މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 777 ވަނަ ޞަފްޙާ

ރޯމާ ބަލިކޮށް ލެވަކޫސަން ފައިނަލުގެ އުންމީދު ބޮޑުކޮށްފި

ރޯމާ ބަލިކޮށް ލެވަކޫސަން ފައިނަލުގެ އުންމީދު ބޮޑުކޮށްފި

ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޯމާ ބަލިކޮށް ފައިނަލުގެ އުންމީދު ބަޔާން ލެވަކޫސަން އިން ބޮޑުކޮށްފިއެވެ. ރޭ ރޯމާގެ ދަނޑުގައި ކުޅުނު މެޗު ލެވަކޫސަން އިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި އާދަޔާ ހިލާފް ނަތީޖާއެއް ނެރެމުން އަންނަ ލެވަކޫސަން އިން ވަނީ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދާފައެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން މިހާތަނަށް އެ ޓީމް ކުޅުނު 47 […]

އިބްރާހިމް ޚަލީލް
ރަމަޟާން މަހު ބޭނުން ކުރި ކަރަންޓުން ޑިސްކައުންޓް ދޭން ނިންމައިފި

ރަމަޟާން މަހު ބޭނުން ކުރި ކަރަންޓުން ޑިސްކައުންޓް ދޭން ނިންމައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅާއެއްގޮތަށް، ރަމަޟާން މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓުދޭން ސްޓެލްކޯއިން ނިންމައިފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް އެ ކުންފުނިިން މިހާރު ނިންމާފައިވާ ކަމަށެވެ. މިހާރު ފޮނުވާފައިވާ ބިލުތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެކަމަށް ވެސް ފަހުމީ...

އަޙްމަދު ވަހީދު
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ބަލިވި ސަބަބު އެމްޑީޕީން ހޯދަނީ

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ބަލިވި ސަބަބު އެމްޑީޕީން ހޯދަނީ

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާއި މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުނު ސަބަބުން ބަލައި އެކަންކަން ހަރުދަނާ ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލިހުން ރޭ ފާސްކޮށްފިއެވެ. މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ވާދަކުރައްވައި އެ އިންތިހާބުގައި ރައީސް ސޯލިހަށް ވަނީ ބޮޑު ނާކާމިޔާބީއެއް […]

މުޙައްމަދު
ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

އއ. ހިމެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގަައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 30 އޭޕްރީލް 2024 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒްކޮށްފައެވެ. ‏މި މަޝްރޫއުގެ ދަށުން، 43,200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 110 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތ...

އަޙްމަދު ވަހީދު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ދެކުނުގެ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ އިއްޔެގައި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެމީހާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް […]

މުޙައްމަދު
ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ އަލް ނަސްރު ފައިނަލަށް

ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ އަލް ނަސްރު ފައިނަލަށް

ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑުތަކުން މޮޅުވެ ކިންގް ކަޕް އޮފް ޗެމްޕިއަންސްގެ ފައިނަލުން އަލް ނަސްރު ޖާގަ ހޯދައިފިއެވެ. ރޭ މުބާރާތުގެ ސެމީ ފައިނަލުގައި އަލް ނަސްރުން ވަނީ 3-1 ގެ ނަތީޖާއިން ޚަލީޖް ކުލަބް ބަލިކޮށްފައެވެ. މުބާރާތުގެ ފައިނަލުން ޖާގަ ހޯދި ދެވަނަ ޓީމަކީ މިވަގުތު ސައުދީ ޕްރޮފެޝަނަލް ލީގުގެ އެއްވަނާގައި އޮތް އަލް ހިލާލެވެ. އަލް ހިލާލުން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއިން އަލް އިއްތިހާދު ބަލިކޮށްގެނެވެ. މި މަހު […]

އިބްރާހިމް ޚަލީލް
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާ އަށް

ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާ އަށް

ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒަމީރު އިންޑިއާ އަށް ފުރާވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. މިއީ މިދިޔަ ނޮވެމްބަރު 17 ގައި ރާއްޖޭގައި އާ ސަރުކާރެއް އެކުލަވާލި ފަހުން ރާއްޖޭގެ ވެރިއަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.   އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުން މިނިސްޓަރު ޒަމީރުގެ މި ދަތުރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މި...

މުޙައްމަދު
އައްޑޫގައި ހިންގަމުން އަންނަ ސްޕާއަކުން 5 މީހުން ހައްޔަރުކޮށްފި

އައްޑޫގައި ހިންގަމުން އަންނަ ސްޕާއަކުން 5 މީހުން ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހިންގަމުން އަންނަ ސްޕާއަކުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އައްޑޫ ސިޓީގެ ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެރަށުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެތަން ބަލައި ފާސްކޮށް ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑް ތިން އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. މާލެ ހިމެނޭ ހެން ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހިންގާ ބައެއް މަސާޖު […...

