ލ. މާވަށު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިހާރު ވަނީ ސައިޓް މޮބިލައިޒް ކޮށްފައެވެ. އެގޮތުން ސައިޓް މޮބިލައިޒް ކުރީ، މި މަހުގެ 16 ވަނަ ދުވަހުއެވެ. ސައިޓް މޮބިލައިޒް ކުރުމަށްފަހު ދެން ކުރިއަށްދާނީ ބިން ހިއްކުމުގެ އަމަލީ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން، […]
އަޙްމަދު ވަހީދު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި އެވަޓަން ބައްދަލުކުރި މެޗުގައި، ޗެލްސީގެ ޒުވާން މިޑްފީލްޑަރ ކޯލް ޕާމާ ޖެހި ހަތަރު ލަނޑާއިއެކު ލީގުގެ ލަނޑު ލިސްޓްގެ އެންމެ ކުރިއަށް އޭނާ ޖެހިލައިފިއެވެ. ރޭ ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މެންޗެސްޓާ ސިޓީ ދޫކޮށް ޗެލްސީއަށް ބަދަލުވި އުމުރުން 21 އަހަރުގެ ޕާމާ، މި ސީޒަންގައި އަންނަނީ މޮޅަށް ކުޅެމުންނެވެ. […]
އިބްރާހިމް ޚަލީލް
ހއ.ދިއްދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން، މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަކަށް ބާއްވާ އަންހެނުންގެ ފުރަތަމަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. އަންނަ މެއި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވުމާއި އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ރޫހު ދިރުވައި އާލާކުރުމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ދިއްދޫގެ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ...
އިބްރާހިމް ޚަލީލް
މުޅި ރާއްޖެ ހައި ސްޕީޑް ފެރީން ގުޅާލުމަށް ސަރުކާރުން ފަށާފައިވާ އާރުޓީއެލް ފެރީގެ ހިދުމަތް ނ. އާއި ރ. އަދި ބ. އަތޮޅުގައި ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ. އާރުޓީއެލްގެ ހިދުމަތް އިތުރު ތިން އަތޮޅަކަށް ފުޅާކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ މަރިޔަމް ޝަހާނާއެވެ. އަދި އެމްޓީސީސިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސިއީއޯ އަބްދުﷲ ޒިޔާދުއެވެ. މިހާރު އާރުޓީއެލް ހި...
އަޙްމަދު ވަހީދު
މ. އަތޮޅާއި މާލެއާ ދެމެދު ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މީރުމާ އިވެންޓް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މި ދަތުރުތައް ފެށުމަށް އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. މި ދަތުރުތައް މިހާރު އެމްޓީސީސީން ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ބުރާސްފަތި އަދި ހޮނިހިރު ދުވަހު...
އަޙްމަދު ވަހީދު
ކުޅުދުއްފުށި ސިޓީގެ އިންޖީނުގޭގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލްމޮޑިއުލް އެނދުމާއި ގުޅިގެން، މުޅި އެ ސިޓީން ކަރަންޓް ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓް ދީފިއެވެ. ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމާއި ގުޅިގެން އެ ސިޓީން ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު ހެނދުނު 9:15 ގައެވެ. މި މައްސަލަ ހައްލުކޮށް އެ ރަށަށް ކަރަންޓް ދެވޭނެކަމަށް ފުރަތަމަ ފެނަކައިން ލަފާކުރީ މިއަދު ހަވީރު 18:00 ގައެވެ. ނަމަވެސް މައްސަލަ […]
އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލަ، ސްޓެލްކޯގެ އެހީއާއެކު ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފިއެވެ. ކުޅުދުއްފުށްޓަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 7 ޖަނެރޭޓަރުގެ ތެރެއިން 3 ޖެނެރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުގެ ސަބަބުން މިއަދު ހެނދުނު ކުޅުދުއްފުށިން އެއްކޮށް ވަނީ ކަރަންޓު ކަނޑައިގެން ގޮއްސައެވެ. އެ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވުނީ މިރޭ 8:10 ހާއިރު ކަމަށް ކުޅުދުއްފުށްޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. މި ފުރުސަތުގައި ހދ.ކުޅު...
އިބްރާހިމް އަސްވާޤް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެމްބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ. މި ބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އަލްއުސްތާޛު އިސްހާގު ހުސައިނެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއު...
