އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް، “އުރީދޫ މަސްރޭސް 2023” މާލޭގައި ބާއްވައިފިއެވެ. މާލޭގައި ފެށި މި މުބާރާތުގައި 34 ޓީމަކުން ބައިވެރިވިއެވެ. މިއީ މާލެއާއި އަތޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތަކަށްވާއިރު މިއަހަރުގެ މުބާރާތުގައި ޖުމުލަ 83 ޓީމަކުން ބައިވެރިވެއެވެ. މިއަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ. އުރީދޫން މަސް ރޭސް ފަށާ...
އަޙްމަދު ވަހީދު
އިނގިރޭސި އައު ސީޒަން ފެށުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މައްޗަށް އާސެނަލުން ކުރި ހޯދައި ޝީލްޑް ކާމިޔާބު ކޮށްފިއެވެ. މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ސިޓީންނެވެ. ސިޓީއަށް މެޗުގައި ލީޑު ނަގައިދިނީ 64 ވަނަ މިނެޓުގައި ހާލަންޑްގެ ބަދަލުގައި ކުޅެން […]
އިބްރާހިމް ޚަލީލް
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ކެންޑިޑަސީ ފޯމް، އިލްކްޝަންސް ކޮމިޝަން (އީސި) އިން ބަލައިގެންފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2023 ސެޕްޓެމްބަރ 9 ވާ ހޮނިހިރު ދުވަހު ބާއްވާ، ރިޔާސީ އިންތިޚާބުގައި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތި ލެއްވި، އޮނަރަބްލް މުޙައްމަދު ނާޒިމް ގެ ފޯމުގައިވާ މަޢުލޫމާތާއި ތަކެތި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން، ބަލައި ޗެކްކޮށްފައިވާ...
މުޙައްމަދު އަފްރާޙް
ރާއްޖެއިން ހިމަބިހީގެ އިތުރު ކޭހެއް ފެނިއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރައްވައިފިއެވެ. އެ އިދާރާ އިން ހާމަކުރައްވާފައިވާ ގޮތުގައި މި ކޭސް ފެނިފައިވަނީ ވަނީ މި ހިނގާ އޮގަސްޓު މަހުގެ 5 ވީ އާދީއްތަ ދުވަހުއެވެ. އަދި މިއީ މިއީވެސް ރާއްޖެއިން ބޭރުން ބަލިޖެހިގެން ރިޕޯޓް ކުރެވިފައިވާ ފަރާތެއް ކަމަށް ހާމަކުރައްވައެވެ. އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ މި ކޭސް ފެނުމާއި ގުޅިގެން ކުރީ ފަހަރުތަކެކޭ އެއްފަދައިން ބަލި ފެތުރުމުގެ ފުރުސަތު ދެނެގަތުމުގެ […]
މުޙައްމަދު އަފްރާޙް
ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ރައީސް، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމަވައިފިއެވެ. މީޑިއާ އަށް ދޫކުރެއްވި ވީޑިއޯ މެސެޖެއްގައި އޭނާ ވިދާޅުވީ އޭނާ ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ ރާއްޖޭގައި ހުރި ކަންކަން އިސްލާހު ކުރުމުގެ މާތް މަގުސަދުގައި ކަމަށެވެ. “އެކުވެރި، ލޮބުވެތި ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތިން ދިވެހި ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގްސަދ...
މުޙައްމަދު އަފްރާޙް
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ބޮއިކޮޓު ކުރަން ނުފެންނަކަމަށް އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ. އިންތިހާބު ބޮއިކޮޓު ކުރުމަށް އެދިލައްވާފައިވަނީ ޕީޕީއެމްގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެމަނިކުފާނު މިގޮތަށް އެދިލެއްވީއެމަނިކުފާނު، އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމުމުންނެވެ. އަދި އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް ވަނީ އީސީގެ ނިންމުމަށް ތާއީދު ކޮށްފައެވެ. ޕީޕީއެމް، ޕީއެންސީގެ ސެނެޓުން...
މުޙައްމަދު އަފްރާޙް
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަނިން މޭޓަކަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް މިއަދު ހަމަޖައްސައިފިއެވެ. ކުރިން ޓްރާންޕޯޓް މިނިސްޓަރުކަމާއި ސަރުކާރުގެ އެކި މަގާމްތައް ފުރުއްވާފައި އަމީން އަކީ ދިވެހި އަދަބިއްޔާތަށް ވެސް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ވޭލްސް ޓްރިނިޓީ އެންޑް ސެއިންޓް ޑޭވިޑް (ޔޫޑަބްލިޔުޓީއެސްޑީ) އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ އަމީން އ...
