ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދުގައި އިހުމާވެ، އެމީހުންނަށް މުސާރަ ނުދޭ ނަމަ، އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ބިދޭސީއަކު ރާއްޖެ ގެނައުމަށް ފަހު، ވަޒީފާ ދޭ ފަރާތުން އިހުމާލު ވެއްޖެ ނަމަ، އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށްފައެވެ. އެއީ ބިދޭސީން މަސައްކަތްތެރިން...
މުޙައްމަދު
މި އަހަރުގެ އޮލިމްޕިކްސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ފްރާންސްގެ ވެރިރަށް ޕެރިހަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ނައިބު ރައީސްގެ މި ދަތުރަކީ ފްރާންސްގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. ނައިބު ރައީސް ފްރާންސްގެ ޕެރިހަށް މި ކުރައްވާ ދަތުރުފުޅުގައި ރާއްޖޭއިން އޮލިމްޕިކްސްގައި ވާދަކުރާ ބައިވެރިންނާއި ބައްދަލު ކުރައްވާނެއެވެ. މިފަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާނީ ހަތަރު ކުޅިވަރެއްގައެވެ...
މުޙައްމަދު
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން ގުޅުން ބަދަހިކުރަން އިންޑިއާގެ ސަފީރު މުނޫ މަހާވަރާ، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ ޓޫރިޒަމް މިނިސްޓްރީގައެވެ. Minister @ifaisalofficial held a productive meeting with H.E. Shri Munu Mahawar, HCr of India to the Maldives. Discussed opportunities for enhanced cooperation and explored exciting avenues for future collaborations.@mitdcmv@HCIMaldives […]
މުޙައްމަދު
އަންހެން ކުއްޖެއްގެ ނޭވާ ހޮޅިން ބުރުގާ ޕިނެއް އިއްޔެ ނަގައިފިއެވެ. އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ބަލިތަކާ ބެހޭ ހާއްސަ ޑރ. މުހައްމަދު އިސްމާއިލް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން އަންހެން ކުއްޖެއްގެ ނޭވާ ހޮޅި ތެރެއިން ބުރުގާ ޕިނެއް ނަގާފައިވާ ކަމަށެވެ. އެކަން އެހެންވީ އަނގައިގެ ތެރެއަށް ޕިނެއް ލައިގެން އުޅެނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. Today we removed a buruga pin from a young girl’s airway, It’s a […]
މުޙައްމަދު
ހދ. ހިރިމަރަދޫ ރައްޔިތުން މާލެ ސަރަޙައްދަށް ހިޖުރަކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި ދަންނަވާފައިވާނެކަމަށް ހިރިމަރަދޫ ކައުންސިލުން ހާމަކޮށްފި އެވެ. ހިރިމަރަދޫ ކައުންސިލުން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ބޯހިޔާވަހިކަމާއި، ރަނގަޅު ތަޢުލީމާއި ސިއްޙީ ނިޒާމް ފުރިހަމަކަމާއެކު ލިބޭނޭ ސަރަހައްދަކަށް އެރަށުގެ ރައްޔިތުން ބަދަލުވުމަށް ރައްޔިތުންނާއި މަޝްވަރާކޮށް ރައްޔިތުންގެ ހިޔާލުހޯދަމުން އަންނަކަމަށެވެ. “މިރަށު ރައްޔިތުންނަށް ސަރުކާރުން ހިއްކާ މާލެ ސަރަޙައްދު ރަ...
އިބްރާހިމް އަސްވާޤް
ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ފަރާތުން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ދައްކަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. އެމްސީބީއަށް 2.3 މިލިއަން ރުފިޔާ ދައްކަން 2018 ވަނަ އަހަރު އަލީ ޒާހިރަށް ބޭންކުން އެންގީ އޭނާ މީހަކަށް 2.3 މިލިއަން ރުފިޔާގެ ޗެކެއް ދޫކުރުމުން އެކައުންޓްގައި ފައިސާ ނެތީސް ބޭންކުން އެ ޗެކަށް ފައިސާ ދޫކޮށްފައިވާތީ އެވެ. ބޭންކުން ޗެކަށް […]
ހުސައިން ހަބީބް
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ދޫނިދޫގައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. މިގޮތުން ނައްތާލާފައިވަނީ 187 ބްރޭންޑެޑް ފުޅި، 217 ޕެޓް ފުޅި އަދި 788 ދަޅު ބިޔަރެވެ. މީގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި 38 އައިޓަމް ވެސް ނައްތާލާފައިވެއެވެ. މިއަދު ނައްތާލި ބަނގުރަލަކީ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގ...
