އުރޯދޫ މޯލްޑިިވްސްގެ ކްލްބް ޕްރީމިއާ ޕާޓްނަރެއްގެ ގޮތުގައި ދަ ޕެރެންޓަލީ އުރީދޫ މޯލްޑިވްސް އާއި ގުޅިއްޖެއެވެ. އުރީދޫއިން މައުލޫމާތުދޭ ގޮތުގައި މި ޕާޓްނާޝިޕާއެކު ކްލަބް ޕްރިމިއާ މެމްބަރުންނަށް ދަޕެރެންޓަލީ އިން ވިޔަފާރި ކުރާއިރު 10 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މާލެ ސިޓީ ލިލީ މަގުގައި ހުންނަ “ދަޕެރެންޓަލީ” އަކީ ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުން ތުއްތު ކުދިންނަށާއި ބެލެނިވެރިންނަށް ހާއްސަ ތަފާތު އުފެއްދުންތައް ލިބެން ހުންނަ ވިޔަފާރިއެކެވެ. ތުއްތު ކުދިންނަށް ދުޅަހެޔޮ މުސްތަ...
އަޙްމަދު ވަހީދު
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ގެ ފައިނަލުން އުތީމާއި ވަށަފަރު ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު މިއަދު ހަވީރު މާރަންދޫގައި ކުޅެފައިވާއިރު ފުރަތަމަ ސެމީގައި ބައްދަލުކުރީ އުތީމާއި މުރައިދޫއެވެ. މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު 0-0 ގެ ނަތީޖާއިން ދެ ޓީމް އޮތީ އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މުރައިދޫ މައްޗަށް އުތީމުން ކުރިހޯދީ […]
އިބްރާހިމް ޚަލީލް
އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީޗާޖްކޮށްގެން ހާއްސަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަނެއް މިއަދު އިއުލާންކޮށްފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ހާއްސަ ހަދިޔާ އެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ ގްރޭންޑް ޕްރައްޒް ގެ ނަސީބުވެރިފަރާތައް އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ 31 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ. މި މުއްދަތުގެ...
އަޙްމަދު ވަހީދު
އދ. ކުނބުރުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން، 24,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، ބަނދަރު ފުންކުރުމާއި 430 މީޓަރުގެ ސަރަހައްދެއްގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 280 މީޓަރުގެ ސަރަހައްދެއްގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ އިތުރުން 7,171 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައ...
އަޙްމަދު ވަހީދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫއު ނިންމަން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން 1.2 ބިލިއަން ރުފިޔާ ދިނުމަށް ނިންމި އިރު، އެ ފައިސާ ހޯދީ މި ސަރުކާރަކުން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރަށް ބޭނުންވި 79.8 މިލިއަން ޑޮލަރު (1.2 […]
މުޙައްމަދު
ވެރިކަން ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ކުރިއަށް އޮތް ތަނުގައި އެމްޑީޕީއަށް ލިބޭނެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ވެރިންނަށް ވަރަށް ވަރުގަދަ އިންޒާރެއް މިއަދު ދެއްވައިފިއެވެ. ނަޝީދު އެގޮތަށް ވިދާޅުވީ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށް ބޭރު ޖަމްއިއްޔާއަކުން ލިބިވަޑައިގެންނެވި މަގާމެއްގެ ވާހަކަ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހިއްސާކު...
މުޙައްމަދު
ހދ. ފިނޭގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް އެރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ. ފިނޭގެ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް ނިންމާފައި ވަނީ 02 ނޮވެމްބަރ 2023 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 106 ވަނަ ޖަލްސާގައެވެ. ފިނޭ ޓޫރިޒަމް ޒޯނުން ބިން ދޫކުރުމަށް ފުރުސަތު ހުޅުވާލައި މިއަދު އެރަށުގެ ކައުންސިލުން ކުރި ޢިއުލާންގައިވާގޮތުން އެ ރަށުން މިފަހަރު ދޫކުރަން ނިންމާފައި ވަނީ 5000 އަކަފޫޓޫގެ 7 ބިމާއި 10000 އަކަފޫޓޫގެ […]
ޔުމްނާ ޢަލީ
ހއ. އުތީމު ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ޢަމަލުކުރުމަށާއި، ގޮނޑުދޮށުން ވެލި ނެގުމުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމަށް އެރަށު ކައުންސިލުން މިއަދު ވިދާޅުވެއްޖެއެވެ. އުތީމު ކައުންސިލުން މިއަދު ވިދާޅުވީ، މިހާރަކަށް އައިސް އެ ރަށުގެ ގޮނޑުދޮށުން ގިނަ އަދަދަކަށް ގޭގެއަށާއި ވިޔަފާރި ބޭނުމަށް ވެލިނަގަމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދައިން ވެލި ނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ހަލާކުވެ ރަށްގިރުމުގެ މައްސަލަ އިތުރަށް ގ...
ޔުމްނާ ޢަލީ
އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޏ. ފުވައްމުލަކު ކަރިއްޔާވިލާ އަމީނަކީ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ވެރިޔާ ކަމަށް ތުހުމަތު ކުރުމުގެ އިތުރުން ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވި ކަމަށް ވެސް ތުހުމަތުކުރި އެވެ. އޭނާގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ. އެ...
ހުސައިން ހަބީބް
ކުޅުދުއްފުށީ ސިޓީގައި ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރީ ބިޑް މީޓިންގ (މައުލޫމާތު ސެޝަން)ގައި ބައިވެރިވާން ހާޒިރުވާން ޖެހެނީ 14 ނޮވެމްބަރ 2023 ދުވަހުގެ 11:00 އަށް ކުޅުދުއްފުށީ ސިޓީ ކައުންސިލަށެވެ. އަދި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި 20 ނޮވެމްބަރ 2023ގެ 11:00ގެ ކުރިން ރަޖިސްޓަރީވާން ޖެހެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ކުޅުދުއްފުށީ...
