އުރީދޫ މޯލްޑިވްސްގެ ނޭޝަންގެ އީއޭއެފްސީ މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑާ ސީރީޒް، ސީޒަން އެކެއްގެ ޗެމްޕިއަންކަން މުހައްމަދު ޒަމީލް ޒިހުނީ ހޯދައިފިއެވެ. އުރީދޫ މޯލްޑިވްސްގެ މި މުބާރަތް ކުރިއަށް ގެންދިޔައީ މިމަހުގެ 18 އިން 20 ގެ ނިޔަލަށް އުރީދޫ ހެޑްކުއާޓާސްގައެވެ. އުރީދޫން ބުނީ މި މުބާރާތުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވެފައިވާ ކަމަށެވެ. އެ މުބާރާތް ކުރިއަށް ގެންދިޔައީ މޯލްޑިވްސް އީ-ސްޕޯޓްސް އެސޯސިއޭޝަނާ ގުޅިގެން ކަމަށެވެ. އެ މުބާރާތުގައި ގަދަ ތިންވަނައަށް ދިޔަ ކުޅުންތެރިންނަށް ވަނީ...
އަޙްމަދު ވަހީދު
ބާސެލޯނާގެ ކޯޗް ޒަވީ ހެންނާންޑޭޒް ބާސެލޯނާގެ ކޯޗުކަމުގައި މަޑުކުރަން ނިންމައިފިއެވެ. އޭނާ ބާސާއާއިއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުއެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ބާސާގެ ނަތީޖާތައް ދައްވުމުގެ ސަބަބުން އޭނާ ވަނީ މި އަހަރުގެ ޖަނަވަރީ މަހު، ސީޒަން ނިމުމުން ބާސާގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ކަމަށް ބުނެފައެވެ. އެކަން ހާމަކޮށް އޭރު އޭނާ ބުނީ އެއްވެސް ސަބަބަކާއި ގުޅިގެން އޭނާގެ ނިންމުން ބަދަލު ނުވާނެ ކަމަށާއި، ބާސާ […]
އިބްރާހިމް ޚަލީލް
ހދ. ނޮޅިވަރަމް ދާއިރާގެ އިންތިޚާބީ މެންބަރު މުހައްމަދު ރަޝީދު (ގަދަގޭ ރަޝީދު) ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކޮށްފިއެވެ. ޕީއެންސީން މިއަދު ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނޮޅިވަރަމް ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައި ކަމަށެވެ. ރަޝީދުގެ އިތުރުން އާދީއްތަ ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ހަ އިންތިޚާ...
ޔުމްނާ ޢަލީ
ދުވާފަރު ދާއިރާގެ ހުރިހާ ފޮށިތަކެއް އަލުން ގުނައި ދިނުމަށް އެ ދާއިރާއަށްް ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާން އެދިވަޑައިގެންފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ހަތަރު ވޯޓުގެ ތަފާތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަލީއެވެ. އޭނާއަކީ ކުރިން އެ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން […]
މުޙައްމަދު
ނިއުޕޯޓް ވިއު ހިންގި ތަން ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒްގެ ސްޓްރާޑާ ކުންފުންޏަށް ނިއު ޕޯޓް ހިންގަން ދޫކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސަރުކާރުން އެއްބަސްވުން ބާތިލްކޮށް، އެތަން އަތުލި އެވެ. އެތަނުގައި ނުދައްކާ ހުރި ކުއްޔަށް 1.1 މިލިއަން ރުފިޔާ ހޯދުމަށާއި އެތަން ހުސްކުރަން ދައުލަތުން ކޯޓަށް ހުށަހެޅުމުން އެ ފައިސާ ދެއްކުމަށާއި […]
ހުސައިން ހަބީބް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީޕް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސަމާހް ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ޝަމާހުގެ ސަސްޕެންޝަން އުވާލައި އިއްޔެ އެކަން ވަނީ އަންގާފައެވެ. ޕީސީބީން މިފްކޯގެ ސީއީއޯ އަދި އެމްޑީ ސަމާހް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރީ އޭނާ އާއި ގުޅޭގޮތުން ކޯޕަރޭޓް ގަވަނަސްއާއި ގުޅޭ މައްސަލަތަކެއް އެ ބޯޑަށް ހުށަހެޅިފައިވާތީ...
