ސީއެންއެން އަދި ޕޮލިޓިކޯ ހިމެނޭހެން ބައެއް މީޑިއާތައް ވައިޓް ހައުސްއަށް ވަނުން މަނާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މަޝްހޫރު ނޫސް އިދާރާތައް ކަމަށްވާ ސީއެންއެން، އެމްއެސް ނައު އަދި ޕޮލިޓިކޯ ވައިޓް ހައުސްއަށް ވަނުން މަނާކުރައްވަން ނިންމަވައިފިއެވެ. ޓްރަމްޕް މި މީޑިއާތަކަށް ތުހުމަތުކުރައްވަނީ “ފޭކް ނިއުސް” ނުވަތަ ދޮގު ޚަބަރު ފަތުރާ ކަމަށެވެ. މި ނިންމުމާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށާއި މީޑިއާތަކަށް މައުލޫމާތު ލިބުމުގެ ހައްގަށް ކުރާނެ އަސަރުތަކާ މެދު މީޑިއާ ދިރާސާކުރާ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގާނޫނީ އަދި ދުސްތޫރީ ގޮންޖެހުންތައް ވައިޓް ހައުސ...