މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,433 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 650 ވަނަ ޞަފްޙާ

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމަވައިފި

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމަވައިފި

ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސް މުޢިއްޒު މުޢިއްޒު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ޢިއުލާން ކުރަށްވާފައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު...

ޔުމްނާ ޢަލީ
ސްނޯކަލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ

ސްނޯކަލިންއަށް ގޮސް އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ

ސްނޯކަލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި ރަސްދޫ ކައިރީ އޮންނަ ގަންގެހި ރިސޯޓު ބޭރުގައި ސްނޯކެލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއެއް ވަނީ މަރުވެފައެވެ. މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ އިއްޔެ 11:22 ހާއިރުއެވެ. ރަސްދޫ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ އެ ތަނަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ޔުމްނާ ޢަލީ
ދުއްވާފައިދިޔަ ޕިކަޕެއްގެ ބެޓެރި ޝޯޓްވެ އަލިފާނުގެ ހާދިސާއެއް

ދުއްވާފައިދިޔަ ޕިކަޕެއްގެ ބެޓެރި ޝޯޓްވެ އަލިފާނުގެ ހާދިސާއެއް

މާލޭގެ ބޮޑުތަކުރުފާނުމަގުން ދުއްވާފައިދިޔަ ޕިކަޕެއްގެ ބެޓެރީގައި އަލިފާން ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ބުނީ ބޮޑުތަކުރުފާނުމަގުން އިރަށް ދަތުރުކުރަމުން ދިޔަ ޕިކަޕެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެ ޕިކަޕްގައި އަލިފާން ރޯވީ ޕިކަޕްގެ ބެޓެރި ޝޯޓްވެ، އެ ބެޓެރީގައި އަލިފާން ރޯވެގެން ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:39 ހާއިރު އ...

ޔުމްނާ ޢަލީ
ޑަބްލިއުޑީސީގެ ހަރަދުގައި ގޮއިދޫ ސްކޫލް ފައުންޑޭޝަން ސްޓޭޖްގެ ކްލާސް ރޫމް މުޅިން ބަދަލުކޮށްލައިފި

ޑަބްލިއުޑީސީގެ ހަރަދުގައި ގޮއިދޫ ސްކޫލް ފައުންޑޭޝަން ސްޓޭޖްގެ ކްލާސް ރޫމް މުޅިން ބަދަލުކޮށްލައިފި

ށ.ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހަރަދުގައި އެ ރަށު ސްކޫލުގެ ފައުންޑޭޝަން ކްލާސް ރޫމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމައި ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ. “ކްލާސް ރޫމް އަޕްގްރޭޑިންގ ފޯ ސްކިލް އެންހޭސިންގ އިން ލާނިންގ” ގެ ނަމުގައި ފައުންޑޭޝަން ކްލާސްރޫމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެ ރަށު ޑަބްލިއުޑީސީއާއި، ފައުންޑޭޝަން ސްޓޭޖް ކުދިންގެ ބެލެނިވެރިން ގުޅިގެންނެވެ. މި ކްލާސްރޫމް މަސައްކަތް ނިންމައި ރަސްމީކ...

އިބްރާހިމް ޚަލީލް
ކުޑަ ދަރިފުޅު ނުރައްކާތެރިކަމެއް ފަރުވާތެރިކަމާއެކީ ކުރާނަމަ ނުހުއްޓުވާށެވެ.

ކުޑަ ދަރިފުޅު ނުރައްކާތެރިކަމެއް ފަރުވާތެރިކަމާއެކީ ކުރާނަމަ ނުހުއްޓުވާށެވެ.

