ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދާ ވޮލީ ކޭމްޕް ފަށައިފިއެވެ. މި ކޭމްޕަކީ ކްލަބް ޖީއެސް އިން އިންތިޒާމްކޮށް ހޯރަފުށީ ޕޮލިހާއި އެ ރަށު ކައުންސިލް، ޑަބްލިއުޑީސީ، ކްރައިމް ޕްރެވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ކޭމްޕެކެވެ. ޖުމްލަ 47 ބައިވެރިންނާއިއެކު ހޯރަފުށީ ވޮލީ ކޯޓުގައި އިއްޔެ މި ކޭމްޕް ފަށާފައިވާއިރު، ކޭމްޕެ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ކޭމްޕް ކުރިއަށް […]
އިބްރާހިމް ޚަލީލް
ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ އެ އަތޮޅު ވައިކަރަދޫގައި އިއްޔެ ފަށައިފިއެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޅެފައިވަނީ އަންހެން ބައި ގެ މެޗެކެވެ. އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހަނިމާދޫއާއި ނޭކުރެންދޫ ވިމެންސް ވޮލީ ޓީމެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައި ވަނީ ހަނިމާދޫއިންނެވެ. މި […]
އިބްރާހިމް ޚަލީލް
ނޭޕާލްގެ ހުޅަނގަށް އައި ވަރުގަދަ ބިންހެލުމަކާ އެކުގައި 100 އަށް ވުރެ ގިނަ މީހުން ރޭ މަރުވެއްޖެއެވެ. ނެޝަނަލް ސެންޓަ ފޯ ސެސްމޮލޮޖީން ބުނި ގޮތުގައި މި ބިންހެލުން އައި ކަމަށް ރިކޯޑް ކުރެވިފައި ވަނީ 6.4 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އެކަމަކު، އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ނޭޕާލަށް އައި ބިން ހެލުން ރިކޯޑް ކުރެވިފައި ވަނީ 5.6 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. މި ބިންހެލުމާ އެކުގައި ރެސްކިއު ޓީމުތަކުން ވަނީ ނޭޕާލްގެ ހުޅަނގު ސަރަހައްދު […]
މުޙައްމަދު
ޤައުމުގެ ހައްގުގައި އަމިއްލަ ފުރާނަ ފުރުބާންކޮށް ޝަހީދުވެދިޔަ ކޮންމެ ބޭފުޅެއްގެ ޒިކުރާ އާކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޤައުމީ ވާޖިބެއް ކަމަށް އިންތިހާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަސްރުގެ ދުވަހު ޕީއެސްއެމް އިން ގެނެސްދޭ “ދިވެހީންގެރާއްޖެ” ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިންތިހާބީ ނައިބު ރައީސް ވިދާޅުވީ އެބޭބޭފުޅުންގެ ޒިކުރާއާކޮށް އެފަދަ ދުވަސްތައް ފާހަގަކުރުމަަށް ސަރުކާރުތަކުން ކުޑަކޮށް ވެސް ފަރުވާކުޑަކޮށްގެން ނ...
މުޙައްމަދު އަފްރާޙް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދެމުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް މޫސާ ކައުޔަޝް ކައިލް ބުނީ މި އަހަރު މުބާރާތުގައި ރަށުން ބޭރު ޓީމްތަކަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށާއި، މިގޮތުން ހަނިމާދޫ ދާއިރާގެ ރަށްތަކުގެ ތެރެއިން ތިން ރަށަކަށް ދައުވަތު ދިނުމަށް ވިސްނަމުން އަންނަ ކަމަށެވެ. މޫސަ އިތުރަށް...
އިބްރާހިމް ޚަލީލް
އެސްޓީއޯއިން އަހަރު ނިންމާލުމުގެ ގޮތުން ކޮންމެ އަހަރެއްގެ ފަހުކޮޅު ކުރިއަށްގެންދާ “އިޔާ އެންޑް ސޭލް” ފަށައިފިއެވެ. “އެސްޓީއޯ އިޔާ އެންޑް ސޭލް” ރަސްމީކޮށް ފަށާފައިވަނީ އިއްޔެ އެސްޓީއޯގެ ސުޕަމާޓުގައި ބޭއްވި ހަފްލާއެއްގައެވެ. މި ސޭލް ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލް ފައްތާހުއެވެ. މިއަހަރުގެ ސޭލް ކުރިއަށްދާނީ ޑިސެމްބަރުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސޭލް ކުރިޔަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. މި […...
