މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 810 ވަނަ ޞަފްޙާ

ޗައިނާގައި ކައިވެނި ނުކޮށް ފަސް ކުރާ ޒުވާނުންގެ އަދަދު އިތުރުވަނީ!

ޗައިނާގައި ކައިވެނި ނުކޮށް ފަސް ކުރާ ޒުވާނުންގެ އަދަދު އިތުރުވަނީ!

ޗައިނާގައި ޒުވާން އުމުރުގައި ކައިވެނި ނުކޮށް، ކައިވެނި ފަސް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޗައިނާގެ އާބާދީގެ ތެރެއިން އުމުރުން 25 އަހަރާއި 29 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން %50 މީހުން މިދިޔަ އަހަރު ނިމުނުއިރު ވެސް ކައިވެނިކޮށްފައެއް ނުވެއެވެ. އޭގެތެރޭގައި ގިނައީ ބޮޑެތި ސިޓީތަކާއި އަވަށްތަކުގައި ދިރިއުޅެމުން ނުދާ ޒުވާނުންނެވެ. އެ ޒުވާނުން ކައިވެންޏަކާ ހަމައަށް ނުދާ އެންމެ ބޮޑު އެއް ސަބަބަކީ ޗައިނާގެ އިގްތިސާދީ ހާލަތު […]

މުޙައްމަދު
ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ހަރު ކުރަން ޗައިނާގެ ކުންފުންޏަކަށް

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓު ހަރު ކުރަން ޗައިނާގެ ކުންފުންޏަކަށް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކުގައި ލިފްޓްހަރުކުރުމަށް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕްއާ އެކުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ހިޔާ ފްލެޓްތަކުގައި ޖުމްލަ 32 ލިފްޓް ބެހެއްޓޭނެއެވެ. އެއީ ކޮންމެ ޓަވަރެއްގައި ދެ ލިފްޓެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސް...

މުޙައްމަދު
އުރީދޫ އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންޝުއަރެންސް ތައާރަފުކޮށްފި

އުރީދޫ އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންޝުއަރެންސް ތައާރަފުކޮށްފި

އުރީދޫ އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންޝުއަރެންސް ތައާރަފުކޮށްފިއެވެ. މިއީ އުރީދޫ މޯލްޑިވްސްއާއި އަމާނަ ތަކާފުލްއާ ގުޅިގެން ތައާރަފުކުރި އިންޝުއަރެންސް ޕެކޭޖެކެވެ. މި ޕެކޭޖު ތައްޔާރުކޮށްފައިވަނީ އެމް-ފައިސާ މެދުވެރިކޮށް ނެގޭ ގޮތަށް ކަމަށް އުރީދޫން ބުންޏެވެ. އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ހާއްސަކޮށްގެން ފޯރުކޮށްދޭ ހިދުމަތެކެވެ. އެގޮތުން، ރާއްޖެއިން ބޭރަށް ކުރާ ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުންތަކަށް އެ ޕެކޭޖު މެދުވެރިކޮށް ބ...

އަޙްމަދު ވަހީދު
އެންމެ އަވަހަށް ހުޅުވާލާ ހައުސިން ސްކީމެއްގައި ރިސޯޓް މުވައްޒަފުންނަށް ފްލެޓު ދެނީ

އެންމެ އަވަހަށް ހުޅުވާލާ ހައުސިން ސްކީމެއްގައި ރިސޯޓް މުވައްޒަފުންނަށް ފްލެޓު ދެނީ

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށް ހައުސިން ސްކީމުތަކުން ފުރުސަތު ދިނުމުގެ ގޮތުން، އެންމެ އަވަހަށް އިއުލާންކުރާ ސްކީމަކުން ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ރ. މީދޫ، ނަރުގިސް، ތޯހާ ހުސައިން، “ރައީސްގެ ޖަވާބު” ސެގްމަންޓްގައި ކުރި ސުވާލަކާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ހައުސިން ސްކީމެއް ސޯޝަލް ހައުސިން މަޝްރޫއ...