ސުރުހީއަށް ބަލާލުމުންވެސް ބައެއް މީހުން ގައިގައި ހީބިހި ނަގައިގެން ގޮސްދާނެއެވެ. “ލިޔުންތެރިޔާއަށް ވެފައި މިހުރީ ކީންހޭ” ވެސް ހިތައް އަރާފާނެއެވެ. އެއްވެސް ޙާލެއްގައި ދަންނަވަން މިއުޅެނީ ދަރިންނަށް ބޮޑެތި އަނިޔާ ވާ ފަދަ ކަންކަމަށް ދަރިން ހުށަހެޅެން ދޫކޮށްލާ ވާހަކައެއް ނޫނެވެ. އަދި ބެލެނިވެރިޔާ ދަރިންގެ ރައްކަލަށް ނުވިސްނާ އޭނާ އެކަނި އުޅެން އެއްކޮށް ދޫކޮށްލާށެކޭ ވެސް ނޫނެވެ. އެހެނަސް ފަހަކަށް އައިސް ދިވެހިންގެ ތެރެއިން ފެންނަ ތަރުބިއްޔަތުގެ ވަރަށް ނުރަނގަޅު އާދައަކަށް އަލި އަޅުވާލުމަށެވެ. ދަރިފު...

ޝެއިޚް މުޠީޢު އިސްމާޢީލް މުޙައްމަދު
ޚިޔާނާތުގެ ފައިސާ ދައުލަތަށް ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރުމަކީ އެކަން ހުއްޓުވަން އެޅޭނެ ބާރެއް: އަނާރާ

ޚިޔާނާތުގެ ފައިސާ ދައުލަތަށް ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރުމަކީ އެކަން ހުއްޓުވަން އެޅޭނެ ބާރެއް: އަނާރާ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އޯޑިޓް ރިޕޯޓުތައް ދިރާސާކުރުމުން ފާހަގަވާ ޚިޔާނާތުގެ މައްސަލަތަކުގެ ފައިސާ ދައުލަތަށް ހޯދަން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ، މި އަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިއަދުގެ ޖަލްސާގައި ކޮމެޓީތަކުން ހުށަހަޅާކަންކަމުގެ ތެރެއިން ތިމާވެއްޓާބެހޭ ވުޒާރާގެ 2012 އިން ފެށިގެން 2018...

ޔުމްނާ ޢަލީ
އެންޑްރޮއިޑް ކްރޯމްގައި އެޑްރެސް ބާ ތިރިއަށް ބަދަލުވަނީ

އެންޑްރޮއިޑް ކްރޯމްގައި އެޑްރެސް ބާ ތިރިއަށް ބަދަލުވަނީ

ގޫގުލްއިން އެންޑްރޮއިޑް ކްރޯމްގެ އެޑްރެސް ބާރު ސްކްރީނުގެ ތިރިއަށް ގެނައުމަށް މަސައްކަތް ފަށައިފިއެވެ. މިއީ އައިފޯނުގައި މިހާރުވެސް ލިބެން ހުރި ފީޗަރެއް ކަމަށްވާއިރު، އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް މިހާތަނަށް މި އޮޕްޝަން ލިބިފައި ނުވެއެވެ. މަޝްހޫރު ލީކަރެއް ކަމަށްވާ ލިއޮޕެވާ64 އެކްސް ގައި ހިއްސާކުރި މަޢުލޫމާތުގައިވާ ގޮތުން، ކްރޯމް ކެނަރީގެ އެންމެ ފަހުގެ ވަރޝަންގައި މި ފީޗަރ ތަރައްޤީކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މި ވަރޝަންގައި އެޑްރެސް ބާރ ތިރިއަށް ގެންދިއުމަށް ޝޯޓްކަޓެއް ހިމަނާފައިވާ ކ...

އަޙްމަދު ދާއޫދު
ޣައްޒާގެ ޒައިތޫނީ މޫސުމަށް އިސްރާއީލުގެ ހަނގުރާމައިގެ ނޭދެވޭ އަސަރު

ޣައްޒާގެ ޒައިތޫނީ މޫސުމަށް އިސްރާއީލުގެ ހަނގުރާމައިގެ ނޭދެވޭ އަސަރު

ޣައްޒާގެ ފަލަސްޠީނު ދަނޑުވެރިންނަށް އާމްދަނީގެ މުހިންމު ވަސީލަތެއް ކަމުގައިވާ ޒައިތޫނީ މޫސުމަށް އިސްރާއީލުގެ ހަނގުރާމައިގެ ސަބަބުން ނުހަނު ބޮޑު ގެއްލުންތަކެއް ލިބިފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އިސްރާއީލުގެ އަސްކަރީ ހަމަލާތަކާއި ބިންތަކަށް އަރައިގަތުމުގެ ސަބަބުން، ޣައްޒާގައި އޮތް ގިނަ ޢަދަދެއްގެ ޒައިތޫނީ ބަގީޗާތައް މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ނާޒުކު ހާލަތަކަށް ވެއްޓިފައެވެ. އިސްރާޢީލްގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގައި މި އަހަރުގެ ޒައިތޫނީ މޫސުމުގައި ލިބުނު...

