ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަށް ޖިނާޢީ މައްސަލަތަކުގެ ތަމްރީނެއް ފުރިހަމަކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގައިފިއެވެ. ޖޭއެސްސީން މިކަން ހާމަކުރެއްވީ ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދާއި ގުޅޭ މައްސަލައެއް ބެއްލެވުމަށްފަހު މިއަދުއެވެ. އިސްމެޖިސްޓްރޭޓްގެ މައްސަލަ ތަޙްޤީޤު ކުރެއްވުމަށްފަހު ޖޭއެއްސީން ވިދާޅުވީ، ނޮޅިވަރަންފަރު އަދި ނޮޅިވަރަމް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޖިނާޢީ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި...
ޔުމްނާ ޢަލީ
ފަލަސްތީނުގެ ޣައްޒާ އަށް ނިއުކްލިއާ ބޮން އެޅުމަކީ އިހްތިޔާރުގައި އޮތް ކަމެއް ކަމަށް ބުނެ އިސްރާއީލްގެ ހެރިޓޭޖް މިނިސްޓަރު އަމިހައި އެލިޔަހު ދެއްވި އިންޒާރު ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގައި ކުށެއް ނެތް އެތައް އާންމުންނަކަށް އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައި މިފަދަ ވާހަކައެއް ދެއްކުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ވާހަކައެއް ދެއްކިޔަސް، އ...
މުޙައްމަދު
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، އަލީ ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލާގައި ސައިކަލު ދުއްވި މީހާ ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ ޖޫން މަހު ލައިސަންސް ނެތް މީހަކު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލުން ޖެހި ހަފީޒް އެކްސިޑެންޓްވީ ހިނގާފައި ދަނިކޮށެވެ. އެ ހާދިސާގައި ހަފީޒަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ރާއްޖެއިން ބޭރަށް ގެންދަން ޖެހުނެވެ. ސައިކަލު ދުއްވި ރ. އިނގުރައިދޫ ލެގޫންވިއު، ޝަމްއާން އަބްދުއްޝުކޫރުގެ […]
ޔުމްނާ ޢަލީ
ވެލާ ކަހަނބާއި، ކަންޒު ކަހަނބާއި، މަޑިއާއި ހިމާޔަތްކޮށްފައިވާ ދޫންނީގެ ބާވަތްތަކާއި އެންމެ ކައިރިއަށް ދެވޭ މިންގަނޑު ބަޔާންކޮށް ގުދުރަތީ ގޮތުން ނުވަތަ ތަބީއީގޮތުން ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ގަވާއިދު އިސްލަހްކޮށް މިއަދު އާންމުކޮށްފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން މިއަދު ދިވެހި ސަރުކާރުގެ ގެރެޓްގައި ޝާޢިއުކޮށްފައިވާ މި ޤަވާޢިދަށް ވަނީ ޖަދުވަލެއް އިތުރުކޮށްފައެވެ. މި ޤަވާޢިދަކީ ތަބީއީގޮތުން ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ގަވާއިދަށް ފަސް ވަނަ...
ޔުމްނާ ޢަލީ
ވ. ފެލިދޫ ކައުންސިލުގެ ނިންމުން ބާތިލު ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އެ ކައުންސިލަށް އަންގައިފިއެވެ. އެޗްއާރްސީއެމް އިން މިގޮތަށް އަންގާފައި މިވަނީ ފައިސާ ދައްކަންޖެހޭ މީހުންގެ އަނބިންނާއި ފިރިންނާއި ދަރިންނަށް ހިދުމަތް ނުދޭން އެރަށު ކައުންސިލުން ނިންމާފައިވާތީއެވެ. ފެލިދޫ ކައުންސިލުން މިދިޔަ ހަފުތާގައި ނިންމާފައިވަނީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ މީހުންގެ އަތުން އެ ފައިސާ ހޯދުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް އެކަމަށް އެ...
