މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 783 ވަނަ ޞަފްޙާ

އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެ، މާލެ އަދި ގެމަނަފުއްޓަށް

އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެ، މާލެ އަދި ގެމަނަފުއްޓަށް

ރާއްޖެއަށް އިއްޔެ ކުރި ވިއްސާރާއިގައި މާލެ އާއި ހުޅުލެ އަދި ގއ. ގެމަނަފުއްޓަށް 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހިފައިވާ ކަމަށް މޯލްޑިވްސް މީޓިއަރޮލޮޖީ ސާވިސް އިން ހާމަކޮށްފިއެވެ. މެޓް އޮފީހުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ އިން ވާރޭ ވެހުނީ ހުޅުލެއަށެވެ. ހުޅުލެއަށް 108.4 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެވަނަ އަށް އެންމެ ގިނައިން ވެހުނީ މާލެއަށެވެ. މާލެއަށް 103.5 މިލިމީޓަރުގެ ވާރޭ ވެހުނެވެ. އަދި […]

މުޙައްމަދު
ޓެކުހުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭނެ ގޮތް ހަދާނަން: ރައީސް

ޓެކުހުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭނެ ގޮތް ހަދާނަން: ރައީސް

ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ ޓެކްސްތަކުން ބައެއް ކައުންސިލްތަކަށް ޖަމާވާ ގޮތަށް ގާނޫނު އިސްލާހު ކުރެއްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ފ. ފީއަލީ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު މިހާތަނަށް ކުރެއްވި ދަތުރުފުޅުގައި 168 ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލު ކުރެއްވުނު އިރު، އެތަންތަން ބާރުވެރި ކުރުވަން ޖެހޭ ކަން އެ ބައްދަލ...

މުޙައްމަދު
ބާސާއާއި ރެއާލް މޮޅުވިއިރު ޖިރޯނާ ބަލިވެއްޖެ

ބާސާއާއި ރެއާލް މޮޅުވިއިރު ޖިރޯނާ ބަލިވެއްޖެ

ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ ކުރީގައި އުޅޭ ތިން ޓީމްގެ ތެރެއިން ބާސެލޯނާއާއި ރެއާލް މެޑްރިޑް ކުޅުނު މެޗުތައް ކާމިޔާބުކުރި އިރު ޖިރޯނާ ބަލިވެއްޖެއެވެ. ރަށުން ބޭރުގައި ރޭ ރެއާލް ނުކުމެފައި ވަނީ މަޔޯކާއާއި ދެކޮޅަށެވެ. މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ ޗުއަމެނީއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ މަޔޯކާގެ އޭރިއާ ބޭރުގައި ހުރެ […]

އިބްރާހިމް ޚަލީލް
"ސޮނޭވާ ސީކްރެޓް" ހދ.އަތޮޅުގައި ހުޅުވި ދެވަނަ ރިސޯޓް

"ސޮނޭވާ ސީކްރެޓް" ހދ.އަތޮޅުގައި ހުޅުވި ދެވަނަ ރިސޯޓް

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބައިގަރުނަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައި ވީނަމަވެސް، އެ މުއްދަތުގައި އެކަށީގެންވާވަރާއި ގާތަށް ވެސް ފަތުރުވެރިކަން ކުރިއަރުވަން އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައިނުވާ ހދ.އަތޮޅުގައި ދެވަނަ ރިސޯޓެއް ހުޅުވައިފިއެވެ. ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ލަގްޒަރީ ރިސޯޓު ހިންގުމުގައި މަޝްހޫރު ސޮނޭވާއިން ހދ.މަކުނުދޫ ފަޅުތެރޭ ތަރައްގީކޮށްފައިވާ “ސޮނޭވާ ސީކްރެޓް ރިސޯޓް” ހުޅުވާފައިވަނީ 14 ބީޗް އަދި ވޯޓާ ވިލާއާއި އެކުއެވެ. އެ ރިސޯޓުގައި ހަ ވައްތަރެއްގެ ވިލާ ހަދ...

އިބްރާހިމް ޚަލީލް
ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް ނިލަންދޫ ހަދައިދޭނަން: ރައީސް

ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް ނިލަންދޫ ހަދައިދޭނަން: ރައީސް

ފ.އަތޮޅުގެ ރައްޔިތުން ފަޚުރުވެރިވާފަދަ އާބަން ސެންޓަރަކަށް އެ އަތޮޅުގެ ވެރިރަށް ނިލަންދޫ ހައްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު އެމަނިކުފާނު ފ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ނިލަންދޫއަށް ވަޑައިގެން ރޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލުވާގޮތަކަށް ކަންކަން ކުރުމެވެ. އެގޮތުން މި ސަރުކާރ...

ޔުމްނާ ޢަލީ
އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

އައްޑޫގެ ފެނުގެ ނިޒާމް ތަރައްގީކުރަން 282 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާ މިއަދު ހަވާލުކޮށްފިއެވެ. މިއަދު އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، އިންފްރަސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތައާމް މުހައްމަދުއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ހިތަދޫ...