ޔުމްނާ ޢަލީ
އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ފަށާފައިވަނީ އެއްގަމު ތޮށީގެ ބްލޮކްގެ ފުރަތަމަ ޝިޕްމެންޓް ސައިޓަށް ގެންދިއުމަށްފަހުއެވެ. މި މަޝްރޫއުގެ ދަށުން، 49,765 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 12,105 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 346 މީޓަރުގެ އެއްގަމުތޮށި ލުމާއި، 398 މީޓަރުގެ ބޭރުތޮށި ލުމާއ...
އަޙްމަދު ވަހީދު
މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި “ދަ ޑިމޮކްރެޓްސް” އިން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުގެ ރަނިމްމޭޓަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހަމަޖައްސައިފިއެވެ. އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ކެންޑިޑެސީ ފޯމް ހުށަހެޅުން ދަރުބާރު ގޭގައި މިހާރުދަނީ ކުރިއަށެވެ. އެސްޓީއޯގެ އެމްޑީގެ މަގާމުން އަމްރު ވަކިކޮށްފައި ވަނީ މާރޗް 26 ވަނަ ދުވަހުއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވަނީ އޭނާ މަގާމުން ވަކި ކުރީ ކުންފުނީގެ ހިންގުން އިތުރަށް ހަ...
މުޙައްމަދު އަފްރާޙް
މިއަހަރުގެ ސެޕްޓެމްބަރތު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް އަދި ދގަނގެތީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނާޒިމްގެ ކެނޑިޑެސީ ފޯމު، އިލެކްޝަންސް ކޮމިޝަން (އީސި) އަށް ހުށަހަޅުއްވައިފިއެވެ. އޭނާގެ ފޯމު ހުށަހެޅުއްވީ މިއަދު އެވެ. އަދި ނާޒިމްއާ އެކު ފޯމު ހުށަހަޅުއްވަން އޭނާގެ ރަނިންމޭޓް ޑރ. އަހްމަދު އަދީލް ނަސީރު ވެސް ވަނީ ވަޑައިގެންފައެވެ. ނާޒިމްގެ ކެންޑިޑެސީ ފޯމާ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ...
މުޙައްމަދު އަފްރާޙް
ކުރީގެ ވަޒީރު މަހްމޫދު ޝައުގީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައިފިއެވެ. ޑރ. ޝައުގީ ވަނީ ރާއްޖޭގެ ތައުލީމާބެހޭ ވަޒީރު ކަމާއި، ފަތުރުވެރިކަމާބެހޭ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ޝައުގީ ޖޭޕީއަށް ގުޅިވަޑައިގެން ފޯމު ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާއި މިއަދު ހަވާލުކޮށް ދެއްވި ރަސްމިއްޔާތުގައި ޤާސިމް ވަނީ ޑރ. ޝައުގީ އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި ޝައުގީ ސޮއި ކުރެއްވި މެންބަރޝިޕް ފޯމުގައި އެއް ހެކިވެރިއެއްގެ ގޮތުގައި ސޮއި […]
ޔުމްނާ ޢަލީ
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ފޯމު ހުށަހަޅުއްވައިފިއެވެ. ރައީސްގެ ކެންޑިޑެސީ ފޯމް މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް އިންތިޚާބީ މައި މަރުކަޒު، ދަރުބާރުގެއަށް މިއަދު ވަޑައިގަތީ ރައީސް ޞާލިޙްގެ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒްގެ އިތުރުން ކެމްޕޭން މެނޭޖަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. ރައީސް އިބްރާހީމް މުޙައްމަދު...