މުޙައްމަދު
ޕީއެސްއެމްއަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްދިން ސޮފްޓްވެއާގެ އަގަށް 39،000 ޔޫރޯ (640,000ރ.) ދައްކަން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ. ރިޔާސީ އިންތިހާބުގެ ނަތީޖާ ގެނެސްދޭ ސޮފްޓްވެއާ ފޯރުކޮށްދިނުމަށް ޕީއެސްއެމް އިން 2018 ވަނަ އަހަރު ވިސްޑަމް ޓެލެވިޒަން – ސިސްޓެމަސް އިންފޯމަޓިކޮސް ޕެރާ ޓެލެވިޒޯ ކިޔާ ކުންފުންޏަކާ އެކު އެއްބަސްވެފައިވަނީ ސޮފްޓްވެއާގެ އަގުގެ ގޮތުގައި ޖުމްލަ 72،500 ޔޫރޯ ދައްކަން ޖެހޭ ގޮތަށެވެ. ޕީއެސްއެމް އިން ވަނީ […]
ހުސައިން ހަބީބް
ހއ. ދިއްދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ކަރަންޓު ދޫކުރަންވީ ހަމައެކަނި އެ ޕާޓީގެ މީހުންގެ ގެތަކަށް ކަމަށް ބުނެ ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވި މައްސަލަ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އިން ކުށްވެރިކޮށްފިއެވެ. ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، “ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީ ގެތަކަށް” ކަމަށް ބުނެ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު ދިއްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި […]
މުޙައްމަދު
ރާއްޖެ ގެނައި 119 ކިލޯގެ ޑްރަގް މައްސަލައިގައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފުލުހުންގެ އިސް އޮފިސަރުންތަކެއް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބަލައި، އެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން އެޖެންޑާކޮށްފި އެވެ. ރާއްޖެ އެތެރެކުރި 119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާލިބުނު ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، ހޯމް މިނިސްޓަރު އިހުސާން އިރުޝާދުގެ ދަށުން ފުލުހުން ވަނީ ނޫސްވެރިންގެ […]
ހުސައިން ހަބީބް
ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މުޅި ކުޅުދުއްފުށި ސިޓީއިން ކަރަންޓް ކެނޑިފައިވާކަމަށް ފެނަކައިން ބުނެފިއެވެ. ފެނަކައިން ބުނީ، ކުޅުދުއްފުށި ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިއަދު 9:15 ގައި މުޅި ރަށުންވަނީ ކަރަންޓު ކެނޑިފައިކަމަށް ފެނަކައިން ބުންޏެވެ. ”ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި ދަންނަވަމެވެ. އަދި މިމައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓް ދެވޭ...
ޔުމްނާ ޢަލީ
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ޙަސަން ޒަކަރިއްޔާ، ޢައްޔަން ކުރައްވައިފިއެވެ. އީސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހަސަން ފުރުއްވަމުން ގެންދެވީ އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމެވެ. އީސީގެ މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޙަސަން ޒަކަރިއްޔާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ކުރ...
ޔުމްނާ ޢަލީ
އިނގިރޭސި ޕްރިމިއާ ލީގުގެ ރޭ ލިވަޕޫލާއި އާސެނަލް ކުޅުން މެޗުތަކުން މޮޅެއް ނުލިބުމުން ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ޕޮއިންޓް ތާވަލުގެ އެންމެ ކުރީއޮތް މި ތިން ޓީމްގެ ތެރެއިން ރޭ ލީގުގައި ކުޅުން މެޗުން މޮޅުވެގެން އާސެނަލަށް އަދި ލިވަޕޫލަށް ވެސް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. މެންޗެސްޓާ ސިޓީން ވަނީ ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 5-1 ގެ ނަތީޖާއިން ލޫޓަން ބަލިކޮށް 32 މެޗުން […]
އިބްރާހިމް ޚަލީލް
އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ހޯރަފުށި ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓު އަލީ މޫސާ އަށް އެންޓި ކެމްޕެއިންކޮށް، ނުފޫޒު ފޯރުވަމުންދާ ކަމުގައި ޕީޕީއެމް/ޕީއެންސް އިން ބުނެފިއެވެ. ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަޖިލިހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހޯރަފުީ ކައުންސިލުން ހިންގަމުންދާ ކަންތައްތައް ކުށްވެރި ކުރާ ކަމަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލުން ކޯލިޝަންގެ ކެންޑިޑޭޓަށް އެންޓި...
މުޙައްމަދު
ހަނިމާދޫގައި ލޯކަލް ޓްއަރިޒަމް އިތުރަށް ފުޅާކުރުމުގެ ގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން ދޫކުރަން ނިންމާފައި ވަނީ 5000 (ފަސްހާސް) އަކަފޫޓުގެ 14 ބިމެކެވެ. މި ބިންތައް ދޫކުރަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. މި ބިންތަކުގެ ތެރެއިން އަށް ބިމެއް ދޫކުރަން ނިންމާފައި ވަނީ އެ ރަށުގެ އުތުރުކޮޅުގައި މިހާރު ހިންގަމުން އަންނަ ސިޓީ ހޮޓަލުގެ އުތުރުން ހުސްކޮށް އޮތް ސަރަހައްދުންނެވެ. ރަށުގެ ދެކުނު...
އިބްރާހިމް ޚަލީލް
އެއްވެސް މެޗަކުން ބަލިނުވެ ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ބަޔާން ލެވަކޫސަން އިން ކާމިޔާބު ކޮށްފިއެވެ. ލެވަކޫސަން އިން ޗެމްޕިއަންކަން ކަށަވަރު ކޮށްފައި މި ވަނީ ރޭ ލީގުގައި ވާޑާ ބްރެމެންއާއި ދެކޮޅަށް ކުޅުނު މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ. ލީގުގައި މިހާތަނަށް ބަޔާން ކުޅެފައިވާ 29 މެޗުން ވެސް އެ ޓީމް ބަލިވެފައި ނުވެއެވެ. ބާކީ ފަސް މެޗު އޮއްވައި ލެވަކޫސަން އިން ޗެމްޕިއަންކަން ހޯދިއިރު، މިއީ އެ ޓީމްގެ ތާރީހުގައި […]
އިބްރާހިމް ޚަލީލް
މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް އިން ވެހިކަލް ގެނެސްދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން ބުނީ މެގަޓްރޯން މޮޓޯސް މޯލްޑިވްސް ވޭވް އިންޓަނޭޝަނަލް ކުންފުނިން ވެހިކަލް ގެނެސްދިނުމުގެ ނަމުގައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެއް އެ އިދާރާއަށް މި މަހު ހުށަހަޅާފައިވާ ކަމަށެވެ. އެކަމުގައި އިތުރު ބަޔަކަށް ގެއްލުން ލިބިފައިވޭތޯ ބަލަން އިއުލާނުކޮށް، އޭގެ […]
މުޙައްމަދު