އަޙްމަދު ވަހީދު
މަޖިލިސް އިންތިހާބާ ގުޅޭ 41 މައްސަލައެއް އީސީ އަށް ހުށަހަޅައިފި

މަޖިލިސް އިންތިހާބާ ގުޅޭ 41 މައްސަލައެއް އީސީ އަށް ހުށަހަޅައިފި

މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅޭ 41 މައްސަލައެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ. އެ ކޮމިޝަނުން ބުނީ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގެ ތެރެއިން 38 މައްސަލައެއް ބަލަން ނިންމައި ހަތަރު މައްސަލައެއް މިހާރު ވެސް ބަލަން ފަށާފައިވާ ކަމަށެވެ. އީސީ އަށް އެންމެ ގިނަ ހުށަހެޅީ ވޯޓުލުމުގެ ހައްގާ ގުޅޭ މައްސަލަތަކެވެ. އެގޮތުން 26 މައްސަލައެއް ކޮމިޝަނަށް ހުށަހެޅިއެވެ. އޭގެއިތުރން ކެމްޕެއިން ކުރުމާ ގުޅޭ […]

މުޙައްމަދު
ޔާމީންގެ މައްސަލަ ލަސްވާތީ އަސްލަމް ޖޭއެސްސީ އަށް ހުށަހަޅަނީ

ޔާމީންގެ މައްސަލަ ލަސްވާތީ އަސްލަމް ޖޭއެސްސީ އަށް ހުށަހަޅަނީ

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފްގެ މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާ ކަމަށް ވިދާޅުވެ، އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ. އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭން ޖެހޭ […]

މުޙައްމަދު
އިންޑިއާ ސިފައިންގެ ދެ ވަނަ ބެޗު ރާއްޖެ އިން ފައިބައިފި

އިންޑިއާ ސިފައިންގެ ދެ ވަނަ ބެޗު ރާއްޖެ އިން ފައިބައިފި

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ދެ ވަނަ ބެޗު، ރާއްޖެ އިން ފައިބާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. މި މަހުގެ 21 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ހިތަދު އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު އެ ބެޗްގެ ސިފައިން ރާއްޖެ އިން ފައިބާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ […]

މުޙައްމަދު
މާލެއާއި އެއްފެންވަރަށް އައްޑޫ ތަރައްޤީކޮށްދޭނަން: ރައީސް

މާލެއާއި އެއްފެންވަރަށް އައްޑޫ ތަރައްޤީކޮށްދޭނަން: ރައީސް

އައްޑޫ ސިޓީގެ ރައްޔިތުންނަކީ ތަރައްޤީގެ އުންމީދުގައި ދެބަ ދޭތެރޭ ތިބޭ ބަޔަކަށް ވާން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި، މާލެއާއި އެއްފެންވަރަށް އެ ސިޓީ ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިމަހުގެ 21 ވަނަ ދުވަހު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރު ހިންގާ އިއްތިހާދަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އައްޑޫ ސިޓީގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ރޭގެ ވާހަކަފުޅުގ...

ޔުމްނާ ޢަލީ
މޯލްޑިވިއަނުން ހަނިމާދުއާއި ޓްރިވެންޑްރަމާ ދެމެދުގެ ދަތުރުތައް އަލުން ފަށައިފި

މޯލްޑިވިއަނުން ހަނިމާދުއާއި ޓްރިވެންޑްރަމާ ދެމެދުގެ ދަތުރުތައް އަލުން ފަށައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް ޤައުމީ އެއާލައިން މޯލްޑިވިއަނުން، ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށައިފިއެވެ. މިދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށެވެ. އެ އެއާޕޯޓަށް އަލުން މި ދަތުރުތައް ފަށާފައިވަނީ މިއަދުއެވެ. ދަތުރުތައް ފެށުން ފާހަގަކުރުމަށް ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ހަފްލާގައި ރީޖަނަލް އެއާޕޯޓްސްގެ އިސްވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވިއެވެ. މި ދަތުރުތައް ކުރިއަށްގެންދަ...

އަޙްމަދު ވަހީދު
ހިރިމަރަދޫ ރައްޔިތުން މިފަހަރު ފިތުރު އީދު ހާއްސަކުރީ ފަލަސްތީނަށް އެހީވުމަށް

ހިރިމަރަދޫ ރައްޔިތުން މިފަހަރު ފިތުރު އީދު ހާއްސަކުރީ ފަލަސްތީނަށް އެހީވުމަށް

ހާލުގައި ޖެހިފައިވާ ފަލަސްތީނަށް އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ހިރިމަރަދޫގައި ކުރިއަށް ގެންދިޔަ “ހިރިމަރަދޫ ރައްޔިތުން ފަލަސްތީނާއިއެކު” ހަރަކާތުން ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. މި ހަރަކާތަކީ ހިރިމަރަދޫ ކައުންސިލާއި އެ ރަށުގެ މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަކުގެ އިތުރުން ރައްޔިތުން ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ރަމަޟާން މަހުގެ ފަހު ދިހަ ދުވަހުން ފެށިގެން ގޮސް އީދު ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތުގައި އެ ރަށުގެ...

