މާލޭގައި ގްރޫޕަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުވާލިބުނު ހަތް މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި 2017 ވަނަ އަހަރު ގްރޫޕަކުން ގޮސް އަނަސްއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން […]
ޙުސައިން ޝަހުދީ
މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި ފަޟީހަތްކޮށް ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވެފައިވަނީ މާލޭގެ މަގުމަތިން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކާރުގައި، އާންމުންގެ މީހެއްގެ ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގާފައި ވަނިކޮށް އެ މައްސަލައިގެ ތެރެއަށް ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން އިމްރާން ލަތީފު (އިންމު) ވަދެވަޑައިގެން ވީޑިއޯ ކުރެއްވި މައްސަލައިގައެވެ. އެ […]
މުޙައްމަދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީ ރިޕޯޓުގައިވާ ކަންކަން ތަންފީޒު ކުުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ގޮވާލައްވައިފިއެވެ. ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނީ މެއި 6، 2021 ގައެވެ. މި ހަމަލާ ދިނީ ރޯދަ މަހުގެ ތެރޭގައެވެ. އެ ހަމަލާ ދީފައި ވަނީ އެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅު، ގ. ކެނަރީގެއިން ނުކުމެވަޑައިގެން ބޮޑީގާޑުންނާ އެކުގައި މަޖީދީ މަގުގައި […]
މުޙައްމަދު
ފުލުހުންގެ އިދާރާގެ ވަޒީފާތައް ދިވެހިންނަށް އިސްކަން ދެވޭ ގޮތަށް ދިނުމަށް ނިންމައިފި އެވެ. ފުލުހުންގެ ބޭނުމަށް ބިދޭސީން ގެނައުމަށާއި އެ މީހުންނާ ގުޅޭގޮތުން ސަރުކާރު އިދާރާތަކުން ކުރަންޖެހޭ ހުރިހާ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއްޔެ އިއުލާންކޮށްފައި ވަނިކޮށް ފަހުން އެ އިއުލާން ވަނީ ބާތިލުކޮށްފަ އެވެ. ފުލުހުންގެ ތަރުޖަމާން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިއުލާން ބާތިލް ކުރީ ދިވެހިންނަށް ވަޒީފާ ދިނުމުގައި އިސްކަން ދެވޭ ގޮތަށް ހެދުމުގެ ގޮތުން ކަމަށެވެ. […]
މުޙައްމަދު
ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ލޯގޯ ޕްރޮފައިލަށް ލައިގެން ސްކޭމް ކޯލްތަކެއް ކުރާތީ އެކަމަށް ސަމާލުވުމަށް ފުލުހުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ލޯގޯ ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް އެކި މީހުންނަށް ގުޅަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. ”ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން އެއްވެސް މީހަކަށް ދިވެހި ފުލުހުންގެ ޚިދުމަތަކުން ނުގުޅާނެ” ފުލުހުން ބުނެފަވެއެވެ. އެހެންކަމުން މިގޮތަށް އަންނަ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާއި ވެސްޓް ހޭމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޗެލްސީން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ޗެލްސީން ވަނީ 5-0 ގެ ނަތީޖާއިން ވެސްޓްހޭމް ބަލިކޮށްފައެވެ. ކުޅުންތެރިން ހޯދުމަށް ބިލިއަނުން ހަރަދުކޮށް ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އައު އެތައް ކުޅުންތެރިންނާއިއެކު ސީޒަންފެށި ޗެލްސީ، ސީޒަންގެ ފުރަތަމަ ކޮޅު ނެރުނީ ވަރަށް ދަށް ނަތީޖާތަކެކެވެ. ނަތީޖާތައް ދަށްވުމުގެ ސަބަބުން ސީޒަންގެ ބޮޑުބައިގައި ޗެލްސީ އޮތީ ވެސް ޕޮއިންޓް ތާވަލުގެ ދިހަވަނައަށް ވުރެ ދަށުގައެވެ....
