މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމް ދަރިކަނބަލުން، ވުލާ، ނާޒިމް އެންޑޯސް ކުރައްވައިފިއެވެ. އެކަން އޭނާ ހާމަކުރައްވާފައިވަނީ އެމްއެންޕީން ރޭ ކުރިޔަށް ގެންދިޔަ އެ ޕާޓީގެ އަންހެނުންގެ ލީޑާޝިޕް ފޯރަމްގައެވެ. ޕީއެޗްޑީއަށް ކިޔަވަމުން، ވިޔަފާރީގެ މަސައްކަތް ކުރަމުން ގެންދާ ވުލާ ވަނީ، އޭނާގެ ކިޔެވުމާއި އާއިލީ ހަޔާތުގެ ވާހަކައާއި އާއިލީ ޒިންމާތައް އަދާކޮށް އޭނާގެ ތައުލީމު ފުރިހަމަ ކުރަމުން، ވިޔ...
މުޙައްމަދު އަފްރާޙް
އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 80 އިންސައްތަ ވަނީ ނިމިފައެވެ. އަދި ޖެޓީ ހެދުމާއި ހާބަ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 20,049 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 1,969 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 2,317 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރީގެ […]
އަޙްމަދު ވަހީދު
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރިޔާސީ ޓިކެޓް ރޮގްސިވް ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސް ގޮތުގައި މިއަދާއި ހަމައަށް ހުންނެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ދޭން މިއަދު ނިންމައިފިއެވެ. އިދިކޮޅު ލީޑަރު، ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ކެންޑިޑެސީގެ މައްސަލައާއި ގުޅިގެން ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި އިދިކޮޅު ކޯލިޝަނުން އެހެން […]
ޔުމްނާ ޢަލީ
އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އުރީދޫ މަސްރޭސް، 34 ޓީމާއެކު މާލެ ސިޓީ ގައި މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބިފައިވާ ކަމަށް އުރީދޫއިން ބުންޏެވެ. މިއަހަރުގެ މަސްރޭހުގައު ޖުމްލަ 83 ޓީނު ރަޖިސްޓްރީކޮށްފައިވާއިރު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ. މި މުބާރާތް ފެށުމުގެ ގޮތުން މާދަމާ […]
އަޙްމަދު ވަހީދު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބާއި އެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ. ޖޭޕީގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން ޖޭޕީއަށް ސޮއި ކުރެއްވީ މިއަދުއެވެ. އަދި އެ ދެ ބޭފުޅުންގެ ފޯމާއި ހަވާލުވެވަޑައިގަތީ ޖޭޕީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާޙީމް އެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ޝިހާބު ވަނީ މީގެކުރިން ވެސް ޖޭޕީގައި އުޅުއްވާފައެވެ. […]
މުޙައްމަދު އަފްރާޙް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރަނިން މޭޓު އިއުލާންކުރާ ޖަލްސާ އަންނަ ހޮނިހިރު ދުވަހު ރޭ ބާއްވަން ނިންމައިފިއެވެ. އެންއެންޕީން ބުނީ އެ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 20:30 ގައި މާލޭ ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގައި ކަމަށެވެ. ނާޒިމްގެ ރަނިން މޭޓު އިއުލާންކުރާ ޖަލްސާ އަންނަ ހޮނިހިރު ދުވަހުގެ ރޭ […]
ޔުމްނާ ޢަލީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތް މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ އަށް ތާވަލްކޮށްފި އެވެ. ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެކަމަކު ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފަ އެވެ. އެ ނިންމުން ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުން މާދަމާ […]
