ކުޅުދުއްފުށި ސިޓީގެ ގަރާޖެއްގައި އޮތް ކާރެއްގައި ރޯވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެ އިދާރާއަށް މިއަދު 17:31 ހާއިރު ލިބިފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ވަނީ އަލިފާން ނިއްވުމަށް އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ކަމަށް...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރި ބާރަށުގައި ފަތުރުވެރިކަން ތަރައްގީކުރަން ކުރިއާލާ ވިސްނަވާ، ތައްޔާރުވެތިބުމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ. ކެމްޕެއިން ދަތުރުފުޅުގައި އެރަށަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ބާރަށަށް ވުރެ “ފައްކާ” ރަށެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. ބާރަށަކީ ހަނިމާދޫގައި ވަރަށް ކައިރީ...
މުޙައްމަދު އަފްރާޙް
ކޭ ޕާކް ފްލެޓްތަކުގެ މައްސަލާަގައި މަކަރާއި ހީލަތް ހެދި ކަމަށް ތުހުމަތު ކުރެވޭ ހަސަން މަމްދޫހް (މަންޑޭ) ގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ހުޅުމާލޭގައި ކޭ ޕާކް ފްލެޓްތައް ތަރަައްގީ ކުރަމުންދާ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭގެ ޕާސްޕޯޓް ހިފެހެއްޓީ އެ ކުންފުންޏަށް ނޭނގި އޭނާ ގިނަ އަދަދެއްގެ ފްލެޓް ވިއްކި ކަމަށް ތުހުމަތުކޮށް އެ ކުންފުނީގެ މައި ހިއްސާދާރު ފުލުހުންނަށް […]
ހުސައިން ހަބީބް
ހއ. ފިއްލަދޫ އާއި އެ އަތޮޅު ބާރަށުގައި ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައްް ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިފްތިތާހުކޮށްދެއްވައިފިއެވެ. އެގޮތުން އެ މަނިކުފާނު ވަނީ ފިއްލަދުއަށް ވަޑައިގެން އެރަށުގައި ފެނާއި ނަރުދަމާނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި އެރަށު ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރިބައި ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. އަދި ބާރަށު ފުޓްސަލް ދަނޑު ވެސް ރަސްމީގޮތުން ހުޅުވައިދެއްވިއެވެ. ފިއްލަދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް، ސާސް.އީ ކޮންސ...
މުޙައްމަދު އަފްރާޙް
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފިއެވެ. ޔާމީންގެ ކެންޑިޑެސީ ފޯމު އިއްޔެ ހުށަހެޅުން ކެންޑިޑޭޓަކަށް ވުމަށް ޤާނޫނުއަސާސީގައި ބުނާ ޝަރުތު ޔާމީންގެ ހަމަނުވާ ކަމަށް އީސީން ވަނީ ނިންމާފައެވެ. އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅިކަން ޔާމީންގެ ޤާނޫނީ...
ޔުމްނާ ޢަލީ
މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ބޭރުގެ ހަތަރު ޤައުމެއްގައި ވޯޓު ފޮށި ބެހެއްޓޭވަރަށް މީހުން ރަޖިސްޓަރީ ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކުރައްވައިފިއެވެ. އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މިހާތަނަށް ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައި ވަނީ ބޭރުގެ ހަތަރު ޤައުމެއްގައި ކަމަށެވެ. އެ ޤައުމުތަކަކީ. އިންޑިއާ އާއި މެލޭޝިއާ އާއި އިނގިރޭސިވިލާތް އަދި ސްރީލަންކާ އެވެ. އެ ޤައުމުތަކުގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް މީހުން ރީ-ރަޖިސްޓާވެފައިވާ ކަމަށް އޭނާ ވިދާޅ...
ޔުމްނާ ޢަލީ
މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްދު މުޢިއްޒު އަށް މަރުގެ އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސެއްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުއިއްޒަށް މަރުގެ އިންޒާރު ދީފައިވަނީ ކާކުކަން ނޭނގޭ މީހަކު ރާއްޖޭނެ ބޭރުގެ ނަންބަރަކުން ކުރި މެސެޖެއްގައެވެ. މި މެސެޖު ކޮށްފައި ވަނީ މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާގެ ފޯނަށް ކަމަށް މައުލޫމާތު ލިބެއެވެ. މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވެފައި މިވަ...