އިބްރާހިމް ޚަލީލް
އޭޕްރިލް މަހުގެ ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. ފެނަކައިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އާންމު މަސްމަހުގެ ބިލުތަކަށްވުރެ ބޮޑު ނުވާނެހެން ރޯދަ މަހުގެ ކަރަންޓް ބިލުން ޑިސްކައުންޓް ދިނުމަށް ކަނޑައެޅުނު އުސޫލުގެ ދަށުން ރޯދަ މަހުގެ ބައެއް ދުވަސްތައް ހިމެނޭ އެންމެ ފަހުން ތައްޔާރު ކޮށްފައިވާ އޭޕްރިލް މަހުގެ ބިލުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ބިލުތައް […]
އަޙްމަދު ވަހީދު
ހދ.ކުޅުދުއްފުށި ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ހުއްދައަކާއިނުލައި ބަހައްޓާފައިވާ ތަކެތި، ސިޓީ ކައުންސިލުން ނަގައި ސާފުކުރަން ފަށައިފިއެވެ. ސިޓީ ކައުންސިލުން ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓްގައި ވިދާޅުވެފައި ވަނީ އެ ރަށުގެ މަގުތަކާއި އާންމު ތަންތަނުގައި، އެ އިދާރާގެ ހުއްދަ ހޯދުމަކާއިނުލާ ބަހައްޓާފައިވާ ތަކެތި ނޯޓިސް މުއްދަތުގެރޭގައި ނަގާފައިނުވާ ސަރަހައްދުތަކުން އެ ތަކެތި ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު ފަށާފައިވާ ކަމަށާއި، މި މަސައްކަތަކީ ރަށުގެ މަގުތަކާއި އާންމުތަންތަނުގެ...
އިބްރާހިމް ޚަލީލް
ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އުޅުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް އެ މައްސަލާގައި ހައްޔަރުކުރި މުހައްމަދު ނަބީލް ކްރިމިނަލް ކޯޓުގައި ބުނެފި އެވެ. ޓިކްޓޮކްގައި ޔާޔާގެ ނަމުގައި އުޅޭ ނަބީލް އަންހެން ހެދުން އަޅައިގެން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅޭ މައްސަލާގައި އޭނާ އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. މީގެކުރިން ޓިކްޓޮކްގައި ބަރަހަނާވުމުން އޭނާގެ މައްޗަށް އެއް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. ނަބީލްގެ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު […]
ހުސައިން ހަބީބް
މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ހަތަރު ގެސްޓްހައުސްއަށް ނިސްބަތުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ ރާއްޖޭގައި ހިންގަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއަކާ ބަލާއިރު ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ. ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އައީ 772،651 ފަތުރުވެރިންނެވެ. އޭގެ ތެރެއިން 16،355 (%2.12) ފަތުރުވެރިން އައީ ކާނި ހޮ...
މުޙައްމަދު
ޓިކްޓޮކްގައި ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަމުންދާ ދިވެއްސެއް ކަމަށްވާ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ. މީސްމީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ނިވާކަން ކުޑަވާ ގޮތަށް އަންހެން ހެދުން އަޅައިގެން މޭކަޕްކޮށްގެން ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކުރަމުން ގެންދާ ނަބީލް މީގެކުރިން ވެސް ހައްޔަރު ކުރި ކުރިއެވެ. އަދި އޭނާއާ ދެކޮޅަށް އުފުލި ދައުވާއާ ގުޅިގެން ސެޕްޓެމްބަރު 2022 ގައި އެއް އަހަރަށް […]
މުޙައްމަދު
އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ އަމަލުތައް ވަގުތުން ހުއްޓުވައި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމު ކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 15 ވަނަ ސަމިޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުން ވާހަކަ ދައްކަވަމުން ޝަހީމް ވަނީ އިސްރާއީލްގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ކުރަން ގޮވ...
