ލުބްނާންގެ ދެކުނުގައި ހުރި ހިޒްބުﷲ ގެ މަރުކަޒުތަކަކަށް އިޒްރޭލުން ހަމަލާދީފިއެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުގެ ރޭ އިޒްރޭލުން ލުބުނާނުގެ އިރުމަތީ ބެކާ ވެލީގައި ހުރި ހިޒްބުﷲ ގެ ހަތިޔާރު ގުދަނަކަށް ވަނީ ބޮން އަޅައިފައެވެ. އަދި އިޒްރޭލެގެ އިތުރު ހަމަލާތަކެއް ދެކުނު ލުބްނާންގެ ހަތަރު އަވަށަކަށް ވެސް އަމާޒުވެފައިވާ ކަމަށް ރޮއިޓާސްއިން ބުނެފައިވެއެވެ. މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިވަގުތު ސާފުނުވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ. ނަމަވެސް، ހޮނިހިރު ދުވަހު އިޒްރޭލު ސ...
އަޙްމަދު ދާއޫދު
ބުޅާމަހުގެ ބޭނުންކޮށްގެން ކާބޯތަކެތި ތައްޔާރުކުރާކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަރަފާތު ހުސައިން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން ރަސްމީ ނޯޓިހެއް ނެރެފިއެވެ. މި ނޯޓިހުގައި ވަނީ، ފަސް ދުވަހުގެ ތެރޭގައި އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައެވެ. މީނާ އުޅޭ ތަނަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅައިގެން ނުވަތަ، risk@immigration.gov.mv އަށް މެއިލްކޮށް، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. އަރަފާތ...
އަލީ އާދިލް
ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ގުޅުވައި ކުރީގެ ސީޕީ ހުސެން ވަހީދު ދެއްކެވި ވާހަކަ ސީޕީ ޝުޖާޢު ދޮގުކުރަށްވައިފިއެވެ. ހުސެންގެ ވާހަކަ ދޮގުކުރަށްވައި ސީޕީގެ ފަރާތްޕުޅުން ނެރުއްވި ކުރުބަޔާނެއްގައި ވިދާޅުވީ، 18 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭ ކުރީގެ ސީޕީ ހުސެން ދައްކަވާފައިވާ ވާހަކައެއްގައި ނޫމަޑި މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބައްދަލުކުރެއްވުމަށް އޭނާ އާއިއެކު ދިޔަކަމަށް ސީޕީ ހުސެން ވިދާޅުވި ވާހަކައަކީ ދޮގެއްކަމަށެވެ. އެއީ ޙަޤީޤަތާއި ޚިލާފް، އެއްވެސް […]
ޔުމްނާ ޢަލީ
މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރާގައި 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބިގެން އެސެސްމަންޓް ފޯމު ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފިއެވެ. އެންޑީއެމްއޭ އިން ބުނީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދުގެ 14:00 އާ ހަމައަށް 13 ރަށެއްގެ 77 ގެއަކަށް ގެއްލުން ލިބި އެސެސްމަންޓް ފޯމް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. މި ވިއްސާރާގައި 3 ރަށެއްގެ ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުން […]
ޙުސައިން ޝަހުދީ
މީހެއްގެ އެކައުންޓުން ވަގަށް ނެގި 1.8 މިލިއަން ރުފިޔާގެ މައްސަލައެއްގައި, ފައިސާ ބޭނުންކުރި ހއ. މޮޅަދޫ މީހަކު 113،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ. ހއ. މޮޅަދޫ މިސްރާބު، ހަސަން ނާހިދުގެ މައްޗަށް ދައުލަތުން ދައުވާކުރީ މިދިޔަ ފެބްރުއަރީ މަހު 16 އަހަރުގެ ކުއްޖަކު އޭނާގެ ކާފަގެ އެކައުންޓުން އެކިފަހަރު މަތިން ނާހިދާއި އޭނާގެ އޭރުގެ އަންހެނުންގެ އެކައުންޓަށް 1.8 މިލިއަން ފޮނުވުމުން އޭގެ ތެރެއިން ބައެއް ފައިސާ ބޭނުންކުރި މައްސަލާގަ އެވެ. […]
ހުސައިން ހަބީބް
މާލެ ސިޓީ ކައުންސިލުން ހިއްސާކުރި މަޢުލޫމާތަކާ ގުޅިގެން، އިއްޔެ ހިންގުނު ޚާއްޞަ ރެއިޑެއްގައި މ. ރީތި އޯކިޑްގައި ހުރި ފޯއް ކޮށާ ފެކްޓްރީއެއް ބަންދުކޮށް، އެތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މި ފެކްޓްރީއަކީ ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް ވިޔަފާރިއަށް ތައްޔާރުކުރަމުންދިޔަ ތަނެއްކަމަށާއި، އެތަނުގެ ސާފުތާހިރުކަން އިންތިހާއަށް ދަށްކަމަށް ފާހަގަކުރެވިފައިވާކަމަށް އިމިގްރޭޝަން އިން ބުނެފައިވެއެވެ. މިކަން ވަނީ ކަމާބެހޭ އިދާ...
