މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,433 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 648 ވަނަ ޞަފްޙާ

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ކުމުންދޫ ޔޫތު ސްޕޯޓްސްގެ ޤުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫގެ ޖަމިއްޔާއެއް ކަމަށްވާ، ކުމުންދޫ ޔޫތު ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ބާއްވާ ރަންތަރި ޤުރުއާން މުބާރާތައި މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެ ޖަމިއްޔާއިން މިގޮތަށް މި ދެމުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ. މި އަހަރު މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ އަންނަ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން އޮންލައިންކޮށް ފޯމް ފުރިހަމަ ކޮށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ޖަމިއްޔާގެ ޕޭޖުގައިވާ މުބާރާތު...

އިބްރާހިމް ޚަލީލް
ކުއްލި ގޮތަކަށް ނިޔާވި ދަރިވަރު ޝިމާގެ ޢާއިލާއަށް ރައީސްގެ ތައުޒިޔާ

ކުއްލި ގޮތަކަށް ނިޔާވި ދަރިވަރު ޝިމާގެ ޢާއިލާއަށް ރައީސްގެ ތައުޒިޔާ

މިއަދު ކުއްލި ގޮތަކަށް ނިޔާވި ހުރަވީ ސްކޫލްގެ ދަރިވަރު، ފާޠިމަތު ޝިމާ މުޙައްމަދުގެ ޢާއިލާއަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. އުމުރުން 13 އަހަރުގެ ޝިމާ ނިޔާވީ ސްކޫލްގެ އިންޓަވަލްގަޑީގައި ކާން އިންދައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. ޝިމާގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ރައީސް މުޢިއްޒު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޝިމާ، ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ދަނިކޮށް، ކުއްލި ގޮތަ...

ޔުމްނާ ޢަލީ
ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށަށް އިނާމެއް ތައާރަފްކޮށް، މާސްޓާ ޕްލޭނެއް އެކުލަވާލަނީ

ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށަށް އިނާމެއް ތައާރަފްކޮށް، މާސްޓާ ޕްލޭނެއް އެކުލަވާލަނީ

ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް އިނާމެއް ތައާރަފްކޮށް، ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާސްޓާ ޕްލޭނެއް އެކުލަވާލަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މި ނިންމެވުން ނިންމެވިކަން ހާމަކޮށް ރައީސް އޮފީހުން މިރޭ ބުނީ، އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންގެ ލަފާފުޅާއެކު، ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ރިއަލިސްޓިކް...

ޔުމްނާ ޢަލީ
ދިއްދޫ ބަނދަރުގެ 87 ޕަސެންޓް މަސައްކަތް ނިމިއްޖެ

ދިއްދޫ ބަނދަރުގެ 87 ޕަސެންޓް މަސައްކަތް ނިމިއްޖެ

ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީން މިއަދު ބުނީ ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާ ކަމަށެވެ. ”މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތާއި ރިވެޓްމެންޓްގެ ޕްރޮފައިލިންގ މަސައްކަތްތައް” އެމްޓީސީސީން ބުނެފަވެއެވެ. ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކ...

ޔުމްނާ ޢަލީ
ދަރިވަރަކު ސްކޫލްގައި އިންދާ ކުއްލި ގޮތަކަށް ނިޔާވެއްޖެ

ދަރިވަރަކު ސްކޫލްގައި އިންދާ ކުއްލި ގޮތަކަށް ނިޔާވެއްޖެ

ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގައި އިން ކުއްޖަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ފުލުހުން ބުނީ ހުރަވީ ސްކޫލްގައި އިން ކުއްޖަކު ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެ އިދާރާއަށް މިއަދު ރިޕޯޓެއް ލިބުނުކަމަށެވެ. ‘އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ” ފުލުހުން ބުންޏެވެ. ނިޔާވެފައި ވަނީ 13 އަހަރުގެ ނ. ލަންދޫ އަށް ނިސްބަތްވާ ފާތިމަތު ޝިމާ މުހައްމަދެވެ. މައުލޫމާތު ލިބޭގޮތުގައި ޝިމާ ނިޔާވީ ސްކޫލްގެ އިނ...

