މާލެ އަތޮޅު ހުރާގައި އެމް.އޭ.ކަޕް ނަމުގައި ބާއްވަމުން އަންނަ ފޯރިގަދަ ވޮލީ މުބާރާތުގެ ޗެންޕިއަންކަން، ހުރާގެ ތަންޑަރ ބޯލްޓްސް ޓީމުން ހޯދައިފިއެވެ. ޓީމް ތަންޑަރ ބޯލްޓްސް އިން މިތަށި އުފުލާލީ ތުލުސްދޫގެ ޓީމެއްކަމުގައިވާ، ސުރީލަންކާގެ ގަޢުމީ ޓީމްގެ ކޯޗް ޗަންނަ ޖައެސޭކަރަ އަދި ކެޕްޓަން ދީޕްތީ، ބާރު ސޮޓް ޖެހުންތެރިޔާ އިސުރު ހިމެނޭ ބުލެކް އީގަލްސްގެ މައްޗަށް ކުރިހޯދައި ތިން ސެޓް ދެ ސެޓުން ކުރި ހޯދައިގެންނެވެ. ބަލާހިތްވާ ކަހަކަ ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗުގެ […]
އިބްރާހިމް ޚަލީލް
މ. ދިއްގަރުގައި 75 ހައުސިން ޔުނިޓް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 117.9 މިލިއަން ރުފިޔާއަށެވެ. ހައުސިން މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަޝްރޫއު އެ...
އަޙްމަދު ވަހީދު
ހދ. ހަނިމާދޫގައި ލޯކަލް ޓްއަރިޒަމް އިތުރަށް ފުޅާކުރުމުގެ ގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން ދޫކުރަން ނިންމާފައި ވަނީ 10000 (ދިހަހާސް) އަކަފޫޓުގެ 4 ބިމެކެވެ. މި ބިންތައް ދޫކުރަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. މި ބިންތަކުގެ ސްކޭލަކީ ދިގުމިނުގައި 125 ފޫޓް އަދި ފުޅާމިނުގައި 80 ފޫޓެވެ. މި ބިންތައް ދޫކުރަން ނިންމާފައި ވަނީ މިހާރު އެ ރަށުގެ އުތުރު ކޮޅުގައި ހިންގަމުން […]
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހަތް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލް ކުރުމާ އެކު, މައްސަލަ އަލުން ބަލަން އަމުރު ކުރުމުން އެމަނިކުފާނު މިރޭ މިނިވަންވެއްޖެ އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް, އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް އަދި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް، ޔާމީން ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި […]
ހުސައިން ހަބީބް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް، މުބާރާތުގެ އެންމެ ކާމިޔާބު ޓީމްކަމަށްވާ ސްޕެއިންގެ ރެއާލް މެޑްރިޑް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ވާދަކުރި ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު މިދިޔަ ހަފްތާގައި ކުޅެފައިވަނީ ރެއާލްގެ ދަނޑުގައެވެ. އެ މެޗު ނިމިގެންދިޔައީ 3-3 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. ރޭ ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތުހަމަވެ އިތުރު ވަގުތުގެ ދެހާފް ކުޅެ ނިމުނުއިރު އޮތީ […]
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ދެންމެ ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަންގައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އިއްވީ މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރަށް، ޖުމްލަ 11 އަހަރުގެ އަހަރުގެ ޖަލު ހުކުމެކެވެ. އެ މައްސަލަ […]
ހުސައިން ހަބީބް
ވ. ތިނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މި މަހުގެ 16 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 12,800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 77 މީޓަރުގެ ބޭރުތޮށި ލުމާއި، […]
އަޙްމަދު ވަހީދު
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ރަނގަޅު ވަންދެން އެ ސިޓީގައި ސްޓެލްކޯގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. އެމްޑީ ފަހުމީ އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ ހާލަތު ދެނެގަތުމަށާއި، އެކަން ރަނގަޅު ކުރުމަށް އެ ކުންފުނީގެ އެޑްވާންސް ޓީމެއް މީގެ ކުރިން ކުޅުދުއްފުށްޓަށް ފޮނުވުނު ކަމަށާ އެ ޓީމް މިހާރު މާލެ އައިސްފައިވާ ކަމަށެވެ. އަދި އެ ޓީމުގެ ބަދަލުގައި އެ ސިޓީގެ […]
އިބްރާހިމް އަސްވާޤް
ތިލަދުންމަތީ އުތުރުބުރީ ތުރާކުނާއި ގާތްގަނޑަކަށް ދެ ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅުރަށެއްކަމަށްވާ ވަނގާރު، ތުރާކުނުގެ އިހްތިސާސްގެތެރޭ ހިމަނައިފިއެވެ. ބޮޑުމިނުގައި އެގާރަ ހެކްޓަރު ހުންނަ ވަނގާރު ތުރާކުނުގެ އިހްތިސާސްގެތެރޭ ހިމެނިކަން ހާމަކޮށް މިއަދު ރައީސް އޮފީހުން ނެރުނު ގަރާރެއްގައި ބުނީ ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ. ވަނގާރުގައި ރިސޯޓް ތަރައްގީ ކުރުމަށް ދޫކ...
