އަންނަ އަހަރުގެ ބޮޑު ޗުއްޓީ ރޯދަ މަހު ދިމާވާ ގޮތަށް އެކަޑަމިކް ކަލަންޑަރު އެކުލަވާލައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ އާންމު ކުރި ކަލަންޑަރުގައިވާ ގޮތުން އާ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ޗުއްޓީ ލިބޭނީ އަންނަ އަހަރުގެ ފެބްރުއަރީ 23 އިން މާޗް 6 އަށެވެ. އަދި 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނެ ކަމަށް އޭރު ކަލަންޑަރުގައި ވަނީ މާޗް 9 އެވެ. ނަމަވެސް، މިނިސްޓްރީން ވަނީ އެ ނިންމުން މިހާރު ބަދަލުކޮށްފައެވެ. އާ ކަލަންޑަރުގައިވާ […]
މުޙައްމަދު
ތިލަދުންމަތީ އުތުރުބުރީގެ ވެރިކަންކުރާ ދިއްދޫއަކީ އެ އަތޮޅުގައި އެންމެ އާބާދީ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ފުޓްބޯޅައާއި ފުޓްސަލް ކުޅުމަށް ލޯބިކުރާ ޒުވާނުންގެ ބޮޑު އާބާދީއެއް އޮތް އެ ރަށުގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރަކީ ފުޓްސަލްއެވެ. ނަމަވެސް ހިތާމައަކީ އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑެއްނެތުމެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުދި މެޓް ޓާފް ފުޓްސަލް ދަނޑުތަކެއް އެޅިއެވެ. އެ ޕްރޮޖެކްޓްގެ ދަށުން ދިއްދޫގައި […]
އިބްރާހިމް ޚަލީލް
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އާދީއްތަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް އޮފީހުން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައިކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ނިންމުމާއިގުޅިގެން ނިންމެވި އިތުރު ނިންމެވުންތައް ސިވިލް ސަރވިސްގ...
ޔުމްނާ ޢަލީ
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި، އޭގައި ދަތުރުކުރަމުންދިޔަ އެކަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދިވެހި ސިފައިން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ “ލިއޯ ޕާލް” ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން މްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މި ލޭންޑިން ކްރާފްޓް އަކީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި ލޭންޑިން ކްރާފްޓް އެކެވެ. މި ލޭންޑި...
ޔުމްނާ ޢަލީ
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލާއި ގުޅިގެން އެ ރަށުގައި އަޟްހާ އީދު ކުޅިވަރުތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. އެ ކައުންސިލުން މި އަހަރު ބޮޑު އީދު ފާހަގަ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ އެ ރަށުގެ ކުލަބް ޖަމިއްޔާތަކަށެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް އެ ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ސަގާފަތް ދިރުވައި އާލާކުރުމާއި އަންނަން އޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާސިލް ކުރުމަށްޓަކައި މި...
އިބްރާހިމް ޚަލީލް
ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ލޯނަށް ކުރިމަތިލާ ދަރިވަރުންކުރެ ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސްގެ މި ނިންމެވުން ޢިއުލާން ކުރެއްވީ ހޯމަ ދުވަހުގެ ރޭ އޮތް ”އަހާ” ފޯރަމްގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު ޑރ މަރްޔަމް މާރިޔާއެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ސަރުކާރުން ބާއްވާ ސިލްސިލާ ފޯރަމް ”އަހާ”ގެ ތިންވަނަ ފޯރަމ...
ޙުސައިން ޝަހުދީ
އަންހެނުންގެ ދައުރު ފުޅާވުމުން މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނަ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެއެވެ. “މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ” ގެ ދެ ވަނަ ދައުރު އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ ދިވެހި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށާއި، އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރު އަދި ވަރަށް ބޮޑަށް […]
މުޙައްމަދު
ކަރަންޓު ބިލަށް އަރާ ވަރު ވަގުތުން ބެލޭ ގޮތަށް “ސްމާޓް މީޓާ” ޕްރޮޖެކްޓެއް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ. ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ސްމާޓް މީޓާ ޕްރޮޖެކްޓް ދ. އަތޮޅުގައި ފަށާފައިވާ ކަމަށެވެ. ސްމާޓް މީޓަރާއެކު ކޮންމެ ދުވަހަކުވެސް ކަރަންޓް ހޭދަކުރެވޭ މިންވަރު އެނގި، ބިލް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ. “އަޅުގަނޑުމެން ފެނަކައިގެ ފަރާތުން މިހާރު ސްމާޓް މީޓަރު ޕްރޮޖެކްޓ...
މުޙައްމަދު
އުރީދޫ މޯލްޑިވްސް އިން ޓިކްޓޮކާއެކު ސްޓްރެޓިޖިކް ޕާޓްނާޝިޕެއްގައި ސޮއިކޮށްފިއެވެ. މި ޕާޓްނާޝިޕާއެކު ރަސްމީކޮށް އުރީދޫއިން ޓިކްޓޮކަށް މަރުހަބާ ކިޔައިފައިވާކަން އިއުލާނުކޮށްފައިވަނީ ރޭ އުރީދޫ ހެޑް ކުއާާޓަރުގައި ބޭއްވި އިވެންޓެއްގައެވެ. މިއާއެކު، ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ. އުރީދޫގެ ސީއީއޯ ޚާލިދު އަލްހަމާދީ ވިދާޅުވީ މި ޕާޓްނާޝިޕަކީ އުރީދޫއިން ފޯރުކޮށްދެމުންދާ އީޖާދީ ޚިދުމަތްތަކަށް އިތުރު ކުރެވޭ...