މުޙައްމަދު
ޗައިނާގެ ޝިއަންމެން އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ޗައިނާގެ ޝިއަންމެން އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ޗައިނާގެ ޝިއަންމެން އެއާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ. އެމްއޭސީއެލް އިން ބުނީ، އެ އެއާލައިން އިން މިވަގުތު ކުރަނީ ޗާޓާ ދަތުރުތަކެއް ކަމަށެވެ. އެގޮތުން، މިއަދު އައި ފްލައިޓުގެ އިތުރުން މިމަހުގެ 18 އާއި 22 ގައި ވެސް ދަތުރުތައް ރާއްޖެއަށް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މިއީ ޗައިނާގެ ފޫޖިއަން ސިޓީއިން ރާއްޖެއަށް ކުރާ ސީދާ ދަތުރުތަކެކެވެ. އެ އެއާލައިނުން މިއަދު ވަނީ ރާއްޖެއަށް 238 ފަތުރިވެރިން ޒިޔާރަތް ކޮށްފައެވެ. ކުރިއަށް އޮތްތަނުގައި […]

އަޙްމަދު ވަހީދު
ދުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި 130 ކުންފުނިން 290 މަންދޫބުން

ދުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި 130 ކުންފުނިން 290 މަންދޫބުން

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ދުބާއީގައި ބޭއްވި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި 130 ކުންފުންޏަކުން 290 މަންދޫބުން ބައިވެރިވި ކަމަށް މިނިސްޓްރީން ބުނެފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފްވެރިކޮށް ދެއްވި މި ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ފޯރަމްގައި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް ޑިރެކްޓާ ޖެނެރަލް ވެސް ބައިވެރިވެވަޑައިގެން ވާހަކަ ދެ...

މުޙައްމަދު
ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ހައި ކޯޓުން އަންގައިފި

ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ހައި ކޯޓުން އަންގައިފި

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅީ އާންމު ފަރާތަކުންނެވެ. އެ މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލަން އެދުމުން ސިވިލް ކޯޓުން ނިންމާފައި އެފަދަ އަމުރެއް ދެވެން ނެތް ކަމަށެވެ. ނަމަވެސް ހައި ކޯޓުގެ ދެ ފަނޑިޔާރުގެ އަގުލަބިއްޔަތުން މިއަދު ނެރުނު އަމުރުގައި ވަނީ ސިވިލް […]

ހުސައިން ހަބީބް
"ގައުމީ ކުންފުނި" ރަޖިސްޓްރީކޮށް ނުދިން މައްސަލަ ކޯޓުން ކާމިޔާބެއްނުވި

"ގައުމީ ކުންފުނި" ރަޖިސްޓްރީކޮށް ނުދިން މައްސަލަ ކޯޓުން ކާމިޔާބެއްނުވި

ގައުމީ ކުންފުނީގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކުރަން ހދ. ދިއްދޫ މީހަކު ހުށަހެޅުމުން އެ ނަމުގައި ކުންފުނި ސަރުކާރުން ރަޖިސްޓްރީކޮށް ނުދިން މައްސަލާގައި 2.3 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން ކުރި ދައުވާ ސާބިތުނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ގައުމީ ކުންފުނި ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް ރަޖިސްޓްރީކުރަން ދިއްދޫ މީހަކު 2012 ވަނަ އަހަރު ހުށަހެޅުމުން ރަޖިސްޓްރާ އޮފް ކޮމްޕެނީސް އެކަމަށް ދެކޮޅު ހެދުމަށްފަހު ނިންމީ ގައުމީގެ ނަމުގައި ކުންފުނި އުފެއްދޭނީ ސަރުކާރަށް އެކަނި […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ޒަކާތާއި ބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީގައި ޒަކާތާއި ބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް

ހދ. ކުޅުދުއްފުށި ސިޓީގައި ޒަކާތާއި ބެހޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ބާއްވާ މި ޕްރޮގްރާމް ބާއްވަން ނިންމާފައި ވަނީ މާދަމާ (15 ފެބްރުއަރީ 2024)ގެ މެންދުރު 2:30ގައި އެ ސިޓީގެ އެން.އޯސީ ކޮންފަރެންސް ހޯލް (2 ވަނަ ފަންގިފިލާ) ގައެވެ. ”ޒަކާތު ހައުސް އެވެއާނަސް ޕްރޮގްރާމް” ނަމުގައި ގެންދާ މި ޕްރާގްރާމްގައި ބައިވެރިވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގެ ހުރިހާ ވިޔަފާރިވެރިންނަށް ދަޢުވަތު އަރުވާފައެވެ. ދިވެހިރާއްޖޭ...