މުޙައްމަދު އަފްރާޙް
ދިވެހިންތަކެއް ފަލަސްތީނަށް ޖިހާދަށް ދިޔަ ކަމަށް ބުނާތީ އެކަން ބަލަން ފަށައިފިއެވެ. ރާއްޖޭގެ ޓެރެރިޒަމް މަނާކުރުމުގެ ގާނޫގައި ބުނާ ގޮތުން ބޭރުގެ ހަނގުރާމަތަކަށް ދިއުމާއި، އެފަދަކަމެއް ހިނގާ ސަރަހައްދަކަށް ދިއުމަކީ މަނާކަމެކެވެ. އަހުމަދު ފިރާޒް ނަމަކަށް ކިޔާ މީހެއްގެ ފޭސްބުކް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ދިވެހިންގެ ތިން މީހަކު ހަނގުރާމައަށް ފަލަސްތީނަށް ދިއުމަށް އުރުދުނަށް އެތެރެވެފައިވާ ކަމަށެވެ. އޭނާގެ މި ޕޯސްޓާއި ގުޅިގެން ރާއްޖޭގެ ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރުން ވިދާޅުވެ...
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނެތަސް، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވެ އެވެ. އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް...
ހުސައިން ހަބީބް
ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގައި ނޮޅިވަރަންފަރު ލައިކަންއާއި ކުޅުދުއްފުށީ ކޮރަލްސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރިއިރު ޓީމް ހަނިމާދޫއިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހު ހަވީރު އަންހެން ބައިގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކުލަބާއި ނޮޅިވަރަންފަރު ލައިކަންއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ލައިކަން އިންނެވެ. މި މެޗުގެ ސެޓްތައް ލައިކަން އިން ގެންގޮސްފައި […]
އިބްރާހިމް ޚަލީލް
ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ކުށްވެރިންގެ ދަފްތަރު ޝާއިޢުކުރުމުގެ ދަށުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ޝާއިޢުކުރަންޖެހޭ ކުށްވެރިންގެ ލިސްޓު، ޑިޖިޓައިޒްކޮށް މިއަދު ޝާއިޢުކޮށްފިއެވެ. ޑިޖިޓަލައިޒޭޝަންގެ މި މަސައްކަތް އިފްތިތާޙު ކޮށްދެއްވީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސްގައި އިއްޔެ އޮތް ޙަފްލާއެއްގައި، ޖެންޑާ މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީއެވެ. މިލިސްޓު އަޕްޑޭޓްކުރުމުގެ މަސައްކަތުގައި...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ހޯދީ މެންބަރުންނަށް ބިރުދައްކައިގެން ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރޭ ތުހުމަތު ކުރެއްވުމުން އެކަން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު، އަލީ ނިޔާޒު (ނިޔާ) ދޮގު ކުރައްވައިފިއެވެ. ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސް އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރު އިލްޔާސް ވިދާޅުވީ، ނަޝީދު ވަކިކުރުމަށް...
ޔުމްނާ ޢަލީ
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރަޔޯ ވަރެކާނޯ ބައްދަލުކުރި މެޗުން މޮޅުވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ރެއާލުން ނަގާލައިފިއެވެ. ރެއާލުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ނިމިގެން ގޮސްފައި ވަނީ ދެ ޓީމް (0-0) އެއްވަރު ވެގެންނެވެ. މި މެޗުން މޮޅުވެ މިވަގުތު ތާވަލުގެ އެއްވަނާގައި އޮތް ޖިރޯނާއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށް ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ ހޯދުމުގެ ފުރުޞަތު ރެއާލަށް އޮތެވެ. ނަމަވެސް ރޭ ދެ […]
އިބްރާހިމް ޚަލީލް
ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި 500 ޒުވާނުން އަލަށް ގުޅިއްޖެއެވެ. ޕީއެންސީ އަކީ މިއަހަރު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރި ޕާޓީއެވެ. އެ ޕާޓީއާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) މަސައްކަތްކުރަނީ ކޯލިޝަނެއްގެ ގޮތުގައި، ޕްރޮގެރެސިވް ކޯލިޝަންގެ ނަމުގައެވެ. ޕީއެންސީއާއި އަލަށް 500 ޒުވާނުން ގުޅިފައިވާކަން ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ސެނެޓާ މުހައްމަދު އަބުދުލްކަރީމް (ރުކުމާ) ”އެކްސް”ގައި ވަނީ ހާމަކުރައްވާފައެވެ. ޕީއެންސީއާ އަލަށް 500 ޒުވާ...
