ދައުލަތުގެ ބޭނުންކުރެވޭ ޑޮލަރު ރިޒާވް މުޅިން ހުސްވެފައިވާކަމަށް ދެކެވޭ ވާހަކަތައް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ދޮގުކުރައްވައިފިއެވެ. މިއަދު އަދަދު ނޫހުން “ބޭނުން ކުރެވޭ ޑޮލަރު ރިޒާވު ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް އެއްކޮށް ހުސްވެއްޖެ!” މި ސުރުހީގެ ދަށުން ޝާއިޢުކުރި ޚަބަރަކާ ގުޅިގެން ވަޒީރު ވަނީ ޓުވިޓަރގައި މި ވާހަކަތައް ދޮގުކުރައްވާފައެވެ. ވަޒީރު ވިދާޅުވެފައިވަނީ މި ޚަބަރަކީ އެއްވެސް ޙަޤީޤަތެއް ނެތް، ކަނޑައެޅިގެން ބުހުތާނު ދޮގު ޚަބަރެއް ކަމަށެވެ. “ބޭނުންކުރެވޭ ޑޮލަރު ރިޒާވް ހުސްވެ...
އަލީ އާދިލް
ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކަށް ތައްޔާރުވުމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޤާބިލުކަން އިތުރުކުރުމަށް މިއަދު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސްޓެލްކޯގެ ޤާބިލުކަން އިތުރުކޮށް، ކާރިސާތަކަށް ތައްޔާރުވުމަށް މަގުފަހިކުރުމެވެ. މި އެއްބަސްވުމުގެ ދަށުން، ސްޓެލްކޯގެ މުވައްޒަފުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރު...
އިބްރާހިމް އަސްވާޤް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު މަގާމުން ވަކިކޮށް އެމްޑީއަކަށް އަހްމަދު ސައުދީ ހަމަޖައްސައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު މިއަދު ވަނީ އެކަން އިއުލާން ކޮށްފައެވެ. ހއ. ހޯރަފުއްޓަށް ނިސްބަތްވާ ސައުދީ ވަނީ ކުރިން ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރަށްވާފައެވެ. ފުލުހުންގެ ޚިދުމަތުން ސައުދީ ރިޓަޔާކުރެއްވިއިރު ހުންނެވީ ޑެޕިއުޓީ ކޮމ...
ޔުމްނާ ޢަލީ
7 މިނިޓު
މިސްރުގައި ރަސްކަލެއް އުޅުއްވިއެވެ. އެ ރަސްގެފާނުގެ ހަތް އަނބިކަނބަލުން ތިއްބެވިއެވެ. އޭގެ ތެރެއިން އެންމެ ހަގު ކަމަނާ އާލާސްވެ އިންނަވާ ވަރަށް ރީތި ފިރިހެން ބޭފުޅެއް ރައްކައުވިއެވެ. އެ ދަރިކަލުންނަށް ނުވަރޭނުވަދުވާ ވީތަނާ ގެއްލިވަޑައިގަތެވެ. މަންމާފުޅު ހައްމާމުން ނިކުމެ ވަޑައިގެންނެވިއިރު އެ ދަރިކަލުން ޖެހުނުތާ ލަކުނު ވެސް ނެތީއެވެ. ރަސްގެފާނުގެ އެ ދަރިކަލުން ގެންދެވީ ހަވާ ބޮޑު އެދުރުކަލޭފާނެވެ. އެ ބޭފުޅާ ބޮޑުފުޅުވުމުން އާއިލާ ކައިރިއަށް މިސްރަށް ފޮނުއްވިއެވެ. ޖިންނީގެ އަސްގާޑިޔާ ކޮޅެއްގައެވެ....