އިބްރާހިމް ޚަލީލް
ށ.މިލަންދޫ ކައުންސިލްގެ ރެކްރިއޭޝަން ކްލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ، ކައުންސިލް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ވޮލްކޯ ޔުނައިޓެޑުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައި ވަނީ ވޮލްކޯ ޔުނައިޓެޑާއި ސިކްސްޕެކް ސްޕޯޓްސް ކްލަބެވެ. ފައިނަލް މެޗު 4-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ތަށި ހޯދީ ވޮލްކޯއިންނެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ) ޝަރަފްވެރި ކޮށްދެއްވި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް [...
އިބްރާހިމް ޚަލީލް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން 12 މިލިއަން ޑޮލަރު (191 މިލިއަން ރުފިޔާ) ދިންއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ބޭނުންކުރީ އެފްއޭއެމްގެ ރައީސް ރައީސް ބައްސާމް ޢަދީލް ޖަލީލްގެ އަމިއްލަ ބޭނުމަށް ކަމަށް ޕްރޮސެކިއުޓަރ ޖެެނެރަލް އޮފީހުން ބުނެފިއެވެ. ޕީޖީ އޮފީހުގެ ނިއުސްލެޓަރ އުންސުރުގެ 6 ވަނަ އަދަދުގައި މިއަދު ޝާއިއުކޮށްފައިވާ ލިޔުމުގައި ބުނެފައިވާ ގޮތުން 2018 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް ފީފާއިން 12 […]
ހުސައިން ހަބީބް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑް ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ވާދަކުރި ފުރަތަމަ ލެގުގެ މެޗު ކުޅެފައި ވަނީ އެތުލެޓިކޯގެ ދަނޑުގައެވެ. އެ މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ އެތުލެޓިކޯއިންނެވެ. ނަމަވެސް ރޭ ޑޯޓްމަންޑްގެ ދަނޑުގައި ކުޅުނު މެޗު 4-2 ގެ ނަތީޖާއިން މޮޅުވެ، އެގްރިގޭޓް ނަތީޖާ (5-4) އިން ކުރި ހޯދައި ޑޯޓްމަންޑް ވަނީ ސެމީން ޖާގަ […]
އިބްރާހިމް ޚަލީލް
ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް އެއްކޮސް ނިމިފައިވަނީ އިއްޔެ ކަމަށެވެ. އެގޮތުން ޖުމްލަ 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ގުޅިފަޅު ހިއްކުމަށް އަޅާފައިވާ ކަމަށް ވަނީ ބުނެއެވެ. ގުޅިފަޅުން ހިއްކާފައިވަނީ 192 ހެކްޓަރުގެ ބިމެވެ. ކުރީގެ ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުގައި ބައިނަލްއަގުވާމީ ޕޯޓެއް ތަަރައްގީ ކުރުމަށެވެ. އަދި ލ ގުޅިފަޅުން މާލޭގެ ރައްޔިތުންނަށް ވަނީ ގޯތި...
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ފަހަތުން އަރާ ބާސެލޯނާ ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލުން ޕީއެސްޖީ ޖާގަ ހޯދައިފިއެވެ. މި ދެ ޓީމް ވާދަކުރި ކުއާޓާގެ ފުރަތަމަ ލެގުގެ މެޗު މިދިޔަ ހަފްތާގައި ކުޅެފައި ވަނީ ޕީއެސްޖީގެ ދަނޑުގައެވެ. އެ މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކުރީ ބާސާއެވެ. ނަމަވެސް ބާސާ ދަނޑުގައި ރޭ ޕީއެސްޖީން ވަނީ 4-1 ގެ ނަތީޖާއިން އެ ޓީމް ބަލިކޮށް، އެގްރިގޭޓް ނަތީޖާ (6-4) އިން މޮޅުވެ […]
އިބްރާހިމް ޚަލީލް
އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ގުޅިގެން ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވަން ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ މަޖިލިހުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ފޮނުވުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އެ މަސައްކަތް ކުރިއަށް ދަނީ ފުލުހުންނާ ގުޅިގެން ކަމަށް އީސީން ބުނެފައިވެއެވެ. އީސީން ބުނި ގޮތުގައި މިއަދު އެ ތަކެތި ފޮނުވަން ހަމަޖެހިފައި ވަނީ ހއ، ހދ، އއ، އދ، […]
މުޙައްމަދު
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަލަސްތީނުގެ ޣައްޒާ އަށް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ. އެޗްޑީސީން މި ފައިސާ ހަވާލުކޮށްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއެވެ. އައިއޭސީއަކީ ޣައްޒާ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ ނިކަމެތި ރައްޔިތުންނަށް އެހީވުމަށް އުފައްދާފައިވާ ދިވެހި ޖަމިއްޔާއެކެވެ. އައިއޭސީން އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ ސަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ...
މުޙައްމަދު
އަންޑަމަން އައިލޭންޑްސް ކައިރިއަށް 5.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. އަންޑަމަން އައިލޭންޑްސް އިންޑިއަން ރިޖަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ ހދ. ހަނިމާދޫ އާއި 2250 ކިލޯ މީޓަރު ދުރުންނެވެ. ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ.
ޔުމްނާ ޢަލީ
ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގަންނަވާ މެމްބަރުން ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އިސްތިއުފާ ދޭން ޖެހޭ ގޮތަށް ރައްޔިތުން މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސް އެ ބިލް ތަސްދީގުކުރެއްވުމާ އެކު އެ ގާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ. އެ ބިލަކީ މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ބޭއްވި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ...
މުޙައްމަދު