ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީ ޓީމުން ވިދާލި ޒުވާން ޑިފެންޑަރ ރިކާޑޯ ކަލަފިއޯރީގެ ސޮއި އާސެނަލުން ޔަގީންކޮށްފިއެވެ. އިޓާލިއަން ލީގުގެ ބޮލޯނާއަށް ކުޅުނު، އުމުރުން 22 އަހަރުގެ ކަލަފިއޯރީ އާސެނަލާއި ގުޅެން ނިންމާފައިވާއިރު، އޭނާގެ މެޑިކަލް ކަންކަން ފުރިހަމަ ކުރުމަށް ހަމަޖެހިފައި ވަނީ އެމެރިކާގައެވެ. ސަބަބަކީ މިވަގުތު އާސެނަލް ޓީމް ޕްރީ ސީޒަން ޓުއާގައި އެމެރިކާގައި ތިބުމެވެ. މެޑިކަލް ފުރިހަމަ ކުރުމަށް ފަހު އޭނާ ޓީމާއި ގުޅޭނީ އެމެރިކާއިންނެވެ. ރޯމާ އެކަޑަމީން ތަމްރީން ހެދި ކަލަފިއޯރީ […]
އިބްރާހިމް ޚަލީލް
ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެނެސްފައިވާ ބިދޭސީންނާއި ގުޅިގެން ދައްކަންޖެހޭ ފީއާއި ޖޫރިމަނާ ނުދައްކާ އެއްލައްކަ އަށްވުރެ އިތުރުވާ ވަޒީފާ ދޭ ފަރާތްތަކުގެ ލިސްޓް މިއަދު ޢާންމުކޮށްފިއެވެ. ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއިބެހޭ ވުޒާރާއިން މިއަދު މި ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޢާންމުކޮށްފައިވާއިރު، މި ފައިސާ ދައްކަން ވަނީ މުހުލަތެއް ދީފައެވެ. މިގޮތުން މި ލިސްޓްގައި ހިމެނޭ ޖޫރިމަނާ ފައިސާ ނުދައްކާތިބި ފަރާތްތަކުން އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކ...
ޔުމްނާ ޢަލީ
މާލީ ފައިދާގެ ގޮތުގައި އެއް ބިލިއަން ޔޫރޯ ހޯދައިގެން، ސީޒަނެއްގައި އާމްދަނީގެ ގޮތުގައި އެންމެ ބޮޑު ފައިދާ ހޯދުމުގެ ރެކޯޑް ސްޕެއިންގެ ރެއާލް މެޑްރިޑުން ހަދައިފިއެވެ. މީގެކުރިން ކުރިން އަހަރީ އާމްދަނީގެ ގޮތުގައި ބިލިއަން ޔޫރޯގެ ފައިދާ ޔޫރަޕުގެ އެއްވެސް ކުލަބަކަށް ހޯދިފައިނުވެއެވެ. ރެއާލުން އާންމުކޮށްފައިވާ ތަފާތު ހިސާބުތަކުގައި ބުނާގޮތުން މިދިޔަ ސީޒަންގައި އެ ޓީމަށް ފައިދާގެ ގޮތުގައި 1.073 ބިލިއަން ޔޫރޯ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ ސީޒަނާއި އަޅާބަލާއިރު 27 އިންސައްތަ ކުރިއެރުމެކެވެ. […]
އިބްރާހިމް ޚަލީލް
ކުރީގެ ނައިބު ރައީސް އަދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭގެ) ގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބޭރުކޮށްލައިފި އެވެ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލާގައި ދައުލަތުން ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ. އެއީ ސަރުކާރުގެ […]
ހުސައިން ހަބީބް
އޮލިމްޕިކް ގޭމްސްގެ، ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި އާޖެންޓީނާއާއި މޮރޮކޯ އިއްޔެ ބައްދަލުކުރިއިރު، ހަމަނުޖެހުން ބޮޑުވެ ހަތަރު ގަޑިއިރަށް ދެމިގެންދިޔަ މެޗުގައި މޮރޮކޯ އަތުން އާޖެންޓީނާ ބަލިވެއްޖެއެވެ. ފްރާންސްފެ ސެއިންޓް އެޓެއިން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މޮރޮކޯއިން އާޖެންޓީނާގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާއިންނެވެ. މިއީ ގްރޫޕް ބީގައި ހިމެނޭ ދެ ޓީމެވެ. މި މެޗުގައި ފުރަތަމަ ދެ ލަނޑުޖަހައި ލީޑު ނެގީ މޮރޮކޯއިންނެވެ. މޮރޮކޯއަށް ދެ ލަނޑު ވެސް ޖަހައިދިނީ ސޮފިއާނޭ ރަހީމީއެވެ. […]
އިބްރާހިމް ޚަލީލް
ބިންގ ސާރޗް ނަތީޖާތަކަށް އޭއައި އެހީގައި ޚުލާސާ ހިމެނުމަށް މައިކްރޯސޮފްޓުން ނިންމައިފިއެވެ. މައިކްރޯސޮފްޓުން އިއުލާނުކޮށްފައިވާ ގޮތުގައި، އެ ކުންފުނީގެ ސާރޗް އިންޖިން ކަމުގައިވާ ބިންގގެ ނަތީޖާތަކުގައި އޭއައި އެހީގައި ތައްޔާރުކުރެވޭ ޚުލާސާއެއް ހިމެނުމަށް ވަނީ ނިންމާފައެވެ. “ބިންގ ޖެނެރޭޓިވް ސާރޗް” ގެ ނަމުގައި ތަޢާރަފުކުރެވޭ މި އައު ފީޗަރ މެދުވެރިކޮށް، ބޭނުންކުރާ ފަރާތްތަކުގެ ސުވާލުތަކަށް އެންމެ މަތީގައި ފެންނާނީ އޭއައި އިން އުފައްދާފައިވާ ޚުލާސާއެކެވެ. މި އައު ފީޗަރގައި، އޭއައި މޮޑެލްތަކުން ބޭނުނ...
