ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރު ކުރުމަށް ކުރެވުނު ފުރަތަމަ މަސައްކަތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުންކަމަށާއި، ޔުނިފޯމް އަޅައިގެން އަދި ޔުނިފޯމު ނާޅާވިޔަސް ބޭރުގެ ގައުމެއްގެ ސިފައިނެއް މިހާރު ރާއްޖޭގައި ނުތިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ މާލޭގެ ސޯސަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ދިފާއީ ސިޔާދަތު ކަށަވަރުކުރ...
ޔުމްނާ ޢަލީ
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން އެ ރަށުގައި ތަރައްގީކުރި ޒަމާނީ ވޮލީ ކޯޓް ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ. މި ކޯޓް ރަސްމީކޮށް ހުޅުވުމަށް ބުރާސްފަތި ދުވަހުގެ ރޭ އެ ކޯޓުގައި ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން އަންހެން ވޮލީ މެޗެއް ވަނީ ކުޅެފައެވެ. މި މެޗުގައި ބައްދަލުކުރީ މޮޅަދޫ އަންހެން ވޮލީ ޓީމާއި އިމަގު އަންހެން ވޮލީ ޓީމެވެ. މި ކޯޓް ތަރައްގީ ކުރުމަށް އެ ޖަމިއްޔާއިން ނިންމައި އެކަން […]
އިބްރާހިމް ޚަލީލް
މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހޯދިއްޖެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް ޚަރަދުކޮށްފައިވާނީ ފައިސާ ޗާޕުނުކޮށް، ހަމައެކަނި ދައުލަތަށް ލިބުނު އާމުދަނީއިން ކަމަށެވެ. މިގޮތުން މި ދިޔަ ޖޫންމަހުގެ ނިޔަލަށް ދައުލަތަށް 18.6 ބިލިއަން ރުފިޔާ އާމުދަނީގެ ގޮތުގައި ހ...
ޔުމްނާ ޢަލީ
ނޯތް ކޮރެއާގެ ސަރުކާރުން ޑޮނަލްޑް ޓްރަމްޕްގެ ބަސްތަކަށް ހަރުކަށި ރައްދެއް ދީފިއެވެ. އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އޭނާ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދަވައިފިނަމަ، ނޯތް ކޮރެއާއާ އެކު އޮންނަ ގުޅުން ރަނގަޅުވާނެ ކަމަށެވެ. އަދި ނޯތް ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އޭނާއަށް އެއބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ނޯތް ކޮރެއާގެ ސަރުކާރުގެ ނޫސް އޭޖެންސީ، ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ނެރުނު އެޑިޓޯރިއަލްގައި ބުނެފައިވަނީ އެމެރިކާގެ ސަރުކާރު ބަދަލުވިޔަސ...
އަޙްމަދު ދާއޫދު
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 138 ބޭފުޅަކަށް ދައުލަތުން ދެއްވާ ޝަރަފުގެ ބެޖާއި އައްޑަނަ ރޭ ދެއްވައިފިއެވެ. އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ، ރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 138 ބޭފުޅުންގެ ތެރޭގައި ހިމެނެނީ 30 އަންހެން ބޭފުޅުންނާއި 108 ފިރިހެން ބޭފުޅުންނެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން […]
ޔުމްނާ ޢަލީ
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި އޭނާގެ އަނބިކަނބަލުން މިޝެލް އޮބާމާ، އެމެރިކާގެ މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްއަށް ގުޅުއްވާ، އެމެރިކާގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައިފިއެވެ. އޮބާމާ ވިދާޅުވީ، މި ހަފްތާގެ ކުރީކޮޅު ކަމަލާ ހެރިސްއަށް ގުޅުއްވާ، އޭނާ އެމެރިކާގެ ރައީސްކަމަށް ވަރަށް ރަނގަޅު ބޭފުޅަކަށް ވާނެކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އޭނާއަށް އެ ދެ ބޭފުޅުންގެ ފުރިހަމަ ތާއީދު އޮތްކަން އަންގަވާފައިވާ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ މި ނާޒުކ...
އަޙްމަދު ދާއޫދު
މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގައިދޭން ބޭނުންވާ އިމާމުންނާއި ޤުރްއާން މުދައްރިސުންނަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފުރުޞަތު ހުޅުވާލާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ. މި ފުރުޞަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން “މިސްކިތު ޤާރީ ކްލާސް ފޯމް” ފުރިހަމަކުރުމަށްފަހު އޮގަސްޓް 15 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އެދިފައިވެއެވެ. މި ފޯމު ފުރިހަމަކުރެވޭނީ https://forms.gle/2tXnzJQo1ctrSFp36 ލިންކް މެދުވެރިކޮށެވެ. ކުރީގެ އަހަރ...
