އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓު “އެމް-ފައިސާ” މެދުވެރިކޮށް އެކި ކެފޭތަކަށް ފައިސާ ދެއްކުމުން، ކޭޝްބެކް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގައި މާލޭގައި ހިދުމަތް ދޭ އެކި ކެފޭތަކުގެ ތެރެއިން އެމްފައިސާ އިން ފައިސާ ދެއްކޭ ކެފޭތަކަށް އެ ހިދުމަތް ބޭނުންކޮށްގެން ފައިސާ ދެއްކުމުން އެ ބިލުގެ 10 ޕަސެންޓް އަނބުރާ ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ. އުރީދޫގެ މި ޕްރޮމޯޝަނުގެެ ދަށުން ކޭޝްބެކް ލިބޭ ކެފޭތަކުގެ ތެރޭގައި ހިމެނެނީ: * ބްލެކް […]
އަޙްމަދު ވަހީދު
މާލޭގައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި ކޮކާކޯލާ އިމާރާތަށް މިރޭ ކަޅުތެޔޮ ޖަހައިފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާލޭގައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި ކޮކާކޯލާ އިމާރާތަށް ކަޅުތެޔޮ ޖަހާފައިވާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިތަންތަނަށް ބަޔަކު ކަޅުތެޔޮ ޖަހާފައި މިވަނީ އިސްރާއީލުން، ފަލަސްތީނާ ދެކޮޅަށް ހިންގާ އުދުވާނާއި ގުޅިގެން މިތަންތަން ހިމެނޭހެން އިސްރާއީލަށް ނިސްބަތްވާ ވިޔަފާރިތައް ބޮއިކޮޓް ކުރަން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. މ...
ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ އަންހެން ބައިގެ ސެމީ ފައިނަލުގައި ޓީމް ހަނިމާދޫއާއު ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް ވާދަކުރާއިރު، ފިރިހެން ބައިގެ ސެމީގައި ޓީމް ނައިވާދޫއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް ބައްދަލުކުރަނެ ޖެހިއްޖެއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ކުޅުން މިހާރު ނިމިފައިވާއިރު، އަންހެން ބައިގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ނޮޅިވަރަންފަރު ލައިކަންއެވެ. ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދާ ޓީމާއި ތިންވަނ...
އިބްރާހިމް ޚަލީލް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ މަގުމަތިން ހާސިލްވާނެ ކަމެއް ނޫން ކަމަށާއި އެކަން ކުރެވޭނީ އިންޑިއާއާ ވާހަކަ ދައްކައިގެން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްގެ “ދިވެހިންގެ ރާއްޖެ” ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ އިންޑިއާއާ ވާހަކަ ނުދައްކާ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ ހައްލު ނުވާނެ ކަމަށެވެ. “އަޅުގަނޑު މި މައްސަލަ ކިހިނެއްތޯ ހައްލުކުރާނީ އިންޑ...
މުޙައްމަދު
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަނިކޮށް އެމްއެންޑީއެފް އިން ހިފެހެއްޓި އިންޑިއާގެ ޓެމިލް ނާޑޫގެ މަސްވެރިން ދޫކޮށްލައިފިއެވެ. އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އިންޑިއާގެ އަށް މަސްވެރިން އިންޑިއާ އަށް ފޮނުވާލުމުގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން އަވަސް ފިޔަވަޅުތަކެއް އެޅި ކަމަށެވެ. އެހެންވެ، އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ. މި އަށް މަސްވެރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި...
މުޙައްމަދު
އަންނަ ހުކުރު ދުވަހު އެކުލަވާލާ ސަރުކާރު ވެގެން ދާނީ ކޮރަޕްޝަނަށް ނޫނެކޭ ބުނާނެ ސާފު ސަރުކާރަކަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޕީއެސްއެމްގެ “ދިވެހިންގެ ރާއްޖެ” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ. ސަރުކާރުގެ ރިކަރެންޓު ހަރަދު ކުޑަކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަކީ އަމާޒެއް ކަމަށ...
