އީރާނާ ދެކޮޅަށް އދ. އަށް ހުށަހެޅި ގަރާރު ރަޝިއާ އާއި ޗައިނާއިން ވީޓޯކޮށްފި
އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރު ބެލުމަށް އދ. އިން ކަނޑައަޅާފައިވާ މިނިވަން މޮނިޓަރިން ޕެނަލްގެ މުއްދަތު އިތުރުކުރުމަށް އެމެރިކާއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ރަޝިއާ އާއި ޗައިނާއިން ވީޓޯކޮށް ބާތިލްކޮށްފިއެވެ. ބުރާސްފަތި ދުވަހު ސެކިއުރިޓީ ކައުންސިލްގައި ނެގި މި ވޯޓުގައި، މޮނިޓަރިން މުއްދަތު އިތުރުކުރުމަށް 11 ގައުމަކުން ތާއީދުކޮށް ވޯޓު ދީފައިވެއެވެ. ނަމަވެސް، ކައުންސިލްގެ ދާއިމީ ދެ މެންބަރުން ކަމަށްވާ ރަޝިއާ އާއި ޗައިނާއިން ގަރާރާ ދެކޮ...