ހުސައިން ހަބީބް
ތ. އަތޮޅު ކިނބިދޫ، ވޭމަންޑޫ އަދި އޮމަދޫ ގުޅާލުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހުއްސުރެ ފައްޓަވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއުރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ކިނބިދޫ ގައި ވާހަކަ ދައްކަވަމުންނެވެ. ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާގޮތަށް ކުރައްވާ މި ދަތުރަކީ މި އޮގަސްޓު މަހުގެ 2 ން 4 […]
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަސްމީ ކެމްޕޭން އެޖެންޓެއްގެ ގޮތުގައި އެ ޕާޓީގެ ކުރީގެ ރައީސް ޢަލީ ވަހީދު މިއަދު ހަމަޖައްސައިފިއެވެ. ޤާސިމްގެ ރަސްމީ ކެމްޕޭން އެޖެންޓެއްގެ ގޮތުގައި ޢަލީ ވަޙީދު ހަމަޖެއްސިކަން ހާމަކުރެއްވީ ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރ، ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޢަލީ ވަހީދު އެ މަގާމަށް ހަމަޖެއްސުމުގެ ކުރިން އިއްޔެ އޭނާ ވަނީ ޤާސިމްގެ ސްޕެޝަލް […]
ޔުމްނާ ޢަލީ
ޕްރޮގްސިވް ކޯލިޝަންގެ މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެއް ނައިބު ރައީސް ގޮތުގައި ހުންނެވި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު އެ ކޯލިޝަންގެ ދެވަނަ ޕާޓީ ޕީއެންސީ އަށް މިއަދު ސޮއި ކުރައްވައިފިއެވެ. ޕީއެންސީގެ މަޝްވަރާ މަޖިލީހުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައެވެ. އެ ނިންމުމާއެކު މުޢިއްޒު މިއަދު ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ. މުޢިއްޒު ޕީއެންސީއަށް ސޮއިކުރި ފޯމާއި ހަވާލުވެފައި […]
ޔުމްނާ ޢަލީ
ނިރުބަވެރިކަމުގެ ލިސްޓާއި ގުޅިގެން ރާއްޖެއަށް ލިބިދާނެ ގެއްލުން ބެލުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމްގެ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. އެ ގަރާރުގައި ނާޒިމް ވިދާޅުވެފައިވަނީ 31 ޖުލައި 2023 ގައި އެމެރިކާ ސަރުކާރު (ޔޫ.އެސް. ޑިޕާރޓްމަންޓް އޮފް ދަ ޓްރެޝަރީ) އިން 20 ދިވެއްސެއްގެ ނަމާއި އެފަރާތްތަކާއި ގުޅުން އޮންނަ 29 ވިޔަފާރިއެއް ފާހަގަކޮށް، އެފަރާތްތަކަށް ނިސްބަތްވާ މުދަލާއ...
މުޙައްމަދު އަފްރާޙް
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީން މިއަދު ނިންމައިފި އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ 47 މެންބަރުންގެ ތެރެއިން 44 މެންބަރުން ވަނީ އެ ނިންމުމަށް ތާއީދުކޮށްފައެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައި...
ޔުމްނާ ޢަލީ
ހދ. ހަނިމާދޫ އާއި ހއ. އުތީމު އަދި މުރައިދޫގައި ސަރުކާރުން ހިންގި ތަރައްގީއެއްގެ ބައެއް މަޝްރޫޢުތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިފްތިތާހުކޮށްދެއްވައިފިއެވެ. ރައީސް މި މަޝްރޫޢުތައް އިފްތިތާހްކޮށް ދެއްވީ، މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރިއަށްގެންދަވާ ކެމްޕޭންގެ ތެރެއިން އިއްޔެ އެ ތިން ރަށަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ. މިގޮތުން އިއްޔެ މުރައިދޫއަށް ވަޑައިގެން ކ...