ޔުމްނާ ޢަލީ
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފިއެވެ. ޔާމީންގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް އަށް ހުށަހެޅީ މި މަހުގެ 1 ވަނަ ދުވަހު އެވެ. އެކަމަކު ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް ޔާމީންގެ މައްޗަށް އޮތުމުން ކެންޑިޑެސީ ބަލައިނުގަންނަން އީސީން […]
ޔުމްނާ ޢަލީ
މަދަރުސާތަކުގެ ބޮޑު ބަންދަށްފަހު، ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. މިއަދު ފެށުނު ދިރާސީ އާ އަހަރާއި ގުޅިގެން ތައުލީމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށީ 84200 އެއްހާ ދަރިވަރުންނާއެކުއެވެ. އެ ދަރިވަރުންގެ ތެރެއިން ސަރުކާރު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ އަދަދަކީ 73078 އެވެ. މީގެތެރެއިން 24000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަނީ މާލެ ސަރަޙައްދުގައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 216 […]
ޔުމްނާ ޢަލީ
ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް ކުޅެމުންއައި ކްރޮއޭޝިއާގެ ޒުވާން ޑިފެންޑަރ ޖޮސްކޯ ގްވާޑިއޯލްގެ ސޮއި މެންޗެސްޓާ ސިޓީން ހޯދައިފިއެވެ. އާރުބީ ލައިޕްޒިގުން، އުމުރުން 21 އަހަރުގެ ގްވާޑިއޯލްގެ ސިޓީއަށް ވިއްކާލާފައިވަނީ 77 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އޭނާއަކީ ދެވަނައަށް އެންމެ އަގުބޮޑުކޮށް ޓީމް ބަދަލުކުރި ޑިފެންޑަރެވެ. މި ލިސްޓްގެ އެއްވަނާގައި އޮތީ 2019 ވަނަ އަހަރު ލެސްޓާ ސިޓީން މެންޗެސްޓާ ޔުނައިޓެޑާއި ގުޅުނު އިނގިރޭސި ޑިފެންޑަރ މެގުއާއެވެ. ޔުނައިޓެޑުން މެގުއާ ގެނެސްފައި ވަނީ 80 މިލިއަން ޕައުންޑްގެ...
އިބްރާހިމް ޚަލީލް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ) ނުކުމެ ތިބީ ރާއްޖެ އަނބުރާ ދިވެހިންގެ އަތް މައްޗަށް ހޯދައިދޭން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރޭ އޭނާގެ ރަނިން މޭޓު އިއުލާން ކުރުމަށް މާލޭ ބިލަބޮން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ޖަލްސާގައެވެ. ރޭގެ ޖަލްސާގައި ނާޒިމް ދެއްކެވި ވާހަކާގައި ވަނީ އެމްއެންޕީގެ ޕާޓީގެ އަމާޒު ތަފާތު ކަމަށް […]
ޔުމްނާ ޢަލީ
ކުރީގެ އަދަދާއިގުޅޭ، ” ކުއްލިއަކަށް މީހަކާ އިންނަން ދިޔައީމަ އަހަރެން ވަރަށް ދެރަވި! ” އަނެއްކާވެސް ނާއިފް ވާހަކަ ދެއްކީ ރުކެއްގައި ލެނގިލަމުންނެވެ. ” ނާއިފް ދެރަވާންވީ ކޮންކަމަކަށް؟ ” ޔަޝްމީ ސުވާލުކުރީ ޖަވާބު ބޭނުންވާފަދަ ގޮތަކަށެވެ. އޭރު ނާއިފްގެ ދެލޯ އަމާޒުވެފައިހުރީވެސް ޔަޝްމީގެ މޫނަށެވެ. އެހެންކަމުން ޔަޝްމީ ދުރަށް ނަޒަރު ހިންގާލީ ނާއިފްއަށް ބަލަން ބޭނުން ނުވާތީއެވެ. ” ދެން މިހާރު އެވާހަކަތައް ދެއްކުމުގެ ބޭނުމެއްވެސް ނެތް ކަންނޭނގެ! ޔަޝްމީ އޭރު އަހަރެން ފެނުނީމަ ލަދުން […]
ސަލާމާ ޢަބްދުލް ޢަލީމް
އިޓާލިއަން ލީގުގެ އެތުލާންޓާއަށް ކުޅެމުންއައި ޑެންމާކްގެ ޒުވާން ފޯވާޑް ރަސްމުސް ހޮއިލުންޑް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑާއި ގުޅިއްޖެއެވެ. އުމުރުން 20 އަހަރުގެ ހޮއިލުންޑް ޔުނައިޓެޑާއި ގުޅިފައިވަނީ 72 މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގެ ދަށުންނެވެ. މިއީ މި ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ގެނައި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ޔުނައިޓެޑުން ވަނީ އިންޓަ މިލާނަށް ކުޅެމުންއައި ކީޕަރު އޮނާނާގެ އިތުރުން ޗެލްސީއަށް ކުޅެމުންއައި މޭސަން މައުންޓް ގެ...
އިބްރާހިމް ޚަލީލް