ޔުމްނާ ޢަލީ
ސިލްސިލާ ވާހަކަ: ލޯބިވިޔަސް (2)

ސިލްސިލާ ވާހަކަ: ލޯބިވިޔަސް (2)

ކުރީގެ އަދަދާއި ގުޅޭ، ތަޅުދަނޑި ދިނުމަށްފަހު ބާރުބާރަށް ދާއިން ގެއިން ނިކުތެވެ. އޭރު ވެސް އަރޫޝާ ހުރީ ޖޯލި ކައިރީގައި ކޮޅަށެވެ. އަރޫޝާ ފެނުމުން ދާއިންއަށް ހިނގުން މަޑުޖައްސައިލެވުނެވެ. ގޯތި ތެރޭގައި ދިއްލާފައި ހުރި ހޮޅިބުރި އަލިން ދާއިންގެ މޫނުމަތީގެ ކުލަވަރު އަރޫޝާއަށް ރީތިކޮށް ފެނިއްޖެއެވެ. ނުތަނަވަސް ވެފައި ހުރެ އަރޫޝާ ދާއިންއަށް ބަލަހައްޓައިގެން ހުއްޓާ، އޭނާ ނިކުމެގެން ގޮއްސިއެވެ. އެ ވަގުތު ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް އަރޫޝާގެ ހިތަށް ވެސް ވެރިވެއްޖެއެވެ. މަޑުމަޑުން ލެއްޕެމުން […]

ސަލާމާ ޢަބްދުލް ޢަލީމް
ޔޫޓިއުބުން ތަފާތު ވީޑިއޯތައް ފާހަގަކުރުމަށް އައު ލޭބަލެއް ތައާރަފުކޮށްފި

ޔޫޓިއުބުން ތަފާތު ވީޑިއޯތައް ފާހަގަކުރުމަށް އައު ލޭބަލެއް ތައާރަފުކޮށްފި

ދުނިޔޭގެ އެންމެ މަޤްބޫލު ވީޑިއޯ ޕްލެޓްފޯމް ކަމުގައިވާ ޔޫޓިއުބުން، ކެމެރާއިން ނަގާފައިވާ އަދި އެއްވެސް ބަދަލެއް ނުގެނެސް އަޕްލޯޑުކޮށްފައިވާ ވީޑިއޯތައް ފާހަގަކުރުމަށް އައު ލޭބަލެއް ތަޢާރަފުކޮށްފިއެވެ. މި ލޭބަލް ކިޔަނީ “ކެމެރާއިން ރެކޯޑުކުރެވިފައި” އެވެ. މި ލޭބަލްގެ ބޭނުމަކީ އޮޅުވާލުމެއް ނެތި ހަޤީޤީ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ފަސޭހައިން ދެނެގަތުމަށް މަގުފަހިކޮށްދިނުމެވެ. ޔޫޓިއުބުން މި ލޭބަލް ތަޢާރަފުކުރަން ނިންމީ، ގިނަ ވީޑިއޯތަކަކީ އެޑިޓުކޮށްފައި ނުވަތަ ރަނގަޅުކޮށްފައި ހުންނަ އެއްޗެހި ކަމ...

އަޙްމަދު ދާއޫދު
ހއ.އަތޮޅުގައި މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ހިންގައިދޭނެ ބަޔަކު ހޯދަނީ

ހއ.އަތޮޅުގައި މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ހިންގައިދޭނެ ބަޔަކު ހޯދަނީ

ހއ.އަތޮޅު ކައުންސިލުން އިސްނަގައިގެން އެ އަތޮޅުގައި ފާހަގަ ކުރަން ނިންމާފައިވާ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ރާވާ ހިންގައިދޭނެ ބަޔަކު ހޯދަން އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. މިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައި ވަނީ އެ އަތޮޅުގެ ރަށު ކައުންސިލްތަކަށާއި އަތޮޅުގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ކްލަބް ޖަމިއްޔާތަކަށެވެ. މަސްވެރިކަމުގެ ދުވަސް އެ އަތޮޅުގައި ކުލަގަދަކޮށް ބާއްވަން ނިންމި ސަބަބުތަކުގެ ތެރޭގައި ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއް...

