ނ. ވެލިދޫ ޖޫނިއާ ކޮލެޖުގެ އިމާރާތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ވެލިދޫ ޖޫނިއަރ ކޮލެޖް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ކޮލަމް ކޮންކްރީޓް މަސައްކަތްތަކެވެ. މި މަޝްރޫއުގެ ދަށުން ލީން ކޮންކްރީޓާއި ޓައި ބީމް މަސައްކަތްތައް މިހާރު ވަނީ ނިމިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން، 10,276 އަަކަ ފޫޓުގެ އެއް […]
އަޙްމަދު ވަހީދު
ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށް ކަމާ ގުޅޭ އުސޫލެއް ހަދަން މޯލްޑިވްސް މީޑިއާ ކައުންސިލުން ފާސްކޮށްފިއެވެ. މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ “ކުރުސީ.ކޮމް” އާއި “ދިޔަވަރު.ކޮމް” އާއި “ދޮންއަމާ.ކޮމް” ނަމުގައި ހިންގާ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ. މީޑިއާ ކައުންސިލުން އަބަދުވެސް ބާރު އަޅަނީ ރާއްޖޭގަ...
މުޙައްމަދު
މި އަހަރުގެ ތެރޭގައި ކ. މާފުށީގައި ޑޮލަރު އޭޓީއެމް ބަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދޭ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ކ.މާފުށީ، ޖަންބުމާގޭ، އަޙްމަދު ސަމީރު ވަނީ މާފުށީގައި ބެހެއްޓުމަށް ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންފައިވާ ޑޮލަރު އޭޓީއެމް ބަހައްޓާނީ ކޮންއިރަކުތޯ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އެ...
މުޙައްމަދު
ބޮޑެތި އިންވެސްޓްމަންޓުތަކާއި މަޝްރޫއުތައް އައުމުން ޑޮލަރު ތިޔާގިވެ، މިހާރަށް ވުރެ ފަސޭހަ އިން ޑޮލަރު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ރައީސް އޮފީހުން ސިލްސިލާކޮށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ކ.މާފުށީ، ޖަންބުމާގޭ، އަހްމަދު ސަމީރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑޮލަރުގެ ދަތިކަމަށް ހައްލެއް އަންނާނީ އިގްތިސާދީ ގޮތުން ގެންނަން ޖެހޭ އިސްލާތައް ގެނެސް އިގްތިސާ...
މުޙައްމަދު
ކ. ގުޅީފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރަށް އަމަލުކުރުން ފަސްކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އާންމު ފަރާތަކުން މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މައްސަލަ ނިމެންދެން މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ […]
ޙުސައިން ޝަހުދީ
ކ. ގުޅީފަޅު ހިއްކުން ހުއްޓުވަން ހައި ކޯޓުން ނެރުނު އަމުރުގެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. ގުޅީފަޅު ހިއްކަމުން ގެންދަނީ ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އާންމު މީހަކު ހުށަހެޅި މައްސަލައަކާ ގުޅިގެން ހައި ކޯޓުން އިއްޔެ އަމުރު ނެރުނީ އެ މައްސަލަ ނިމެންދެން ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށެވެ. އެ އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ. އެޓާނީ ޖެނެރަލް އަހުމަދު […]
ޙުސައިން ޝަހުދީ
ނ. މަނަދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ޖެޓީގެ ކޮލަމް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން ޖެޓީގެ ބާބެންޑިން އަދި ކޮންކްރީޓް މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް […]
އަޙްމަދު ވަހީދު
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އައިޝަތު ރަމީލާ ހަނިމާދޫގެ ދަނޑުވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ހަނިމާދޫގައި އެގްރިކަލްޗަރ ސެންޓަރ ހުރުމުން، އެތަން މެދުވެރިކޮށް ދަނޑުވެރިކަމާއި ގުޅުންހުރި ރަނގަޅު މައުލޫމާތު ހޯދުމުގެ ފުރުސަތު ބޭނުން ފުރިހަމައަށް ހިފުމަށް ހަނިމާދޫގެ ދަނޑުވެރިންގެ ފަރާތުން އެދިލައްވާފައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު...
އިބްރާހިމް ޚަލީލް
ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެންނަން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލާގެ އަޑުއެހުން މި މަހު 25 ވަނަ ދުވަހު ފަށަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އާ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރެއްވުމުން މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައި ވާއިރު، އާ މެމްބަރުން އިންތިހާބުކުރާނެ މުއްދަތު ނެތުމުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާތައް ނުހިމަނައި މެމްބަރުންގެ އަދަދު […]
ޙުސައިން ޝަހުދީ
ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ލުއި ލޯނާއި ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ވަގުތުން އެޕްރޫވްކޮށްދޭން ނިންމައިފިއެވެ. މިއީ ދިވެހިރާއްޖޭގައި ލޯނާއި ފައިނޭންސް މިގޮތަށް އެޕްރޫވްކޮށްދޭ ފުރަތަމަ ފަހަރެވެ. މި ބަދަލާއެކު ޝަރުތުހަމަވާ ކަސްޓަމަރުންނަށް އިންޓަނެޓް އަދި މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ލޯނާއި ފައިނޭންސިން ލިބޭ އަދަދު ފެންނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި އޮންލައިންކޮށް ހުށަހަޅެމުން ލޯނު އެޕްރޫވްކޮށް 4 ގަޑިއިރުތެރޭ އެކައުންޓަށް ފައިސާ ޖަމާކޮށްދެވޭނެ ކަމަށްވެސް ބުންޏ...