ޢަބްދުﷲ ސަޢީދު
މޯލްޑިވްސް އިމިގްރޭޝަން ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްގެ ފޮޓޯ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ސައްހަ ފޮޓޯއެއް ނޫންކަމަށް އެ އިދާރާއިން ބުނެފިއެވެ. ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން ބުޅާ މަސް ބޭނުންކޮށްގެން ތައްޔާރުކުރާ ތަކެތި ވިއްކަން ބަހައްޓާ ފިހާރަތަކެއްކަމަށް ބުނެ، އިމިގްރޭޝަން ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއްކަމަށް ދޭހަވާގޮތަށް ފިހާރަތަކެއް ލިސްޓެއް ފެންނަ ފޮޓޯއެއް މިއަދު ވަ...
ޔުމްނާ ޢަލީ
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތަހްގީގުނިންމައި ހަތް މީހެއްގެ މައްޗަށް ދައުވާކޮށް ދިނުމަށް ފުލުހުން އެދިއްޖެއެވެ. ފުލުހުން މިއަދު ބުނީ ޕީޖީ ޝަމީމަށް ޙަމަލާދިން މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު 7 މީހުންގެ މައްސަލަ ތަޙުޤީޤު ނިންމައި ދަޢުވާކޮށްދިނުމަށް އެދި މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ޕީޖީ ޝަމީމަށް ހަމަލާދީ ޒަޚަމްކޮށްލީ 31 ޖެނުއަރީ 2024 ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ހަމަލާގެ ސަބަބުން ޝަމީމަށް ވަނީ އޭޑީކޭ ހޮސްޕިޓ...
ޔުމްނާ ޢަލީ
ހއ.ދިއްދުއާއި އެ އަތޮޅު އިހަވަންދޫ ހިމެނޭހެން ފަސްރަށެއްގައި އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން 50 ޓަނުގެ އައިސްޕްލާންޓް ބަހައްޓާ އަނެއް ތިން ރަށަކީ ށ.ކޮމަންޑޫ، ގދ.ރަތަފަންދޫގެ އިތުރުން އއ.ރަސްދޫ އެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އެދިލެއްވުމުގެ މަތިން، މިނިސްޓްރީ އޮފް ފިނޭންސުން މިވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައެވެ. މިއީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑި...
އިބްރާހިމް ޚަލީލް
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ލައިވްކުރަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އޮތީ އަންގައިފަ އެވެ. އެ މައްސަލާގެ ޝަރީއަތް އަލުން ފެށުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލުންގެ […]
ހުސައިން ހަބީބް
ރޭ ކުދި ވިއްސާރާގައި ބޮޑުތިލަދުންމަތީގެ ހަތަރު ރަށެއްގައި ފެންބޮޑުވެ ގެތަކަށް ފެންވަނުމުގެ ހާދިސާ ހިނގާފައިވާ ކަމުގައި ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) ބުނެފިއެވެ. އެ އޮތޯރިޓީން ބުނީ ރޭ ކުރި ވިއްސާރާގައި ހއ. ހޯރަފުށީގެ 2 ގެއަކަށް، ހދ ކުޅުދުއްފުށީގެ 57 ގެއަކަށް، ށ.ފީވަކުގެ 5 ގެއަކަށް އަދި ށ.ނޫމަރާގެ 5 ގެއަކަށް ފެން ވަދެ އެކިވަރިގެ ގެއްލުންތައް ވެފައިވާ ކަމަށާއި، ކުޅުދުއްފުށީގެ 3 ގެއަކުން މީހުން ބަދަލު ކޮށްފައިވާ ކަމަށެވެ. ގުގުރުމާއެކު ބޯކޮށް ވާރޭވެހި […]
އިބްރާހިމް ޚަލީލް
ހަނގުރާމައިގެ ތެރޭގައި ވެސް ޣައްޒާގެ އިންޖިނިއަރަކު އިރުގެ އަލިން ލޮނުފެން ބޯފެނަށް ބަދަލުކުރުމުގެ އާ އިޖާދެއް ކޮށްފިއެވެ. ހަނގުރާމައިގެ ވޭނުގައި އޮތް ޣައްޒާގައި ކޮންމެ ފެން ފޮދެއް ވެސް އެއީ ވަރަށް މުހިންމު އެއްޗެކަށްވާއިރު، ޢުމުރުން 50 އަހަރުގެ ދަނޑުވެރިކަމުގެ އިންޖިނިއަރެއް ކަމަށްވާ އިނާސް އަލްޣުލް ވަނީ އިރުގެ އަލިން ލޮނުފެން ބޯފެނަށް ބަދަލުކުރެވޭ ގޮތެއް ހޯދައިފައެވެ. ޣައްޒާއަށް ވަންނަ މަދު އެހީގެ ތެރެއިން ލިބޭ ލަކުޑި ބޭނުންކޮށްގެންނާއި ހަނގުރާމައިގެ ސަބަބުން ހުސްވެފައިވާ ގޭގެއިން ލިބޭ ބިއްލޫރ...