އަޙްމަދު ވަހީދު
ދިވެހިރާއްޖޭ ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން މިފެށޭ 2024 ވަނަ އަހަރުން ފެށިގެން މިފެށޭ އައު ސަރުކާރުން ދެއްވާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދަކީ ދިވެހިރާއްޖޭގެ 36 ވަނަ ނަސްރުގެ ދުވަހެވެ. މިއަދުގެ މުނާސަބާގައި ”އެކްސް” މެދުވެރިކޮށް އިންތިޚާބީ ރައީސް ވަނީ ނަސްރުގެ ދުވަހުގެ ހެޔޮ ދުޢާއާއި ތަހްނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ. ”ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް...
ޙުސައިން ޝަހުދީ
ނަސްރުގެ ދުވަހެއް ފާހަގަކުރާއިރު ޢަޒުމަކަށް ހަދަންވީ މި ޤައުމުގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މިއަދު ފާހަގަ ކުރަމުން ދަނީ ރާއްޖޭގެ 36 ވަނަ ނަސްރުގެ ދުވަހެވެ. ރައީސްގެ މިއަދުގެ ޚިދުތާބުގައި ވިދާޅުވެފައި ވަނީ، ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، ޤައ...
ޙުސައިން ޝަހުދީ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެކައުންޓުތަކުގެ މައުލޫމާތު އަދާނުކުރާނަމަ ބަންދުކުރާނެކަމަށް ބުނާ ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިލައްވައިފިއެވެ. އެ އިދާރާ އިން ވިދާޅުވީ އައިޑީ ކާޑާއި ޕާސްޕޯޓުގެ މައުލޫމާތު އަދާހަމަ ކުރަން ބުނާ އެ ޕޯސްޓުތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ކަމަށެވެ. މި ދުވަސްކޮޅު އެފަދަ ޕޯސްޓުތަކާއި މެސެޖުތައް ފޮނުވުން އިތުރުވެފައިވާކަން ފާހަގަކުރައްވައި އެ އިދާރާ އިން ވިދާޅުވީ މިގޮތަށް ދައ...
މުޙައްމަދު އަފްރާޙް
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އުމުރުން 22 އަހަރުގެ ބްރެޒިލްގެ ހުނަރުވެރު ފޯވާޑް ރޮޑްރިގޯ، އެ ޓީމާއިއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ. ރޮޑްރިގޯ ރެއާލާއި ގުޅިފައި ވަނީ އޭނާގެ އުމުރުން 18 އަހަރުގައި ބްރެޒިލްގެ ސަންޓޯސްއިންނެވެ. ރެއާލާއިއެކު އޭނާ ހަދާފައިވާ އައު އެއްބަސްވުމުގެ ދަށުން 2028 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް އޭނާ އެ ޓީމްގައި މަޑުކުރާނެއެވެ. ރޮޑްރިގޯ މިހާތަނަށް ރެއާލަށް 179 މެޗު ވަނީ ކުޅެފައެވެ. އެ މެޗުތަކުގައި އޭނާ ވަނީ 39 ލަނޑު ޖަހާފައެވެ. […]
އިބްރާހިމް ޚަލީލް
މަސް ހިފަން އުޅުނު މީހެއްގެ ގައިގާ ލޯންޗަކުންޖެހި، އެމީހާ ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ދަނގަޑެއް ހިފައިގެން މަސް ހިފަން މޫދަށް ފައިބައިގެން އުޅުނު މީހެއްގެ ގައިގާ ގއ. ގެމަނަފުށި ފަޅަށް ވަންނަން ދިޔަ ލޯންޗަކުންޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓު މިރޭ އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނިޔާވެފައި ވަނީ އުމުރުން 45 އަހަރުގެ ދިވެއްސެކެވެ. އެއީ ގއ. [...
