އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓު "އެމް-ފައިސާ" މެދުވެރިކޮށް އެކި ކެފޭތަކަށް ފައިސާ ދެއްކުމުން، ކޭޝްބެކް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގައި މާލޭގައި ހިދުމަތް ދޭ އެކި ކެފޭތަކުގެ ތެރެއިން އެމްފައިސާ އިން ފައިސާ ދެއްކޭ ކެފޭތަކަށް އެ ހިދުމަތް ބޭނުންކޮށްގެން ފައިސާ ދެއްކުމުން އެ ބިލުގެ 10 ޕަސެންޓް އަނބުރާ ލިބޭނެއެވެ.

Ad
rt

މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.

އުރީދޫގެ މި ޕްރޮމޯޝަނުގެެ ދަށުން ކޭޝްބެކް ލިބޭ ކެފޭތަކުގެ ތެރޭގައި ހިމެނެނީ:
* ބްލެކް ޕާލް
* މީޓް ސްޓްރީޓް
* ގްލޯރިއާ ޖީންސް
* ޕިއްޒާ އެންޑް ޕާސްތާ މާމާ މިއާ
* ހޮޓް ޑިޝް
* ވީއާރު ކެފޭ

އެމް-ފައިސާއަކީ ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމާއި ފިހާރަ ރެސްޓޯރެންޓް އަދި ކެފޭ ފަދަ ތަންތަނަށް އިތުބަރާއެކު ފަސޭހަކަމާ އެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ވޮލެޓެކެވެ. 

މީގެ އިތުރުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަކަށް ވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާލެވޭނެއެވެ.

އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލް ވޮލެޓަށް ކޭޝްއިން ކުރެވޭނެއެވެ. އަދި، އެމް-ފައިސާ މެދުވެރިކޮށް ކެންސަރު ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އަދި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ފަދަ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވޭނެއެވެ.