ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖައި ލީޑު ނެގީ އާސެނަލުންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި ޖަހައިދިނީ ބުކަޔޯ ސަކާ އެވެ. އޭނާ މި ލަނޑު ޖަހަން ފުރުސަތު ފަހިކޮށްދީފައި ވަނީ ބެން ވައިޓެވެ. ނަމަވެސް ބަޔާނުން ވަނީ ފުރަތަމަ ހާފު […]
އިބްރާހިމް ޚަލީލް
ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފާތަކެއް އިއުލާންކޮށްފިއެވެ. އުރީދޫން ބުނީ، މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި އީދުގައި ރައްޓެހިންނާއި އާއިލާއާ ގުޅުންބަދަހިކުރުމުގައި ހާއްސަކޮށް ތައްޔާރުކޮށް ފޯރުކޮށްދޭ ހަދިޔާއެއް ކަމަށެވެ. މި ޕްރޮމޯޝަނުތަކުގެ ދަށުން ވީޑިއޯ ކޯލް ކުރުމާއި ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރިކޮށް މި އީދު ކުލަގަދަކޮށް ފާހަގަކުރެވޭނެއެވެ. އަދި މި އޮފާތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެ ކަމަށް...
އަޙްމަދު ވަހީދު
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ރެއާލް މެޑްރިޑް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު އެއްވަރު ވެއްޖެއެވެ. ރެއާލްގެ ދަނޑުގައި ރޭ ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗު އެއްވަރުވެފައި ވަނީ 3-3 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ސިޓީން ވަނީ ވަރަށް ކުރީކޮޅު ލީޑު ނަގާފައެވެ. ޖެކް ގްރީލިޝްއަށް ޗުއަމެނީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމުން ބާނާޑޯ ސިލްވާ ވަނީ ލަނޑުޖަހައި ސިޓީއަށް މެޗުގެ […]
އިބްރާހިމް ޚަލީލް
ށ.މިލަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “މިލަންދޫ ކައުންސިލް ކަޕް 2024” ފުޓްސަލް މުބާރާތް އީދު ދުވަހު (މާދަމާ) ފަށާނެއެވެ. މުބާރާތުގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ރޭ 08:30 ގައެވެ. ނަމަވެސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު 8 ޖަހާއިރު ފަށާނެއެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި، ފުޓްބޯޅައިން ރާއްޖެއަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން ކެޕްޓަން އައްސަދު އަބްދުލް ގަނީ ބައިވެރިވާނެއެވެ. ވާދަވެރިކަން ބޮޑު މި މުބާރާތުގައި މި އަހަރު ވަނީ އަށް ޓީމަކުން ބައިވެރިވެފައެވެ. […]
އިބްރާހިމް ޚަލީލް
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފިއެވެ. ކަސްޓަމުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗްގެ ނިޔަލަށް 13.92 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. 1 ޖަނަވަރީ 2024 އިން 31 މާރިޗް 2024 ގެ ނިޔަލަށް، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ މަސްތުވާތަކެތީގެ ތަފާސްހިސާބު. pic.twitter.com/lysd4LclBI — M...
މުޙައްމަދު
މާލޭގައި ޓެކްސީ ޑްރައިވަރުން ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުކޮށް ދަތުރު ކުރާ ނަމަ، އެކަން ރިޕޯޓު ކުރެވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ދަތުރު ކުރަން ބޭނުންވާ މަންޒިލެއްގެ ސަބަބުން ދަތުރު ކުރަން އުޒުރުވެރިވުމާއި ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރުމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބެމުންދާ ކަމަށެވެ. ސަރުކާރުން ކަނޑަ އަޅާފައިވާ އަގު ތަކަށް ވުރެ ބޮޑު […]
މުޙައްމަދު
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ މަސްޖިދުލް އީސާކަލޭފާނުގައި އެސީ ހަރުކޮށް، އިއާދަކުރަނިވި ހަކަތައިން ބޭނުންކުރާ މިސްކިތަކަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން އެ މިސްކިތުގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަނީ، އެ ރަށު ކައުންސިލުން އިސްނަގައިގެންނެވެ. މިގޮތުން އެ މިސްކިތުގައި 24000 (ސައުވީސް ހާސް) ބީޓީޔޫގެ 12 އޭސީ ހަރުކުރުމަށް ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އިއުލާން ވެސް […...
އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގައި މި ރޯދަމަހު ކަރަންޓުގެ މައްސަލަ ބޮޑުވުމުން މި މަހު އެ ރަށުގެ ހުރިހާ ކަރަންޓު ބިލަކަށް 50 އިންސައްތަ ޑިސްކައުންޓް ދޭން ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ. ފެނަކަ ކޯޕަރޭޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޅުދުއްފުށީގައި މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބުމުގައި މި ރޯދަމަހު ގިނަ ގޮންޖެހުންތަކެއް އާންމުންނަށް ކުރިމަތިވުމުން އެ ކުންފުނިން އެކަމަށް މާފަށް އެދޭ ކަމަށެވެ. އަދި ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް […]
އަޙްމަދު ވަހީދު
ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ. ޖުވެނަލް ޖަސްޓިސް ޑިޕާޓްމަންޓުން ކުރި އިއުލާނެއްގައި ވަނީ އެސިސްޓެންޓް ކައުންސެލަރާއި ޕްރޮގްރާމް އޮފިސަރު އަދި ސީނިއާ ޖުވެނަލް ޖަސްޓިސް އޮފިސަރުގެ އިތުރުން މަސައްކަތު މީހުންނާއި ޗައިލްޑް ކެއާ އެޓެންޑުން ބޭނުންވާ ކަމަށެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކު...
މުޙައްމަދު
ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކުރި ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ. ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކޮންމެ ފަހަރަކު ހެން ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާ ކުރެއެވެ. އިސްލާމިކް މިނިސްޓްރީން ރޭ ވަނީ ކަދުރު ބަހާނެ ގަޑިތައް އިއުލާނުކޮށްފައެވެ. ކަދުރު ބަހާނެ ދުވަސްތަކާއި ގަޑިތައް: – އޭޕްރީލް 8-9 އަށް، މެންދުރު 1:00 އިން 3:00 އަށް – އޭޕްރީލް 14-18 އަށް، މެންދުރު 1:00 އިން 3:00 […]
މުޙައްމަދު
ދުނިޔޭގެ ބައެއް ހިސާބުތަކަށް މިއަދު ފެންނަ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. ފަލަކީ އިލްމުވެރިޔާ، މައުމޫން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ހަތަރު މިނެޓް 24 ސިކުންތަށް ހިފާ އިރުކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށެވެ. އެއީ އިރު ކޭތަ ހިފަން ފަށަނީ ރާއްޖެ ގަޑިން 20:42 ގައި ކަމަށްވާތީ ކަމުގައި މައުމޫން ވިދާޅުވިއެވެ. މިއަދު ހިފާ އިރުުކޭތަ އެމެރިކާގެ 15 ސްޓޭޓަކަށް ފެންނާނެ ކަމަށްވެއެވެ. އިރު ކޭތަ […]
މުޙައްމަދު
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗުން މޮޅުނުވެވި ލިވަޕޫލަށް ޕޮއިންޓް ތާވަލުގެ އެއްވަނަ ގެއްލިއްޖެއެވެ. ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ލިވަޕޫލަށް އޮތެވެ. ނަމަވެސް ރޭ މެޗު އެއްވަރުވުމުން ލިވަޕޫލް ދެވަނާގައި އޮތީ އެއްވަނާގައި އޮތް އާސެނަލް އާއި އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. […]
އިބްރާހިމް ޚަލީލް
ގއ. ކޮލަމާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، މި މަހުގެ ތިން ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 284,145 ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 823 މީޓަރުގެ ސަރަހައްދެއްގައި ޑްރެއިނޭޖް ބަޔޯސްވޭލްއެއް ހަދާނެއެވެ. މިއީ 41.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކ...
އަޙްމަދު ވަހީދު
މި އަހަރުގެ ފިތުރު އީދު ދުވަހުގެ ހަވީރު ފައި މަގުގައި އުޅޭ ގޮތަށް މާލެ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ. ކަލެންޑަރުގައިވާ ގޮތުން ނަމަ، މި އަހަރުގެ ފިތުރު އީދު ދުވަސް ދިމާވާނީ އަންނަ ބުދަ ދުވަހުއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ ފިތުރު އީދު ދުވަހު މާލޭގައި ހިނގާފައި އުޅޭ ވަގުުތުގެ ގޮތުގައި ހަވީރު 4:00 އިން 6:00 އަށް ހަމަޖައްސާފައިވާ ކަމަށެވެ. ފިތުރު އީދު ދުވަހާ ދިމާކޮށް މާލެ ސިޓީ ކައުންސިލުން އިސް ނަގައިގެން ގިނަ […]
މުޙައްމަދު
އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރުމުގައި ބައިވެރިވި ކުއްޖެއްގެ އާއިލާއިން އެކަމަށް މާފަށް އެދިއްޖެއެވެ. މިދިޔަ ހުކުރު ދުވަހުގެރޭ ރަސްދޫގައި ކުޑަ ކުއްޖަކަށް އަނިޔާ ކުރުމުގައި ބައިވެރިވީ 13 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނެވެ. އަނިޔާ ލިބިފައިވަނީ އއ. މަތިވެރި ކުއްޖަކަށެވެ. ރަސްދޫ އަށް އެ ކުއްޖާ ދިޔައީ އާއިލާ އާ އެކީގައި ޗުއްޓީ ހޭދަކޮށްލުމަށެވެ. އެ ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާގެ އާއިލާގެ މީހަކު ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި […]
މުޙައްމަދު
ކުރިއަށް އޮތް ފިތުރު އީދު ދުވަސް ކަމަށް ވަރަށް ބޮޑަށް ޔަގީންވެފައިވާ ބުދަ ދުވަހު، އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅުވި ނަމަވެސް އެހެން ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަންނަ ބުދަ ދުވަހު އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅު ނަމަވެސް މެދު ރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. […]
މުޙައްމަދު
ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ގެ ޗެމްޕިއަންކަން އެތުލެޓިކް ބޮލްބާއޯއިން ހޯދައިފިއެވެ. މުބާރާތުގެ ފައިނަލް މެޗުގައި ރޭ ބައްދަލު ކޮށްފައި ވަނީ ބިލްބާއޯއާއި މަޔޯކާއެވެ. މި މެޗު ފުރިހަމަ ވަގުތުހަމަވި އިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރުވަގުތުގެ ދެހާފް ކުޅެ ނިމުނު އިރުވެސް ނަތީޖާ އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖެހިއިރު، ބިލްބޯއޯއިން ވަނީ 4-2 އިން ޕެނަލްޓީގައި ކުރި ހޯދާ މުބާރާތް ކާމިޔާބު ކޮށްފައެވެ. ރޭ ސެވިއްޔާގެ ދަނޑުގައި ކުޅުނު […]
އިބްރާހިމް ޚަލީލް
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ބަރައިޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް އާސެނަލް ޖެހިލައިފިއެވެ. ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ. މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާސެނަލް އޮތީ ދެވަނާގައި އޮތް ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އާސެނަލަށް 31 މެޗުން 71 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލުން ވަނީ 30 މެޗުން 70 ޕޮއިންޓް ހޯދާފައެވެ. […]
އިބްރާހިމް ޚަލީލް