ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރި ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު މީދޫއަށް މިއަދު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މީދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މީދޫ ކައުންސިލާއި އެރަށުގެ މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށ...
އިބްރާހިމް އަސްވާޤް
ރާއްޖޭގައި ހުރި ޤުދުރަތީ ގޮތުން މުއްސަނދި އިތުރު ސަރަޙައްދުތައް ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީ އިން ހާމަކުރައްވައިފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީއާ ހަވާލާދީ ދައުލަތުގެ މީޑިޔާއިން ބުނެފައިވަނީ މިގޮތަށް ހިމާޔަތް ކުރެވޭ ގިނަ ސަރަޙައްދުތަކަކީ މަސްވެރިކަމާއި ފަތުރުވެރިކަމާ ގުޅިފައިވާ ސަރަޙައްދުތަކެއްކަމުގައެވެ. އެހެންކަމުން، ހިމާޔަތްކުރުމުގެ ކުރިން، ފިޝަރީޒް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުންދާކަމަށް ހާމަކުރައްވާފައިވެއެވ...
Thiladhun
ރަށްރަށުން ކަރަންޓު ކެނޑޭއިރަށް މާލޭގައި ހުންނަ މީހަކަށް ގުޅައިގެން އާދޭސް ދެންނެވުމަށް ނިމުން ގެނެވޭނީ ރަށްރަށުގެ ރައްޔިތުންގެ ބެލުމުގެ ދަށަށް އިންޖީނުގެތައް ގެނެސް، އިޔާދަކުރަނިވި ހަކަތަ އުފެއްދުމާ ދިމާލަށް ދާއިމީ ގޮތަކަށް މިސްރާބު ބަދަލުކުރެވިގެންކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ. އަލީ ޙުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވިއިރު، އިއްޔެ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ވަނީ ވަރަށް ގިނަ ވަގުތަށް ކަރަންޓު ކެނޑިފައެވެ. “ރަ...
Thiladhun
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. މަނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، މާފަރަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އެތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން މާފަރަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. މިއަދު ފުލުހުން ހިންގި މިއޮޕަރޭޝަންގެ ތެރެއިން، އެލޯޗުންގައި...
އިބްރާހިމް އަސްވާޤް
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެ ގިނަ ދުވަސްވެފައިވާ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ އެދިލެއްވުމަށް މި މަސައްކަތް ކޮށްދޭނެ ދިވެހި ފަރާތްތައް ހޯދަން މިއަދު ފިނޭންސް އިން އިއުލާން ކޮށްފައިވާއިރު، ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭނެއެވެ. ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ފީ ބަލައިގަތުން ކުރިއަށްދާނީ މ...
Thiladhun
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަކި ޤައުމަކަށް ބަރޯސާ ނުވާނެކަމަށާއި އަދި ވަކި ޤައުމަކާ ދުރަށްވެސް ނުދާނެކަމަށް ފޮރިން ސެކެރެޓަރީ، އަބްދުލް ޤަފޫރު މުޙައްމަދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސް އިން ގެނެސްދިން “ރާއްޖެ މިއަދު” ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކެރެޓަރީ ވިދާޅުވީ މި ސަރުކާރުން ޗައިނާއާ އޮންނަ ގުޅުންވެސް ހީނަރުވެފައި ނުވާކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ފައިދާތައް ރައްޔިތުންނަށް އެންމެ އެކަށޭނެ ގޮތެއްގައި ފޯރުކޮށްދެއްވުމ...
Thiladhun
މި މަހުގެ 17 އިން 30 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އދ.ގެ އާއްމު މަޖިލީހުގައ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަގުރީރު ކުރައްވަން ނިންމަވައިފިއެވެ. އދ.ގެ މެމްބަރުގެ ޤައުމުތަކުން ކޮންމެ އަހަރަކުވެސް ބައްދަލުވެ، އެކި ކަންކަމާ ގުޅޭގޮތުން ބަހުސްކޮށް މަޝްވަރާކުރުމަށް ބާއްވާ މި މަޖިލިސް ކުރިއަށް ގެންދަނީ ނިއު ޔޯކުގައި ހުންނަ އދ.ގެ ހެޑްކުއާޓަސްގައެވެ. ހަ އަހަރު ދުވަސްފަހުން ރާއްޖޭގެ ރައީސަކު އދ. ގެ އާއްމު މަޖިލީހުގައި ތަގުރީރު ކުރައްވަން ނިންމަވާފައިވާއިރު، ކުރީގެ ރައީސް އަބ...
Thiladhun
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީގެ ދެރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު ކުޑަފަރިއަށް މިއަދު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ކުޑަފަރިއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ކުޑަފަރީއަށް ކުރައްވާ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ކައުންސިލާއި މުޢައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ނ. އަތޮޅުގެ އަތޮޅު ކައުންސިލަރުންނާ ބައްދަލ...