އިބްރާހިމް ޚަލީލް
މަސްކް، ޓްރަމްޕްގެ ކެމްޕޭނަށް 75 މިލިއަން ޑޮލަރު ދީފި

މަސްކް، ޓްރަމްޕްގެ ކެމްޕޭނަށް 75 މިލިއަން ޑޮލަރު ދީފި

މަޝްހޫރު ޓެކްނޮލޮޖީ ވިޔަފާރިވެރިޔާ އެލޮން މަސްކް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ކެމްޕޭނަށް 75 މިލިއަން ޑޮލަރު ހަދިޔާކޮށްފިއެވެ. މި ފައިސާ ހަދިޔާކޮށްފައިވަނީ އެމެރިކާ ޕޮލިޓިކަލް އެކްޝަން ކޮމިޓީ (ޕީއޭސީ) އަށެވެ. މަސްކް އަމިއްލައަށް ޖުލައި މަހު އުފެއްދި މި ކޮމިޓީގެ މަޤްޞަދަކީ ނޮވެމްބަރު 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ސަރަހައްދުތަކުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ހޯދުމަށް މަސައްކަތްކުރުމެވެ. މާލިއްޔަތުގައި ޖުމުލަ 246.5 ބިލިއަން...

އަޙްމަދު ދާއޫދު
ނިއުކާސްލްގައި ގެއެއްގެ ތެރޭގައި އެއްޗެއްގޮވައި 7 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ނިއުކާސްލްގައި ގެއެއްގެ ތެރޭގައި އެއްޗެއްގޮވައި 7 އަހަރުގެ ކުއްޖަކު މަރުވެއްޖެ

އިނގިރޭސިވިލާތުގެ ނިއުކާސްލްގައި ހުރި މީހުން ދިރިއުޅޭ ގެއެއްގެ ތެރޭގައި އެއްޗެއްގޮވައި 7 އަހަރުގެ ކުއްޖަކު މަރުވެ އިތުރު ބަޔަކު ޒަޚަމް ވެއްޖެއެވެ. ނިއުކާސްލްގެ ރަށްވެހި މަގެއްގައި ހުރި ގެއެއްގެ ތެރޭގައި ހިނގި މި ނުރައްކާތެރި ގޮވުމުގައި 7 އަހަރުގެ ކުއްޖަކު މަރުވެފައިވާއިރު، މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް އިނގިރޭސި ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ. ބެންވެލް އަދި އެލްސްވިކް ސަރަހައްދުގެ ވައިލެޓް ކްލޯޒްގައި ހިނގި މި ހާދިސާއާ ގުޅިގެން 6 މީހަކު ޒަޚަމްތަކާއެކު […]

އަޙްމަދު ދާއޫދު
ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް ޝަރީފް

ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އަކަށް ޝަރީފް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯގެ މަގާމަށް މުހައްމަދު ޝަރީފް ހަމަޖައްސައިފިއެވެ. މިއާއިއެކު ޝަރީފް ވެގެންދާނީ އެ ކުންފުނީގެ ސީއީއޯގެ މަގާމު ފުރާ ފުރަތަމަ ދިވެހި ރައްޔިތަށެވެ. ޤައުމީ ބޭންކުން ވަނީ އެކަން ފާހަގަކޮށް ޝަރީފަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. ޝަރީފް ވަނީ ކުރިން ދިގު މުއްދަތަކަށް ބޭންކުގައި ޚިދުމަތް ކުރަށްވާފައެވެ. 2020 ވަނަ އަހަރު އޭނާ ބޭންކްގެ ޚިދުމަތުން ވަކިވެވަޑައިގަތް އިރު ހުންނެވީ ޑެޕިއުޓީ ސީއީއޯގެ މަގާމުގައެވެ. މާލީ ދާއިރާގައި 25 އަހަރު ހިދުމަތް ކުރައްވާފައިވާ […]