މުޙައްމަދު
ޓީމެއް ގޮތުގައި ކުޅެ ޕީއެސްޖީ ބަލިކޮށް ޑޯޓްމަންޑުން ފައިނަލާއި ގާތަށް

ޓީމެއް ގޮތުގައި ކުޅެ ޕީއެސްޖީ ބަލިކޮށް ޑޯޓްމަންޑުން ފައިނަލާއި ގާތަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ ބަލިކޮށް ފައިނަލާއި ގާތަށް ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑުން ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޑޯޓްމަންޑުން ވަނި 1-0 ގެ ނަތީޖާއިން ޕީއެސްޖީ ބަލިކޮށްފައެވެ. ޑޯޓްމަންޑްގެ ސަޕޯޓަރުންނަކީ ޓީމަށް ސަޕޯޓް ދިނުމުގައި އާދަޔާ ޚާލާފް ބައެކެވެ. ރޭ މެޗުން ވެސް އެކަން ފެނިގެން ދިޔައިރު، މުޅި ދަނޑު އޮތީ ރީނދޫ ކުލައިން ޖަރީކޮށްލާފައެވެ. ޔޫރަޕްގެ ނަން މަޝްހޫރު ކުޅުންތެރިންތަކެއް ނެތްނަމަވެސް ރޭ ޕީއެސްޖީއާއި ދެކޮޅަށް ޑޯޓްމަންޑުން ވަނީ […]

އިބްރާހިމް ޚަލީލް
ބިން ހުރި ރަށްތަކުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މި އަހަރު ސްޓެލްކޯއިން ފަށަނީ

ބިން ހުރި ރަށްތަކުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މި އަހަރު ސްޓެލްކޯއިން ފަށަނީ

ބިން ހުރި ރަށްތަކުގައި އައު އިންޖީނުގެ އެޅުމުގެ މަސައްކަތް މި އަހަރު ފަށާނަނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުުން ފަހުމީ ވިދާޅުވީ މިހާރު ސްޓެލްކޯއިން ހިންގާ 33 ޕަވަރ ހައުސްގެ ތެރެއިން ބައެއް ރަށްތަކުގައި ރައްޔިތުންނާ ވަރަށް ކައިރީގައި، އަޑު ނުވަތަ ދުމުގެ އުނދަގޫ ވާ ހިސާބުގައި އިންޖީނުގެތައް އެބަހުރި ކަމަށެވެ. އަދި ގިނަ ރަށްރަށުގައި މީހުން ދިރިއުޅޭ ހިސާބުގައި ހުރި އިންޖީނު […]

އިބްރާހިމް އަސްވާޤް
އަވައްޓެރިންނާއި އަވައްޓެރިކަމުގެ ޙައްޤުތައް

އަވައްޓެރިންނާއި އަވައްޓެރިކަމުގެ ޙައްޤުތައް

ﷲ ތަޢާލާ އަޅުގަނޑުމެން ޚަލްޤުކުރައްވައި، މިދުނިޔޭގައި އެކިއެކި މުޖުތަމަޢުތަކުގައި ލައްވާފައި ވަނީ އެކަކު އަނެކަކަށް ބައްދަލުވެ، ތަޢާރަފުވެ އެކީގައި އެއްބައިވަންތަކަމާއި ރަޙުމަތާއި ޢާޠިފިއްޔަތާއި ކުލުނުވެރިކަމާއެކީ އުޅޭ ފަދަ ބައެއްގެ ގޮތުގައި ލެއްވުމަށެވެ. ކީރިތި ޤުރްއާނުގައި އެކަލާނގެ ވަޙީކުރައްވަނީ: ﴿يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ ﴾ (سُورَةُ الحُجُرَات 13) މާނަ: “އޭ މީސްތަކުންނެވެ! ހަމަކަށަވަރުން ތިމަން އިލާހު...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ފުރަތަމަ ލެގުގައި ބަޔާންއާއި ރެއާލް މެޗަށް ހަމަހަމަ ނިމުމެއް

ފުރަތަމަ ލެގުގައި ބަޔާންއާއި ރެއާލް މެޗަށް ހަމަހަމަ ނިމުމެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބަޔާންއެވެ. ނަމަވެސް މެޗުގައި ފުރަތަމަ ލީޑު ނެގީ ރެއާލުންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ ވިނީސިއަސްއެވެ. މެދުތެރެއިން ޓޯނީ ކްރޫސް ކުޅުނު މޮޅު ބޯޅައަކުން ތަނަވަސްވީ ފުރުސަތުގައި ވިނީ […]