ޔުމްނާ ޢަލީ
ހދ. މަކުނުދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބޭނުންވާ އާލާތް އެރަށަށް ގެންގޮސްފިއެވެ. އެރަށު ކައުންސިލުގެ ފޭސްބުކް ޕޭޖުގައި އެކަން ހާމަކުރައްވައި، ވިދާޅުވެފައިވަނީ މަކުނުދޫ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބޭނުންވާ ޑްރެޖާރ އަދި އެހެނިހެން އާލަތްތައް މިހާރުވަނީ މަކުނުދޫ އަށް ގެނެސްފައި ކަމަށެވެ. އެއާޕޯޓް މަސައްކަތަކީ މަކުނުދޫގެ އެންމެހާ ރައްޔިތުންގެ އުންމީދެއްކަމުން އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި މަކުނުދޫ ދާއިރާގެ މެންބަރު މުޙަައްމަދު ރާއީ އަށް މަކުނުދޫ ރައްޔިތު...
މުޙައްމަދު އަފްރާޙް
މެޑިކަލް ޑޮކްޓަރސް ސްޕެޝަލައިޒޭޝަން ސްކޮލަޝިޕް 7 ފަރާތަކަށް ދީފިއެވެ. މަތީ ތައުލިމާއި ބެހޭ ވުޒާރާއިން މިހާރުވަނީ ހުރިހާ ހަރަދެއް ސަރުކާރުން ބަލަހައްޓަވާގޮތަށް ޑޮކްޓަރުން ސްޕެޝަލައިލްވުމަށް ހުޅުވާލެއްވި ސްކޮލާޝިޕް ލިބިވަޑައިގަންނަވާ 7 ޑޮކްޓަރުންގެ ވަގުތީ ލިސްޓް ނެރުއްވާފައެވެ. މިއީ މިއަހަރުގެ އޭޕްރިލް މަހު އެ ވުޒާރާ އިން ހުޅުވާލެއްވި ފުރުސަތެކެވެ. މި ސްކޮލާޝިޕް ލިބުނު ޑޮކްޓަރުންގެ ދާއިމީ ލިސްޓު އިއުލާންކުރައްވާނީ މި އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅު...
މުޙައްމަދު އަފްރާޙް
ކުރީގެ އަދަދާއިގުޅޭ، ” އަހަރެންގެ ފަރާތުން ޔަޝްމީއަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ މަޢާފަށް އެދެން.. ރަށަށް ދިޔުމަށްފަހު ފަހަރެއްގައި އަހަރެމެން ދެން ދިމާވެސް ނުވެދާނެ! ” އެހެން ބުނެ ހާރޫން ޔަޝްމީއަށް ބަލައިލި ވަގުތު ޔަޝްމީއަށްވެސް ހާރޫންގެ ދެލޮލަށް ބަލައިލެވުނެވެ. އޭރު ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑުއަލީގެ ތެރެއިން ޔަޝްމީގެ ލޮލުގައި ވިދަމުންދާ ކަރުނަތައް ހާރޫންއަށް ފެނުނެވެ. ހެޑްބޯޑުގައި ހާރޫން ބޯ ޖައްސާލީވެސް ޔަޝްމީގެ މޫނަށް ބަލަން އިނދެއެވެ. ” ރޮނީތަ؟ ” ހާރޫން އަހާލީ މަޑުމަޑުންނެވެ....
ސަލާމާ ޢަބްދުލް ޢަލީމް
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރުތު ހަމަނުވާތީ އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމު ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ) މިއަދު ނިންމި ނިންމުން ސައްހަ ނޫންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެފިއެވެ. ޔާމީންގެ ކެންޑިޑެސީ ފޯމު މިއަދު ހުށަހެޅުން ކެންޑިޑޭޓަކަށް ވުމަށް ޤާނޫނުއަސާސީގައި ބުނާ ޝަރުތު ޔާމީންގެ ހަމަނުވާ ކަމަށް އީސީން ވަނީ ނިންމާފައެވެ. އެގޮތަށް ނިންމި ސަބަބަކީ ޖިނާއީ ކުށެއް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު […]
ޔުމްނާ ޢަލީ
މިއަހަރުގެ ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އެ ކޮމިޝަނުން މިގޮތަށް ނިންމީ އެމަނިކުފާނުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައިފައެވެ. ޔާމީންގެ ފަރާތުން، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު މިއަދު ހެނދުނު ހަވާލު ކުރެއްވީ އިންތިހާބީ އެޖެންޓު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ. އީސީގެ ފަރާތ...
މުޙައްމަދު އަފްރާޙް
ށ. ފީވަކާއި ފޭދޫ ބަނދަރު، ރައީސް ސާޅިހު ރަސްމީގޮތުން ހުޅުއްވައިދެއްވައިފިއެވެ. އެ ދެރަށުގެ ބަނަދަރު ރަސްމީކޮށް ހުޅުވައިދެއްވީ އެމަނިކުފާނު އެ އަތޮޅަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ފީވަކާއި ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިންނެވެ. ފީވަކު ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތާއި ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރު ފުންކުރުމާއި ބޭރުތޮށި ޖެހުމާއި ރިވެޓްމެން...