އަޙްމަދު ވަހީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުކަން ކުރެއްވި އަބްދުﷲ ޝިޔާޒް، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ. ރައީސް އޮފީހުން ވަނީ ޝިޔާޒް، އެ މަގާމަށް އައްޔަން ކުރެއްވި ކަން ކަށަވަރުކޮށް ދީފައެވެ. ޝިޔާޒް ވަނީ މީގެކުރިިން އިކޮނޮމިކް މިނިސްޓްރީގެ ކޯޑިނޭޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް 2019 ވަނަ އަހަރުން ފެށިގެން ކުރަމުންދިޔަ ދައުވާތަކުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ޝިޔާ...
މުޙައްމަދު
ކްރިއޭޓިވް އާޓްސްގެ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ސްކޫލް ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ކްރިއޭޓިވް އާޓްސް ސްކޫލް އުފައްދައި އެ ދާއިރާތަކުން މަސައްކަތް ކުރާނެ މީހުން ނެރުމާއި ޓްރެއިނިން އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ތަމްރީނުތައް ދިނުމުގެ އިތުރުން އުފެއްދުންތެރި ފަންނުވެރިންނަށް ހިތްވަރު ދިނުމަށް ގެލެރީތަކާއި މިއުޒިއަމްތައް އިންޓަގްރޭޓްކޮށް އާއް...
މުޙައްމަދު
ސްޓެލްކޯއިން ކުރާ ކަމަކުން މި ޒަމާނުގައި ކަރަންޓު ބިލު ބޮޑުނުވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ކުރާ ކަމަކުން ބިލު ބޮޑު ނުވާނެކަން އެއީ އިންޖިނިއަރުން ވެސް އެއްބަސްވާ ކަމެއް ކަމަށާއި، ބިލުކުރަމުންދަނީ ގެތަކުގައި ހުންނަ މީޓަރަށް ކަރަންޓު އަރާވަރުން ކަމަށެވެ. އަދި ސްޓެލްކޯއިން އެ މީޓަރާއި ނުކުޅެވޭނެ ކަމަށް ވެސް ފަހުމީ […...
އިބްރާހިމް އަސްވާޤް
މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓިރްކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯއިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރަން މާދަމާ (29 އޭޕްރިލް) މާފަންނުގެ ކަނބާ އައިސާރަނި ހިނގުމާއި، ބުލޫކިޔާ މަގު، މުރަނގަމަގު އަދި ބޮޑުތަކުރުފާނުމަގު ހިމެނޭ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް ކެނޑިދާނެ ކަމަށެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވާ ކަމަށް ސ...
އިބްރާހިމް އަސްވާޤް
ސްކޫލްތަކުގެ ބޮޑު ޗުއްޓީ ދުވަސްވަރާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުން އަންނަ މަހު އޮފީހަށް ނިކުންނަން ޖެހޭނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފި އެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް، އޮފީހަށް ނިކުންނަން ޖެހޭނީ ހަފްތާއަކު ހަތަރު ދުވަހު ކަމަށް ހަމަޖައްސައިފަ އެވެ. އެހެންވެ، ކޮންމެ މުވައްޒަފަކަށް ވެސް ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ގޭގައި މަސައްކަތް ކުރެވޭނެކަން މިހާރު ވަނީ އަންގައިފަ އެވެ. “ހުރިހާ […]
ހުސައިން ހަބީބް
ނޫސްވެރިކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ. މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ނޫސްވެރިންނަށް ނޫސްވެރިންގެ ބައްދަލުވުން އޮތް މާލަމަށް މޯބައިލް ފޯނު ނުވެއްދޭނެ ކަމަށް އެ އޮފީހުން އެންގުމުން އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ފާޅުކުރުމުން ރައީސް އޮފީހުން ނޫސްވެރިންނަށް އެ ފުރުސަތު ދިންކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އެ...
ޔުމްނާ ޢަލީ
ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ވަރަށް ބޮޑު ދޮގު ޚަބަރެއް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވުމަށާއި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މިއަދު ރައީސް އޮފީހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމަށް ދިޔަ ބައެއް ނޫސްވެރިންނަށް ފޯނު ނުވެއްދުނުކަމަށް އެ ނޫސްވެރިން ވަނ...
ޔުމްނާ ޢަލީ
ދިވެހި ދިފާއީ ޤައުމީ ބާރަށް ސިފައިން ތަމްރީނު ކުރުމަށް ހިންގި އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ޕްރައިވެޓް ހަމްނާ ރަޝީދު ހާސިލްކޮށްފިއެވެ. ހއ. ދިއްދޫ އަށް ނިސްބަތްވާ ހަމްނާ ރަޝީދު މި ފަޚްރުވެރި މަޤާމު ހޯދި 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ހަވީރު ސިފައިންގެ ތަމްރީނު މަރުކަޒު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ހަމްނާ ހިމެނޭހެން ކޯހުގެ […]
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. ޚާރިޖީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ވަޒީރު ޒަމީރު ސައުދީއަށް ކުރައްވާ މި ދަތުރުފުޅަކީ އެ ޤައުމުގައި ބާއްވާ “ވޯލްޑް އިކޮނޮމިކް ފޯރަމް ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލާބޮރޭޝަން، ގްރޯތު އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓް” ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްކަމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ގައުމުތައް ގުޅިގެން މަސައްކަތްކުރުން ވަރުގަދަކުރުމާއި ގުޅޭގޮތުން މި ކޮންފަރެންސްގެ ތެރެއިން ބާއްވާ މަތީ ފަންތީގ...
ޔުމްނާ ޢަލީ