މުޙައްމަދު
އެމަނުކުފާނުގެ ސަރުކާރުވެގެން ދާނީ މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ޓޮޕް މެނޭޖުމަންޓު ތަމްސީލު ކުރާ ސަރުކާރަށް ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ޓީވީއެމްއިން މިއަދު ގެނެސްދިން ”ދިވެހިންގެރާއްޖެ” ޕްރޮގްރާމްގައި ދައުރުވާ ކެބިނެޓްގެ ލިސްޓްތަކާއި ކުންފުނިތަކުގެ ވެރިންގެ ލިސްޓުތަކާއި ގުޅިގެން އުޢިއްޒު ވިދާޅުވީ، އެ ނަންތަކުން 95 އަށްވުރެ ގިނަ ނަން ދިމާވާ ކަމަށެވެ. ކެމްޕޭނުގައި ފެށުނީއްސުރެ ނިމިގެން މިއަދާއި ހަމައަށް އައިއިރުވެސް އެމަނިކުފާނު...
ޔުމްނާ ޢަލީ
ހދ. މަކުނުދޫގައި އެއާޕޯޓެއް ގާއިމު ކުރުމަށް ބިން ހިއްކަމުންދާ ސަރަހައްދަށް ވަނުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ. މަކުނުދޫގައި އެއާޕޯޓު އަޅަން ބިން ހިއްކާ ސަރަހައްދަށް ވަދެއުޅުން އެރަށު ކައުންސިލުން މަނާކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެކަން އަންގައި މަކުނުދޫ ކައުންސިލުން އާންމުކުރެއްވި އެންގުމުގައި ވިދާޅުވެފައި ވަނީ، އެއާޕޯޓު އެޅުމަށް ބިންހިއްކާ ސަރަހައްދާއި، ހަދަމުންދާ ވެލިބަންޑު އަދި ޖަހަމުންދާ ޖީއޯބަންޑުގެ މައްޗަށް ބައެއް މީހުން އަރަމުންދާ ކަމުގެ ޝަކުވާ އެ ކައުންސި...
ޙުސައިން ޝަހުދީ
މަސްވެރިކަމަށް ނުކުމެ އުޅުނު މަސް ދޯންޏެއް ބިންދައިގެން ގޮސްގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވިގޮތުގައި ބިންދައިގެން ގޮސްފައި ވަނީ އައްޑޫ ސިޓީގެ ހުޅަނގު އުތުރުން 25 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެކެވެ. “އޯކިޑް 707″ ނަމަކަށް ކިޔާ މި މަސްދޯނި ބިންދައިގެން ދިއުމާ ގުޅިގެން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ފަށާފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދ...
ޔުމްނާ ޢަލީ
އިންޑިއާގެ ”ނެއިބަހުޑް ފަސްޓް” ސިޔާސަތުގައި ރާއްޖެ އަކީ ހާއްސަ މަގާމެއް ދެވިފައިވާ ގައުމެއް ކަމަށް، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މޯދީ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގައި މިއަދު ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ދިވެހިރައްޔިތުންނަށް ފޮނުއްވަމުން މިއަދު ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. ރައީސް ޞާލިޙަށާއި، ދިވެހި ސަރުކާރަށާއި އަދި ވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، މޯދީ ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ، އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އު...
ޔުމްނާ ޢަލީ
1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އެކުގައި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ހެނދުނު ޤައުމާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައ...
ޙުސައިން ޝަހުދީ
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންއިރު ޤައުމު އޮތް ބިރުވެރި ހާލަތަށް ދައުރު ނިންމާލާއިރު ހެޔޮ ބަދަލު ގެނެސްދެވިއްޖެ ކަމުގެ އިހްސާސް ކުރެއްވޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެންވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން އެމަނިކުފާނު ރައީސް...
