އަޅުގަނޑުމެންގެ އުޚުތެއް ކަމުގައިވާ ޙައްވާ ޒާހިރާ، ނަފާ / ހދ.މަކުނުދޫ ދަނީ ކެންސަރު ބައްޔަށް ފަރުވާކުރަމުންނެވެ. އެގޮތުން އައި.ޖީ.އެމް.އެޗް ގައި ކީމޯތެރަޕީ ދިނުމަށްފަހު އިތުރުފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން މިހާރު ވަނީ ލަފާދެއްވާފައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން މިފަދަ ބައްޔަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަކީ ވަރަށްވެސް ބޮޑެތި ޚަރަދުތަކެއް ހިނގާނޭ ކަމެކެވެ. ވީމާ މިއުޙްތާ ވަނީ އަޅުގަނޑުމެންގެ ދީލަތި އެހީއަށް ބޭނުންވެފައެވެ. މި އުޚްތާއަށް އެހީވުމުގެގޮތުން މާލޭގައި "ދަރުމަ އެދިގެން" ނަމުގައި ފަންޑް ރައިޒިންގ އިވެންޓެއް ބޭއްވުމަށް މަކުނުދޫ ޔޫތް މޫވްމެންޓްއިން ވަނީ ނިންމާފައެވެ.
މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހާއި 7 ވާ ހޮނިހިރު ދުވަހުއެވެ.
މި ދެ ދުވަހު މެންދުރު 12:30 ފެށިގެން ހަވީރު 03:00 އަށް އެމްޕީއެލް ސަރަހައްދުގައި މި އިވެންޓް ކުރިއަށް ދާއިރު ރަސްފަންނު، ސަލްޓަން ޕާކު، ގްރޭޓާރ މާލެ ބަސް ޓާމިނަލް، ކުޑަކުދިންގެ ބަގީޗާގައި އަދި ހުޅުމާލެ ސެންޓަރަލް ޕާކުގައި އިވެންޓް ކުރިއަށް ދާނީ ހަވީރު 04:00 ން 06:00 ށެވެ.
މީގެއިތުރުން ފައިސާގެ ގޮތުން އެހީފޯރުކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ އެކައުންޓުތަކަށް ޖަމާކުރައްވައިގެންވެސް އެހީފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން މަޢުލޫމާތު ދެއްވައެވެ.
• ޙައްވާ ޒާހިރާ، 7730000200420 (ރުފިޔާ)
• މުޙައްމަދު އަސްޔަދު، 7701134938102 (ޑޮލަރު)
މި އިވެންޓުގެ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އިވެންޓު ކޯޑިނޭޓަރ ޢަބްދު ﷲ މާހިދު (7789355) އަށް ގުޅުއްވުން އެދެމެވެ. އަދި އެހީ ހޯދޭ ފަރާތުގެ އިތުރު މަޢުލޫމާތު، ޙައްވާ ޒާހިރާގެ ދަރިފުޅު ސަމްޢާން އަޙްމަދު (9991968) އަށް ގުޅުއްވައިގެން ސާފުކުރެއްވޭނެ ވާހަކަވެސް ދަންނަވަމެވެ.
"ދަރުމަ އެދިގެން" ނަމުގައި އެއީހޯދުމުގެ ހަރަކާތެއް މީގެ ކުރިންވެސް އެޖަމިއްޔާއިން ވަނީ ހިންގާފައެވެ. އެގޮތުން މިއިވެންޓްތައް އެންމެ ކާމިޔާބު ކަމާއެކު ނިންމާލުމުގެ ފަހަތުގައި އޮތީ ތިޔަ ދަރުމަވެރިންގެ މިންނަތް މަސައްކަތާއި، ކެނޑިނޭޅި ދެއްވަމުންދާ އެއްބާރުލުންކަން އެޖަމިއްޔާއިން ފާހަގަ ކުރެއެވެ.
އެހެންކަމުން މިފަހަރުވެސް އަޅުގަނޑުމެންގެ އުޚްތާއަށް މިވަނީ ތިޔަ ދަރުމަވެރިންގެ އެހީތެރިކަމަށް ވަރަށްވެސް ބޮޑަށް ބޭނުންޖެހިފައެވެ. އަދި މިފުރުސަތުގައި މިފަދަ ހެޔޮ ކަންކަމުގައި ދެއްވަމުންދާ އެއްބާރުލެއްވުމަށް މީމް ޖަމިއްޔާއިންނާއި ދަރުމަ އެޑްމިން އިން ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާކަމަށް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!