ޔުމްނާ ޢަލީ
އާދީއްތަ ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވި ހަ އިންތިޚާބީ މެންބަރަކު ވެރިކަންކުރާ ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިއަދު ސޮއިކޮށްފިއެވެ. ޕީއެންސީން މިއަދު ބުނިގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިޚާބު ކާމިޔާބު ކުރެއްވި ހަ މެންބަރަކު ވަނީ އެ ޕާޓީއަށް ސޮއިކުރައްވާފައެވެ. މި މެންބަރުންގެ ފޯމާއި ހަވާލުވެވަޑައިގަތީ އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް އަދި ޕީއެންސީގެ ރައީސް...
ޔުމްނާ ޢަލީ
ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިޚް މޫސާ ޖަމީލް އަވަހާރަވެއްޖެއެވެ. ޝާހިދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ބައްޕާފުޅު އަވަހާރަވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ޝާހިދު ވިދާޅުވީ އޭނާގެ މުޅި ހަޔާތުގެ އެންމެ ބޮޑު ބާރަކީ އަދި އެންމެ އިހްލާސްތެރި ލަފާފުޅުތަކާއި ފާޑު ކިއުންތެރިއަކީ ވެސް ބައްޕާފުޅު ކަމަށެވެ. މޫސާ ޖަމީލަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އޭގެ ތެރެއިން […]
މުޙައްމަދު
ހުޅުމާލޭގައި ރޭ ފަތިހު ކާރެއް ފުރޮޅާލައި މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން މިއަދު ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ކާރެއް ފުރޮޅާލައި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަމަށް މިއަދު 5:35 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ކާރުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެކްސިޑެންޓުގައި ޒަހަމްވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. ފުލުހުން ބުނީ ކާރު ދުއްވަން އިން މީހާގެ ލައިސަނ...
މުޙައްމަދު
މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ދިރުވައިލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ރޭގައި ބުނިގޮތުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބުލެޓްތަކެއް ދިރުވައިލައިގެން އުޅުނު މީހެއްގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ މީހާއަކީ ރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއް ކަމަށް ފުލުހުން ބުނެފަވެއެވެ. ”މި މީހާގެ އާ...
ޔުމްނާ ޢަލީ
ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން، އެސްޓީއޯގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޝޯރޫމެއް ހުޅުމާލޭގައި މިރޭ ހުޅުވާލައިފިއެވެ. މި ޝޯރޫމް ހުޅުވައިދެއްވީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑްއިންފްރާސްޓްރަކްޗާ ޑރ. ޢަބްދުﷲ މުއްޠަލިބްއާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. އެސްޓީއޯއަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާއަތުގައި އެންމެ ބޮޑު އެއް ހިއްސާ އަދާކުރާ ކުންފުންޏެވެ. އެގޮތުން، އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ އެންމެ ފުޅާދާއިރާއެއްގައި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު އެތެ...
އަޙްމަދު ވަހީދު
ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ހަމައެކަނި ވަޑައިނުގެންނެވުނީ އެއްބަނޑު އެއްބަފާ ކޮއްކޮ ނަޒުރާ ނަސީމް (ނަޒޫ)ގެ ކެމްޕޭނަށް ކަމަށް ވިދާޅުވެ ނަޒޫގެ ފިރިކަލުން އަހްމަދު މަހްލޫފްގެ ނުރުހުން ފައިސަލަށް އަމާޒުކުރައްވައިފިއެވެ. މިދިޔަ ސަރުކާރުގައި ޔޫތް މިނިސްޓަރުކަން ކުރެއްވި މަހްލޫފް ވަނީ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފުވައްމުލަކު މެދު ދާއިރާއަށް ވާދަކުރެއްވި ނަޒްރާ ނަސީމަށް ގޮނޑި ކާމިޔާބުނުވީ، ނަޒްރާގެ ބޭބެ އަދި ކުރީގެ...