އަޙްމަދު ދާއޫދު
އަފްޣާނިސްތާނުގައި ސަރުކާރު މުވައްޒަފުން ޖަމާޢަތަށް މިސްކިތަށް ނަމާދަށް ނުދާނަމަ އަދަބު ދޭން އެގައުމުގައި ވެރިކަންކުރާ ޠާލިބާނުންގެ ސަރުކާރުން ފާސްކޮށްފިއެވެ. އަފްޣާނިސްތާނުގެ ސަރުކާރުން ނެރެފައިވާ މި އަމުރުގައި ބުނާގޮތުން، ސަރުކާރުގެ މުވައްޒަފުން ދުވާލަކު ފަސް ފަހަރު މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދުކުރުން ލާޒިމުވާނެއެވެ. މި އަމުރަކީ އެ ޤައުމުގެ އެންމެ މަތީ ލީޑަރުގެ އިރުޝާދުގެ ދަށުން ނެރެފައިވާ އަމުރެކެވެ. ތާލިބާނުންގެ ތަރުޖަމާނު ޒަބީހުالله މުޖާހިދު، އަފްޣާނިސްތާނުގައި ތާލިބާނުންގެ ވެރިކަމަށް...
އަޙްމަދު ދާއޫދު
ހދ.އަތޮޅުގައި އޮތް އެންމެ އާބާދީ ކުޑަ އެއް ރަށަކީ ހިރިމަރަދޫއެވެ. މީސްކޮޅު މަދުވެފައި ކުޅިވަރުގެ ވަސީލަތްތައް މަދުނަމަވެސް އަތޮޅުގައި ބޭއްވޭ ގިނަ ފުޓްބޯޅަ މުބާރާތްތަކުގައި އެ ރަށް އަންނަނީ ވާދަކުރަމުންނެވެ. މިހާތަނަށް ފުޓްބޯޅާގައި އަތޮޅުތެރޭ މާ ބޮޑު ކާމިޔާބެއް ހޯދިފައި ނުވި ނަމަވެސް ގިނަ މުބާރާތްތަކެއްގައި، އެ ރަށުން ޓީމެއް ބައިވެރިވެ ވާދަކުރުމުން، ފެނިގެންދާ ހަގީގަތަކީ އެއީ ފުޓްބޯޅައަށް ލޯބިކުރާ ބަޔަކު ދިރިއުޅެމުން އަންނަ ރަށެއްކަމެވެ. 2009 ވަނަ އަހަރު ހދ.އަތޮޅު މުބާރާތުގެ ސެމީ ފައިނަލަށް ދަތުރ...
އިބްރާހިމް ޚަލީލް
ލުބުނާންގެ ޙިޒްބުﷲ ޖަމާޢަތުން، އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ. އަންގާރަ ދުވަހުދިން މި ހަމަލާތަކަކީ އިރުމަތީ ލުބުނާނަށް އާދިއްތަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް ވެސް ޙިޒްބުﷲ އިން ހާމަކޮށްފައިވެއެވެ. ޙިޒްބުﷲ ގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ރޮކެޓް ހަމަލާތައް އަމާޒުކޮށްފައިވަނީ އިޒްރޭލުން ހިފާފައިވާ ގޯލާން ހައިޓްސް ގައި ހުރި އިޒްރޭލު ސިފައިންގެ ދެ މަރުކަޒަކަށެވެ....