ޔުމްނާ ޢަލީ
އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހދ. ވައިކަރަދޫ ދާއިރާއިރާގެ ތިން ރަށުގައި މުޅިން އަލަށް ހަ މަޝްރޫޢެއް ފަށަން ހިމަނައިފިއެވެ. މިގޮތުން އެ ދާއިރާގައި އަލަށް މަޝްރޫޢުތައް އެންމެ ގިނައިން ހިމަނާފައި ވަނީ ނެއްލައިދޫގައެވެ. އެރަށުގައި ތިން މަޝްރޫޢެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނޭ އެރަށުގައި ޑިންގީ ޕްލެޓް ފޯމެއް ގާއިމުކުރަން 300،000 ރުފިޔާ ބަޖެޓްގައި ޖަހާފައި އޮތްއިރު، އެރަށުގައި އިންޑޯ ޖިމެއް އަޅަން 150،000 ރުފިޔާ ޖަހާފަވެއެވެ. އަދި ފުޓްސަލް ދަނޑެއް އަޅަން 220،000 […]
ޔުމްނާ ޢަލީ
ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” އަށް އެ އަތޮޅުން ބޮޑު ތަރުހީބެއް ލިބިފައިވާކަމުގައި މިޑްލް ސްޕޯޓްސް ކުލަބުން ހާމަކޮށްފިއެވެ. މި މުބާރާތަކީ ފާއިތުވި ދެ އަހަރު ރަމަޞާން މަހު ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުގެ ފަރާތުން “ދިއްދޫ އެންމެ އަލިގަދަތަރި” ނަމުގައި ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. އެ ދެ އަހަރު މި މުބާރާތް ހާއްސަ ކޮށްފައި ވަނީ ދިއްދޫގައި ދިރިއުޅޭ […]
އިބްރާހިމް ޚަލީލް
ހދ. އަތޮޅަށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަށިބޯޅަ މުބާރާތް ރާވާ ހިންގައި ދޭނެ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި މުބާރާތަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން “ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023” ގެ ނަމުގައި ކުރިއަށް ގެންދަން ނިންމާފައިވާ މުބާރާތެކެވެ. މި މުބާރާތް ރާވާ ހިންގުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މި މަހުގެ […]
އިބްރާހިމް ޚަލީލް
ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަނަށް މަގުފައިވާގޮތަކަށް އަމަލުކުރާކަމަށް ފަތުރަމުންދާ ހަބަރުތައް އެ ކުންފުނިން ދޮގުކޮށްފިއެވެ. ފެނަކައިން މިހެން ބިނެފައިވަނީ 100 މިލިއަން ރުފިޔާއާ ގާތްކުރާ ކޮރަޕްޝަނެއް ހިންގާ ކަމަށް އިއްޔެ ދިޔަރެސް ނޫހުން އާންމު ކޮށްފައިވާ ހަބަރާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. ފެނަކައިން ބުނީ އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތައް ފަތުރަނީ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއ...
އަޙްމަދު ވަހީދު
ހއ. ތުރާކުނުގައި ހިންގި “ފަތަމާ ހިނގާ” ޕްރޮގްރާމު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. އެރަށު ކައުންސިލުން ‘ތިލަދުން’ އަށް މައުލުމާތު ދެއްވަމުން ވިދާޅުވީ މިއީ އެ ކައުންސިލާއި ފީނާ ސްވިމިން އެކަޑަމީ އާއި ދިއްދޫ ޕޮލިސް ކުލަބާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އެރަށު ސްކޫލާއި އަތޮޅު ކައުންސިލު ގުޅިގެން ހިންގި ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމު ހިންގާފައިވަނީ އޮކްޓޯބަރު މަހުގެ 17 ން 28 އަށް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން […]
މުޙައްމަދު އަފްރާޙް
ފެނަކަ ކޯޕަރޭޝަންގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު 8،126 އަށް އަރާ ކަމަށާއި އެމީހުންނަށް މަހަކު 82 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެއެވެ. އިންތިހާބީ ރައީސްގެ އޮފީހުން މިއަދު މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ 2018 ވަނަ އަހަރު ނިމުނު އިރު ފެނަކައިގައި ތިބީ 2،756 މުވައްޒަފުން ކަމަށެވެ. ނަމަވެސް މިއަދު މިހާތަނަށް 8،126 މުވައްޒަފުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. […]
މުޙައްމަދު
އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހދ. ނޮޅިވަރަންފަރުގައި އަލަށް އެއް މަޝްރޫއު، އެ އަތޮޅު ނޮޅިވަރަމްގައި އަލަށް ދެ މަޝްރޫޢު ފަށަން ބަޖެޓްކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު އަންނަ ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވިކަން ފޮނުވިކަން ހާމަކުރައްވާފައިވާއިރު، އެ ބަޖެޓްގައި ހދ. އަތޮޅުގެ ނޮޅިވަރަމް ދާއިރާގެ ނޮޅިވަރަމަށް އަންނަ އަހަރަށް 8،803،623 ރުފިޔާ އަދި ނޮޅިވަރަންފަރަށް 13،674،227 ރުފިޔާ ވަނީ ހިމަނާފައެވެ. މިއީ ހިނގަމުންދާ މަޝްރޫޢުތަކަށާއި، އެވޯޑްކޮށްފަ...
ޔުމްނާ ޢަލީ