ޔުމްނާ ޢަލީ
ޖިހާދަށް ދައުވާކުރާ މައްސަލަ ޕީޖީން އަލުން ހައި ކޯޓަށް ފޮނުވައިފި

ޖިހާދަށް ދައުވާކުރާ މައްސަލަ ޕީޖީން އަލުން ހައި ކޯޓަށް ފޮނުވައިފި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލަ ހައި ކޯޓުން އަނބުރާ ފޮނުވާލާފައި ވަނިކޮށް އެ މައްސަލަ ދައުލަތުން އަނެއްކާވެސް ހައި ކޯޓަށް ހުށަހަޅައިފި އެވެ. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު، ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަ...

ހުސައިން ހަބީބް
ޕޯޗުގަލްއާއި އެއްވަރުކޮށް ސްކޮޓްލެންޑުން ފުރަތަމަ ޕޮއިންޓް ހޯދައިފި

ޕޯޗުގަލްއާއި އެއްވަރުކޮށް ސްކޮޓްލެންޑުން ފުރަތަމަ ޕޮއިންޓް ހޯދައިފި

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ އެކެއްގައި ރޭ ޕޯޗުގަލްއާއި އެއްވަރުކޮށް ސްކޮޓްލެންޑުން ފުރަތަމަ ޕޮއިންޓް ހޯދައިފިއެވެ. ރޭ ސްކޮޓްލެންޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 0-0 ގެ ނަތީޖާއިންނެވެ. މި ގްރޫޕްގައި ކޮންމެ ޓީމެއް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު، ސްކޮޓްލެންޑަށް ހަތަރު މެޗުން ލިބިފައިވަނީ ރޭ މެޗުން ލިބުނު އެއް ޕޮއިންޓެވެ. އެ ޓީމް އޮތީ ގްރޫޕްގެ ފުލުގައެވެ. މި ގްރޫޕްގައި ރޭ ޕޮލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 3-3 […]

އިބްރާހިމް ޚަލީލް
ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމެވުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މަރުޙަބާ

ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމެވުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މަރުޙަބާ

ރާއްޖޭގައި ވޭޕްކުރުން މަނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހޯމަ ދުވަހު ނިންމަވާފައި ނިންމެވުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން މަރުޙަބާ ކިޔައިފިއެވެ. ރައީސްގެ ނަންމެވުމަށް މަރުޙަބާ ކިޔައި ރައީސްގެ މި ނިންމެވުމަކީ ޚާއްޞަކޮށް ޅަފުރައިގެ ކުދިންގެ މެދުގައި، ވޭޕްކުރުން އިތުރުވަމުންދާ ކަންބޮޑުވާންޖެހޭ މިންވަރު ހުއްޓުވުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. 2019ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބެކޯ ސަރވޭއިން ދައްކާގޮތުގައި ދިވެހިރާއްޖޭ...

ޔުމްނާ ޢަލީ
ތެލެސީމިއާ ހޮސްޕިޓަލް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތެލެސީމިއާ ހޮސްޕިޓަލް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ރޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓަރ ޕްލޭން އިފްތިތާހް ކުރުމަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ މި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިޔާގެ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިންގ އާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދާނީ މެލޭޝިއާގެ މެޑޯ އޭޝިއާ އާއި ޗިންހިން ގުރޫޕު ބ...