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރިއާލް ސޮސިއެޑާޑް ބަލިކޮށް ޕީއެސްޖީން ކުއާޓާ ފައިނަލުގެ އުންމީދު ބޮޑު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. ޕީއެސްޖީގެ ފުރަތަމަ ލަނޑު 58 ވަނަ މިނެޓުގައި ޖަހައިދިނީ އެމަބާޕޭއެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި 44 ވަނަ ލަނޑެވެ. އޭގެ ފަހުން ދެވަނަ ލަނޑެއް ޖަހަން އޭނާ […]
އިބްރާހިމް ޚަލީލް
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހިންގާ އެކި ކަންކަމަށް އެހީތެރިވުމަށް ޞަދަޤާތް ކުރުމުގެ ފުރުސަތު އެ ވުޒާރާއިން ހުޅުވާލައިފިއެވެ. އެ ވުޒާރާއިން ހިންގާ ކަންކަމަށް އެހީވުމަށް ޞަދަޤާތް ކުރަން ހުޅުވާލާފައި ވަނީ، ސަރުކާރުގެ ރަސްމީ ޕޭމަންޓް ނިޒާމް ”ބަންޑޭރި” މެދުވެރިކޮށެވެ. މި ފުރުޞަޠުގެ ދަށުން ލިބޭ އެހީތެރިކަން ބޭނުން ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މިސްކިތްތަކަށް އެހީވުމަށާއި، ޤުރްއާން ހިފްޒު ކިލާސްތަކަށް އެހީ ވުމަށާއި އަދި މީހުން އުމްރާގެ އަޅުކަމަށް ފޮނުވުމަށް އެހީވުން ހިމެނެއެވެ....
ޔުމްނާ ޢަލީ
ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ލާޒިއޯއާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖަހާނެ އެންމެ ފުރުސަތެއް ވެސް ނުހޯދި ބަޔާން ބަލިވެއްޖެއެވެ. ލާޒިއޯގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ 1-0 ގެ ނަތީޖާއިން ބަޔާން ބަލިކޮށްފިއެވެ. މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބަޔާނުން ކުޅުނު ނަމަވެސް ލާޒިއޯގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާނުލެވުނެވެ. ފަހަކަށް އައިސް ބަޔާނުގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށަށް […]
އިބްރާހިމް ޚަލީލް
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އައިޝަތު ރަމީލާ ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރައްވައިފިއެވެ. ވަޒީރު ހަނިމާދޫ ކައުންސިލާއި ބައްދަލު ކުރައްވާފައި މިވަނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް އެ ރަށަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ހަނިމާދޫ ކައުންސިލް އިދާރާގައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން ހަނިމާ...
އިބްރާހިމް ޚަލީލް
ކުރީގެ ޢަދަދާ ގުޅޭ: ދެލޯ ބޮޑުކޮށްލުމަށްފަހު ޖުމާ ތަންކޮޅެއް ބާރަށް ބުންޏެވެ. އަދި އިރުކޮޅެއް ވަންދެން އެފަދައިން ބަލަހައްޓައިގެން ހުރެ ޖުމާ އަވަސް ފިޔަވަޅުތަކެއްގައި ނިކުމެގެން ދިޔައެވެ. ކަންތައް ކުރެވުނު ގޮތުން ޝާހުގެ ހިތް އޭރުވެސް ލަދުން ތެޅިފޮޅެނީއެވެ. *** ނަޖީބުގެއަށް އައި އިރު ކަފީލާ އޮތީ ކޮންމެވެސް ފިކުރެއްގައެވެ. އެނދުމަތީގައި އޮށޯވެލައިގެން އޮތް އިރު އޭނާގެ ލޮލުގެ ހިމަކޮޅުން ކަރުނަ ފައިބަމުންދާތަން ނަޖީބަށް ފެނުނެވެ. އެހެންކަމުން ނަޖީބު އެންމެ އިސްކަމެއްގެ ގޮތުގައި ކަފީލާއާ ވާހަކަ ދައްކަ...
ސަލާމާ ޢަބްދުލް ޢަލީމް
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހި ބަހުގެ މާއްދާ އާއި އިސްލާމް މާއްދާ ކިޔަވައިދިނުމަށް އޮންލައިން ޕްރޮގްރާމެއް އިފްތިތާޙްކޮށްފިއެވެ. “ރިވެލި” ނަމުގައި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމަށް ފެށި މި އޮންލައިން ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ރައީސް، މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ އެ މަނިކުފާނު އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއ...
ޔުމްނާ ޢަލީ
ސަރުކާރުގެ “ހަފްތާ 14” ގެ ދަށުން ދިވެހިރާއްޖޭގައި ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް، އެކަށީގެންވާ ގޮތަށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ޒަމާނީ ގޮތްތައް ތައާރަފް ކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ވާޓިކަލް ފާމިން ޕައިލެޓް ޕްރޮޖެކްޓް ހަނިމާދޫގައި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ. މި ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ މިއަދު ހަވީރު ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއަޔާތެއްގައި ދަނޑުވެރިކަމާއި ދި...
އިބްރާހިމް ޚަލީލް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހަމަވިއިރު، 93 ދާއިރާއަކަށް 381 ކެންޑިޑެސީ ފޯމް ހުށަހަޅައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބަށް ކުރިމަތިލުމަށް މިއަދު މެންދުރު 2:00 އާ ހަމައަށް ވަގުތު ހަމަވިއިރު، 381 ފޯމް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ފޯމްތައް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން […]
މުޙައްމަދު