އަޙްމަދު ދާއޫދު
ހައްދުފަހަނާ އަޅާފައިވާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީއަށް ދިޔުމުން އެތައް އިހުތިޖާޖުތަކަކާ ކުރިމަތިވެއްޖެއެވެ. ނަތަންޔާހޫ ވޮޝިންގްޓަނަށް ދިޔައީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. މިއީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ނިންމަވާފައިވާ ނިންމެވުން ބަދަލުކުރައްވައި، ނައިބު ރައީސް ކަމަލާ ހެރިސް އަށް އެންޑޯޒްކުރެއްވި ދުވަހުގެ އަނެއް ދުވަހެވެ. ނަތަންޔާހޫ ކޮންގްރެސްގައި ދިން ތަޤްރީރަށް ޑިމޮކްރެޓިކް ޕާޓީގެ އެތައް މެންބ...
އަޙްމަދު ދާއޫދު
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނާއިބް ރައީސްގެ މަޤާމަށް ޤާނޫނީ ވަކީލު ހިސާން ޙުސައިން އެޕާޓީގެ ޤައުމީ މަޖިލީހުން ރޭ ޢައްޔަންކޮށްފިއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަމާއި، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަން ވެސް ކުރަށްވާފައިވާ ޙިސާން، އެމްޑީޕީގެ ނައިބު ރައީސްގެ މަޤާމަށް ޢައްޔަނުކުރުމުން އެ ޕާޓީން ވަނީ އޭނާ އަށް މަރުޙަބާ ކިޔާފައެވެ. އެމްޑީޕީގެ އަސާސީގަވާއިދު ބުނާގޮތުން އެޕާޓީގެ ނައިބު ރ...
ޔުމްނާ ޢަލީ
ރަޝިއާ އިން ބޭނުންވާ ނަމަ ރަޝިއާ އާ އެކު ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް ދާން ޔޫކްރެއިނުން ތައްޔާރަށް އޮތް ކަމަށް ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ޑިމިތްރޯ ކުލެބާ މިހެން ވިދާޅުވީ، ބުދަ ދުވަހު ޗައިނާގެ ޚާރިޖީ ވަޒީރު ވޯންގ ޔީ އާ އެކު ގުއާންޒޯ ގައި ބޭއްވި މަޝްވަރާ ތަކަށް ފަހުގައެވެ. ޚާރިޖީ ވަޒީރު ޑިމިތްރޯ ކުލެބާ އަކީ 2022 ވަނަ އަހަރު ރަޝިއާ އިން ޔޫކްރެއިން އާ ދެކޮޅަށް ހަނގުރާމަ ފެށި […]
އަޙްމަދު ދާއޫދު
މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ މަޤްޞަދުގައި ސަރުކާރުން ހިންގާ “މާލެ ފަހި ޕްރޮގްރާމް” ރޭ އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިއީ ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގ...
ތިލަދުން
އޮލިމްޕިކް ގޭމްސްގެ، ފުޓްބޯޅަ މުބާރާތް މިއަދު ފްރާންސްގައި ފަށާފައިވާއިރު، ގްރޫޕް ސީގައި ސްޕެއިންއާއި އުޒްބެކިސްތާން ބައްދަލުކުރި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފިއެވެ. 23 އަހަރުން ދަށުގެ ޓީމްތައް ވާދަކުރާ މި މުބާރާތުގައި ސްޕެއިނުން އުޒްބެކިސްތާން ބަލިކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި އަހަރުގެ 23 އަހަރުން ދަށުގެ އޭއެފްސީ އޭސިއަންކަޕްގެ ރަނަރަޕް ޓީމްކަމަށްވާ އުޒްބެކިސްތާން ކޮޅަށް ސްޕެއިންގެ ފުރަތަމަ ލަނޑުޖެހީ މާކް ޕުބިލްއެވެ. މެޗުގެ 28 ވަނަ މިނެޓުގައި އޭނާ މި ލަނޑު ޖަހާފައިވަނީ އަބެލް […]
އިބްރާހިމް ޚަލީލް
ތ. އަތޮޅުގެ 12 ރަށެއްގައި ގާއިމުކުރި ސޯލާ ޕީވީ ހައިބްރިޑް ޕަވާ ސިސްޓަމްތައް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. ސޯލާ ޕީވީ ހައިބްރިޑް ޕަވަސިސްޓަމްތައް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނާޖީ ޠާރިޤު އިބްރާހީމެއެވެ. ތ. އަތޮޅުގެ 12 ރަށުގައި ސޯލާ ހަރުކޮށްފައިވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ހަކަތަ އުފެއްދުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ “ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖ...