އަލީ އާދިލް
ދަ ޑިމޮކްރެޓިކް ޕާޓީގެ އިސްވެރިން އިއްޔެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކޮށް، ސަރުކާރާއެކު މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. ރައީސް އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ހަސަން ލަޠީފާއި ނައިބު ރައީސް މުޙައްމަދު ޝިފާޒު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތުތަކުގެ ތެރެއިން މި ސަރުކާރަށް ތަންފީޒުކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. ރައީސް މުޢިއްޒު ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް މަސައްކަތްކުރައްވާނ...
އަލީ އާދިލް
ހއ. ވަށަފަރު ފެނާއި ނަރުދަމާގެ 84 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީން ބުނިގޮތުގައި މިހާރު ކުރިއަށްދަނީ ފެން ރައްކާކުރާ ޓޭންކް އިންސްޓޯލް ކުރުމާއި ސީ އައުޓްފޯލް މަސައްކަތެވެ. ވަށަފަރުގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫއު ހަވާލުކޮށްފައިވަނީ 92.78 މިލިއަން ރުފިޔާއަށެވެ. މިމަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމ...
އަޙްމަދު ވަހީދު
މާލެ އާއި ވިލިމާލޭގެ މަގުތައް ހަދަން ލެޓަރ އޮފް އެކްސްޗޭންޖެއްގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ސޮއިކޮށްފިއެވެ. އިމާރާތްކުރުމާއި ބިނާރާއާއިބެހޭ ވުޒާރާއިން ބުނީ މާލެ އާއި ވިލިމާލޭގެ މަގުތައް ހަދަން ލެޓަރ އޮފް އެކްސްޗޭންޖެއްގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ. މި ލެޓަރ އޮފް އެކްސްޗޭންޖެއްގައި ދިވެހިސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ބިނާރާއާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކު...
ޔުމްނާ ޢަލީ
ދިވެހި މަސްވެރިންނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 66 މިލިއަން ރުފިޔާ މިމަހު ޖަމާކޮށްދީފައިވާކަމަށް ސަރުކާރުގެ މަސްކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ. އެ ކުންފުނިން އިއްޔެ ބުނިގޮތުގައި މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 2,009,843ރ. މިދިޔަ އާދިއްތަ ދުވަހު ވަނީ ޖަމާކޮށްދީފައެވެ. އެ ފައިސާއަކީ މިދިޔަ މަހުގެ 28 އިން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ކަމަށް އެ ކުންފުނިން ބުނެއެވެ. […]
ޔުމްނާ ޢަލީ
އެޕަލް އިން ފޯލްޑަބަލް އައިފޯނެއް 2026 ވަނަ އަހަރު ނެރުމަށް ރާވަމުންދާ ކަމަށް “ދަ އިންފޮމޭޝަން” އިން ރިޕޯޓު ކޮށްފިއެވެ. މިއީ އެޕަލްގެ އެންމެ މަޤްބޫލު އުފެއްދުމުގެ ޑިޒައިންގައި ގެންނަ އެންމެ ބޮޑު ބަދަލު ކަމަށް ވެދާނެއެވެ. ކެލިފޯނިއާގެ ކޫޕަޓީނޯގައި ހުންނަ އެޕަލް އިން މި ފޯލްޑަބަލް އައިފޯނު ނެރުމަށް ރާވަމުންދަނީ ސެމްސަންގ އިން 2019 ވަނަ އަހަރު ފެށި ފޯލްޑަބަލް ސްމާޓްފޯނު މާކެޓަށް ވަދެ، އާ ކަސްޓަމަރުން ހޯދުމަށް ކަމަށް ބެލެވެއެވެ. މި މައުލޫމާތު އެނގޭ […]
އަޙްމަދު ދާއޫދު
ޔޫކްރެއިން އާއި ރަޝިޔާ އާ ދެމެދު ހިނގަމުނދާ ހަނގުރާމަ އަވަހަށް ނިންމުމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ގޮވާލައިފިއެވެ. މިއީ އޭނާގެ ވާހަކަތަކުގައި އައި ކުއްލި ބަދަލެކެވެ. މިއަދު ކީވްގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒެލެންސްކީ ބުނެފައިވަނީ “އަހަރުމެން ވީހާވެސް އަވަހަކަށް މި ހަނގުރާމަ ނިންމަން އެބަޖެހޭ” ކަމަށެވެ. މީގެ ކުރިން ޒެލެންސްކީ ވަނީ ޔޫކްރެއިންގެ އެންމެހާ ސަރަހައްދުތައް ހިމާޔަތްކުރުމަށް ހަނގުރާމަ ކުރިއަށް ގެންދަންޖެހޭނެ ކަމަށް ބުނެފައެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝ...