އަލީ އާދިލް
1887: އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ 16 ޑިސެންބަރު 1887 ގައެވެ. ހިމާޔަތުގެ ދަށަށް ދިޔައީ ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މުއާހަދާއެއްގެ ދަށުންކަމަށް ބުނެވުނަސް މިކަން ހިނގާ ދިޔައީ ދިވެހި ދައުލަތަށް މަޖުބޫރުކޮށްގެން އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވި ރަދުން، އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)ގެ ސިޓީފުޅެއް ހޯދައިގެން. އެ ސިޓީފުޅުގެ މައްޗަށް އިނގިރޭސީން ދިވެހިރާއްޖެއަށް ހިމާޔަތްދިން ކަމަށް ބުނެ ފޮނުވި ސިޓީއަކީ އިނގިރޭސި ކްއީން ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަ...
ޢަބްދުﷲ ސަޢީދު
ހދ.ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށު ސައާދާ ޕްރީސްކޫލް ޕްލޭ އޭރިއާގައި އެޅުމަށް ޓާފް ހަދިޔާކޮށްފިއެވެ. މި ޓާފަކީ އެ ސްކޫލުގެ ޕްލޭ އޭރިއާގައި އަލަށް ބަހައްޓާ ސްލައިޑް ބެހެއްޓުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި އެޅުމަށް އެ ކޮމެޓީން ހަދިޔާކޮށްފައިވާ ޓާފެކެވެ. އެ ކޮމެޓީން ކޮންމެ އަހަރަކު ވެސް އަންނަނީ ޕްރީ ސްކޫލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނިމިދިޔަ އަހަރު ފައިސާގެ އެހީ ވެސް އެ ކޮމެޓީން ވަނީ ޕްރީސްކޫލަށް ފޯރުކޮށްދީފައެވެ. މީގެއިތުރުން...
އިބްރާހިމް ޚަލީލް
ބިދޭސީއަކު އަތުން ފޯނެއް ފޭރިގަތް ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 12:38 ހާއިރު ކަމަށެވެ. ބިދޭސީ މީހާއަތުން ފޯނު ފޭރި ގަތީ އޭނާ ހ. އެއްގަމުގޭ ކައިރިން ހިނގާފައި ދަނިކޮށް ސައިކަލެއްގައި ދިޔަ ދެ ދިވެހި ފިރިހެނުންނެވެ. ‘’މި މައްސަލާގައި ފޭރު ފޯނު ވަނީ ރިކަވާ ކުރެވިފައި’’ ފުލުހުން ބުނެފަވެއެވެ. މި މައްސަލައިގެ ތުހުމަތުގައި ދެ ދިވެހިން ހައްޔަރުކޮށްފައިވާއިރު ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ. […]
ޔުމްނާ ޢަލީ
އެޕަލްގެ އައިފޯން 17 ސްލިމް ނިކުންނާނީ ފަހަތުގައި އެންމެ ކެމެރާއަކާއެކު ކަމަށް އިންޑަސްޓްރީގެ އިންސައިޑަރެއް ބުނެފިއެވެ. އެޕަލްގެ އައިފޯން 17 އާ ބެހޭ ގޮތުން އަދިވެސް ގިނަ މަޢުލޫމާތުތަކެއް ހާމަވެފައި ނުވި ނަމަވެސް، މި ފޯނާ ބެހޭ ގޮތުން އެކި ވާހަކަތައް ދެކެވެން ވަނީ ފަށައިފައެވެ. މިގޮތުން އެންމެ ފަހުން އަޑުއިވެމުންދާ ވާހަކައަކީ އައިފޯންގެ ޑިޒައިން އަލުން މާނަކުރުމަށް ގެނެވިދާނެ “އަލްޓްރާ-ސްލިމް” މޮޑެލްއެއްގެ ވާހަކައެވެ. ނަމަވެސް މި ތުނި ޑިޒައިނާއެކު އަންނާނީ ހައިރާންކުރުވަނިވި ބަދަލެކެވެ. އެއީ ފަހަ...
އަޙްމަދު ދާއޫދު
މިނިވަންކަމަކީ ޤައުމަކަށް ލިބޭނެ އެންމެބޮޑު ނިޢުމަތްކަމަށާއި، ޤައުމެއްގެ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ ވެސް މިނިވަންކަން އޮވެގެންކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ. މިއަދަކީ ރާއްޖެ، އިނގިރޭސިންގެ ދަށުން މިނިވަންކަން ލިބުނުތާ 59 އަހަރު ފުރޭ ރާއްޖޭގެ މިނިވަން ދުވަހެވެ. މިއަދުގެ މުނާސަބާގައި ނައިބު ރައީސް ވަނީ ޚާއްޞަ ވީޑިއޯ މެސެޖެއް ދެއްވާފައެވެ. މި މެސެޖުގައި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ރައްކާތެރިކޮށް، ޤައުމުގެ ސުލްޙަވެރިކަމާ އެއްބައިވަންތަކަނ...