އަޙްމަދު ވަހީދު
ހދ. ނެއްލައިދޫގައި ބޭއްވުނު 12 ވަނަ ނެއްލައިދޫ ކައުންސިލް ކަޕްގެ ތަށި ނިކަ ސިޓީ ސްޕޯޓްސް ކްލަބުން އުފުލާލައިފި އެވެ. މިމަހުގެ 15 ވަނަ ދުވަހު ފެށި ނެއްލައިދޫ ކައުންސިލް ކަޕްގައި 6 ޓީމަކުން ބައިވެރިވެފައިވެއެވެ. އެއީ، ކްލަބް ރެފިއުޖީ، ނިކަ ސިޓީ ސްޕޯޓްސް ކްލަބް، އެފްސީ ދުއްމާރި، އެފްސީ، ފަލްކަން، އެފްސީ ފްރެންޑްސް އަދި ކިންގް ސްޕިރިޓް އެވެ. ފައިނަލު މެޗުގައި ކިންގް ސްޕްރިޓް އާއި ބައްދަލުކޮށް 0-4 ގެ ތަފާތު ނަތީޖާ އިން މެޗް […]
އިބްރާހިމް ޚަލީލް
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ މެންބަރު ހޮވުމަށް މިއަދު ބޭއްވުނު އިންތިޚާބުގައި މިލަދުންމަޑުލު އުތުރުބުރީ (ށ. އަތޮޅު) ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ކާމިޔާބު ހޯއްދަވައިފި އެވެ. މި އިންތިޚާބުގައި ވާދަކުރެއްވީ ހައްދުންމަތީ (ލ. އަތޮޅު) ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ އާއި ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 18 ފަރާތަކަށް ކަމުގައިވީ ނަމަވެސް، ވޯޓުލުމުގ...
އަލީ އާދިލް
އައިޖީއެމް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ގުޅިގެން ސާޖަރީ ކޭމްޕެއް އޮގަސްޓް 7 އިން 10 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕުގައި އޮޕަރޭޝަންތައް ކުރައްވާނީ އައިޖީއެމް ހޮސްޕިޓަލުގެ ތަޖުރިބާކާރު ދެ ޑޮކްޓަރުންނެވެ. އެއީ އައިޖީއެމްއެޗްގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ، ޑިޕާޓްމަންޓް އޮފް ސާޖަރީގެ ހެޑް އަދި ޕްލާސްޓިކް ސާޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުޙައްމަދު ވަޙީދު އާއި، ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު އަދި އައިޖީއެމްއެޗްގެ ޖެނެރަލް ސާޖަރީ ޔުނ...
އިބްރާހިމް އަސްވާޤް
އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި އޮފީސްތަކަށް ހާއްސަކޮށްގެން އުރީދޫ ނޭޝަން އިންޓަ އޮފީސްމުބާރާތް އިއުލާނުކޮށްފިއެވެ. މި މުބާރާތުގައި މަގުބޫލު ތިން ގޭމެއްކަމަށްވާ އީއޭއެފްސީ24، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި ޕަބްޖީމޮބައިލްގައި ހިމެނޭ އީސްޕޯޓްސް ވަނީ ހިމަނާފައެވެ. އުރީދޫ ނޭޝަން އިންޓަ އޮފީސް މުބާރާތަކީ ރާއްޖޭގައި އުފެދިފައިވާ އީސްޕޯޓްސް ކޮމިއުނިޓީއަށް ހިތްވަރުދީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތަކީ މުވައްޒަފ...
އަޙްމަދު ވަހީދު
އެމްޑަބްލިއުއެސްސީ އިން ހދ.ކުމުންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ނިންމާލައިފިއެވެ. ކުމުންދޫގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުއަކީ ކޮންސްޓްރަކްޝަން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 102.17 ރުފިޔާއަށެވެ. އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން ކުމުންދޫގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކ...
އަޙްމަދު ވަހީދު
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ “ނޭޝަނަލް ޖޮބް ސެންޓަރ” ގެ ނަން “ނޭޝަނަލް ކެރިއަރސް ސަރވިސް” އަށް ބަދަލުކުރައްވާފައެވެ. މި ބަދަލު ގެނެވިފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ. މި ބަދަލު ގެނެވުނު ކަމުގެ މަޢުލޫމާތު ހާމަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ. ނަން ބަދަލުވުމާ ގުޅިގެން، ދައުލަތުގެ އިދާރާތ...
އިބްރާހިމް އަސްވާޤް