މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު މަގާމުން ވަކިކޮށް އެމްޑީއަކަށް އަހްމަދު ސައުދީ ހަމަޖައްސައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު މިއަދު ވަނީ އެކަން އިއުލާން ކޮށްފައެވެ.
ހއ. ހޯރަފުއްޓަށް ނިސްބަތްވާ ސައުދީ ވަނީ ކުރިން ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރަށްވާފައެވެ. ފުލުހުންގެ ޚިދުމަތުން ސައުދީ ރިޓަޔާކުރެއްވިއިރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ.
ސައުދީ އެންމެފަހުން ހުންނެވީ މާލެ ސިޓީ ކައުންސިލްގެ މަގާމެއްގައެވެ.
އެމްޓީސީސީއަކީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫޢުތައް އެންމެ ގިނައިން ހިންގަމުން އަންނަ ކުންފުންޏެވެ.
އިތުރު ބައެއް ކުންފުނިތަކުގެ ބޯޑަށް ވެސް ޕީބީސީން ވަނީ ބަދަލު ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!