އަލީ އާދިލް
މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ކާށިދޫ މިސްކިތު މުދިމު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި ކާށިދޫ މިސްކިތު މުދިމު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ވަނީ މުދިމުގެ ވަނަވަރު ވެސް އާންމުކޮށްފައެވެ. އެރަށު މުދިމަކީ އުމުރުން 37 އަހަރުގެ ޣާނިމް ސަލީމް (ޝަބްނަމްގެ، ކ. ކާށިދޫ) އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ. މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ. ގައުމީ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގެ ނަރުހެއް ވެސް މަސްތުވާތަކެތި...
ޔުމްނާ ޢަލީ
ކެއްސުމަށް ފަރުވާއެއްގެ ގޮތުގައި ދޭ ދިޔާ ބޭހެއް ކަމަށްވާ ”ކޮފްސީ ސިރަޕް”ގެ ރަށްކާތެރިކަން ކަށަވަރުކުރެވެންދެން ރާއްޖޭގައި ވަގުތީގޮތުން ބޭނުންކުރުން މަނާކޮށްފިއެވެ. މިކަން އަންގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައި ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންގެންދާ، ”ކޮފްސީ ސިރަޕް 100 އެމްއެލް”ގައި ކުނޑިކޮޅުތަކެއް ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް އެ...
ޔުމްނާ ޢަލީ
ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރަށްވާނެ ކަމަށް ރައީސް ޑރ، މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ތެވެލި ބައިނަލްއަޤްވާމީ މަހާސިންތާ 2024” ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެއެވެ. ރައީސް ވިދާޅުވީ، ސަރުކާރުން ނިންމާ ކޮންމެ ޕޮލިސީ ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ ނިންމުންތަކެއް ކަމަށެވެ. އަދި އެއީ ޕްރޮފެޝަ...
ޔުމްނާ ޢަލީ
ހދ.ކުޅުދުއްފުށީގައި ބާއްވާ “ހޮނިހިރު ބާޒާރު” ބާއްވާ ސަރަހައްދުގައި، ހޮނިހިރު ދުވަސް ފިޔަވައި އެހެނިހެން ދުވަސް ދުވަހު ވިޔަފާރި ކުރުމަކީ މަނާކަމެއް ކަމުގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށި ސިޓީއަށް ހާއްސަ، ހޮނިހިރު ބާޒާރަކީ ބޮޑު ތިލަދުންމަތީގެ ދަނޑުވެރި ވިޔަފާރިތަކާއި، ހޯމްބޭސްޑް ވިޔަފާރިވެރިންގެ އުފެއްދުންތައް މާރކެޓްކޮށް، ވިއްކުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޒަމާނުއްސުރެ ކޮންމެ ހޮނިހިރު ދުވަހަކު ބާއްވަމުން އަންނަ އަދި ބޮޑު ތަރުހީބެއް ލިބެމުން އަންނަ، މުހިއްމު އިގްތި...
އިބްރާހިމް ޚަލީލް
މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ގދ. ގައްދޫގައި މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރުމާކަމަށް ފުލުހުންގެ އިންޓެލެޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެރަށުގައި އިއްޔެ ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށް، އޭނާގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާންމުކޮށްފައެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ އަލީ ނާސިރު، ފަހާގެ/ގދ. ގައްދޫ (38އ) އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، ބަލާ ފާސްކުރިއިރު މަސްތުވާތަކ...