ޔުމްނާ ޢަލީ
މެސީ ހެޓްރިކް، އާޖެންޓީނާ އެއްވަނާގައި ހަމަޖެހިލައިފި

މެސީ ހެޓްރިކް، އާޖެންޓީނާ އެއްވަނާގައި ހަމަޖެހިލައިފި

ދެކުނު އެމެރިކާ ބައްރުގެ ފީފާ ވޯލްޑްކަޕް ކޮލިފައިންގައި ރޭ އާޖެންޓީނާއާއި ބޮލީވިއާ ބައްދަލުކުރި މެޗުގައި ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އާޖެންޓީނާ ހަމަޖެހިލައިފިއެވެ. ރޭ އަމިއްލަ ގައުމުގައި ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. މި މެޗުގައި އާޖެންޓީނާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމްގެ ކެޕްޓަން ލައިނަލް މެސީ ވަނީ ތިން ލަނޑުޖަހައި ހެޓްރިކް ހަދާފައެވެ. މި ތިންލަނޑާއިއެކު އޭނާ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ […]

އިބްރާހިމް ޚަލީލް
އިންޑިޔާ އާއި ލަންކާ ގުޅުވާލުމަށް 5 ބިލިއަން ޑޮލަރުގެ މަޝްރޫޢުއެއް

އިންޑިޔާ އާއި ލަންކާ ގުޅުވާލުމަށް 5 ބިލިއަން ޑޮލަރުގެ މަޝްރޫޢުއެއް

އިންޑިޔާ އާއި ސްރީލަންކާ އާ ދެމެދު ގުޅުވާލުމަށް ގިނަ އަހަރުތަކެއް ވަންދެން މަޝްވަރާކުރަމުން އައި މަގާއި ރޭލުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް 5 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކާ ކައިރިވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. “އިންޑިޔާ-ސްރީލަންކާ ބްރިޖް” ނުވަތަ “ޕޯކް ސްޓްރެއިޓް ބްރިޖް” ގެ ނަމުން މަޝްހޫރު މި މަޝްރޫޢުގެ ދަށުން، ދެ ގައުމު ވަކިކޮށްފައިވާ ޕޯކް ސްޓްރެއިޓް މައްޗަށް ބްރިޖެއް ނުވަތަ ކަނޑު އަޑީގައި ޓަނަލެއް އަޅައި، މަގާއި ރޭލު ދަތުރުކުރެވޭނެ ގޮތް ހަދާ، އިންޑިޔާގެ […]

އަޙްމަދު ދާއޫދު
އިންޓެލް އާއި އޭއެމްޑީ ގުޅިގެން އާމްއާ ވާދައަށް މަސައްކަތް ފަށައިފި

އިންޓެލް އާއި އޭއެމްޑީ ގުޅިގެން އާމްއާ ވާދައަށް މަސައްކަތް ފަށައިފި

ޗިޕް އުފައްދާ ބޮޑު ދެ ކުންފުނި ކަމަށްވާ އިންޓެލް އަދި އެޑްވާންސްޑް މައިކްރޯ ޑިވައިސަސް (އޭއެމްޑީ) އިން ގުޅިގެން އާރމް އާއި ވާދަކުރުމަށް މަސައްކަތްކުރުމަށް ފަށައިފިއެވެ. މި ދެ ކުންފުނިން މިގޮތަށް ނިންމީ އާމް ހޯލްޑިންގްސްގެ ފަރާތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ކަމަށް ޓެކް ރިޕޯޓްތައް ބުނެއެވެ. އަންގާރަ ދުވަހު އިންޓެލް އަދި އޭއެމްޑީން ބުނެފައިވަނީ، އެ ދެ ކުންފުނީގެ ޗިޕްތަކުގައި ސޮފްޓްވެއަރ މަސައްކަތްކުރާކަން ޔަގީންކުރުމަށްޓަކައި ގްރޫޕެއް އުފައްދާ ފައިވާ ކަމަށެވެ. މިއީ އެކްސް86 ކޮމ...

އަޙްމަދު ދާއޫދު