މުޙައްމަދު އަފްރާޙް
މިލަދުންމަޑުލު އުތުރުބުރީ، ނަރުދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ ނަރުދޫ ސްކޫލުގެ 3 ބުރީގެ އައު އިމާރާތާއި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އަދި ފެނަކަ އައު އިންޖީނުގެ ރައީސް ސާލިހު ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު ށ. އަތޮޅަށް މިހާރުކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެރަށުގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ، ނަރުދޫ ސްކޫލުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމަށްފަހު، ވަނީ އެ ޢިމާރާތް ބައްލަވާލައްވާފައެވެ. އެ ސްކޫލުގެ ތިންބުރީގެ އައު ޢިމާރާތުގައި، 6 ކުލާސްރޫމާއި، ސްޓާފް ރޫމަކާއި،...
މުޙައްމަދު އަފްރާޙް
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗު) ގައި އެނދުމަތިކުރެވިފައިވާ ފަރާތްތަކުގެ ބޭސް ނެގުމަށް ލުއި ފަސޭހަގޮތެއް ހަދައިދީފިއެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ އެ ހޮސްޕިޓަލުގައި އެނދުމަތިކުރެވިގެން ފަރުވާ ދެވޭ ފަރާތްތަކުގެ ބޭސްތައް ހަމަކުރުމުގައި ލުއިފަސޭހަ ގޮތެއް ތަޢާރަފުކުރެވިފައިވަނީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ކުރިން ބަލިމީހާގެ ބޭސް ސިޓީއަށް އެ ފަރާތްތަކުގެ އެހީތެރިން ބޭސް ހަމަކުރާގޮތަށް ހަމަޖެހިފައި އޮތްނަމަވެސް، އެފަދަ ފަރާތްތަކުގެ ބޭސް ސިޓީއަށް އެ ހޮސްޕިޓަލުން ކަ...
މުޙައްމަދު އަފްރާޙް
އިދިކޮޅު ޕްރޮގްރސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެންސީ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ. މިއަދު ހެނދުނު އެ ފޯމު އީސީގެ ރައީސް ފުވާދު ތައުފީގަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ އިންތިހާބީ އޭޖެންޓް މުހައްމަދު ތޮލާލެވެ. އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ފޯމު ބަލައިގަނެފައިވާ ކަމަށާއި އިދާރީ ގޮތުން ފުރިހަމަކުރަން ޖެހޭ ބައިތައް ފޯމުގައި ފުރިހަމަވޭތޯ ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ހަބީބު ވިދާޅުވީ […]
މުޙައްމަދު އަފްރާޙް
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އައު އޮފީސް އިމާރާތް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ހުޅުއްވައިދެއްވައިފިއެވެ. އެމަނިކުފާނު، މިލަންދޫ ފުޓުބޯޅަ ދަނޑާއި ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވީ، މިހާރު އެއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ. މިލަންދޫގައި މިއަދު ހުޅުވި ފުޓުބޯޅަ ދަނޑަކީ ޒަމާނީ ފެންވަރަށް ޓަރފްއަޅައިގެން ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެެވެ. އަދި ފެނަކަ އައު އޮފީސް ޢިމާރާތަކީ ވެސް ޒަމާނީ އޮފީސް އިމާރާތެކެވެ. މ...
މުޙައްމަދު އަފްރާޙް
ކުރީގެ އަދަދާއިގުޅޭ، ” ތި ހޯދަނީ މިތަ؟ ” އަލަމާރިން ވަރީގެ ފޯމް ނަގައި ޝަހާނާ އަހާލުމުން ޔަޝްމީ ދިޔައީ ސިހިގެންނެވެ. ޝަހާނާއަށް އެ ފޯމް ފެނުމުން ޔަޝްމީ އިންތިހާއަށް ކަންބޮޑު ވެއްޖެއެވެ. ހާސްވެ ހުރެ ޔަޝްމީ ނުހަނު އަވަހަށް ޝަހާނާގެ އަތުގައި އޮތް ފޯމުގައި ހިފިއެވެ. އޭރު މުޅިމީހާ ހުރީ ފިނިވެފައެވެ. ޝަހާނާގެ އަތުން ފޯމު އަތުލުމާއިއެކު ޝަހާނާ ދެއަތް އުރާލީ އެއްމިޔަކަނުން ހިނިތުންވެލަމުންނެވެ. ” ހާރޫން މިހާރު ޔަޝްމީއާއެކު އުޅެން ބޭނުން ނުވަނީތަ؟ ” […]
ސަލާމާ ޢަބްދުލް ޢަލީމް