ޔުމްނާ ޢަލީ
ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ހުޅުމާލެއިން ތިން މިލިއަން ރުފިޔާގެ އަގުހުރި ފްލެޓެއް ބައްލަވައިގެންފި އެވެ. ހަލީލް ބައްލަވައިގަތީ 3.1 މިލިއަން ރުފިޔާއަށް ހުޅުމާލޭގެ އެފްޑަބްލިއު ރެސިޑެންސްގެ ފްލެޓެކެވެ. ސިވިލް ކޯޓުން މި މަހުގެ ހަތް ވަނަ ދުވަހު ކުރި ހުކުމުގައިވަނީ 1،235 އަކަފޫޓްގެ އެ ފްލެޓްގެ އަގު ހަލީލް އެއްކޮށް ދައްކަވާފައިވާ ކަމަށެވެ. އެހެންކަމުން ފްލެޓް އޭނާ އަށް މިލްކު ވެފައިވާ ކަމަށް ހުކުމުގައިވެ އެވެ. އެ ފްލެޓް ހަލީލްގެ ނަމަށް ބަދަލުކުރަން ސިވިލް ކޯޓަށް […]
ހުސައިން ހަބީބް
މަންކީ ޕޮކްސް (އެމްޕޮކްސް) ނުވަތަ މަކުނުވިދުރި އާއި ގުޅިގެން ދުނިޔޭގައި މި ބަލިފެތުރުން މޮނީޓާކޮށް، ރާއްޖޭން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ. ދުނިޔޭގައ ފެތުރެމުންދާ އެމްޕޮކްސްއާއި ގުޅޭގޮތުން އެ އެޖެންސީ މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ، ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާއެކު އެ އެޖެންސީން އަންނަނީ ބަލީގެ ހާލަތު މޮނީޓާކޮށް ވާން ޖެހޭ ތައްުޔާރީތައް ވަމުން ކަމަށެވެ. މިގޮތުން ރާއްޖެއަށް މި ބަލި އައު،ުގެ ފުރުސަތު އޮތް […]
ޔުމްނާ ޢަލީ
އެޕަލްއިން އެންމެ ފަހުގެ އެއާޕޮޑްސް ސީރީޒް ކަމުގައިވާ އެއާޕޮޑްސް 4 އަންނަ މަހު ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ބްލޫމްބާގްގެ މާކް ގުރުމަން ހާމަކޮށްފިއެވެ. ބްލޫމްބާގްގެ “ޕަވަރ އޮން” ނިއުސްލެޓަރގައި ގުރުމަން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މިފަހަރު އެއާޕޮޑްސް 4ގެ ދެ ވައްތަރެއް ނެރޭނެއެވެ. އެއީ ސްޓޭންޑަޑް މޮޑެލްއާއި އެންހޭންސްޑް އެޑިޝަންއެވެ. މި ދެ މޮޑެލް ނެރޭއިރު މިހާރު ވެސް ބާޒާރުގައި އެޕަލްގެ އެއާޕޮޑްސް 2 އަދި 3 ވިއްކަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ. އަލަށް ނެރޭ ސީރީސްގެ ސްޓޭންޑަޑް […]
އަޙްމަދު ދާއޫދު
މި ސީޒަނަށް ރެއާލް މެޑްރިޑާއި ގުޅުނު ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ، ސްޕެނިޝް ލަލީގާގައި ރެއާލަށް ކުޅުނު ފުރަތަމަ މެޗު އެއްވަރު ވެއްޖެއެވެ. ރޭ ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑާއި މަޔޯކާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗު ކުޅެފައި ވަނީ މަޔޯކާގެ ދަނޑުގައެވެ. ރޭ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން މުޅި މެޗުގައި އެމްބާޕޭ ވަނީ ކުޅުނުއިރު، ލަނޑެއް ނުޖެހުނު ނަމަވެސް އޭނާ ވަނީ […]
އިބްރާހިމް ޚަލީލް
އިންޑިއާގެ އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި އެގައުމުގެ ހުރިހާ ޑޮކްޓަރުން މަސައްކަތް ހުއްޓާލައި ހަޅުތާލެއް ފަށައިފިއެެވެ. އިންޑިއާގެ ޑޮކްޓަރުން ޤައުމީ ފެންވަރުގައި މަސައްކަތް ހުއްޓާލުމުގެ ހަޅުތާލެއް ފަށައިފައިވާއިރު، މިއީ ވެސްޓް ބެންގާލުގެ ވެރިރަށް ކޮލްކަތާގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައާ ގުޅިގެން ކުރަމުންދާ އިހުތިޖާޖު އިތުރަށް ހަރުކަށިކުރުމުގެ ގޮތުން ކުރި ކަމެއްކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި ހަޅުތާލުގައި އެއް މިލިއަނަށްވުރެ ގިނަ ޑޮކްޓަ...
އަޙްމަދު ދާއޫދު
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބާއްވާ “ދިއްދޫ ކަޕް 2 ވަނަ ހޭންޑްބޯޅަ” މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަންނަ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ދިއްދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކުގެ އިތުރުން ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ޓީމް ރަޖިސްޓަރީ ކު...
އިބްރާހިމް ޚަލީލް
އިޒްރޭލަށް ހަތިޔާރު ވިއްކާ މައްސަލައިގައި އިނގިރޭސި ފޮރިން އޮފީހުގެ އޮފިޝަލަކު އިސްތިއުފާ ދެއްވައިފިއެވެ. މާކް ސްމިތް ނަމަކަށް ކިޔާ މި އޮފިޝަލް ވިދާޅުވެފައިވަނީ އިނގިރޭސި ސަރުކާރުން “ހަނގުރާމައިގެ ކުށްތަކުގައި ބައިވެރިވަމުން ކަމަށެވެ. ހުކުރު ދުވަހު އޭނާގެ އެމްބަސީގެ އެހެން މުވައްޒަފުންނަށް ފޮނުވި އީމެއިލްގައި ވިދާޅުވެފައިވަނީ، ފޮރިން އޮފީހުގެ “ހުރިހާ ފަންތިއެއްގައި” މިކަމާ ގުޅޭ ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ރަސްމީ ވިސްލްބްލޯވިންގ މެކޭނިޒަމްވެސް ހިމެނެއެވެ. ޑަބްލިންގައ...
އަޙްމަދު ދާއޫދު