ޔުމްނާ ޢަލީ
ޣައްޒާގެ ރައްޔިތުންގެ ހާލަތާ މެދު އަޑުއުފުލާނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ކަމާލާ ހެރިސް ވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހު ވޮޝިންގްޓަންގައި ނެތަންޔާހޫއާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހެރިސް ވިދާޅުވީ، އިސްރާއީލަށް އަމިއްލަ ދިފާއުގައި މަސައްކަތްކުރުމުގެ ހައްގު އެބައޮތް ކަމަށެވެ. އެހެންނަމަވެސް އެކަން ކުރާ ގޮތް މުހިންމުކަމަށް ވިދާޅުވެ އެކަމަނާ ވިދާޅުވީ ވޭތުވެދިޔަ 9 މަހު ޣައްޒާގައި ހިނގާފައިވާ ކަންކަމަކީ ވަރަށް ހިތާމަވެރި ކަންކަން ކަމަށެވެ. “މަރުވެފައިވާ ކުޑަކުދިންނާ...
އަޙްމަދު ދާއޫދު
މިޔަންމާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަތިޔާރު އެޅި ޖަމާޢަތްތަކުން، އެ ޤައުމުގެ އަސްކަރިއްޔާގެ ސަރަޙައްދީ މައި މަރުކަޒު ހިފައިފިއެވެ. މި ތަން ހިފާފައިވަނީ މިޔަންމާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް އާމީ (އެމްއެންޑީއޭއޭ)ގެ ހަތިޔާރު އެޅި ސިފައިންނެވެ. އެމްއެންޑީއޭއޭގެ ސިފައިން ހިފާފައިވަނީ މިޔަންމާގެ އުތުރުގައި އޮންނަ ޝާ ސްޓޭޓްގެ ލާޝިޔޯގައި ހުންނަ އަސްކަރީ މަރުކަޒެވެ. މި މަރުކަޒަކީ ޗައިނާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ މަރުކަޒެކެވެ. މިއީ މިޔަންމާގައި ވެރިކަން ކުރާ އަސްކަރީ ސަރުކާރ...
އަޙްމަދު ދާއޫދު
ހއ. އަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނަރަލެއް ނެގުން މަޑުޖައްސައިދެއްވުން އެދި ސިވިލް ސާރވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށައެޅުމަށް އެކައުންސިލުން ފާސްކޮށްފިއެވެ. ކައުންސިލުން މިގޮތަށް ފާސްކޮށްފައި މިވަނީ އެ ކައުންސިލަށް ސެކްރެޓަރީ ޖެނަރަލްއެއް ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަނުން އިއުލާނުކޮށް އެ މަޤާމަށް ކެންޑިޑޭޓުން ކުރިމަތިލާފައި ވަނިކޮށެވެ. ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤް މިނޫހަށް މަޢުލޫމާދު ދެމުން ވިދާޅުވީ، އެކައުންސިލުން ފާސްކޮށްފައިވަނީ އެ ކައުންސިލް ހިންގުމަށް މުހިއްމު ބަދަލުތަކ...
އަލީ އާދިލް
ރާއްޖޭގައި އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ ދިރާސާ، ”ހެޕިނެސް އިންޑެކްސް”، (އުފާވެރިކަމުގެ މިންގަނޑު) އެކުލަވާލުމުގެ މަސައްކަތް ޢަމަލީ މަސައްކަތް ފަށައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން، ”ހެޕިނެސް އިންޑެކްސް” ދިރާސާ އެކުލަވާލުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އާއި އެވެ. ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނީ އައިޔޫއެމްއިން އިއްޔެ އެ ދިރާ...
ޔުމްނާ ޢަލީ
ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 90 އިންސައްތަ މިހާރު ވަނީ ނިިމިފައެވެ. މި މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތައް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 28,175 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 1,740 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބަ […]
އަޙްމަދު ވަހީދު
ބްރިޖް އިން ޓޯލް ނެގުމަކީ ރައީސް މުޙައްމަދު މުޢިއްޒު ގެ ސިޔާސަތެއްނޫންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ މަޤްޞަދުގައި ސަރުކާރުން ރޭ އިފްތިތާހްކުރި “މާލެ ފަހި ޕްރޮގްރާމް”ގެ ޕްލޭންގެ ތެރޭގައި ސިނަމާލޭ ބުރިޖުން ޓޯލް ފީއެއް ނެގުމަށް ހިމަނާފައި އޮތުމުން ބައެއް މީޑިއާތަކުން ވަނީ އެކަން ރިޕޯޓުކޮށްފައެވެ. އެކަމާއި ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވ...
ޔުމްނާ ޢަލީ