އިބްރާހިމް ޚަލީލް
އަމިއްލަ ދަނޑުގައި ލިވަޕޫލަށް އެތުލާންޓާ އަތުން ބޮޑު ބައްޔެއް

އަމިއްލަ ދަނޑުގައި ލިވަޕޫލަށް އެތުލާންޓާ އަތުން ބޮޑު ބައްޔެއް

ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ލިވަޕޫލަށް ބޮޑު ބައްޔަކާއި ކުރިމަތިވެއްޖެއެވެ. ރޭ ލިވަޕޫލްގެ އެންފީލްޑްގައި އިޓަލީގެ އެތުލާންޓާ އަތުން 3-0 ގެ ނަތީޖާއިން ލިވަޕޫލް ވަނީ ބަލިވެފައެވެ. މި މެޗަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ނެރުނު ފުރަތަމަ އެގާރާގައި، މުހައްމަދު ސަލާހްގެ އިތުރުން ޑިއާޒްއާއި ރޮބާޓްސަން އަދި ޒޮބޮސްލާއީ ވެސް ހިމެނާފައި ނުވެއެވެ. މި މެޗުގައި އެތުލާންޓާގެ ފުރަތަމަ ލަނޑު 38 ވަނަ މިނެޓުގައި ޒަޕަކޮސްޓާ ތަނަވަސް ކޮށްދިން […]

އިބްރާހިމް ޚަލީލް
ހައްދުންމަތީގައި ތަރައްގީކުރާ މެރިޓައިމް ހަބް އިފްތިތާހުކޮށްފި

ހައްދުންމަތީގައި ތަރައްގީކުރާ މެރިޓައިމް ހަބް އިފްތިތާހުކޮށްފި

ހައްދުންމަތީ ގާދޫގައި ތަރައްގީކުރާ “މެރިޓައިމް ހަބް” ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޕްރޮޖެކްޓް އިފްތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރަކާ ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ޗައިނާގެ ކެމްސީ އިންޖިނިއަރިންގ ކޯ ލިމިޓަޑާއެކު އެމްޕީއެލުން ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހް އިބްރާހިމެވެ. އަދި ކެމްސީގެ ފަރާތުން ސޮއި...

އަޙްމަދު ވަހީދު
ފުރަތަމަ ލެގުގައި އެތުލެޓިކޯއިން ޑޯޓްމުންޑް ބަލިކޮށްފި

ފުރަތަމަ ލެގުގައި އެތުލެޓިކޯއިން ޑޯޓްމުންޑް ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑާއި ޑޯޓްމުންޑް ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް އެތުލެޓިކޯއިން އެޑްވާންޓޭޖް ނަފައިފިއެވެ. އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެ ޓީމަށް ފުރަތަމަ ލަނޑު ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ ޑި ޕައުލްއެވެ. މިއީ އޭނާ މި […]

އިބްރާހިމް ޚަލީލް
ޕީއެސްޖީ ބަލިކޮށް ބާސާއިން ސެމީގެ އުންމީދު ބޮޑުކޮށްފި

ޕީއެސްޖީ ބަލިކޮށް ބާސާއިން ސެމީގެ އުންމީދު ބޮޑުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ޕީއެސްޖީއާއި ބާސެލޯނާ ބައްދަލުކުރި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުގެ އުންމީދު ބާސާއިން ބޮޑުކޮށްފިއެވެ. މުބާރާތް ފަސްފަހަރު ކާމިޔާބު ކޮށްފައިވާ ބާސާއިން، އެންމެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކޮށްފައި ވަނީ 2020 ވަނަ އަހަރުއެވެ. ފާއިތުވި ދެ ސީޒަންގައި ގްރޫޕް ސްޓޭޖުން ކެޓިނަމަވެސް މި ސީޒަންގައި ކުޅުން ރަނގަޅުކޮށް ބާސާ މިވަނީ ސެމީގެ އުންމީދު ބޮޑުކޮށްފައެވެ. ރޭ މެޗުގައި ފުރަތަމަ […]

އިބްރާހިމް ޚަލީލް
މާލެއަށް އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 48 ޑިގްރީ ސެލްސިއަސްގައި

މާލެއަށް އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 48 ޑިގްރީ ސެލްސިއަސްގައި

މާލޭ ސަރަހައްދަށް އިހުސާސް ކުރެވޭ ހޫނުމިން މިއަދު ހުރީ 48 ޑިގްރީ ސެލްސިއަސްގައި ކަމަށް ދިވެހިރާއްޖޭގެ މޫސުމާއި ބޭހޭ އިދާރާއިން ބުނެފިއެވެ.   މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ ރާއްޖޭ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިހުސާސް ކުރެވޭ ހޫނުމިން 45 ޑިގްރީ ސެލްސިއަސް އަށްވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އިދާރާއިން އިތުރަށް ބުނީ ގަދަ ހޫނުން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަކީ މުހިންމު […]

އިބްރާހިމް ޚަލީލް
ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވައިފި

ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޢީދުގެ ސަލާން ކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުން ޢީދުގެ ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 09:30 އިން 10:30 އަށް މުލީއާގޭގައެވެ. ޢީދު ސަލާން ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީ...

ޔުމްނާ ޢަލީ