ޔުމްނާ ޢަލީ
މަސްރޭހެއް ކެންސަލް ކުރުމުން ދިޔައީ ކޯޓަށް

މަސްރޭހެއް ކެންސަލް ކުރުމުން ދިޔައީ ކޯޓަށް

ލ. ފޮނަދޫގައި ބާއްވަން ރޭވި މަސް ރޭހެއް ކެންސަލްކުރި މައްސަލާގައި ބަދަލު ހޯދަން ދައުވާ ކުރުމުން ބަދަލު ދޭންޖެހޭ ސަބަބެއް ނެތް ކަމަށް އެރަށު ކޯޓުން ހުކުމްކޮށްފި އެވެ. ފޮނަދޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން މިދިޔަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް މަސްރޭހެއް ބާއްވަން ނިންމި އެވެ. ނަމަވެސް އެ މަސް ރޭހަށް ފުރައިގެން ދިޔަ ފަހުން މަސް ރޭސް ކެންސަލްކުރި އެވެ. އެ މައްސަލާގައި އެ ކޮމިޓީއާ ދެކޮޅަށް ދައުވާކުރީ އެ ރޭހުގައި […]

ހުސައިން ހަބީބް
ރައީސް ދެއްވީ ރާއްޖޭގައި ވިޔަފާރިކުރުމަށް ރައްކާތެރި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން

ރައީސް ދެއްވީ ރާއްޖޭގައި ވިޔަފާރިކުރުމަށް ރައްކާތެރި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން

ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް މި ސަރުކާރުން ރައްކާތެރި، އަމާން އަދި އެކަށޭނަ ޖާގަ ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މި ޔަޤީންކަން ދެއްވީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގައި ބޭއްވި “އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ” ގައި ކުރެއްވި ތަޤްރީރު ގައެވެ. މި ފޯރަމްގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެ...

ޔުމްނާ ޢަލީ
ބިޔަރުން ޑިއުޓީ ނަގާ، ދައުރު ވަނީ ސައްހަ ވާހަކައެއް ނޫން: ކަސްޓަމްސް

ބިޔަރުން ޑިއުޓީ ނަގާ، ދައުރު ވަނީ ސައްހަ ވާހަކައެއް ނޫން: ކަސްޓަމްސް

ބިޔަރު ދަޅުން އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ލީޓަރަކަށް 15 ރުފިޔާ ޑިއުޓީ ނެގޭ ބާވަތެއްކަން މޯލްޑިވްސް ކަސްޓަމްސްއިން ބުނެފިއެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ޕޯސްޓެއްގައި ޒަމްޒަމް ފެނުން ޑިއުޓީގެ ގޮތުގައި %15ނަގާއިރު، ބިއަރު އިމްޕޯޓް ޑިއުޓީގެ ގޮތުގައި %0 ނަގަމުން އަންނަ ކަމަށް ބުނެފައިވެއެވެ. ކަސްޓަމްސް އިން ބުނީ ދައުރުވަމުންދާ ސްކްރީންޝޮޓް އަކީ ކަސްޓަމްސް ވެބްސައިޓް ސަރޗް ރިޒަލްޓްގެ އެއްބައި ހިމަނައި، ގަސްތުގައި ރައްޔިތުންނަށް އޮޅުން އަރާގޮތަށް ނަގައި، ބޭނުންކޮށްފައިވާ ފޮޓޯއެއް ކަަމަށެ...