ޔުމްނާ ޢަލީ
ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭހާއެކު އުރީދޫ ފަން ރަން ބާއްވަން ނިންމައިފިއެވެ. އުރީދޫ މޯލްޑިވްސްގެ “ފަން ރަން” އަދި ޑްރޯން ރޭހެއް އަންނަ ޑިސެމްބަރުގައެވެ. އެ ރަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ރަން ކުރިއަށްދާނީ އަންނަ ޑިސެމްބަރު 22، ގެ ހަވީރު ކަމަށް އުރީދޫއިން ބުންޏެވެ. އުރީދޫ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، އެ ކުންފުނީގެ ފަން ރަންއަޑްބބޮޑެތި ކުރިއެރުންތަކެއް […]
އަޙްމަދު ވަހީދު
ވިނަރެސް ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އިއްޔެ ހުޅުވާލި ނަމަވެސް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ފޯމު ހުށަހެޅުން މަޑުޖައްސާލައިފިއެވެ. އާބަންކޯއިން ރޭ ކުރި އިއުލާނެއްގައި ބުނީ ވިނަރެސް ފްލެޓު ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ހުޅުވާލި ވަގުތު އެ ޕޯޓަލަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ލިބިފައިވާ ކަމަށް ވެސް ބުންޏެވެ. އެ ކުންފުންޏަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން […]
އަޙްމަދު ވަހީދު
ކައުންސިލަކުން ފޯރުކޮށްދޭ ޚިދުމަތަކުން ރައްޔިތަކު މަހްރޫމް ކުރެވޭނީ ޤާނޫނުއަސާސީ އާއި އެއްގޮތްވާގޮތުގެ މަތީން ހެދިފައިވާ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން އެކަން ކުރުމުގެ ބާރު ލިބިގެން ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވިދާޅުވެއްޖެއެވެ. އެލްޖީއޭ އިން މިހެން ވިދާޅުވީ ވ. ފެލިދޫ ކައުންސިލަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މީހުންނާއި އެމީހުންގެ އަނބިން ފިރިން އަދި ދަރިންނަށް ކައުންސިލުން އެއްވެސް ހިދުމަތެއް ނުދިމުމަށް ކައުންސިލުން ނިންމުމާ ގުޅިގެން ނެރުއްވި ނޫސްބަޔާނެއްގައެވެ. ކައުންސިލްތ...
މުޙައްމަދު އަފްރާޙް
ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބެއްގައި ވާދަކުރައްވާ ކެންޑިޑޭޓުން ގާނޫނުގައި ބަޔާންކޮށްފައިވާ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިހާބެއް ބާއްވާތާ އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ ގޮތަށް އިންތިހާބީ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވައިފިއެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގު ކުރެއްވި އިރު، މި ބިލަކީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އޮތް […]
މުޙައްމަދު
މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރަށް ތާއީދު ކުރައްވާ ކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ. އާޒިމާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ކެމްޕެއިން ޕޯސްޓަރު އާންމު ކުރައްވައިފައެވެ. އެ ޕޯސްޓް، އިންތިހާބީ ރައީސް މުއިއްޒު ވަނީ ރީ ޓުވީޓު ކުރައްވައިފައެވެ. މުއިއްޒުގެ ތާއީދު އާޒިމާ އަށް އޮތްކަން ހާމަ ކުރެއްވުމުން އާޒިމާ ވަނީ […]
މުޙައްމަދު
“ގެދޮރުވެރިޔާ” ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ނުދީ އަދި އެ މައްސަލަ ނުބަލާ ފްލެޓު އެއްބަސްވުންތަކުގައި ސޮއި ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް މިއަދު އަންގައިފިއެވެ. މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފްލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއްޔެ އާންމު ކުރިއިރު އާންމުންގެ ފަރާތުން ވަނީ ގިނަ ޝަކުވާތަކެއް ކުރަން […]
މުޙައްމަދު