މުޙައްމަދު
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބޭއްވި ބައި އިލެކްޝަންތަކުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީން ހަތަރު ގޮނޑިއެއް ކާމިޔާބު ކުރިއިރު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްއަށް އެއް ގޮނޑި ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ރޭގެ ވަގުތެއްގައި ވަނީ މި އިންތިހާބުތަކުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައެވެ. ބައި އިލެކްޝަން ކުރިއަށް ދިޔައީ މ. މަޑުއްވަރީގެ ކައުންސިލްގެ ރައީސް ހޮވުމަށާއި ހއ. އުތީމު، ނ.ލަންދޫ ، ނ. ވެލިދޫ ކައުންސިލް މެންބަރަކު […]
މުޙައްމަދު
އެމްޑަބްލިއުއެސްސީން ވެސް މިދިޔަ މަހުގެ ބިލުން ރަމަޟާން މަހުގެ ޑިސްކައުންޓް ދޭން ނިންމައިފިއެވެ. އެ ކުންފުނިން ބުނީ ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދިނުމަށް ސަރުކާރުން ނިންމުމާއެކު ފާއިތުވި ރަމަޟާން މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައިވާނީ ރަމަޟާންމަހުގެތެރޭގައި 11 މާޗުން ފެށިގެން 11 އެޕްރީލްގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށް ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި 14.13 މިލިއަން ރުފ...
އަޙްމަދު ވަހީދު
ހެކްކޮށްފައިވާ ހއ.އިހަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖްގެ ކޮންޓްރޯލް އަނބުރާ އެ ކައުންސިލްގެ ދަށަށް ގެނެސްފިއެވެ. އިހަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖް ހެކްކޮށްފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެ ކައުންސިލް ފޭސްބުކް ޕޭޖަކީ މީގެ ނުވަވަރަކަށް އަހަރު ކުރިން ހަދާފައިވާ ޕޭޖެކެވެ. އެ ޕޭޖަކީ ކައުންސިލުން ހިންގާ ހަރަކާތްތަކާއި، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ތަފާތު މައުލޫމާތު ތާޒާކަންމަތީ ފޯރުކޮށްދިނުމަށް އެ ކައުންސިލުން ބޭނުން ކުރަމުން އަންނަ ވަސީލަތެކެވެ. ޕޭޖް ހެކްކުރުމަށް ފަހު، ޕޭ...
އިބްރާހިމް ޚަލީލް
މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ބުނީ ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ “ރޯޝަނީ” ނަމަކަށް ކިޔާ ބޯޓެއް ފަރަށް އަރާފައިވާ ކަމަށް ރޭ ދަންވަރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭގައި 16 މީހުން ތިބި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. މުދާ ބަރުކޮށްގެން، 16 މީހުންނާއިއެކު މާލެއިން ގދ.ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ "ރޯޝަނީ" ބޯޓް ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް...
މުޙައްމަދު
މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް، ކުޑަކުދިން އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކުރުމަށް ޚާއްސަ ހަރަކާތެއް ބާއްވަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ) އިން ނިންމައިފިއެވެ. ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ، މޭ މަހުގެ 10 ވަނަ ދުވަހު، ކުޑަކުދިން އިންޖިނިއަރިން ދާއިރާއަށް ޝައުގުވެރިކުރުވުމަށްޓަކައި، ތަފާތު މާހައުލަކުން ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތާއެކު، ޚާއްސަ ހަރަކާތެއް އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވުމ...
އިބްރާހިމް އަސްވާޤް
ރެއާލް މެޑްރިޑުން ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން 36 ވަނަ ފަހަރަށް ކާމިޔާބު ކޮށްފިއެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި ރެއާލަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެފައި މިވަނީ ރޭ ރެއާލް ކުޅުން މެޗުން މޮޅުވެ ދެވަނާގައި އޮތް ބާސާއާއި ތިންވަނާގައި އޮތް ޖިރޯނާ ބައްދަލުކުރި މެޗުން ބާސާ ބަލިވުމާއި ގުޅިގެންނެވެ. ރޭ ރެއާލުން މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލައި އަމިއްލަ ދަނޑުގައި ނުކުތީ ކާޑިޒްއާއި ދެކޮޅަށެވެ. ރެއާލުން ވަނީ 3-0 ގެ ނަތީޖާއިން ކާޑިޒް ބަލިކޮށްފައެވެ. މި […]
އިބްރާހިމް ޚަލީލް