ޔުމްނާ ޢަލީ
މުޅި ރާއްޖެ ސާފުކުރުމުގެ ޕްރޮގުރާމެއް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އިން ފަރުމާކޮށްފައިވާކަމަށާއި އަދި މި ޕްރޮގުރާމު ހިންގުމުގެ ހުއްދަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވާފައިވާކަމަށް، އެންވަޔަރަމަންޓް މިނިސްޓަރ، ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް ޙާޟިރުކުރެއްވުމުން، މެންބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މިހެން ވިދާޅުވިއިރު، ރާއްޖޭގެ އެކި ރަށްރަށުގައި ޖަމާވެފައިވާ ކުނިތައް ސާފުކުރުމުގެ ކަންތައް ބިޑުކުރުމަށް ފިނޭންސް މިނިސްޓްރީ އަށް ހު...
Thiladhun
ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސް ރާއްޖޭގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ފަރާތުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި މިއަދު ފެށި 5 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ. އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް އިފްތިތާޙް ކޮށްދެއްވައި ވާހަ...
ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. ވެލިދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ވެލިދޫ ގެއެއް ބަލައިފާސްކޮށް ބަނގުރާ ތައްޔާރުކުރަން ބޭނުން ކުރާ ކަމަށް ބެލެވޭ ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. ވެލިދޫ ގެއެއްގައި މީހަކު ބަނގުރާ ތައްޔާރުކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި މި...
އިބްރާހިމް އަސްވާޤް
ހދ. ކުމުންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ހޯދުމަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްޞީލު އެރަށު ކައުންސިލުން ހާމަކޮށްފިއެވެ. އެރަށު ކައުންސިލުން މިއަދު ޕޮއިންޓް ދީފައިވާ ގޮތުގެ ތަފްޞީލު މިއަދު އާއްމުކޮށްފައިވާއިރު މިއަދު ވަނީ މި ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަންވެސް ހުށަހެޅުމަށް އެދިފައެވެ. ކުމުންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ޕޮއިންޓް ދީފައިވާ ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތްކަމުގައިވާނަމަ މި ހިނގާ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު...
Thiladhun
ރަށްފުށުގައި ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތަކަށްވުރެ ރާއްޖޭގެ ޤައުމީ ޤުރުއާން މުބާރާތުގެ އިންތިޒާމުތައް ރަނގަޅު ނޫންކަން، ހިތާމަޔާއެކު ފާހަގަކުރައްވާކަމަށް ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ. ޤައުމީ ޤުރުއާން މުބާރާތުގެ ފޮޓޯއަކާއެކު، ވައިކަރަދޫ ކައުންސިލްގެ ރައީސް މިހެން ވިދާޅުވެފައިވަނީ އޭނާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައެވެ. “ރަށްފުށުގަ ކައުންސިލުން ބާއްވާ ޤުރުއާން މުބާރާތަކަށްވުރެ މިޤައުމުގެ ޤައުމީ ޤުރުއާން މުބާރާތުގެ އިންތިޒާމުތައް ރަނގަޅު ނޫންކަން ހި...
Thiladhun
އަޅުގަނޑުމެންގެ އުޚުތެއް ކަމުގައިވާ ޙައްވާ ޒާހިރާ، ނަފާ / ހދ.މަކުނުދޫ ދަނީ ކެންސަރު ބައްޔަށް ފަރުވާކުރަމުންނެވެ. އެގޮތުން އައި.ޖީ.އެމް.އެޗް ގައި ކީމޯތެރަޕީ ދިނުމަށްފަހު އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން މިހާރު ވަނީ ލަފާދެއްވާފައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މިފަދަ ބައްޔަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަކީ ވަރަށްވެސް ބޮޑެތި ޚަރަދުތަކެއް ހިނގާނޭ ކަމެކެވެ. ވީމާ މިއުޙްތާ ވަނީ އަޅުގަނޑުމެންގެ ދީލަތި އެހީއަށް ބޭނުންވެފައެވެ. މި އުޚްތާއަށް އެހީވުމުގެގޮތުން މާލޭގައި “ދަރުމަ...
ޝިއުނާ އާދަމް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ޑރ. އަޒްމިރަލްދާ ޒާހިރާއި އައިޝާ ޝުޖޫން އައްޔަންކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ނެގި ވޯޓުގައި، އެބޭފުޅުން ފަނޑިޔާރުކަމަށް އައްޔަން ކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވޯޓު ދެއްވައިފިއެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އަޣުލަބިއްޔަތުން އަޒްމިރަލްދާއާއި ޝުޖޫން ފަނޑިޔާރުކަމަށް އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާކަމަށް މަޖިލީހުން ނިންމެވިއިރު، ފެނިވަޑައިނުގަންނަވާކަމަށް...
Thiladhun