ޔުމްނާ ޢަލީ
“ޤައުމެއް ކުރިއަރައިދިއުން އޮތީ، އެ ޤައުމެއް ހިންގުމުގައި ބޭނުންކުރެވޭ ވެރިކަމުގެ ނިޒާމެއްގެ ސަބަބުން ނޫންކަން ހަނދާން ނައްތާ ނުލަމާތޯއެވެ. އަދި ކިއެއްތަ، ޤައުމެއްގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާ އޮތީ، އެ ވެރިކަމެއް ހިންގޭ ގޮތްތަކެއްގެ މައްޗަށެވެ.” މިއީ ދިވެހީންނަށް ޖުމްހޫރީ ވެރިކަން އެންމެ ފުރަތަމަ ތަޢާރަފުކޮށް ދެއްވި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ބަސްފުޅެކެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް ޖުމްހޫރީ ވެރިކަން ތަޢާރަފު ކޮށްދެއްވި ދުވަހު އާ ގާ...
ޢަބްދުﷲ ސަޢީދު
ގައުމަށް ހަމަޖެހުން ބޭނުންވާ ކަމަށާއި، ގައުމު ކުރިއަރުވަން އެންމެން އެކަތިގަނޑަކަށްވެ ގައުމު އިސްކުރުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިފަދައިން އިލްތިމާސް ކުރެއްވީ، މިއަދު ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ މެސެޖުގައެވެ. މި މެސެޖުގައި މުޢިއްޒު ވިދާޅުވީ، ޖުމްހޫރީ ވެރިކަމެއްގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބިގެން ދާނީ ރައްޔިތުންނާއި ސަރުކާރާއި ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތްތަކެއް ކުރެވިގެން ކަ...
ޙުސައިން ޝަހުދީ
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބޭއްވި “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ވަށަފަރުން ކާމިޔާބު ކޮށްފިއެވެ. މާރަންދޫގައި ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފައިނަލް މެޗުގައި މިއަދު ހަވީރު ބައްދަލު ކޮށްފައި ވަނީ ވަށަފަރާއި އުތީމެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވަށަފަރުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވަށަ...
އިބްރާހިމް ޚަލީލް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ”އެކްސް”ގައި ވިދާޅުވެފައިވާ ގޮތުގައި ރައީސް ޞާލިޙް މާދަމާ ޤައުމާ މިޚާޠަބު ކުރައްވާނެއެވެ. އަދި ރައީސް ޤައުމާ މުޚާޠަބު ކުރައްވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކަމަށް މިއުވާން ވިދާޅުވެފަވެއެވެ. ރައީސް ޤައުމާ މުޚާތަބު ކުރައްވާނީ މާދަމާ ހެނދުނު 10:00 ގައެވެ. ރައީސް ޤައުމާ މުޚާތަބު ކުރައްވަން ހަމަޖެހުނުއިރު، މާދަމާ އަކީ...
ޔުމްނާ ޢަލީ
ހަތިޔާރު އެޅި ގްރޫޕަކުން ހައްޔަރުކުރި ލިވަޕޫލްގެ ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒްގެ ބައްޕަ ދޫކޮށްލައިފިއެވެ. ޑިއާޒްގެ ބައްޕަ ރަހީނު ކޮށްފައި ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިން ކޮލަމްބިއާގެ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ “ނެޝަނަލް ލިބަރޭޝަން އާމީ” (އީއެލްއެން) އެވެ. ކޮލަމްބިއާގައި ޑިއާޒްގެ ބައްޕައާއި މަންމަ ރަހީނުކޮށްފައިވަނީ ހަތިޔާރާއެކު ތިބި ދެ މީހަކު ވެހިކަލެއްގައި އައިސް، އެމީހުން ދިރިއުޅެމުންދިޔަ ގެއަށް ވަނުމަށްފަހުއެވެ. ރަހީނުކުރިތާ މަދު ގަޑިއިރުތަކެއް ފަހުން މަންމަ...
އިބްރާހިމް ޚަލީލް
ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ ގެ އަންހެން ބައިގެ ފައިނަލުގެ ފުރަތަމަ ޖާގަ ނޮޅިވަރަންފަރު ލައިކަން ހޯދައިފިއެވެ. މި މުބާރާތް ރާވާލާފައި އޮތީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލު ކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭ ގޮތަށެވެ. އިއްޔެ ހަވީރު ހަނިމާދޫއާއި ލައިކަން ބައްދަލުކުރި މެޗު ލައިކަން އިން ވަނީ ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށް، ގްރޫޕް […]
އިބްރާހިމް ޚަލީލް