އިބްރާހިމް ޚަލީލް
ޕްލާސްޓިކް ކުނި މެނޭޖުކުރަން ހާއްސަ އުޅަނދުތަކެއް ވެމްކޯގެ ފްލީޓަށް

ޕްލާސްޓިކް ކުނި މެނޭޖުކުރަން ހާއްސަ އުޅަނދުތަކެއް ވެމްކޯގެ ފްލީޓަށް

ވެމްކޯގެ އޮޕަރޭޝަންތަކުގައި ޕްލާސްޓިކް ކުނި މެނޭޖުކުރުމަށް ހާއްސަ އުޅަނދުތަކެއް އިތުރުކޮށް، މާލެ ސަރަހައްދުގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށްފިއެވެ. ވެމްކޯއަށް ކުނި މެނޭޖުކުރުމަށް ހާއްސަ އުޅަނދުތަކެއް ހަދިޔާކުރީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިންނެވެ. އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނީ ދަ ކޮކާ-ކޯލާ ފައުންޑޭޝަން (ޓީސީސީއެފް)އެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ އުޅަނދުތަކާ ވެމްކޯގެ ފަރާތުން ހަވާލުވެވަޑައިގަތީ، އެ...

އަޙްމަދު ވަހީދު
ހުޅުމާލޭގައި ކާރެއްގައި ރޯވެއްޖެ

ހުޅުމާލޭގައި ކާރެއްގައި ރޯވެއްޖެ

ހުޅުމާލޭގައި ކާރެއްގައި ރޯވުމުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީފުން މައުލޫމާތު ދިން ގޮތުގައި ހުޅުމާލޭގައި ކާރެއްގައި ރޯވުމުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. މި ހާދިސާ ހިނގާފައި ވަނީ، ހުޅުމާލޭ ފޭސް 2 ގައެވެ. އެ ކާރުގައި އަލިފާން ރޯވުމުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށް އެމްއެންޑީއެފުން...

ޔުމްނާ ޢަލީ
ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 493 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 493 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

ބީއެމްއެލްގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި 493 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެ ބޭންކުން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 708 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅައި ބަލާއިރު 5.7 އިންސައްތަ އިތުރު އަދަދެކެވެ. ބޭންކުން ބުނީ ފުރަތަމަ ކުއާޓާގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 967 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ […]

އަޙްމަދު ވަހީދު
ހައްޖަށް ގެންދިޔުމުގެ އަގު ކުޑަކުރުމުގެ މަސައްކަތް ފަށައިފި

ހައްޖަށް ގެންދިޔުމުގެ އަގު ކުޑަކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަމަށް ދިޔުމަށް މީހުން އަތުންނަގާ އަގު ކުޑަކުރުމުގެ މަސައްކަތް ސަރުކާރުގެ ހައްޖު ކުންފުނި ހައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ. މިކަން ހާމަކޮށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އެހެންކަމާއެކު، ޙައްޖު ފަންޑުން އެކިއެކި އިން...

ޔުމްނާ ޢަލީ
ވިއްކާފައި ހުރި 1،400 ޑޮމެއިންގެ ތެރެއިން 700 ޑޮމެއިންއަކީ ފޭކު!

ވިއްކާފައި ހުރި 1،400 ޑޮމެއިންގެ ތެރެއިން 700 ޑޮމެއިންއަކީ ފޭކު!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވިއްކާފައިވާ ޑޮމެއިން ނަމްބަރުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ނަމްބަރުތަކަކީ ފޭކް ޑޮމެއިންތަކެއް ކަމަށާއި އެ ނަމްބަރުތައް ގާނޫނީ ނިޒާމުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ރޭ ގެނެސްދިން “އަހާ” ފޯރަމްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ޑޮމެއިން ވިއްކުމުގެ ކަންކަން ހުއްޓިފައި ވަނީ މިދިޔަ ސަރުކާރުގައި ރައ...

މުޙައްމަދު
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައިގެން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައިގެން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން ރޭ ހިނގި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ. ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެ އަށް ދަތުރުކުރި “ލިއޯ ޕާލް” ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލީ ރޭ ފަތިހުއެވެ. އެ ލޭންޑިން ކްރާފްޓުގައި ފަސް މީހަކު ދަތުރު ކުރިއެވެ. އޭގެ ތެރެއިން ހަތަރު މީހަކު ކަނޑުވެފައި ތިއްބާ ރޭ ފަތިހު ސީއެމްބިއުލާންސަށް ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. ގެއްލުނު މީހާ ހޯދަމުން ދަނިކޮށް ފެނުނީ ބަންޑުން ޖަހާލި […]

މުޙައްމަދު