އަޙްމަދު ދާއޫދު
އެމެރިކާގެ ވޮޝިންގްޓަން ޑީ.ސީގައި ހުންނަ ކެޕިޓޯލް ހިލްގައި މިއަދު ޔަހޫދީ އެކްޓިވިސްޓުން މުޒާހަރާކޮށްފިއެވެ. މި މުޒާހަރާ ކުރީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އެމެރިކާއަށް ކުރަން ހަމަޖެހިފައިވާ ދަތުރާ ގުޅިގެންނެވެ. ޖުވިޝް ވޮއިސް ފޯ ޕީސް އިން އިންތިޒާމުކުރި މި މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން “ލެޓް ގާޒާ ލިވް” އަދި “ސްޓޮޕް ޖެނޮސައިޑް” ފަދަ އިބާރާތްތައް ގޮވަމުން ދިޔައެވެ. އަދި “ޖުވްސް ސޭ ސްޓޮޕް އާމިންގ އިސްރާއީލް” މިހެން ލިޔެފައިވާ ޓީޝާޓުތައް ލައިގެން ތިބިއެވެ. މުޒާހަރާގައި ބައިވެރި...
އަޙްމަދު ދާއޫދު
ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާގައި އެމެރިކާގެ ސީކްރެޓް ސަރވިސް “ފެއިލްވި” ކަމަށް އެ އިދާރާގެ ޑިރެކްޓަރ ކިމްބަރލީ ޗީޓްލް އިއުތިރާފުވުމާއެކު އޭނާ އިސްތިއުފާދެއްވައިފިއެވެ. މިދިޔަ ހޯމަ ދުވަހު ބޭއްވުނު ހައުސް ހިއަރިންގއެއްގައި، ޗީޓްލް ވަނީ އެ އިދާރާގެ “ނާކާމިޔާބީ” އާ ގުޅޭގޮތުން އިއުތިރާފުވެފައެވެ. އޭނާ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މިއީ “ހިތުގައި ބުރަކަމާއެކު” ނިންމި “އުނދަގޫ” ނިންމުމެއް ކަމަށެވެ. މިހާރު ވަގުތީ ޑިރެކްޓަރެއްގެ ގޮތުގައި ޑެޕިއުޓީ ޑިރެކްޓަރ ރޮނަލް...
އަޙްމަދު ދާއޫދު
ހދ.ނޮޅިވަރަންފަރު ތަރައްޤީއަށް އެންމެ ބޭނުންވެފައިވާ ކަންކަމާއި، ހައްލުކުރަން ބޭނުންވެފައިވާ މައްސަލަތައް ނައިބުރައީސް ހުސެން މުހައްމަދު ލަތީފް އާއި އެރަށު ކައުންސިލުން މިއަދު ހިއްސާކޮށްފިއެވެ. ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވަނީ މިއަދު ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައިއޮތް މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ތަރައްޤީއަށް އެންމެ ބޭނުންވެފައިވ...
ޔުމްނާ ޢަލީ
ދިވެހިރާއްޖޭގައި އަރަބި ބަސް ކިޔަވައިދިނުމަށް މަރުކަޒެއް އަޅަން ސައޫދީ އަރަބިއްޔާގެ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީއިން ޝައުގުވެރިކަންފާޅުކޮށްފިއެވެ. މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބުނީ، ޢަރަބި ބަސް ކިޔަވައިދިނުމަށް ރާއްޖޭގައި “އަރަބިކް ލޭންގްއޭޖް އިންސްޓިޓީއުޓް” ގެ ނަމުގައި މަރުކަޒެއް ގާއިމް ކުރުމާއި ގުޅޭގޮތުން އެ ވުޒާރާއާއި ސައޫދީގެ އަލް އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީ އާއި ދެމެދު މަޝްވަރާކޮށްފައިވާ...
ޔުމްނާ ޢަލީ
ރަޖިސްޓްރީނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުޅުމާލޭގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނަގަންފަށައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލޭގައި ޕާކުކޮށްފައިހުރި ރަޖިސްޓަރީ ނުކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތް ހުޅުމާލޭ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުން ފަށާފައިވާ ކަމަށެވެ. މި މަސައްކަތް އިއްޔެ ފަށާފައިވާއިރު، ހުޅުމާލޭގެ އެކި ސަރަހައްދުތަކުން، ހަތަރު ފުރޮޅުލީ މިފަދަ 10 އުޅަނދު އިއްޔެ ނަގާފައިވާކަމަށް ފުލުހުން ބުންޏެވެ. ”ކުރިއަށް އޮތްތަނުގައި ވެސް، ރަޖިސްޓްރީނުކޮށް ހުޅުމާލޭގެ މަގުތަކުގައި ޕ...
ޔުމްނާ ޢަލީ