އަޙްމަދު ދާއޫދު
މިހާރު ކުރަމުންދާ ވިއްސާރާގައި ކުޅުދުއްފުށީ ސިޓީގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ރާއްޖޭގެ އުތުރުގެ 3 އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭތީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ވަނީ އެ އަތޮޅުތަކަށް އޮރެންޖް އިންޒާރު ނެރެފައެވެ. އެމްއެންޑީއެފުން ބުނީ، ކުޅުދުއްފުށީ ސިޓީގެ މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށީ ފަ...
ޔުމްނާ ޢަލީ
ސްރީލަންކާގެ މަސްބޯޓެއް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. މި ބޯޓު އޮޔާދަނީ ހއ.ވަނގާރުގެ ހުޅަނގުން 39 ނޯޓިކަލް މޭލު ބޭރުން ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. މި ބޯޓަކީ އިންޖީން މައްސަލައެއް ޖެހުމުގެ ސަބަބުން އޭގެ ފަޅުވެރިން ދޫކޮށްލާފައިވާ މަސްބޯޓެކެވެ. ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރަކަށްވެފައި ވައި ޖެހެނީ ހުޅަނގާއި ހުޅަނގުއުތުރުން ކަމަށްވާތީ މި ބޯޓް، އޮޔާއެކު ދިވެހިރާއްޖެއަށް ކައިރިވާނެކަމަށް އެމްއެންޑީއެފު...
ޔުމްނާ ޢަލީ
ރާއްޖޭގެ އުތުރުގެ 3 އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭތީ، އޮރެންޖް އިންޒާރު ނެރެފި އެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ދާދިދެންމެ ނެރުނު، މި އިންޒާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ނުރައްކާ އޮތް ސަރަހައްދަކީ ހއ އަތޮޅުން ފެށިގެން ށ އަތޮޅާ ހަމައަށް ހުރި ރަށްތަކެވެ. އަދި މި ހާލަތު ދެމިއޮންނާނެ ކަމަށް ލަފާކުރެވެނީ މިއަދު ރޭ 20:30 އިން ފެށިގެން 22:30 އާ ހަމައަށް ކަމަށް ވެސް ބުނެފައިވެއެވެ. މޫސުމާބެހޭ […]
އިބްރާހިމް އަސްވާޤް
ކުޅުދުއްފުށި ސިޓީއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަގުތީ ހޮޓްލައިނެއް ޤާއިމްކޮށްފި އެވެ. މިގޮތުން ފެންބޮޑުވެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް 6527120 ނަންބަރަށް ގުޅުމަށް ކައުންސިލުން އަންގާފައިވެއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން މިރޭ 8:15 އިން ފެށިގެން ދަންވަރު 1:00 އާ ހަމައަށް ރާއްޖޭގެ އުތުރު އަތޮޅުތަކަށް ރީންދޫ ސަމާލުކަމުގެ އިންޒާރެއް ނެރެފައިވެއެވެ. މި އިންޒާރުގައި އުތުރުގެ އަތޮޅުތަކަށް ބ...
އަލީ އާދިލް
5ޖީ ސްޕީޑް ދައްކާލައިގެން އޮކިއުލަސް ކުއެސްޓް 3 އެއް ލިބުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފި އެވެ. މުޅި ރާއްޖެއަށް 5ޖީ ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މިހާރު ރާއްޖޭގެ 60 ޕަސެންޓަށް އުރީދޫ 5ޖީ ލިބޭކަމަށް އެ ކުންފުނިން މިފަހުން ވަނީ ހާމަކޮށްފަ އެވެ. މި ފުރުޞަތުގައި ބައިވެރިވުމަށް، ކޮންމެ ޑިވައިސްއަކުން ވެސް އުރީދޫ 5ޖީ ސްޕީޑްގެ ސްކްރީންޝޮޓެއް ނަގައި، 5GJassaalaa# ހޭޝްޓެގް އާއި އެކު ooredoomaldives@ ޓެގް ކޮށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަން […]
އިބްރާހިމް އަސްވާޤް