އަޙްމަދު ދާއޫދު
އިންޑިއާގެ މުސްލިމް ސިޔާސީ ލީޑަރު ސިއްދީޤީގެ ޤާތިލުން ބިޝްނޯއީ ގޭންގާ ގުޅުން

އިންޑިއާގެ މުސްލިމް ސިޔާސީ ލީޑަރު ސިއްދީޤީގެ ޤާތިލުން ބިޝްނޯއީ ގޭންގާ ގުޅުން

އިންޑިއާގެ މަހާރާޝްތުރާގައި ހޮނިހިރު ދުވަހު ބަޑިން ހަމަލާދީ މަރާލި މުސްލިމް ސިޔާސީ ލީޑަރު ބާބާ ސިއްދީޤީގެ ޤާތިލުން ބިޝްނޯއީ ގޭންގާ ގުޅުން އޮންނަކަން ހާމަވެއްޖެއެވެ. ސިއްދީޤީ އަދި ބިޝްނޯއީ ގޭންގުގެ މެންބަރެއް، ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެން.ސީ.ޕީ)ގެ ލީޑަރު ބާބާ ސިއްދީޤީ މަރާލުމުގެ މައްސަލަ ތަޙުޤީޤުކުރަމުންދާ މުމްބާއީ ކްރައިމް ބްރާންޗުން ބުނެފައިވަނީ، ބަންދްރާގައި އޭނާއަށް ހަމަލާދިން ތިން މީހުން ހަރުޔާނާ ޖަލެއްގައި ލޯރެންސް ބިޝްނޯއީ ގޭންގުގެ މެންބަރަކާ ބައްދަލުކޮށްފައިވާ ކަމަށެވެ. މި މައްސަލައ...

އަޙްމަދު ދާއޫދު
ފަންނީ ކޯސްތަކުގައި ކިޔެވުމަށް، ހއ.އަތޮޅު ކައުންސިލުން މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ފަންނީ ކޯސްތަކުގައި ކިޔެވުމަށް، ހއ.އަތޮޅު ކައުންސިލުން މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކޮލެޖު އަދި ޔުނިވަރސިޓީތަކުން ހިންގާ ފަންނީ ކޯސްތަކުގައި ހއ.އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުން ބައިވެރިކޮށް އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި އަހަރު ހުޅުވާލި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކާއިއެކު، މާލީ އެހީ ދިނުމުގެ އެއްބަސްވުމުގައި ހއ.އަތޮޅު ކައުންސިލުން މިއަދު ސޮއިކޮށްފިއެވެ. ހުޅުވާލި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ ދެ ފަރާތަކުންނެވެ. އެއީ ހއ.އަތޮޅު ކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރ ދީމާ ހަސަން އާއި އިހަވަންދޫ ކައުންސިލްގެ ކައުންސިލ...

އިބްރާހިމް ޚަލީލް
ފެނަކައިން ކުއްލި ހާލަތަށް ހާއްސަ ޢުޞޫލުތަކެއް އެކުލަވާލައި ޢަމަލުކުރަން ފަށައިފި

ފެނަކައިން ކުއްލި ހާލަތަށް ހާއްސަ ޢުޞޫލުތަކެއް އެކުލަވާލައި ޢަމަލުކުރަން ފަށައިފި