ޔުމްނާ ޢަލީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމަށް ފަށާފައިވާ މަޝްރޫޢު ނިންމަން، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން 1.2 ބިލިއަން ރުފިޔާ ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސް އޮފީހުގެ ފަރާތުން އިންތިގާލީ ކޮމިޓީގެ، ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، މި ހަފުތާގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ވީއައިއޭ ތަރަ...
ޔުމްނާ ޢަލީ
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ޙުކުމާއި ގުޅިގެން އެމަނިކުފާނު ދައްކަންޖެހޭ 5 މިލިއަން ޑޮލަރު ހޯދުމުގެ މައްސަލަ މިވަގުތު ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ވ. އާރަށު ހިޔާނާތުގެ މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި އަދި 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް އެ ފައިސާ އެމަނިކުފާނު ނުދައްކަވަ އެވެ. އެ […]
ހުސައިން ހަބީބް
މިފްކޯގެ ފްލީޓަށް އިތުރު ކުރުމަށް އެ ކުންފުނިން އިތުރަށް ގެންނަ 3 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެއަށް އައުމަށް ތައިލެންޑުން ދަތުރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އަންގާރަ ދުވަހު މިފްކޯއިން ބުނީ “ޖަޒީރާ 106” ގެ ނަމުން ނަން ދީފައިވާ އެ ބޯޓު ތައިލެންޑުން ރާއްޖެ އައުމަށް ދަތުރު ފެށީ މި މަހުގެ 4ގައި ކަމަށެވެ. އަދި 19 ނޮވެމްބަރު ވާ އާދީއްތަ ދުވަހު ދުވަހު އެ ބޯޓު ރާއްޖެއަށް އަންނާނެ ކަމަށް […]
އަޙްމަދު ވަހީދު
ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ”ޖުޑީޝަރީ ފޯ ޖޫނިއާސް ޕްރޮގްރާމު 2023” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައި ޔޫއެންޑީޕީ މޯލްޑިވްސްއިން ބުނީ މިއީ އެތަނާއި، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި މޯލްޑިވްސް ޖުޑިޝަރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. ޝަރުއީ ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުވުމަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 14 ޑިސެންބަރު ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ޑިސެންބަރު ވާ...
ޔުމްނާ ޢަލީ
”ފަލަސްތީނަށް ދިވެހިންގެ އަޑު ޤުރުއާނުގެ މޫރިތި އާޔަތްތަކުން” ނަމުގައި ހާއްސަ ހަރަކާތެއް ބާއްވަން ޗައިލްޑް އެބިއުސް ޕްރެވެންޝަން ސޮސައިޓީ (ސީއޭޕީއެސް) އިން މަސައްކަތް ފަށައިފިއެވެ. އެ ޖަމިއްޔާގެ ފޭސްބުކް ޕޭކުގައި ބުނެފައިވާ ގޮތުގައި އެ ޖަމިއްޔާއިން ”ފަލަސްތީނަށް ދިވެހިންގެ އަޑު ޤުރުއާނުގެ މޫރިތި އާޔަތްތަކުން” ބާއްވާ އިވެންޓެއް މި މަހުގެ 10 ވާ ހުކުރުދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ހަރަކާތް ބާއްވަން ނިންމާފައި ވަނީ ހުކުރު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލޭގެ […]
ޔުމްނާ ޢަލީ
ނިރުބަވެރި އިސްރާއީލުގެ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިިލިސްއަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެން ހުށަހެޅުއްވި ޤަރާރު، މަޖިލިސް ހުއްޓިފައި އޮތުމުން ކުރިއަށް ނުގެންދެވި ލަސްވާތީ އޭނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ގޮވާލައި، ނިރުބަވެރި އިސްރާއީލުގެ ޢަމަލުތައް ކުއްވެރިކޮށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސްގައި ބަހުސް ހިންގައި، މަޖިލިސްގެ ގޮވާލުމެއް ފާސްކުރުމަށް...
ޔުމްނާ ޢަލީ
ރޯގާ އަށް ބޭނުންކުރާ ސިޓްރިޒަމް ސިރަޕެއްގައި ކެމިކަލް މާއްދާއެއް ހުރުމުން އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެ ބޭސް ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި ވިއްކުން އިއްޔެ މަނާކޮށްފިއެވެ. މިކަމާއިގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައި ވަނީ، އޮކްޓޯބަރު، 2022 އިން ފެށިގެން ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔ...
ޔުމްނާ ޢަލީ
އެހީހޯދުމަށް ހިންގޭ ތަފާތު ހަރަކާތްތަކުގައި އެންމެ އާދަޔާ ހިލާފް ނަތީޖާއެއް ފެންނަ އެއް ރަށަކީ ތިލަދުންމަތީ ދެކުނުބުރީ ކުރިނބީއެވެ. އެ އަތޮޅުގައި އެންމެ ކުޑަ އާބާދީ އޮތް ރަށްތަކުގެ ތެރޭ ހިމެނޭ ކުރިނބީގެ ޖުމްލަ އާބާދީއަކީ 764 މީހުންނެވެ. ނަމަވެސް އިޒުރޭލު ސިފައިން މީގެ މަހެއްހާ ދުވަސް ކުރިން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެ ރަށުގައި ބޭއްވި […]
އިބްރާހިމް ޚަލީލް