހާރު” އަށް ވިދާޅުވެފައިވަނީ ދެ ފަރާތުގެ މެދުގައި ފަހުމުނާމާއެއްގައި ސޮއި ކުރެވުމުން، މި ތަންތަނަށް ޗުއްޓީ ހޭދަކޮށްލަންދާ ފަތުރުވެރިންގެ އިތުރުން، މި ތަންތަނުގެ ބިދޭސީ މުވައްޒަފުންނަށްވެސް ދިވެހި ބަސް އުނގަންނައިދެވިގެންދާނެކަމުގައެވެ. އެނބޫދޫ ފަޅުގައި ކްރޮސް ރޯޑުނ...
Thiladhun
ގައުމީ އެއާރ ލައިން މޯލްޑިވިއަން އިން ހދ. ހަނިމާދޫއާއި ކޮޗިންއާއި ދެމެދު ސީދާ ދަތުރުތައް އިފްތިތާހުކުރައްވައިފި އެވެ. އިންޑިޔާގެ ކޮޗިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިޔާއިން ކޮޗިންއަށް ދަތުރުފެށުން އިފްތިތާހުކުރައްވާ ވާހަކަ ދައްކަވަމުން އައިލަންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ އަންނަ މަހުގެ އަށާވީހުގައި ދަތުރު ފަށާނެކަމަށެވެ. އަދި އަލަށް ފަށާ މި ރޫޓާއެކު ފަތުރުވެރިކަން ކުރިއެރުވުމުގައި މޯލްޑިވިއަންގެ ރޯލް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. މޯލްޑިވިއަނ...
ޔުމްނާ ޢަލީ
ށ. ފުނަދޫގައި ސަރުކާރުން އަޅަމުންދާ އެއަރޕޯޓުގައި، ރެސްޓޯރަންޓެއް އިމާރާތްކޮށް، ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ. މިކަމަށްޓަކައި ރީޖަނަލް އެއަރޕޯޓްސް އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރީޖަނަލް އެއަރޕޯޓްސް އިން ދޭ ކުރެހުމާ އެއްގޮތަށް ރެސްޓޯރެންޓެއް އިމާރާތްކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތްތަކުން ސެޕްޓެމްބަރު 24 ގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުން އެދޭކަމަށެވެ. ށ. ފުނަދޫގެ މަސައްކަތްތައް ނިންމުމާ ގާތްވެފައިވާއިރު، މިހާރު ޝެޑިއުލް ދަތުރުތައް ފަށާފައިވާ ކުޅުދު...
Thiladhun
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މަސައްކަތްތައް ގުޅިފަޅަށް ބަދަލުވެގެންދިއުމުން ރާއްޖޭގެ ކޮމާޝަލް ބަނދަރުގެ ޚިދުމަތް މުޅިން އާ ހަރުފަތަކަށް ދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު ޢަލީ ވިދާޅުވެއްޖެއެވެ. އެމްޕީއެލްގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ މެނޭޖިންގ ޝާހިދު ވިދާޅުވީ ފާއިތުވި 33 އަހަރުގެ ތެރޭގައި އެމްޕީއެލްއިން ބޮޑެތި ކާމިޔާބީތަކެއް ޙާސިލުކޮށްފައިވާކަމަށެވެ. އަދި އެކާމިޔާބީގެ ފަހަތުގައި ތ...
އަފްރާހް އަބްދުލް ރަޝީދު
އެކްސްޕޯޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތަކަށް ވިއްކުމަށްޓަކައި މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން ލައިސަންސް ދީފައިވާ އުޅަނދުފަހަރުގެ ޙަރަކާތްތައް ބެލުމަށް ޤާއިމުކުރާ ވެސަލް މޮނިޓަރިންގެ ސިސްޓަމް ޤާއިމުކޮށް މަސްވެރި އުޅަނދުފަހަރުގައި ވެސަލް ލޮކޭޓިންގް ޑިވައިސް ހަރުކޮށްދިނުމުގެ އެއްބަސްވުމުގައި އުރީދޫ މޯލްޑިވްސްއާއެކު މިއަދު ސޮއިކޮށްފިއެވެ. ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުންކުރިއަށް ގެންދާ މިޕްރޮޖެކްޓްގެ ދަށުން ލައިސަންސް ދީގެން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރުކުރުމަށް 700...
އަފްރާހް އަބްދުލް ރަޝީދު
ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމިއޮންނާނެކަމަށާއި، ކޮންމެ ރައްޔިތެއްގެ ކޮންމެ ޙައްޤެއްވެސް ޙިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްވައިފިއެވެ. އެމަނިކުފާނު ދިވެހި ރައްޔިތުންނަށް މި ޔަޤީންކަން ދެއްވީ 2019 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ތިރީގައި އެވަނީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހުގ...
އިބްރާހިމް އަސްވާޤް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ހަލާކުކޮށްލަން ކުރީގައި ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާވަމުންދާ ކަމަށް ނޮޅިވަރަމް ދާއިރާއިގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ތުހުމަތުކުރައްވައިފިއެވެ. މޮސްޓާ މިހެން ވިދާޅުވީ ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ލަސްކަމެއް އެބަހުރިހެން ހީފުޅުވާކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަވަމުނ...