ޔުމްނާ ޢަލީ
އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރެއާލް މެޑްރިޑާއި ޔުވެންޓަސް ކުޅުނު އެކުވެރިކަމުގެ މެޗުން ރެއާލް ބަލިވެއްޖެއެވެ. އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުވެންޓަސްއާއި ރެއާލް އެމެރިކާއަށް މިހާރު ކުރަމުން އަންނަ ދަތުރުގެ ތެރެއިން ކުޅުނު މި މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފައިވަނީ 3-1 ގެ ނަތީޖާއިންނެވެ. މިއީ އައު ސީޒަނަށް ތައްޔާރުވުމުގެ މި ދެ ޓީމް ކުޅުނު އެންމެ ފަހުގެ އެކުވެރިކަމުގެ މެޗެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ޔުވެންޓަސް އިންނެވެ. ފުރަތަމަ ލަނޑު […]
އިބްރާހިމް ޚަލީލް
ކުރީގެ އަދަދާއިގުޅޭ، ” ކޮބައިތަ ލޯބިވާ ފިރިމީހާ؟ ” ފަހަތުން އިވުނު އަޑަށް ޔަޝްމީއަށް ފަހަތް ބަލައިލެވުނީ ހުއްޓެމުންނެވެ. އެހިނދު ފަހަތުގައި ހުރި ނާއިފް ފެނުނެވެ. ” އުފާވެރި ކައިވެންޏަކަށް މަރުޙަބާ! ” މަލާމާތުގެ ރާގަކަށް ނާއިފް ބުނެލިއެވެ. އެތައް ދުވަހަކަށްފަހު ނާއިފް ފެނުމުންވެސް ޔަޝްމީއަކަށް ވަކި ޚާއްސަކަމެއް އިޙްސާސެއް ނުކުރެވުނެވެ. އެހެންކަމުން އޭނާ އާދައިގެ ގޮތަކަށް ހީލުމަށްފަހު އަނެއްކާވެސް ހިނގައިގަތެވެ. ޔަޝްމީ ދާތަން ބަލަން ނާއިފަށް ހުރެވުނީ އިތުރަށް އެއްޗެއް ބުނަން ނުކެރިފައެވެ. ނަމަވެސް...
ސަލާމާ ޢަބްދުލް ޢަލީމް
ދުނިޔެދުއް އެންމެ މޮޅެތި ގޯލްކީޕަރުންގެ ތެރޭ ހިމެނޭ އިޓަލީގެ ލެޖެންޑަރީ ކީޕަރު ޖިއަންލުއީޖީ ބުފޮން، އުމުރުން 45 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ފުޓްބޯޅައިން ރަސްމީކޮށް ރިޓަޔާކުރިކަން ހާމަކޮށް ބުފޮން ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖްގައި އޭނާގެ ސަޕޯޓަރުންނަށް އިޝާރާތްކޮށް ބުނެފައިވަނީ އެކުގައި ހުރިހާކަމެއް ހާސިލް ކުރެވިއްޖެ ކަމަށާއި، ފުޓްބޯޅާގައި ސަޕޯޓަރުންގެ ފަރާތުން އޭނާ ބޭނުންވި ހުރިހާ ކަމެއް ހާސިލްވި ކަމަށާއި އަދި އޭނާވެސް ސަޕޯޓަރުން ބޭނުންވި ހުރިހާކަމެއް ކޮށްދިން ކަމަށެވެ. ބުފޮނ...
އިބްރާހިމް ޚަލީލް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަނިންމޭޓެއް ނެގުމުގެ އިހްތިޔާރު އެ ޕާޓީގެ ކައުންސިލުން މިއަދު ޤާސިމަށް ދީފިއެވެ. މި އިޚްތިޔާރު ޖޭޕީގެ ކައުންސިލުން ޤާސިމަށް ދީފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނިންމުނުކަންތައްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޖޭޕީގެ އިސް ތަރުޖަމާނު، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް ވަޒީރު ޢަލީ ޞާލިޙް ”ތިލަދުން” އަށް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ޤާސިމް ވާދަކުރުމަށް އިއްތިހާ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީގެ ގަރާޖެއްގައި އޮތް ކާރެއްގައި ރޯވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް މިއަދު 17:31 ހާއިރު ލިބިފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ވަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ކަމަށް...
ޔުމްނާ ޢަލީ