ފެނަކަ ކޯޕަަރޭޝަނުން ޚިދުމަތްދޭ ރަށްތަކުގައި ކުއްލި ހާލަތަށް ހާއްސަ ޢުޞޫލުތަކެއް އެކުލަވާލައި މިއަދު ޢަމަލުކުރަން ފަށައިފިއެވެ. ފެނައިން މިއަދު ވަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ކުންފުނިން ބުނީ މި ހަރަަަކާތްތަކުގެ ތެރެއިން ފެނަކައިގެ ޚިދުމަތްދޭ ރާއްޖޭގެ 151 ރަށެއްގައި ޤާއިމްކޮށްފައިވާ ފެނަކައިގެ ބްރާންޗްތަކުގެ މުވައްޒަފުންނަށް ޚާއްސަކޮށް، ކުއްލި ޙާލަތްތަކުގައި އިޖާބަދޭނެ ގޮތުގެ ޢުޞޫލުތަކެއ...

ޔުމްނާ ޢަލީ
ޝާދިޔާ ބަންދުކުރި މައްސަލާގައި ބަދަލު ނަގައި ނުދެވޭނެ: ހައިކޯޓް

ޝާދިޔާ ބަންދުކުރި މައްސަލާގައި ބަދަލު ނަގައި ނުދެވޭނެ: ހައިކޯޓް

ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ގާނޫނާ ހިލާފަށް ބަންދުކުރި މައްސަލާގައި ބަދަލު ނަގައި ނުދެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރި އެވެ. އޭގެ ތެރެއިން ޝާދިޔާ ފަސް ދުވަހަށް ބަންދުކުރީ ގާނޫނާ […]

ހުސައިން ހަބީބް
މާފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ކ. މާފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 50 އިންސައްތަ މަސްކަތް ނިމިފައިވާކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީން ބުނީ އެ މަޝްރޫޢުގެ ދަށުން އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 76 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށް ވެސް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 374 މީޓަރުގެ ބަނދަރެއް ތަރައްޤީކުރުމަށެވެ. މީގެތެރޭގައި...

ޔުމްނާ ޢަލީ
އިންޑިއާގެ ސިޔާސީ ލީޑަރެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި

އިންޑިއާގެ ސިޔާސީ ލީޑަރެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި

އިންޑިއާގެ ސިޔާސީ ޕާޓީއެއްކަމަށްވާ ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެން.ސީ.ޕީ)ގެ ލީޑަރު ބާބާ ސިއްދީޤީ ގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެއެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތުގައި މުމްބާއީ ޚަރުވާޑީ ޖަންކްޝަންގައި ތިން މީހަކު ބަޑިން ހަމަލާދީ އެން.ސީ.ޕީގެ ލީޑަރު ބާބާ ސިއްދީޤީ ވަނީ ޒަޚަމްކޮށްލާފައެވެ. އޭނާ މަރުވީ ލީލާވަތީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްކަމަށް އެ ހޮސްޕިޓަލާއި ހަވާލާދީ އި...

ޔުމްނާ ޢަލީ
ވަށަފަރު "ވައުދު" ޖަމިއްޔާއިން މުދައްރިސުންގެ ޝަރަފުގައި ހާއްސަ ހަފްލާއަކާއި 85000 ރުފިޔާގެ އެހީ

ވަށަފަރު "ވައުދު" ޖަމިއްޔާއިން މުދައްރިސުންގެ ޝަރަފުގައި ހާއްސަ ހަފްލާއަކާއި 85000 ރުފިޔާގެ އެހީ

ތިލަދުންމަތީ އުތުރުބުރީ ވަށަފަރުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ، ވަށަފަރު އެސޯސިއޭޝަން ފޯ ޔުނިޓީ ޑިވެލޮޕްމެންޓް އެންޑް ހާމޮނީ (ވައުދު) ޖަމިއްޔާއިން އިސްނަގައިގެން އެ ރަށު ސްކޫލުގެ މުދައްރިސުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޮޑު ހަފްލާއެއް ބާއްވާ، ސްކޫލަށް މާލީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. ވަށަފަރު ސްކޫލުގެ މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމަށް ވައުދު ޖަމިއްޔާއިން ބޮޑު ހަފްލާއެއް ބާއްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. ވަށަފަރު ސްކޫލް ހޯލުގައި ބޭއްވ...