މުޙައްމަދު
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް އުފައްދައިފި

ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް އުފައްދައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި މިއަދު އުފައްދަވައިފިއެވެ. ރައީސް އޮފީހުން ބުނީ، “ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ”ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވާފައިވާ ކަމަށެވެ. އެ އޮފީހުން ބުނި ގޮތުގައި ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމު ކުރީ ރާއްޖެ އާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށް ވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިގްތިސާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރިއެރުވުމަށެވެ. ތުރުކީގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރަން […]

މުޙައްމަދު
ބޮޑުތިލަދުންމަތީގެ ޑަބްލިއުޑީސީތަކަށް ބޭއްވި މަހާސިންތާ ނިންމާލައިފި

ބޮޑުތިލަދުންމަތީގެ ޑަބްލިއުޑީސީތަކަށް ބޭއްވި މަހާސިންތާ ނިންމާލައިފި

ބޮޑުތިލަދުންމްތީގެ ރަށްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް އަމާޒުކުރެވިގެން ކުޅުދުއްފުށީގައި ބޭއްވި މަހާސިންތާ ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް މި މަހާސިންތާ ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ހަފްތާ ބަންދުގައެވެ. މި މަހާސިންތާގައި ހއ، ހދ، އަދި ށ އަތޮޅުގެ ޑަބްލިއުޑީސީތަކުން 39 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މިއީ ހޯޕް ފޮރ ވިމެން ޖަމްޢިއްޔާގެ ފަރާތުން، އެޝިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކުޅުދުއްފުށީ އަންހެނު...

އިބްރާހިމް ޚަލީލް
ޓިކެޓު އަތުލައި އެމްޑީޕީން ވަކިކުރި ޖާބިރު، މަޖިލިހަށް ވާދަކުރައްވަން ހުށަހަޅުއްވައިފި

ޓިކެޓު އަތުލައި އެމްޑީޕީން ވަކިކުރި ޖާބިރު، މަޖިލިހަށް ވާދަކުރައްވަން ހުށަހަޅުއްވައިފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޓިކެޓު އަތުލައި ޕާޓީން ވަކިކޮށްފައި ވަނިކޮށް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ. ޖާބިރު، ޕާޓީން ވަކިކޮށް ޓިކެޓު އަތުލީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އަދި ކެނޑިޑޭޓަކަށް ވެ ހުންނަވައި، މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް އާންމުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، މަސްލަހަތު...

މުޙައްމަދު
އިމާރާތެއްގެ 9 ވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެ

އިމާރާތެއްގެ 9 ވަނަ ބުރިން ވެއްޓުނު މީހާ މަރުވެއްޖެ

މާލޭގެ ޗާންދަނީ މަގުގައި ހުންނަ އިމާރާތެއްގެ ނުވަ ވަނަ ބުރިން ވެއްޓުނު މީހާ މިއަދު މަރުވެއްޖެއެވެ. އައިޖީއެމްއެޗުން ބުނީ މާލޭގެ އިމާރާތަކުން ވެއްޓުނު އިންޑިއާގެ ފިރިހެން މީހާ އަށް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައި ވަނީ މެންދުރު ފަހު 1:40 ހާއިރު ކަމަށެވެ. އެނގިފައިވާ ގޮތުގައި އެމީހާ ވެއްޓުމުގެ ސަބަބުން ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބުނެވެ. އެ ފިރިހެން މީހާ ވެއްޓުނީ ސަލާމަތީ އެއްވެސް ފިޔަވަޅެއް ނާޅައި އޭސީއެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރަން […]

މުޙައްމަދު
ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި

ކުރިނބީ އާއި ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައިފި

ހދ. ކުރިނބީ އާއި ހއ. ފިއްލަދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ. ކުރިނބީ ޕޮލިސް ޕޯސްޓް ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކުރިނބީ ކައުންސިލު ރައީސް ޢަބްދުﷲ އަސްލަމްއެވެ. ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ފިއްލަދޫ ކައުންސިލު […]

ޔުމްނާ ޢަލީ
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ. އެމްޑީޕީން މިއަަދު ބުނީ، އެ ޕާޓީގެ ރައީސްގެ މަޤާމުގެ އިންތިޚާބު 02 މާރޗް 2024 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ޕާޓީގެ ރައީސްގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މެންބަރުންނަށް އެފުރުޞަތު މިއަދުން ފެށިގެން 20 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ. އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ […]

ޔުމްނާ ޢަލީ