އަފްރާހް އަބްދުލް ރަޝީދު
ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އިން ތެޔޮ ޕްރޮސެސްކުރާ މުހިންމު ދެ ތަނަކަށް ޑްރޯން ހަމަލާހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ. ޑްރޯން ހަމަލާދީފައި ވަނީ އަބްގައިގުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ޕްރޮސެސިން ޕްލާންޓަށާއި ސައުދީގެ ދެ ވަނަ އަށް އެންމެ ބޮޑު އޮއިލް ފީލްޑް އޮންނަ ޚުރައިސްއަށެވެ. މި ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނާޒުކު ތަންތަނަށް ދޭ މިފަދަ ހަމަލާތަކުގެ ސަބަބުން އެތަކެއް އާންމު ރައްޔިތުންނެއް […]
އަފްރާހް އަބްދުލް ރަޝީދު
ށ. ފޯކައިދޫ ސްކޫލުގައި ހަތަރު ކްލާސްރޫމު އިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އަމިއްލަ ތަކެތީގައި ހަތަރު ކްލާސްރޫމުގެ އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާކަމުގައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ސެޕްޓެމްބަރު 2019 އިން 19 ސެޕްޓެމްބަރު 2019...
Thiladhun
ރައީސް ސޯލިހު އަކީ “ބޭވަފާތެރިއެއް” ކަމަށާއި، ރައީސް ސޯލިހު ބޭވަފާތެރިވީ ހަމައެކަނި އޭނާއަށް އެކަނި ނޫންކަމަ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ލަތީފް ވިދާޅުވެއްޖެ އެވެ. ޕީޕީއެމް/ޕީޕީއެންސީއިން އިންތިޒާމްކޮށްގެން ކާނިވާ ސަރަހައްދުގައި މިރޭ ކުރިއަށްދާ “ދަވާލައިފި” ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއް ލަޠީފު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަމެއް ނުކުރެވޭ ކަމަށާއި ރައްޔިތުންނަށް ދިން އުއްމީދު ފެއިލްވެފައިވާ ކަމަށެވެ. ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު...
ޔުމްނާ ޢަލީ
އެމްޑީޕީއަކަށް ފުރަ މާލޭގައި ދެން ޖަލްސާއެއް ބާއްވާހާ ހިތްވަރެއް ނެތްކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިދިކޮޅުން ބޭއްވި ރެލީ ސަރުކާރުހިންގާ މަައިޕާޓީ އެމްޑީޕީއަށް ހަޖަމެއް ނުވިކަމަށާއި އެޕާޓީއަށް ކުރާނީ “ހަމަ އަސަރެއް” ކަމަށް ވިދާޅުވެފައިވެއެވެ. Mirey ge Rally MDP ah Hajameh nuvi.Hama Asareh kuraanee.MDP akah Fura Male’ ga dhen Jalsa Eh baahvaahaa […]
ޔުމްނާ ޢަލީ
ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ހއ.ބާރަށު ރީނާ ހައުސް، ރާސިހް މުހައްމަދަށް އެހީ ހޯދުމަށް ބޭއްވި އިވެންޓުތަކުން ބައިލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ބާރަށު އެލަޔަންސް ސްޕޯޓްސް ކްލަބުން އިސްނަގައިގެން ބާރަށާއި މާލޭގައި ކުރިޔަށް ގެންދިޔަ މި އިވެންޓުތަކުގައި ޖުމްލަ 66,400 ރުފިޔާ ލިބިފައިވާކަމަށް އެލަޔަންސް ސްޕޯޓްސް ކްލަބުން ވަނީ މަޢުލޫމާތު ދީފައެވެ. ރާސިހްގެ އާއިލާގެ ފަރާތުން ފައިސާއާއި ހަވާލުވެފައިވަނީ އޭނާގެ ބޭބެ، ހަސަން ރަޝީދެވެ. މި އިވެންޓުގެ ތެރޭގައި ސައިކަލު ފުހުން ފަދަ ކުދި […]
Thiladhun
ޙަޤީޤީ ތަރައްޤީއަކީ އެމީހެއްގެ ރަށް، އެމީހެއްގެ މުޖްތަމަޢު، މިހާރު އޮތް ޙާލަތުން، އެއަށްވުރެ ތަހުޒީބީ ޙާލަތަކަށް ބަދަލުކުރާނެ ގޮތުގެ ވިސްނުންކަން ފާހަގަކުރައްވައި ކޮންމެ ފަރުދަކީ، އެވިސްނުން އުފެއްދުމުގެ ޢިލްމީ އަދި ފަންނީ ޤާބިލްކަން ހުރި މީހަކަށް ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އަލިފުށީ ސްކޫލަށް 50 އަހަރުފުރުނު ރަން ޔޫބިލް މުނާސަބާ ފާހަގަކުރުމަށް މިރޭ އެރަށުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކ...
އިބްރާހިމް އަސްވާޤް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށްޓަށް މިއަދު ވަޑައިގެންފިއެވެ. ރ. އަތޮޅުގެ ދެރަށަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މިދަތުރުފުޅުގައި އެއަތޮޅު އަލިފުށްޓަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަލިފުށީ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުން އެމަނިކުފާނުގެ މިޒިޔާރަތުގައި ރ. އަތޮޅު...
އިބްރާހިމް އަސްވާޤް
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު މިއަދު ސަރުކާރުން ހުޅުއްވާލައްވައިފިއެވެ. މި ފުރުޞަތު ހުޅުއްވާލައްވައިފައި ވަނީ މިއަދުން ފެށިގެން 16 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 އާއި ހަމައަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ފުރުޞަތު ހުޅުއްވާލައްވާފައި މިވަނީ އެ ކޮމިޝަނުގެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު 24 ނޮވެންބަރު 2019 އަށް ހަމަވާތީއެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ...
އިބްރާހިމް އަސްވާޤް