އިބްރާހިމް ޚަލީލް
ޕޯޗުގަލްގެ ސްކޫލަކުން ދުނިޔޭގެ އެންމެ ބޮޑު ޕްރޮގްރާމިންގ ފިލާވަޅުގެ ރެކޯޑު ހަދައިފި

ޕޯޗުގަލްގެ ސްކޫލަކުން ދުނިޔޭގެ އެންމެ ބޮޑު ޕްރޮގްރާމިންގ ފިލާވަޅުގެ ރެކޯޑު ހަދައިފި

ޕޯޗުގަލްގެ ސްކޫލަކުން ދުނިޔޭގެ އެންމެ ބޮޑު ޕްރޮގްރާމިންގ ފިލާވަޅުގެ ރެކޯޑު ހަދައިފިއެވެ. ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ހުންނަ ޔުނިވަރސިޓީ އޮފް ލިސްބަންގެ އައި.އެސް.ޓީ ސްކޫލް އޮފް ޓެކްނޮލޮޖީގައި މިއަދު ބޭއްވި ހަރަކާތެއްގައި 1،668 ބައިވެރިން އެއްތަނެއްގައި ބައިވެރިވެ، ދުނިޔޭގެ އެންމެ ބޮޑު ޕްރޮގްރާމިންގ ފިލާވަޅުގެ ރެކޯޑު ހަދާފައިވާއިރު، މި ރެކޯޑު ކަށަވަރުކޮށްދިނީ ގިނިސް ވޯލްޑް ރެކޯޑްސްގެ އެޖުޑިކޭޓަރ ޕައުލީނާ ސަޕިންސްކާއެވެ. 12 އަހަރާއި 67 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުން ބައިވެރިވި މި ހަރަކ...

އަޙްމަދު ދާއޫދު
ލީޑާޝިޕް ޕްރޮގްރާމް ފުރިހަމަކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަދަދު 469 އަށް

ލީޑާޝިޕް ޕްރޮގްރާމް ފުރިހަމަކުރި ސްޓެލްކޯގެ މުވައްޒަފުންގެ އަދަދު 469 އަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ އިތުރު މުވައްޒަފުންތަކެއް ލީޑާޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް ފުރިހަމަ ކުރުމާއެކު، އެ ޕްރޮގްރާމް ފުރިހަމަކުރި ކުންފުނީގެ މުވައްޒަފުންގެ އަދަދު ޖުމްލަ 469 އަށް އަރައިފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ވިދާޅުވީ، ލީޑާޝިޕް އެންހޭސްމެންޓް ޕްރޮގްރާމުގެ ނުވަވަނަ ބެޗު ޓްރެއިނިން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އެ ބެޗުގައި އެ ކުންފުނީގެ 51 މުވައްޒަފަކު ތަމްރީނުވެފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ. އެއާއެކު ލީޑާ...

ޔުމްނާ ޢަލީ
ސަޢޫދީ ވަލީއަހުދާއި ފަރަންސޭސި ރައީސް މެދުއިރުމަތީގެ ހާލަތާމެދު މަޝްވަރާކޮށްފި

ސަޢޫދީ ވަލީއަހުދާއި ފަރަންސޭސި ރައީސް މެދުއިރުމަތީގެ ހާލަތާމެދު މަޝްވަރާކޮށްފި

ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ފަރަންސޭސި ރައީސް އެމެނުއެލް މެކްރޯން މެދުއިރުމަތީގެ ހާލަތާމެދު ހުކުރު ދުވަހު ފޯނުން މަޝްވަރާކުރައްވައިފިއެވެ. މި މަޝްވަރާގައި އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކާއި ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން ވާހަކަދައްކާފައިވެއެވެ. ސަޢޫދީ އަރަބިއްޔާގެ ރަސްމީ ނޫސް އެޖެންސީ އެސްޕީއޭ އިން ބުނާ ގޮތުގައި، މި ދެ ލީޑަރުން ވަނީ ސަރަހައްދުގެ ހަމަނުޖެހުން ކުޑަކުރުމާއި، ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ...

އަޙްމަދު ދާއޫދު