ޔުމްނާ ޢަލީ
ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަޤާމަށް، ހީނާ ވަލީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ހީނާ މި މަޤާމަށް ޢައްޔަނުކޮށްފައި ވަނީ އޭނާ މިހާރު ހުންނެވި އެންސްޕާގެ ސީއީއޯގެ މަޤާމު އަދާކުރައްވަމުން ގެންދަވާގޮތަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނުގެ މަޤާމުގައި ހީނާ ޚިދުމަތްކުރައްވަމުން ގެންދަވާނީ، މުސާރަ ނުނަންގަވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ހީނާ މި މަޤާމަށް ހަމަޖެއްސުމާއެކު ހީނާ ވެގެން ގޮސްފައި ވަނީ...
ޔުމްނާ ޢަލީ
މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީން މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ މޭ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް މިއަހަރު ފުރުޞަތު މިއަދު ހުޅުވާލިއިރު، އެ އިނާމު ދޭ ދާއިރާތަކުގެ ތެރެއަށް ދެ ދާއިރާއެއް މިއަހަރު ވަނީ އިތުރުކޮށްފައެވެ. އެއީ ދިވެހި ޤައުމިއްޔަތުގެ ދާއިރާ އަދި ދެމިހުންނަނިވި […]
ޔުމްނާ ޢަލީ
ދެން ފެންނާނީ އަމަލުން ޤައުމު ތަރައްޤީކުރާ މަންޒަރުކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ، އާދީއްތަ ދުވަހު އޮތް މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗް ސަރަޙާއްދުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އީސް ވިދާޅުވެފައިވާ ގޮތުގައި އިންތިޚާބުން ރައްޔިތުން ދިން މެސެޖަކީ ވާހަކަ ނުދައްކާ އަމަލުން ކަންކުރަން ބޭނުންވާކަން ކަމުގައެވެ. އެހެންކަމުން ދެން ފެންނާނީ އަމަލުން ޤައުމު ތަރައްޤީކުރ...
ޔުމްނާ ޢަލީ
20 ވަނަ މަޖިލީހަށް އިންތިޚާބުގައި އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާ ކުރެއްވުމުގެ ޖަލްސާ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމަވައިފިއެވެ. ވިހި ވަނަ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ޖަލްސާ މެއި 28 ބާއްވަން ނިންމަވާފައިވާކަން ޢިއުލާން ކުރެއްވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 15 ވަނަ ދުވަހަށް ހަމަވާއިރު، މި ދައުރުގެ އެންމެ ފަހު ޖަލްސާ އަންނަ މ...
ޔުމްނާ ޢަލީ
އިންޓަ މިލާނުން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ފަސް މެޗު ކުރިއަށް އޮއްވައި، އިންޓައިން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރީ ރޭ އޭސީ މިލާން 2-1 ގެ ނަތީޖާއިން ބަލިކޮށްގެންނެވެ. މިއީ އިންޓައިން ލީގުގެ ޗެމްޕިއަންކަން ހޯދި 20 ވަނަ ފަހަރެވެ. އޭސީ މިލާނުން 19 ފަހަރު ލީގު ތަށި ހޯދިއިރު، އެންމެ ގިނައިން ލީގު ތަށި ހޯދާފައި ވަނީ ޔުވެންޓަސް އެވެ. އެ ޓީމުން ވަނީ 36 ފަހަރު އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ. ދެ […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ވާދަވެރި ބާސެލޯނާ ބައްދަލުކުރި އެލްކްލެސިކޯ މެޗް، ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ހޯދުމާއި ވަރަށް ގާތަށް ރެއާލުން ޖެހިލައިފިއެވެ. ރެއާލުގެ ދަޑުގައި ރޭ ރެއާލުން ވަނީ 3-2 ގެ ނަތީޖާއިން ބާސާގެ މައްޗަށް ކުރި ހޯދާފައެވެ. ރެއާލުން މިވަނީ މި ސީޒަންގައި ބާސާއާއި ދެކޮޅަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށްފައެވެ. މި ސީޒަންގައި ބާސާއާއި ރެއާލް ފުރަތަމަ ބައްދަލުކޮށްފައި ވަނީ ލީގުގައި މިދިޔަ އަހަރު އޮކްޓޯބަރ މަހުއެވެ. އެ […]
އިބްރާހިމް ޚަލީލް